ބްލެކް ޕެންތާގެ 2ވަނަ ބައި ރަސްމީކޮށް ސިނެމާ ތަކަށް ނެރޭނެ ދުވަސް އިއުލާން ކުރުމުން މިއަށް އިންތިޒާރު ކުރަމުން ގެންދިޔަ އެތައް ބައެއްގެ ހިތަށް ހަމަޖެހުމެއް ލިބިގެން ހިނގައްޖެއެވެ.

2018ވަނަ އަހަރުގެ ފެބްރުއަރީ މަހު ރިލީސް ކުރި ބްލެކް ޕެންތާ އަށް ބެލުންތެރިންގެ މެދުގައި ބޮޑު ސަމާލު ކަމެއް ލިބިގެން ގޮސްފައި ވާއިރު، ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އެ ފިލްމުގެ ޓިކެޓުތައް ވިއްކައިގެން ވަނީ 1.3 ބިލިއަން އެމެރިކާ ޑޮލަރުގެ ބޮޑު އާމްދަނީ އެއް ލިބިފައެވެ. މީގެ އިތުރުން، ބޮކްސް އޮފީހުގެ ރެކޯޑުތައްވެސް މުގުރާލި އެ ފިލްމަށް 3 އެކަޑަމީ އެވޯޑުވެސް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

ބްލެކް ޕެންތާ

ބްލެކް ޕެންތާގެ ދެވަނަ ބަޔަށް އަދި ވަކި ނަމެއް ކަނޑަ އަޅާފައި ނުވި ނަމަވެސް، މާވެލްގެ ފޭނުން ތިބީ މި ފިލްމް ބަލަން ކެތް މަދުވެފައެވެ. ކެލިފޯނިއާގައި މިހާރު ކުރިއަށް ދާ ޑީ23 އެކްސްޕޯގައި ވާހަކަ ދައްކަމުން މާވެލްގެ ރައީސް، ކެވިން ފެއިޖް ބުނެފައި ވަނީ މި ފިލްމްގެ ދެވަނަ ބައި މެއި 6، 2022ން ފެށިގެން ސިނެމާ ތަކުގައި އަޅުވަން ފަށާނޭ ކަމަށެވެ.

މިއީ ދިގު މުއްދަތެއް ކަން ފާހަގަކޮށް، ފިލްމުގެ ސްކްރިޕް ލިޔާ ރަޔަން ކޫގްލާ ބުނެފައި ވަނީ އަވަސް އަރުވާލައިގެން ފިލްމް ނެރެން ބޭނުން ނުވާ ކަމަށާއި، ބޭނުން ވަނީ ހަމަޖެހިލައިގެން މިކަން ކޮށް، ފިލްމުގެ ހުރިހާ ކަމެއްވެސް ފުރިހަމަ ކަމާއި އެކު ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށެވެ.

ބްލެކް ޕެންތާ ފުރަތަމަ ބައިގެ ތެރެއިން

ބްލެކް ޕެންތާގެ 2ގައި މި ފިލްމުގެ ފުރަތަމަ ބައިން ފެނުނު މީހުންގެ އިތުރުން، އެވެންޖާސް އެންޑް ގޭމްގައި މަރު ނުވެ، ސަލާމަތްވި ތަރިން ފެނިގެން ދާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.