(އައްޑޫ ސިޓީ ހިތަދޫ) އުމުރުން 35 އަހަރުގެ ފާތިމަތު ޖޭސްމީން އަލީގެ ކުޑަކުޑަ އާއިލާ ވަގުތީ ގޮތުން ދިރިއުޅެެމުން އަންނަނީ އެންމެެ ކޮޓަރިއަކާއި ކުޑަކުޑަ ސިޓިންރޫމެއް އޮންނަ ގެއެއްގައެވެ. ހަމައެެކަނި ތަޅުން އަޅާ ހިޔާކޮށްލުމަށް ފަހު ތަރުފާލުކޮޅެއްހާ ހިސާބުވެސް އަޅާލާފައި ނުވާ އެެ ކުޑަކުޑަ ގޭގެެ ސިޓިން ރޫމުގެެ މެެދުގައި އަޅާފައިވާ ގޮދަޑިއެއް މަތީގައި އޭނާގެ އަނދިރި ހަޔާތުގެ ފުން ހިޔާލުތަކުގެ ތެރެެއަށް ގެނބިފައި އޮތް ޖޭސްމީން ފެނުމުުން އޭނާ ދިރިއުޅުމާއި ދޭތެެރޭގައި ކުރާ ހިޔާލުތައް އިހްސާސްކުރެެވުނު ފަދައެވެެ.

ސިޓިން ރޫމުގެ ތެރޭގައި ތިން ގޮނޑިއެއް ބަހައްޓާފައި ހުއްޓެެވެެ. ވަންނަ ދޮރާއި ދިމާލުގައި ހުރި މޭޒު މަތީގައި ސައި ތައްޔާރު ކުރުމަށް ބޭނުންވާ ބައެއް ސާމާނާއި ކޯންފްލެކްސް ޕެކެޓެއް ބާއްވާފައި އޮތެވެ. އެެއީ ހެެނދުނުގެ ނާސްތާގެެ ވަގުތުކަމުގައި ވީނަމަވެސް ކައްކާ ރޯފިލުވާފައި އެއްވެސް އެއްޗެއް އެެ ގޭތެރެެެއިން ފެންނާކަށް ނެެތެެވެ. މުޅި ގޭތެރެެއަށް ވެެރިވެފައި ވަނީ ހަމަހިމޭންކަމާއި، މާޔޫސްކަން އަދި ފަޅުކަމެެވެ.

ޖޭސްމީން އާއި އޭނާގެ ކުޑަކުޑަ އާއިިލާއިން ދިރިއުޅެެމުން އަންނަ ގެ - ވަގުތު އިމޭޖަސް - މުހައްމަދު އަފްޒަލް

ޖޭސްމީން އަކީ އެހެެން މަންމައިން ފަދައިން އޭނާގެ ލޯބިލޯބި ދެެ އަންހެެން ދަރިންގެ މުސަތަގުބަލަށްޓަކައި ފޮނި ހުވަފެންތަކެއް ދުތް އޯގާތެެރި މަންމައެކެވެެ. މާތަނަވަސް ނޫން ނަމަވެސް ފިރިމީހާ ކުރާ މަސައްކަތަށް ހިތްވަރުދީ ހެެޔޮލަފާ އާއިލާއެއް ބައްޓަންކުރުމަށް އިންތިހާއަށް މަސައްކަތް ކުރަމުން ދިޔަ ހީވާގި އައިންބެކެވެ. އޭނާގެ އުފާވެރި މުޅި ހަޔާތް ބަަނަވެ އަނދިރިވެގެން ދިޔައީ ހީވެެސްނުކުރާހާ ކުއްލި ގޮތަކަށެވެ.

ސަލާމް ގޮވުމަށް ފަހު "ވަގުތު ހޭރިޔާ" ޓީމުން އެެ ގޭޭގެެ ތެެރެއަށް ވަދެގެން ދިޔައިރު ކައިރީގައި މޮޅިވެރި މޫނަކާއި އެެކު އިށީންދެގެން ހަރު އުމުރުގެ ފިރިހެެނަކުު އިނެވެ. އެެއީ ޖޭސްމީންގެެ ފިރިމީހާ ޒުމަހްރަދު އިބްރާހިމް 38، އެވެެ. އަހަރުމެން އެ ގެެއަށް ވަނުމުން ޒުމަހްރަދު އޯގާތެރިކަމާއި އެކު ސިޓިންރޫމުގައި ބަހައްޓާފައި ހުރި ގޮނޑިއެއްގައި އަތުގައި ހިފަހައްޓައިގެެން ގެންގޮސް ޖޭސްމީން ބައިންދާލަދިނެވެ. އަދި ބިރުގަނެ ފިނިވެެފައި އިން ޖޭސްމީން އަށް އުންމީދީ އަޑަކާއި އެކު ޒުމަހްރަދު ހިތްވަރުދިން މަންޒަރުވެެސް އަހަރުމެންނަށް ފެނުނެވެެ.

ޖޭސްމީން އަކީ ކުޑައިރުން ފެށިގެެންވެެސް ލޮލުގެެ ފެެނުމުގައި މައްސަލަ ހުރި މީހެކެވެެ. އެެހާ ހިސާބުން ފެށިގެން ކުޅަދާނަވި މިންވަރަކަށް އޭނާ އައީ ދެެލޮލަށް ބޭސްކުރަމުންނެވެެ. އެެެހެެންނަމަވެސް އޭރު ޖޭސްމީންއަށް އާދައިގެ މިންވަރަކަށް ފެނުނެވެެ.

ލޮލުގެ ފެނުން ގެއްލިފައިވާ ޖޭސްމީީން - ވަގުތު އިމޭޖަސް - މުހައްމަދު އަފްޒަލް

ދެެތިން ފަހަރަކު ބޭސްފަރުވާއަށް ޖޭސްމީން އިންޑިއާ އަށް ދަތުރުކޮށްފައި ވެއެވެ. އިންޑިއާގައި އޭނާ އަށް ފަރުވާ ދެެމުން ދިޔަ ޑޮކްޓަރުން އުންމީދެއް ކަނޑައެއް ނުލައެެވެ. އެެމީޙުން ބުނަމުން ދިޔައީ ޖޭސްމީންއަށް، އެކަށީގެންވާ ފަރުވާއެެއް ދެވިއްޖެ ނަަމަ އަލުން ފެނުން މުޅިން ރަނގަޅުވާނެެ ކަމުގެ ފޮނި އުންމީދުތައް ދެެމުންނެވެެ. ކޮވިޑް-19ގެ ކަޅު ވިލާގަނޑު ޖޭސްމީން އާއި އޭނާގެެ އާއިލާގެެ ހަޔާތަށްވެސް ވަނީ ވެެރިވެެފައެވެ. އެކަމުގެެ ސަބަބުން އިންޑިއާއަށް މިއަހަރު ގޮސް ބޭސްފަރުވާ ކުރުމަށް ޖޭސްމީން ވަނީ ނުކުޅެެދިފައެވެެ.

ޖޭސްމީންގެ އެކި ރިޕޯޓުތައް - ވަގުތު އިމޭޖަސް - މުހައްމަދު އަފްޒަލް

"ވަގުތު" އަށް މައުލޫމާތު ދެމުން ޖޭސްމީން ބުނީ އޭނާގެެ ލޮލުގެެ ފެެނުން ގެއްލި މުޅި ހަޔާތް އަނދިރިކަމެއްގެެެ ތެރެއަށް ވެެއްޓިގެެން ދިޔައީ މިދިޔަ މަހުގެެ މެެދުތެރޭގައި ކަމަށެވެ. އޭނާ ކިޔައިދިން ގޮތުގައި ފެނުން އެއްކޮށް ގެއްލުނީ ލޮލުގެ ބައްޔަށް ބޭސްކުރުމަށް މާލެ ދިއުމަށް ފަހު އެެނބުރި އައްޑޫއަށް އައިސް ކަރަންޓީނުގައި ހުއްޓައެެވެެ. އެެދުވަހު ބޮލަށް އެެނބުރުން އަރައިގެން ހޮސްޕިޓަލަށް ގެެންދިޔަ ކަމަށާއި، އެނބުރި ހޭވެެރިކަން ވީއިރު އޭޭނާގެެ ލޮލުގެ ފެެނުން ވަނީ އެެއްކޮށް ގެއްލިފައި ކަަމަށް ޖޭސްމީން ކިޔައިދިނެވެެ. ވަރަށްވެސް ދެރައެވެ. މިވަގުތު މާލީ ތަނަވަސްކަން ނެތުމުގެެ ސަބަބުން އެނބުރި އިނޑިއާއަށް ދެވޭކަށެއް ނެެތެވެެ. ދެން އޮތީ އާސަންދައިން އެެހީތެރިކަން ހޯދުމެެވެ. ޖޭސްމީން ކިޔައިދިން ގޮތުގައި އެެތައް މަސައްކަތެެއް ކޮށްގެންވެެސް އާސަންދައިން ވަނީ އޭނާ އިންޑިއާއަށް ފޮނުވައިދިނުމަށް ދެކޮޅުހަދާފައެެވެެ.

އިންޑިއާގައި ޖޭސްމީންއަށް ފަރުވާދެެމުން އަންނަ ޑޮކްޓަރުން އުންމީދު އޮތް ކަމަށް ބުނަމުން އައި ނަމަވެެސް ރާއްޖެއިން ވަނީ އޭނާގެ ލޮލަށް ފަރުވާއެއް ލިބި އަލުން ފެނިދާނެކަމުން އުންމީދު މުޅިން ކަނޑާލާފައެެވެ. މި ބައްޔަށް ފަރުވާ ހޯދުމަށް އޭނާ އެންމެެ ފުރަތަމަ އިންޑިއާ އަށް ގޮސްފައި ވަނީ 2016 ވަނަ އަހަރު އެވެ.

ޖޭސްމީންގެ ކައިވެންޏަށް 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ލިބިފައި ވަނީ ދެ ދަރިންނެވެ. އެއީ މަރިޔަމް ޒާކިޔާ ޒުމަހްރަދު 9، އަދި އައިޝަތު ރާޔާ ޒުމަހްރަދު އެެވެެ.

"އަޅުގަނޑު ވަރަށް އެެދުނިން އިންޑިއާއަށް ފޮނުވަދޭށޭ. އެކަމަކު އާސަންދައިން ބުނީ އަޅުގަނޑު ލޮލަށް ފެންނާކަމުގެ އުންމީދެއްނެެތީމަ ބޭނުން ކަމެއް ނޫނޭ އިންޑިއާއަށް ފޮނުވުމަކީ. ދެެން ނެތް އިތުރު އެއްވެސް ގޮތެެއް. އެތިބަ ކުޑަކުޑަ ދެެ ދަރިންގެ މުސްތަގުބަލަށްޓަކައިވެސް އަޅުގަނޑު ބޭނުން ލޮލަށް ކުޑަކޮށް ނަމަވެސް ފެންނަން" ޖޭސްމީން ފުން ހިތާމައާއި އެކު ބުންޏެވެެ.

ޖޭސްމީންގެ ލޮލުގެ ފެނުން ގެއްލުމުން ދަރިން ބެލޭނެ ގޮތެއް ވެސް އޭނާ އަކަށް ނެތެވެ. މިހާރު އެެ ދެެކުދިން ބަލަހައްޓަމުން އަންނަނީ ފިރިމީހާގެ އާއިލާގެ މީހަކު ފުވައްމުލަކުގައި ކަމަށް ޖޭސްމީން ބުންޏެވެ.

ސަރުކާރުން އެހީތެރިކަމެއް ފޯރުކޮށްނުދިންތަނުގައި އާއިލާއިންވެސް ޖޭސްމީންއަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށެއް ނުދިނެވެ. ޖޭޭސްމީންގެ މަންމަ އާއި ބައްޕަ ކުޑައިރު ވަރިވެފައިވާއިރު، އެއްބަނޑު އެއްބަފާ ތިންމީހުން ތިބެއެވެ. އެންމެެ ކުޑައަށް ހުންނަ ކޮއްކޮގެ ފަރާތުން ފިޔަވައި އެއްްވެސް މީހަކު އޭނާއަށް އެހީތެރި ނުވާކަމަށް ޖޭސްމީން ބުންޏެވެ.

"އަޅުގަނޑު އަނބުރައިގަނެގެެން ހޮސްޕިޓަލަށް ގެެންދިޔަ ދުވަހުވެސް މިތާ ކައިރީގަ އުޅޭ މަންމަ އާއި އެެއްބަނޑު ދައްތަވެެސް ނާދޭ. މުޅި ސަރަަހައްދު އެންމެން މިގެެއަށް އައި އިރުވެެސް އެއިން މީހަކު ފެނިވެެސް ނުލާ. ދެރަވޭ، އެކަނިވެސް ވޭ، އެެކަމަކު ކީއްކުރާނީ" ޖޭސްމީން ބުންޏެވެެ.

ޖޭސްމީން އާއި އޭނާގެ ކުޑަކުޑަ އާއިިލާއިން ދިރިއުޅެެމުން އަންނަ ގެ - ވަގުތު އިމޭޖަސް - މުހައްމަދު އަފްޒަލް

ޖޭސްމީންގެެ ދެެ ދަރިންގެ ތެރެއިން ޒާކިޔާ އަކީވެެސް ފެނުމުގައި މައްސަލައެއް ހުންނަ ކުއްޖެެއް ކަމަށް އޭނާ ބުންޏެވެ. ޒާކިޔާ އައިނު އަޅުވާ ކަމަށާއި، ނަމަވެސް އައިނު ނަންބަރު އާކުރަން ޖެެހި އަދިވެސް އެކަންވެެސް ވެެފައި ނުވާކަމަށް ޖޭސްމީން ވަނީ ބުނެފައެވެެ.

"ޒާކިޔާގެެ ވެސް ހުންނާނެެ ލޮލުގެ މައްސަލަ ކޮންމެވެެސް ވަރަކަށް. ދެެ އަހަރުވީ އެެކުއްޖާގެެވެސް އައިނު އާކުރަން ޖެެހި އައިނު އާނުކުރެެވި. ވަރަށް ދެެރަވޭ މިހެންވާތީ. ޒާކިޔާ ވަރަށް ކުޑައިރު، އެކްސިޑެންޓެއްވެސްވި. އަބަދު ބޮލުގަ ރިއްސާތީ އުޅޭނީ" އޭނާ ބުންޏެެވެ.

ލޮލުގެ ފެނުން ގެއްލުމުގެ ސަބަބުން ޖޭސްމީންއަށް އެެއްވެސް ކަމެއް އަމިއްލައަށް ކުރުމަށް ވަނީ ނުކުޅެދިފައެވެ. އޭނާއަށް ކާންދިނުމުން ފެށިގެެން ގޮސް ފެންވެރުވުމާއި ހަމަޔަށް ކުރިހާ ކަމެއް ކުރަމުން އަންނަނީ ފިރިމީހާ ޒުމަހްރަދެވެެ. ޒުމަހްރަދު މަސައްކަތު ދިއުމުން އައިސް ކައްކައިދިނުމާއި، އެހެނިހެން ކަންކަން ކޮށްދެެމުން އަންނަނީ އަވައްޓެރިއެއް ކަމަށް ޖޭސްމީން ބުންޏެވެ.

ލޮލުގެ ފެނުން ގެއްލިފައިވާ ޖޭސްމީީން - ވަގުތު އިމޭޖަސް - މުހައްމަދު އަފްޒަލް

ޒުމަހްރަދު އާމްދަނީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތަކީ އައްޑޫގައި ޕިކަޕު ދުއްވުމެވެ. ދެެން ފައިސާއެއް ލިބޭ އިތުރުކޮޅަކަށް އޮންނަނީީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ދެމުން އަންނަ 2000 ރުފިޔާއެވެ. އޭނާ ބުނި ގޮތުގައި ޕިކަޕު ދުއްވައިގެން އެންމެ އެދެވޭ ވަރުގެ އާމްދަނީއެއް އެ ދެމަފިރިންނަކަށް ނުލިބެއެެވެ. ދެކުދިން ސްކޫލަށް ފޮނުވަން ކުރަން ޖެހޭ ހަރަދުތައް ކުރުމަށް އެ ދެމަފިންނަށް ވަނީ ވަނީ ދަތިވެފައެވެ.

ލޮލުގެ ފެެނުން ގެއްލިފައިވާ ޖޭސްމީން އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭނާގެ ބީއެމްއެލް އެކައުންޓް (7708506255101- ފާތިމަތު ޖޭސްމީން އަލީ --- 7698606) އަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ އޭނާއާއި އޭނާގެ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.


މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

1. މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

2. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.

(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

3. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

4. އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.

(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ. "

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ޅަބޭ

  ތިރީ ޕެރެގުރާފު ތަކުގައެހެރަ ދީނީ ހާސަރުތައް ޖެހިޔަސް ނުޖެހިޔަސް، އެހީވާނެ މީހަކު އެހީވާނެ. ސަރުކާރަށާ ސިޔާސީ ބައިގަނޑުތަކައް ތިކަހަލަ ނިކަމެތިން ފެންނާނީ އިންތިހާބު ކައިރިވާ ދުވަސްކޮޅު އެކަނި.

  28
  69
  • ކިinބޫ

   ދީނީ ވާހަކައެއް ވިއްޔާ ހާސަރު! ޔަގީން ލާދީނީ ރީނދޫ ގުންޑާއަކަށް ވާނީ.

 2. އިއްބެ

  "އަޅުގަނޑު ވަރަށް އެެދުނިން އިންޑިއާއަށް ފޮނުވަދޭށޭ. އެކަމަކު އާސަންދައިން ބުނީ އަޅުގަނޑު ލޮލަށް ފެންނާކަމުގެ އުންމީދެއްނެެތީމަ ބޭނުން ކަމެއް ނޫނޭ އިންޑިއާއަށް ފޮނުވުމަކީ. ދެެން ނެތް އިތުރު އެއްވެސް ގޮތެެއް. އެތިބަ ކުޑަކުޑަ ދެެ ދަރިންގެ މުސްތަގުބަލަށްޓަކައިވެސް އަޅުގަނޑު ބޭނުން ލޮލަށް ކުޑަކޮށް ނަމަވެސް ފެންނަން" ޖޭސްމީން ފުން ހިތާމައާއި އެކު ބުންޏެވެެ ަ. އާސަންދައިން އެހެން ބުނި މީހާއަށް މިފަދަ ކަމެއް ދިމާވީމަ އިހުސާސް ވާނެ، އަޅުގަނޑު އެދެން މި އާއިލާއަށް އާސަންދައިން އެހީތެރިވުމަށް!

  99
  1
 3. އިއްބެ

  "އަޅުގަނޑު ވަރަށް އެެދުނިން އިންޑިއާއަށް ފޮނުވަދޭށޭ. އެކަމަކު އާސަންދައިން ބުނީ އަޅުގަނޑު ލޮލަށް ފެންނާކަމުގެ އުންމީދެއްނެެތީމަ ބޭނުން ކަމެއް ނޫނޭ އިންޑިއާއަށް ފޮނުވުމަކީ. ދެެން ނެތް އިތުރު އެއްވެސް ގޮތެެއް. އެތިބަ ކުޑަކުޑަ ދެެ ދަރިންގެ މުސްތަގުބަލަށްޓަކައިވެސް އަޅުގަނޑު ބޭނުން ލޮލަށް ކުޑަކޮށް ނަމަވެސް ފެންނަން" ޖޭސްމީން ފުން ހިތާމައާއި އެކު ބުންޏެވެެ ަ. އާސަންދައިން އެހެން ބުނި މީހާއަށް މިފަދަ ކަމެއް ދިމާވީމަ އިހުސާސް ވާނެ، އަޅުގަނޑު އެދެން މި އާއިލާއަށް އާސަންދައިން އެހީތެރިވުމަށް!
  (الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.

  (رواه البخاري 6551 و مسلم 2850)

  މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

  42
  1
 4. ސުބުޚާނަﷲ

  ޔާރަބު އި ބަ އިލާހުގެ ރަޚުމަތާ އި މަދަދު އެނިކަމެތި ޢާ އިލާ އަށް މިންވަރުކޮށްދެ އްވާންދޭ ޔާ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެﷲ ތިފަދަނިކަމެތި މީހުންވެސް އެބަ އުޅޭތަ ހުރިބިތާމަ އެ އްގެބޮޑުކަމާ އޭ ކޮބާ ކޮންމެ އިންތިހާބަކަށް ތިފަދަ ނިކަމެތިން ކަ އިރިޔަށް ގޮސް ފޮނި ބަ އިސާކަނޑާ ސިޔާސީ ލީޑަރުން ހަމަރަނގަޅަށްވެސް މަހަ އިރާވެ އްޖެ ބޮޑެތިމަހުޖަނުން ފެންވަރުގެ މީހުން އތިބޭދާ އިރާ އެއ އްގަ އި ތިފަދަނިކަމެތިން ވެސް އުޅޭތަ މާތްކަލާކޯ ތިދާ އިރާގަ އި ރަސްކަންކުރަމުންދާ މު އްސަ ދިން ނަކީ އިންސާނުންތަ ޔާﷲ އެނިކަމެތި ޢާ އިލާ އަށް ރިޒުޤު ތަނަވަސްކޮށްދެ އް ވާނދޭވެ. ހިތްވަރާ އިކެތްތެރިކަން ދެ އްވާންދޭވެ. ރޯދިބަރަކާތް ލިބޭނެ މަގުފަހިކޮށްދެ އްވާންދޭވެ. އާމީން ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި

  58
 5. ޕަލްސް

  ސުބުހާނަﷲ ! ޅަބޭ! ދީނީ ހާސަރުތަކޭ. ދީނީ ހާސަރު ހުރޭތަ. ﷲ ގެ އާޔަތްތަކާއި ރަސޫލުﷲ (ޞޢވ) ގެ ޙަދީޘްފުޅުތައް ފެންނަނީ ހާސަރުތަކެއްގެ ގޮތުގަތަ.

  62
  5
 6. އަލީ

  ދީނީ '"ހާސަރުތައް'' ގަބޫލުނުކުރާ މީހުންނަށް މިއީ ސަވައިވަލް އޮފް ދަފިޓެސްޓް. ކަމެއްނޫން!

  13
  6
 7. މއކ

  ކޮބާތަ އަ އްޑޫ ބޮޑެތި ވިޔަފާރިވެރި މު އްސަންދިން. ވިޔަފާރިކޮ މުދާ ގިނަކޮ އް ގުނެލަ ގުނެލަ މާލޭގަ. އެހީގެ އަތެ އް ދި އްކޮލަން އަޅެ ކީ އް.

  26
  2
 8. 😀

  ޅަބޭ ގޯތި ފޭރާބުޑު

  7
  2
 9. ކެޔޮޅު

  މިސަރުކާރުން ރަށްޔަތުންނަށް އަޅާނުލާކަން ފެނިގެން މިދަނީ ރަށްޔަތުން މިއަދު ބިކަވެ އިންޑިއާގެ ފަޑުއްކަ ހިލަހަނޑޫ ކާންޖެހިފަ މިއަދު މިއޮތީ ޔާ ﷲ މިނިކަމެތި އާއިލާޔަށް ތަނަވަސްކަންދެއްވާންދޭވެ އާމީން .

  30
  1
 10. ސިނެކް

  الله ތަޢާލާ އެނިކަމެތި އާ އިލާޔަށް ހެޔޮގޮތްމިންވަރުކުރަށްވާށިآمين

  38
  2
 11. މެޑަމް ފަޒުނާ

  الله ތަޢާލާ އެނިކަމެތި އާ އިލާޔަށް ހެޔޮގޮތްމިންވަރުކުރަށްވާށިآمين... އިބޫ ސޯލިހު މި ކަހަލަ ކަންތައްތަކަކުގައި ކީރިތި ނުކިރައްވަނީ ކީއްވެތޯ؟ ހަމަ އަހާލީ..

  25
 12. އުޙްތު

  އަޅުގެ ދުޢާ އައީ އެ އުޙްތާއަށް ލޮލުގެ ފެނުން އަނބުރާ މިންވަރު ކުރެއްވުން... إن شاء الله ... ކެއްތެރިކަމާއި ހިތްވަރު ދެއްވާށި..

  24
 13. ހައްގުތެދު

  ތިޔަ ހަބަރުން ވަރަށްބޮޑު ޝޮކެ އް ލިބި އްޖެ. ހަގީގަތަކީ ތި ދެމަފިރިންނަށް ފްލެޓެ އް ލިބި ފްލެޓް ވަނީ ކަރަންޓީން ފެސިލިޓީ ގެ ގޮތުގަ އި ކަ އުންސިލަށް ކު އްޔަށް ދީފަ. މަ އިންބަފަ އިންނަށް ހެޔޮކޮށް ހިތުމަށް ގެ އާދެވި ފަރާތުން އަންގަވާފަ އި ވަނީ ހިކުމަތަކަށްޓަކަ އި. ދޮގުހަދާ އިގެން ލިބޭ މިލި އަން ޑޮލަރަށް ވުރެ ތެދުހަދައިގެން ލިބޭ 1 ރފ ވެސް މާރަނގަޅު

  5
  2
  • ޑ5

   ތީ ތެދު ވާހަކައެއް..

 14. ޝުންނަ

  ޙައްގުތެދު.. ތިހައްދަވަނީ ވ.ބޮޑު ދޮގެއް. ޢިހުލާސްތެރި ކަމާއެކު ކޮމެންޓް ކުރައްވާ. ވަކިބޭނުމަކަށް ވަކިކަމެއް ހާސިލް ކުރުމަކަށް ތިހެން ނުހައްދަވާ..

  3
  1