ކަދުރަކީ އަހަރެމެންގެ ހަށިގަނޑަށް މިނެރަލްސް ލިއްބައިދޭ މޭވާ އެކެވެ. އާއްމު ގޮތެއްގައި ކަދުރަކީ ރޯދަމަހު ދިވެހިންގެ ތެރޭގައި ވަރަށް މަޝްހޫރު އެއްޗެކެވެ. ރޯދަ ވީއްލާ ގަޑީ ކަދުރަކުން ރޯދަ ވީއްލުމަކީ ގިނަ ބައެއްގެ އާދައެކެވެ. ހަށިގަނޑަށް ފައިދާ ލިބިދޭކަދުރަކީ ކެއުން ވަރަށް މުހިއްމު މޭވާއެކެވެ.

ހަޖަމުގެ ނިޒާމު ރަގަޅުކޮށްދޭ

ކަދުރަކީ ގިނަ އަދަދަކަށް ފައިބަރ ހިމެނޭ މޭވާއެކެވެ. ކަދުރު ކެއުމުން މީހާގެ ހަޖަމުގެ ނިޒާމު ރަގަޅުވެގެން ދެއެވެ. ބަނޑު ހިކުމުގެ މައްސަލައިން ދުރުކޮށްދޭ މި މޭވާ އަކީ ދިވެހިންނަށް ނުހަނު ކަމުދާ މޭވާއެކެވެ.

ބަލިތަކުން ދިފާއުކޮށްދީ ކަށިވަރުގަދަކޮށްދޭ

ކަދުރުގައި ހިމެނޭ ސެލެނިއަމް، މެންގަނީޒް އަދި މެގްނީޒަމްއަކީ އިންސާނުގެ ކަށްޓަށް ވަރަށް މުހިންމު ބައިތަކެކެވެ. މީގެ އިތުރުން ސެލިނިއަމް އިން ކެންސަރު ޖެހުމާއި ވެސް ދުރުކޮށްދެ އެވެ. އަދި މިހާގެ ހަށިގަނޑުގެ ދިފާއީ ނިޒާމް ވަރުގަދަކޮށް ބަލިތަކުން ދުރުކޮށްދެ އެވެ.

ވިސްނުން ރަގަޅުކޮށްދޭ

ADS BY SHEESHA

ކިޔަވާ ކުދިން ކެއުމަށް ރަގަޅު ކަދުރަކީ ކުއްޖާގެ ވިސްނުން ރަގަޅުކޮށްދޭ ވިސްނުން ތޫނު ކޮށްދޭ އެއް މޭވާއެވެ. ސްކޫލަށް ދިޔުމުގެ ކުރިން ދެތިން ކަދުރެއް ކާލުމުން ސްކޫލުގައި ނަގައިދޭ ފިލާވަޅުތައް ފަސޭހައިން ނަގައިގަނެވި ފިލާވަޅުތައް ހެދުމުގައި އަވަސްވެ ކުއްޖާގެ ވިސްނުން ރަގަޅު ވެއެވެ.

ADS BY ASTERS

Comments are closed.