އުމުރުން 25 އަހަރުގެ ފާތިމަތު ނިޝާނާ އަކީ، އައްޑޫ ސިޓީ އަށް ނިޞްބަތްވާ އަންހެނެކެވެ. މިއަދާއި ހަމައަށް އައިއިރު ނިޝާނާގެ ބައްޕަ އަކީ ކާކުކަންވެސް އޭނާ އަކަށް ނޭނގެއެވެ. އެންމެ ކުޑައިރުންސުރެ ވެސް އުޅެ ބޮޑުވީ މަންމަ ކައިރީގައެވެ.
އެއީ ވަރަށް ނިކަމެތި، ކުޑަ އާއިލާއެކެވެ. ނިޝާނާގެ އިތުރުން، އޭނާގެ އެއްބަނޑު ދެ ކޮއްކޮ ތިބެއެވެ. ނަމަވެސް އަންހެން ކޮއްކޮ ބަލަހައްޓަމުންދިޔައީ އޭނާގެ ބައްޕައެވެ. ދުވަސްތައް ވޭތުވަމުން އައިސް 2006 ވަނަ އަހަރުގެ ނިޝާނާގެ މަންމަ އަށް ނަފްސާނީ ބައްޔަކާއި ކުރިމަތިލާން ޖެހުނެވެ. ސިކުނޑީގެ މައްސަލައެއް ދިމާވެ ދުނިޔޭން މޮޔަ މީހެއްގެ ގޮތުގައި ދުވަސްތައް ހޭދަކުރަން ޖެހުނެވެ. އޭރު ނިޝާނާގެ އުމުރަކީ އެންމެ 12 އަަހަރެވެ. އަޅާލާނެ ބައްޕަ އެއް ނެެއްތާ، ގަދަވެ ސަލާމަތުން ހުރި މަންމަވެސް ބަލިމީހަކަށް ވީއެވެ.
ކަންމިހެން ދިމާވުމުން ކައިރީގައި ހުރި ފިރިހެން ކޮއްކޮ، މަންމަގެ ރައްޓެއްސެއްގެ ގެއަށް ބަދަލުވީއެވެ. އާއިލާގައި ތިބި އަޅާލާ މަދު ބައެއްގެ އެހީއާއި އެކު 2008 ވަނަ އަހަރު ނިޝާނާގެ މަންމަ ގުރައިދޫ މަރުކަޒަށް ފޮނުވިއެވެ. އިތުރު ފަރުވާ ދިނުމަށެވެ. މިއަދުވެސް ނިޝާނާގެ މަންމަ ހުރީ ގުރައިދޫގައެވެ.
އާއިލާގެ އެކި އެކި މީހުންގެ ކައިރި އެކި މިންވަރަށް އެހީތެރިކަން ލިބެމުން، ދުވަސްތައް ފާއިތުވަމުންގޮސް 2016 ވަނަ އަހަރު ހުޅުމާލެއަށް ނިޝާނާ ބަދަލުވިއެވެ. އައްޑޫ އަށް ނިޞްބަތްވާ އަންހެނެއްގެ ރަހްމަތްތެރިކަމުގައި ހުޅުމާލެއަށް އައީ އެ ގޭގައި ކުޑަ ކުއްޖަކު ބަލާށެވެ. އެކަމުގެ ބަދަލުގައި ކިޔަވައިދިނުމާއި އޭނާގެ ހުރިހާ ޚަރަދުތަކެއް ބަލަހައްޓައި ދޭނެ ވާހަކަ ނިޝާނާ ކައިރި ވަނީ ބުނެފައެވެ.
ހުޅުމާލެއަށް ބަދަލުވި ކުރީކޮޅު ކަންތައްތައް ވަރަށް ރަނގަޅަށް އައިނަމަވެސް ދުވަހެއް ދުވަހަކަށް އެ ކަންކަން ދިޔައީ ބަދަލުވަމުންނެވެ. އިނގިރޭސި ކިޔަވައިދިނުމަށް ފުރަތަމަ ކޮޅު ކުލާހަކަށްވެސް ފޮނުވިއެވެ. ނަމަވެސް ފަހުން ފަހުން ގިނައީ ކާންވެސް ނުލިބޭ ދުވަސްތަކެވެ. އެއްވެސް އަޅާލުމެއް އޯގާތެރިކަމެއް ނުލިބި، އެ ހިތްދަތިކަމުގެ ތެރޭގައި ނިޝާނާ އަކަށް ކެތެއް ނުވިއެވެ. ރައްޓެއްސެއްގެ އެހީތެރިކަމާއި އެކު، ކުދިން ބައިތިއްބާ ގެއެއް މާލެއިން ހޯދައިގެން މާލެ ބަދަލުވާން ނިޝާނާ އަށް މަޖުބޫރު ވީއެވެ.
މާލެއިން ހުރި ގެެއަކީވެސް ކުދިން ބަލަހައްޓަން ޖެހޭ ގެއެކެވެ. އެ ގޭގައި މާގިނަ ދުވަސްތަކެއް ނުވެ، ނިޝާނާ މީހަކާ އިންނަން އުޅޭ ވާހަކަތަކެއް އެގޭގައި އުޅޭ މީހުންނަށް އަޑު އިވި، އެކަމާއި ގުޅިގެން ނިޝާނާ އާއި ސުވާލުކުރަން ފެށިއެވެ. ނިޝާނާ އަކީވެސް ރަނގަޅު ދިރިއުޅުމެއް އުޅެންޖެހޭނެ މީހެއްކަމަށް އަމިއްލަ ނަފްސަށް ޤަބޫލުކުރެވި އެ ގޮތުގައި ކުރިއަށްދާން އޭނާ ނިންމިއެވެ.
ނަމަވެސް އެ ގެެއަށް އައިސް މާގިނަ ދުވަސްތަކެއް ނުވެ މީހަކާ އިނދެގެން ނިޝާނާ ދާން އުޅޭތީ، ވީ އެންމެ އަވަހަކަށް އެ ގެެއިން ދިއުމަށް އޭނާއަށް އެންގިއެވެ.
އޭރު ނިޝާނާ ރައްޓެހިވެގެން އުޅުނީ މާލޭ މީހަކާ ކަމަށްވާތީ އެ ގެއަށް ބަދަލުވުމަށް އޭނާވެސް އެދުނެވެ. ނިޝާނާގެ ކުރީގެ ފިރިމީހާގެ ގެއަށް ބަދަލުވީވެސް އެ ގޭގައިވެސް ކުދިން ބައިތިއްބާތީ އާއި ވަންނާނެ އިތުރުތަނެއް އެވަގުތު ފެންނަން ނެތުމުންނެވެ. އެ ގޭގައި މާގިނަ ދުވަސްތަކެއް ނުވެ، ޒަވާޖީ ގޮތުން އެ ދެމީހުން ގުޅުނެވެ.
"އަހަރެން އޭނަ އާއި ރައްޓެހިވެގެން އެހާ ގިނަ ދުވަހު ނޫޅެން. ނަމަވެސް އޭނަ އާއި އިނުން ނޫން ގޮތެއްވެސް ނެތް. އެހެންވީމަ އޭނަ އާއި އިންނަންޖެހުނީ. އިނދެގެން އެއް އަހަރުތެރޭގައި ދަރިއަކު ލިބިއްޖެ. ފިރިމީހާ އަކީ އެއްވެސް ހަރުދަނާ ކަމެއް ހުރި މީހެއް ނޫން. ވަޒީފާ އަކަށް ނުދޭ. އަބަދުވެސް ދިމާވަނީ އެ މައްސަލަ. ދަރިފުޅަށް ކުރަންޖެހޭ ޚަރަދުވެސް ނުކުރޭ. ދެން އަހަރެން އެ ޝަކުވާ ކުރާ ކޮންމެ ފަހަރަކު އަހަންނަށް އަނިޔާ ކުރާނެ. ވަރަށް އަނިޔާ ކުރާނެ. ދަންވަރު ގެެއިން ބޭރަށްވެސް ލާނެ. ބިރުދައްކާ ހަދާނެ." ވަރަށް އަސަރާއި އެކު ނިޝާނާ ކިޔައިދިނެވެ.
ނިޝާނާގެ ފިރިމީހާގެ ފަރާތުން ލިބެމުންދިޔަ އަނިޔާތަކުގެ މައްސަލަ އެތަށް ފަހަރެއްގެ މަތިން މޯލްޑިވްސް ޕޮލިސް ސާރވިސް އަށާއި ޖެންޑަރ މިނިސްޓްރީއަށްވެސް ވަނީ ހުށަހަޅާފައެވެ. ނަމަވެސް މިއަދާއި ހަމައަށް އައިއިރުވެސް ކޯޓަށް އެ މައްސަލަ ހުށަހަޅާފައި ނުވަނީ ވަރިކުރިއަސް ވަންނާނެ ގެދޮރެއް ނެތިފައި، ކުޑަ ކުއްޖަކު ގޮވައިގެން މަގުމަތީގައި އުޅެވެން ނެތުމުންނެވެ.
"ކޮންމެ ފަހަރަކުވެސް އަހަރެން ބޭނުންވެގެން އެ މައްސަލަ ކޯޓަށް ނުފޮނުވާ ބޭއްވީ. އެެހެންއުޅޭތާ އަހަރެއްގެ ތެރޭގައި އަނެއްކާ އަނެއް ދަރިފުޅު ލިބިއްޖެ. ކުރަންޖެހޭ ޚަރަދުވީ ބޮޑު. އަހަރެންނާއި އަޅާލާނެ މީހަކު އާއިލާގައި ހުރީ އެއް ނޫން. ތިބީ ދެ ކޮއްކޮ." ނިޝާނާ ކިޔައިދިނެވެ.
ދެ ކުދިން ލިބި ފިރިމީހާގެ ފަރާތުން އެއްވެސް ކަހަލަ އަޅާލުމެއް ލިބިފައިނުވާތީ ވަރިވާން އެދި މައްސަލަ ކޯޓަށް ހުށަހެޅިއެވެ.
މިހާރު ނިޝާނާ އަކީ ދެކުދިންގެ މަންމަ އެކެވެ. އެކަނިވެރި މައެކެވެ. ނަމަވެސް ވަންނާނެ އެއްވެސް ތަނެއް ނެތުނުގެ ސަބަބުން އަދިވެސް ނިޝާނާ އަށް ދިރިއުޅެންޖެހިފައިވާނީ އެ ގިލަންވެރިކަމުގެ ތެރޭގައެވެ. ކުދިންގެ ބައްޕަގެ ހިޔާވަހިކަމުގައެވެ.
"އަހަރެން ހުށަހެޅިން އެކަނިވެރިމައިންގެ ފްލެޓަށްވެސް. އެކަމަކު ލިބޭގޮތެއް ނުވި. ރަށަށްވެސް ގޮސް ވަންނާނެ ގެދޮރެއް ނެތް. އެންމެ ބޭނުންވަނީ ބޯހިޔާވަހިކަމެއް. އަހަރެންގެ ރައްޓެހިންދޭ ހެދުން ލެވިދާނެ. ނެޕީވެސް އެކިފަހަރު އެކި ރައްޓެހިން ހޯދައިދޭނީ. ދެން އެ ކުދިންގެ ކާފަ 3000 ރުފިޔާ ކޮންމެ މަހަކުވެސް ކޯޓަށް ދައްކާ. އެ ފައިސާއިން ދެކުދިންގެ ކަންކަން ފުއްދޭތޯ ބަލަނީ." ނިޝާނާ ކިޔައިދިނެވެ.
ނިޝާނާ މިއަދު އެންމެ ބޮޑަށް ބޭނުންވަނީ މިނިވަންކަމާއި އެކު ދިރިއުޅެލާނެ ތަންކޮޅެކެވެ. ގުރައިދޫގައި ހުރި، ނިޝާނާ ބަނޑުއަޅާ ވިހޭ މައިމީހާ ގެނެސް އެ މަންމައާއި އެކު އުޅެވޭނެ ހިޔާވަހި ކަމެކެވެ.
"މަންމަވެސް މިހާރު ހުރީ އެއްކޮށް ރަނގަޅުވެފައި. އެމީހުންބުނީ މަންމަ އާއި ހަވާލުވާނެ މީހަކު ހުރި ނަމަ އަންނަން. އެކަމަކު މަންމަ ގެނެސް ކޮންތާކަށް ވައްދާނީ. އެއީ އަހަރެންގެ މަންމަ. އެ މަންމަދެކެ އަހަރެން ވަރަށް ލޯބިވޭ." ރޮމުން ނިޝާނާ އޭނާގެ ހިތްދަތި ދިރިއުޅުމުގެ ވާހަކަ "ވަގުތު" އާއި ހިއްސާ ކުރިއެވެ.
ނިޝާނާއަށް މިއަދު ބޭނުންވަނީ ބޯހިޔާވަހިކަމެކެވެ. އެ ދެކުދިންގެ ހައްޤުގައި ނިޝާނާ އެ ވަނީ ވަރަށް ބޮޑު ޤުރުބާނީ އެކެވެ. މި ކަމުގައި ތިޔަ ކޮންމެ ބޭފުޅަކަށްވެސް އެހީތެރިކަން ފޯރުކޮށްދެވިދާނެއެވެ. ތަނަވަސްކަން ހުރި ބޭފުޅުން ފައިސާގެ ގޮތުންނެވެ. ތަނަވަސްކަން ނެތް ނަމަ، ނިޝާނާ އަށް ކުރިމަތިވެފައިވާ ނިކަމެތި ޙާލުގެ ވާހަކަ ކަމާއި ބެހޭ ފަރާތްތަކާއި ހަމައަށް ގެންގޮސްދެއްވާށެވެ. އެމަގުވެސް ފަހިވެފައިނެތްނަމަ، ނިޝާނާގެ ދިރިއުޅުން ފަސޭހަކޮށްދެއްވާތޯ ދުޢާކޮށްދެއްވާށެވެ.
އެކައުންޓް ނަމްބަރ
181 000168 7730
ފާތިމަތު ނިޝާނާ (9686842)
އެއްވެސް މީހަކަށްދޭ އެހީ އަކީ ގެއްލިގެންދާނެ އެއްޗެއް ނޫނެވެ.
މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:
މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195
މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)
މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."
އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.
މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."
އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން
ވ ދެރަ ވެއްޖެ.. ނިޝާނާއަަށް މާތްﷲ ކެއްތެރިކަން ދެއްވާ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ދެއްވުން އެދި ދުއާ ކުރަން
ބޯހިޔާވަހިކަން ހޯދަދޭން ޖެހޭނީ ގަވައިދާ ހިލާފައް ރާއްޖެ އެތެރެވެގެން އުޅޭ ބިދޭސީންނަކަށް އެކަޏެއްނޫން. އަމިއްލަ ޤައުމުގަ ނިކަމެތިވެފަ ތިބޭ މިފަދަ ނިކަމެތިންނަށް ބޯހިޔާވަހިކަން 100 ދުވަހުން ނުފުއްދެންވި ސަބަބެއް ނެއް. 100 ދުވަސް ނުވަނީސް ބިދޭސީން ބައިތިއްބާނެ ތަނެއް ހަމަޖެއްސިއިރު މިކަހަލަ ނިކަމެތިންނަށް ސަރުކާރުން އަޅާނުލަނީ ކީތްވެ.
ކޮބާ ތިނޫން މީހެއް؟؟. އެޖެންޑާ19 ގެ ސަޅިބައިސާގަ އެއޮތީނު ތިކަހަލަ ހުރިހާ ނިޝާނާއަކައް ބޯހިޔާވަހިކަމާ، ހުސްނުވާ އާސަންދޯކާ ވަތުބަތާނަތައް ދޭނަމޭ ބުނެފަ. މަމެން ބަލަހައްޓައިގެން މިތިބީ، ކިތައް މީހުންގެ ބޯ ހިޔާ ކޮއްދޭތޯ.
ކީއްވެބާ ދޯ ޔާމީނު ސަރުކާރުގަ މިކަހަލަ މީހުންނަށް އެހީނުވީ. ؟؟ މިވެސް ހަމަ ކުރެވިދާނެ ސުވާލެއް.
މިސަރުކާރަކަށް ނޫން ދޯ ކިޔަންވީ?
ނިސާނާ އަށް ބޯހިޔާ ވެހިކަން ލިބިދާނެ
މީ ޔާމިނުގެ ވެރިކަމުގައި އިހުމާލުވެފައިވާ މިންވަރު ދައްކުވައިދޭ ދިރިހުރި މިސާލެއް. އެކަކަށް 37 ފްލެޓް ލިބުނުއިރު މިމޫހުން މިތިބީ މަގުމަތި ކޮށްފަ. ސާބަސް ޔާމިން. އެންޑް ޑރ.ހަލީލް
އަހަރެން ތާއީދު ..?
ޓިކްޓޮކުން ފެނޭ ވަރަށް
ރާއްޖޭގެ ހާލަތު އޮތްގޮތުން ފްލެޓާއި އެޕާޓްމަންޓް ލިބެނީ ހަމައެކަނި މުއްސަދިންނަށް ނޫނީ ސަރުކާރުގެ ބޮޑެތި މަގާމުތަކުގައިވާ މީހުންނަށް. އެންމެ ކުރީގެ ރަސްކަންތަކުން ފެށިގެން މިއަދާ ހަމައަށްވެސް ކަންތައްވާގޮތް މިއީ. މައުމޫނަކީ ރައީސަކަށް ވުމުގެ ކުރިން މިކަން ހުއްޓުވުމަށް ވަކާލާތު ކުރި މީހެއް. ވެރިކަމަށް އައިސް ހަމަ ހުއްޓުވަން އުޅުނު މީހަކަށް އަމިއްލަޔަށް އެވީ. ނަޝީދަކީވެސް ހަމަ މިފަދަ މީހެއް، ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ޕްރޮޑަކްޓިވިޓީ ދިޔައީ ފަހަތައް. ޔާމީނަށް ވެސް މިކަން ނުހުއްޓުވުނު، އަކަމަކު ވެރިކަމުގައި ރިކޯޑު އަދަދަކަށް ފްލެޓްތަކެއް އެޅުނު. ނަޝީދާއި އޭނަގެ ހިޔާލު އެމްޑީޕީގައި އޮތްހާ ހިނދަކު އިބޫއަކަށްވެސް މިކަން ނުހުއްޓުވޭނެ، އަދި ރާއްޖޭގެ ޕްރޮޑަކްޓިވިޓީ ދާނީ ޔާމިނުގެ ވެރިކަމަށް އައުމުގެ ކުރިންް އޮތް ހާލަތަށް.
އެއްވެސް ސަރުކާރަކުން ނިކަމެތީންނަށް އަޅާލާތަނެއް ނުފެނޭ. ކިރިޔާވެސް ދެކޮޅުޖެހޭ ފަދަ އާމުދަނީއެއް ލިބޭ މީހުންވެސް ނިކަމެތި ކުރަން އެމްޑީޕީ ސަރުކާރުތަކަށް މިއެނގެނީ. އޭރުން ނިކަމެތީންނަށް ވައުދުތަކެއް ކޮށް ގިނައިން ވޯޓް ލިބޭނެއެއްނުން.
ބޭނުމީ މި ކުޅެން އެއްކައި ދަ ގަނޑު ގިޓާ
ދުޢާއަކީ ނިޝާނާއަށް އަވަހަށް ބޯހިޔާވަހިކަން ލިބި ރަނގަޅު އުފާވެރި ދިރިއުޅުމެއް ލިބުން.
ޙާލުގައި އުޅެން ޖެހުމުންވެސް ދެ ދަރިން. އަންތަރީސް. ބަލަގަ މާލޭ ރައްޔިތުން މާ ހާލުގަ އުޅެނީ . އެހެންނޫނަސް ގިނަ އަންހެނުން އުޅޭ ޙާލުތީ.. އެކަމަކު ނިޝާނާ ޓިކް ޓޮކުން ފެންނަ ވާހަކަ އެބަދައްކާ މިތާނގަވެސް. ޓިކްޓޮކުން ފެންނާނެ ނޫނީ ފޭސްބުކް ބަރާބަރަށް އަޕްޑޭޓްވާނެ ދޯ؟މީ ގިނަ އަންހެނ ކުދިން ޙާލުގައޭ ބުނާއިރު ޙާލަކީ މާތް ﷲ މިފަދަ އެންމެހާ މީސްތަކުންނަށް ތެދުމަގު ދައްކަވާނދޭވެ، އާމީން.