ކޮވިޑް-19އާ ދެކޮޅަށް އެންމެންނަށް އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ، ސިއްހީ ނިޒާމަށް އޮބިނޯންނަ މިންވަރަށް ހާލަތު ގޯސްވެދާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ކޮވިޑް-19 ރައްކާތެރިވުމަށް އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއިދިން ނަމަވެސް އެ ފިޔަވަޅުތަކަށް އެކަށީގެންވާ ވަރަށް ސަމާލުކަން ނުދެވުމުން، އަނެއްކާވެސް ބަލިފެތުރުން އިތުރުވާ މަންޒަރު ފެންނަމުންދާ ކަމަށެވެ.
އަދި މިހާރުގެ ހާލަތަށް ބަލާއިރު، މި ބައްޔާ ދެކޮޅަށް، އަޅުގަނޑުމެން އެންމެންނަށް އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ، ޞިއްޙީ ނިޒާމަށް އޮބިނޯންނަ މިންވަރަށް ޙާލަތު ގޯސްވެދާނެ". ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިބައްޔަށް މިހާރު މީހުން ފައްސިވާ ނިސްބަތަށް ބަލާއިރު، އިތުރު ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަމަށެވެ.
"އަޅަން ފަށާފައިވާ ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރުމުގައި، ރައްޔިތުންގެ އެއްބާރުލުން އިންތިހާއަށް ބޭނުންވާނެ. ތިމާގެ އަމިއްލަ ޞިއްޙަތަށް އެކަންޏެއް ނޫން. މުޅި މުޖުތަމަޢުގެ ރައްކަލަށްޓަކައި މި ފިޔަވަޅުތައް ތަންފީޒުކުރަންޖެހޭ. އަދިވެސް ވަގުތު ފާއިތެއްނުވޭ. އަޅުގަނޑުމެންގެ ފަރުދީ ޒިންމާއަށްވުރެ، މި ބަލި ކޮންޓްރޯލް ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ، އެހެން އެއްވެސް ކަމެއް ނެތް". ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ ފިޔަވަޅުތަކަށް ރަނގަޅަށް ޢަމަލުނުކޮށްފިނަމަ އިތުރު ފިޔަވަޅުތައް އަޅަންޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެފަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފިނަމަ މިހާރަށް ވުރެ މާގިނަ ދަތިތައް ކުރިމަތިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ މިންވަރަށް، ބޭސްފަރުވާގެ ވަސީލަތްތަކާއި ޞިއްޙީ ޚިދުމަތްތަކަށް ބޭނުންވާ އާލާތްތައް ހުރި ނަމަވެސް، އިންސާނީ ވަސީލަތްތައް އެވަރަކަށް ނެތް ކަމަށެވެ.
އެހެންކަމުން ރައީސް ވަނީ ކުރިއަށް އޮތް މަސްދުވަހު، ހިތްވަރާއެކު އެންމެން އެކުގައި މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެފައެވެ.
އެހެންވިއްޔާ މި ޤައުމަކަށް ކަލޭގެ ބޭނުމެއް ނެތް! އިސްތިޢުފާ ދީފައި ރަށަށްދޭ! މިވަރަށްވެސް ހިފަހައްޓާލެވުނީ ޔާމީނު މަސައްކަތްތަކެއް ކޮށްދީފައި ހުރީމާ! ކަމެއްނުކޮށްދެވުނަސް ބައިތުލްމާލުގައި ލޯލާރިއެއްވެސް ނެތްދޯ!
ޚަލޭމެންގެ މަގުސަދު ކާމިޔާ ބުކިރަން އިންތިހާބު ބޭއްވުމުގެ ނަތީޖާ މި ފެންނަނީ. މި ސިޠާށީ މީހުންގެ ލަދުހަޔާތް ކޮބާ؟
ޢިންޑިޔާމީހުން ގެނައުން ހުއްޓާ ނުލީތީ ރައްޔިތުން ކައިރިން މައާފަށް އެދުނުނަމަ ރީތިވީސް
ސިއްހީ ދާއިރާއް އޮބި ނޯންނާނެކަން އިގެހުރެ އިންތިހާބު ބޭނުމުގަ 48 ގަޑިއިރައް މީހުން ރައްތަކަށް ވޯޓްލާން ދެވޭނެ ގޮތެއްހެދީ. މުޅި ދުނިޔެ އިންޑިގެ މީހުން ގައުމުތަކަށް ނާރުވަން ގޮވާއިރު މިގައުމައް އަންނަނަ ގޮވުން. މީ ނުކެޅުދުން ތެރިކަން އަދި ސިއްހީ ހިދުމަތް ތެރިން ބަސް ނުވިކޭކަން
މިހާލަތަށް ގެންދިޔައީ ހަމަ އިނގިހުރެ އެއްނު. ދެން ކޯޗެކޭ ކިޔާކަށް. ލަދުފުޅު ނުގަނޭތޯ. އިސްތިއުފާ.
އޮބި ނޯންނަ ވަރަށް މިޤައުމުގެ ހާލަތު ގެންދިޔައީވެސް ކަލޭމެންނެއްނު.ވޯޓުލާށޭ ކިޔާ ފައި ރައްޔިތުންވެސް ރަށްރަށަށް ފޮނުވާ އެވަރުންވެސް ހިތްނު ފުރިގެން ކަރަންޓީނުގައި ތިބީ މީހުންވެސް ވޯޓުލާންވެސް ފޮނުވީ ހަމަ ކަލޭމެންނެއްނޫންތަ.ދެން ކޮން ބޭކާރު އަނގަތަކެއްތަ ތިތަޅަނީ ކޮންމެ މީހަކު އަރާ ފަ.😡😡
ސުވާލަކީ މިދަރަޖައަށް ދިޔައީ ކޮންބައެއްގެ އިހްމާލުން ތޯ؟
ފިޔަވަޅު އަޅަން ވެސް ތިބީ ހަމަ ތިބޭފުޅުން ނޫންތޯ؟
ކީއްވެތޯ ފަރުވާކުޑަ ކޮށްލެއްވީ. އިންޑިޔާ ގައި ނުރައްކާތެރި ދަރަޖައަކަށް ބަލި ފެތުރިގެން އުޅޭ ކަން އެނގަވަޑައިގެން ،އިންޑިޔާ މީހުންގެ ކަރަންޓީން މަންޒިލަކަށް މިތަން ހެއްދެވީ ކީއްވެތޯ
އޮބި ނޯންނާނޭ ނުކިޔާ މުޅި ރާއްޖެއައް ބަލިފަތުރާ ކޮންޓުރޯލް ނުވާވަރު މަނިކުފާނުމެން ކުރެއްވީ.
އަދި ބޮޑު އިންތިހާބެއް ބާއްވާލަންވީނު. މިހާރުގެ ގޮތަށް ވޯޓަށް ކަޑަޖަހާލުމާ އެއްކޮށް.
މީނާ ކިޔާފާނެ ކޮންމެ ފަދަ އެއްޗެކޭވެސް. މީނާ އެމްޑީޕީގެ ގައުމީ މަޖްލިސް އެއްކުރައްވާ އެމީހުނަށް ޔަގީންކަން ދެއްވި ލޯކަލްކައުންސިލް އިންތިހާބުގައި އެމްޑީޕީ 80 ޕަސެންޓް ނަގާނެކަމުގަ. އެވެސް ދިމަލެއްނުވިއެއްނުން. ބޯމެއް އަންނަވާހަކަވެސް ބުނި ދެމަލެއްނުވައެއްނުން. ދެން އިތުރަށް ގައުމުފަސާދަކުރަން ނަހަދާ އިސްތިއުފާދީފަ ދާންވީއެވެ. ވަރަށް ސަލާމް. ގައުމެއްގެ ވެރިއަކު ގައުމުގެ ރައްޔިތުންނާއި ބައްދަލުކުރަނީ ރައްޔިތުންގެ ހިތްތަކަށް ތަސައްލީއެއް ގެނުވާ ދިނުމަށްޓަކައި އޭގެބަދަލުގައި މީނާ ގައުމާއި މުހާތަބްކޮށްފަ މިކިޔަނީ ކަލޭމެން ރައްޔިތުން މިވެނި ކަމެއްކުރީމައޭ މިވެނިކަމެއްވާނީ ކޮބާތޯ މީނާގެ ފަރުދީ ޒިއްމާ. ރައްޔިތުން ވެރިއަކު ހޮވަނީ ރައްޔިތުންނަށް ދައުލައްހިންގަން ފައިސާ ހޯދަމުން ސަރުކާރު ހިންގަން ވަގުތު ނުވާނެތީއެވެ. އެހެންވެ ވެރިއަކު އައްޔަކުރަނީ ރައްޔިތުންގެ ކަންކަން ފުރިހަމަށް ބަރާބަރަށް ކުރުމަށެވެ. އޭގެ އުޖޫރައެއްގެ ގޮތުގައި 1 ލައްކަ ރުފިޔާގެ މުސާރަ އަންލިމިޓެޑް އެހެނިހެން އިނާޔަތާއި ހައިލެވެލް ސެކިއުރިޓީ ލިއްބައި ދެމެވެ. އެހެންވީމާ ފަރުދީ ޒިއްމާ ނަގަންވީ ރައްޔިތުންތޯއެވެ. ތިޔަބޭފުޅާތޯއެވެ/.
މި ސަރުކާރޭ މި އޮތީ އޮބި ނޯންނަތަނުން ފެއިލްވެފައި
މުޅިން ދޮގު. ރާއްޖެ އަަށް ބޭނުން ވާ ވަރައް ސިއްހީ ވަސީލަ ތެއް ނެތް. ވެކްސިން ނެތްތާ ވެންޓިލޭޓަރު ކޮޅުވެސް ކާލާ ކުރީ ވައްކަން. އިންސާނީ ވަސީލަތް މަދު ކަމުން ދޯ ސިއްހީ ދާއިރާ ގެ މީހުންތައް ވަޒީ ފާއިން ވަކިތިކުރަނީ . ދޮގު ހަދާ އޮޅުވާނުލާ. ރައްޔިތުން މިތިބި ހޭލާ ބަލަން ަެަަެަަެަަަެަަެަަެަަެަަެަަެަ
ތަންދޮރުނޭގޭ ގަމާރުންނާއި ޤައުމު ހިންގަން ކޯލިޝަން ހެދުމުގެ ނަތީޔާ ފެނޭތަ ޒުވާންކަމަށް ބަދަލެއްނާންނަ ކަމަށް ހެދިގެން އުޅޭ ގާސިމާއި އޭލިޔަން މައުމޫން އަދިވެސް ނުވޭތަ ރަގަޅުވާން
ތި ތިބަގެން ކުރިޔަށް އެއްފިޔަވަޅު އެޅިއްޔާ ފަހަތަށް ދެފިޔަވަޅު އެޅޭއުމުރުގައިވެސް ހޭއަރާބަލާ
މިސަރުކާރުގާގަމާރުންތިބީމާވާނެގޮތްމިވަނީ ދެންވެސް އިސްތިއުފާދީފާ ރަށައްކަޑާލާ؟؟