(ހއ. ވަށަފަރު) މި ރަށުގައި ސިޓީ ހޮޓަލެއް އެޅުމަށް ހުޅަނގު ކޮޅުގައި އޮންނަ ތުނޑި ހިމެނޭ ގޮތަށް އެއްލައްކަ އަކަފޫޓުގެ ބިމެއް އެ އޮތީ ދީފައެވެ. މީގެ ހަތް އަހަރެއްވަރު ކުރިން، 2014 ވަނަ އަހަރު ދިވެހިންގެ %100 ހިއްސާވާ ސޭންޑް ވިލާސް ޕްރައިވެޓް ލިމިޓެޑާ އެ މަސައްކަތް ހަވާލު ކުރުމުން މަސައްކަތް ފަށައިގަތީ މި ރަށުން ބައެއް މީހުން ވެސް ބައިވެރިކޮށްގެންނެވެ. ބައެއް މީހުންނަށް ވަޒީފާ ވެސް ދީގެންނެވެ.

ނަމަވެސް އެ މަސައްކަތް ހަވާލު ކުރިތާ އެތައް އަހަރެއްވެގެން ދިޔަ އިރު ވެސް އެކަން އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުދިޔައެވެ. އެތަނުގެ މަސައްކަތްތައް ކުރިއަށް ދަނީ އެންމެ ބޭނުންވާ ހަލުވިމިނެއްގައެއް ނޫނެވެ. އެ ސިޓީ ހޮޓަލާ ގުޅޭ ގޮތުން މިރަށު މީހުންނާ ސުވާލު ކުރުމުން މޫނު މަތިން ފެންނަނީ ހިތާމަވެރި މޫނުތަކެކެވެ.

އެ މީހުން ދެކެމުންދާ ހުވަފެންތައް ވިއްސިވިހާލި ވެގެން ދާ ކަހަލަ އެތައް ވާހަކައެކެވެ.

"މިއީ މަސައްކަތް ކޮށްކޮށް ނުނިމުނު ތަނެއް، އަހަރުމެން ކިހާ އުއްމީދުކޮށްގެން މި ތިބީ މިތަން ނިމި ބޭބެންމެންނާއި ކޮއްކޮމެން އަދި ފިރިމީހާ އެނބުރި ވަޒަނަށް އައިސް ވަޒީފާ ލިބޭނެ ކަމަށް، އެކަމަކު މިތަނުގެ މަސައްކަތްދާ ގޮތުން ހިއެއް ނުވޭ މިއިން އަހަރެއްގައި ވެސް ނިމިދާނެ ހެން،" ހއ. ވަށަފަރަށް އުފަން ޒުވާނަކު މާޔޫސްވެ ހުރެ ބުންޏެވެ.

އެތައް މިލިއަން ރުފިޔާގެ ހަރަދުކޮށްގެން ހިންގާ އެ ސިޓީގެ އެންމެ ބޮޑު އެއް ފަތުރުވެރިކަމުގެ އެ ޕްރޮޖެކްޓް ނިމޭނެ ދުވަހަކަށް އިންތިޒާރު ކުރެވެނީވެސް ރަށުގެ ރައްޔިތުންނަށް ފައިދާ ކުރާނެތީއެވެ. މުޅި އަތޮޅަށް ފައިދާ ކުރާނެތީއެވެ.

އޮކްޓޯބަރު 23، 2014 ގައި ސޭންޑް ވިލާސް ޕްރައިވެޓް ކުންފުނިން ވަށަފަރު ކައުންސިލާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން ފަސް އަހަރު ތެރޭގައި ހޮޓާ ތަރައްގީކޮށް ނިންމަން ޖެހޭނެއެވެ. އަދި އެ ތަން އޮޕަރޭޝަނަށްވެސް ގެންނަން ޖެހެއެވެ. ނަމަވެސް ކައުންސިލުން ވެސް އެންމެ ބޭނުންވާ ފުޅާ މިނެއްގައި އެ މަސައްކަތް ކުރިއަށް ނުދެއެވެ.

ހޮޓާ ތަރައްގީކޮށް ހިންގުމަށް އެ ކުންފުންޏަށް ބިން ދީފައިވަނީ 50 އަހަރަށެވެ. އެ ސިޓީ ހޮޓާގެ ކޮންސްޓްރަކްޝަން ޕީރިއަޑަކަށް ދީފައި ވަނީ ފަސް އަހަރުގެ މުއްދަތެކެވެ. އެ ޕީރިއަޑް ހަމަވާނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހެވެ. އެތަނުގައި އަޅަން ނިންމާފައި ވަނީ 100 ކޮޓަރިއެވެ.

ހއ. ވަށަފަރު ސިޓީހޮޓުގެ ގެސްޓް ކޮޓަރިތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ފެންނަ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ނަމަވެސް މިހާތަނަށް އައި އިރު ރައްޔިތުން އުންމީދު ކުރި ވަރާ ގާތަށް ވެސް މަސައްކަތް ނިމިފައެއް ނުވެއެވެ. ސިޓީ ހޮޓާ އެޅުމުގެ މަޝްރޫއުގެ ދަށުން ނިމިފައި ހުރީ ރިސެޕްޝަނާއި ރެސްޓޯރަންޓް އިމާރާތާއި މެއިން ޖެޓީ އާއި ސްޓާފުންގެ ކޮޓަރިތަކާއި އޮފީސް އިމާރާތެވެ. އަދި ފަތުރުވެރިންނަށް ހާއްސަކޮށް އަޅާ ކޮޓަރިތަކުގެ ތެރެއިން 21 ކޮޓަރިއެއްގެ ކޮންކްރީޓް މަސައްކަތް ހުރީ ނިމިފައެވެ. މިއީ ވެސް އެތައް މިލިއަން ރުފިޔާއެއްގެ މަސައްކަތެވެ.

ހއ. ވަށަފަރު ސިޓީހޮޓާ އަޅަން ދޫކޮށްފައިވާ ސަރަހައްދުގައި އޮންނަ ފާލަން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ނަމަވެސް ޕްރޮޖެކްޓް ނިންމަން ދީފައިވާ މުއްދަތު ފަހަނައަޅާ ދިޔަ އިރު ވެސް އެތަނުގެ މަސައްކަތްތައް ނިމޭނެ ކަމުގެ އުއްމީދެއް އެއްވެސް ބައެއްގެ ނެތެވެ. އެއީ ވާނެ ކަމެއް ނޫން ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.

އެ ހޮޓާ އަޅާ ތަނަށް ވަންނަން ލިބުނު ފުރުސަތުގައި އެތަނުގައި މަސައްކަތް ކުރިއަށް ދާ ގޮތް ބެލުނެވެ.

އެ ޕްރޮޖެކްޓްގެ ސައިޓް ތެރެއިންވެސް ފުރަތަމަ ލޮލުގައި އަޅައިގަތީ ކޮންސްޓްރަކްޝަން ސައިޓެވެ. އެ ސައިޓް ފަހަނައަޅާ ގޮސް އެންމެ ފުރަތަމަ ވެސް ފެނުނީ ރިސެޕްޝަނެވެ. އެ ތަނުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ހުރީ ނިމިފައެވެ. ފުދޭވަރަކަށް ބޮޑު ރިސެޕްޝަނެކެވެ. ރިސެޕްޝަނާއެކު ދެން ހުންނަނީ ރެސްޓޯރެންޓާއި ބަދިގެ އާއި ލޮބީގެ އިތުރުން ގެސްޓް ރީކްރިއޭޝަން، ކޮންފަރެންސް ހޯލްގެ އިތުރުން، ގެސްޓް ފިހާރައެވެ. އެއީ 10،000 އަކަފޫޓުގެ އިމާރާތެކެވެ. ދިވެހިންނާއި ބިދޭސީން ވެސް ޕްރޮޖެކްޓް ސައިޓްގައި އެވަގުތު މަސައްކަތް ކުރަމުން ދިޔައެވެ. އެ މީހުން މަސައްކަތް ކުރަމުން ގޮސްފައި ވަނީ ގެސްޓް ކޮޓަރިތައް ނިންމުމުގައެވެ.

އެ ސައިޓުން ފެނުނު އެއް ތަނަކީ ސާމްޕަލް ކޮޓަރިއެވެ. ފުދޭ ވަރަކަށް ރީއްޗަށް ހަދާފައިވާ އެ ކޮޓަރީގެ ފުރިހަމަކަން ވަރަށް ރަނގަޅަށް ހާމަވެގެން ދެއެވެ. ބޭރުން ފެނިގެން ދަނީ ހަމަ ސީދާ ރިސޯޓެއްގެ ކޮޓަރިހެންނެވެ.

ހއ. ވަށަފަރު ސިޓީ ހޮޓާގެ ކޮޓަރިއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފޮނި އުއްމީދެއްގައި ހަވާލު ކުރި ޕްރޮޖެކްޓެއް!

މިއީ މިރަށު ރައްޔިތުންނާއި ކައުންސިލުންވެސް ފޮނި އުއްމީދެއް ކޮށްގެން ތިބި ޕްރޮޖެކްޓެކެވެ. ރަށަށް ފައިދާ ކުރާނެ ވަރުގެ ޕްރޮޖެކްޓަކަށް ވާނެ ކަމަށް އުއްމީދުކޮށްގެން ތިއްބެވެ. އަދި މިއީ ކައުންސިލަށް އާއްމުދަނީ ހޯދުމުގެ ބޭނުމުގައި ހަވާލު ކުރި ޕްރޮޖެކްޓެއްވެސް މެއެވެ. އަދި މީގެ އިތުރުން ރަށަށް ގިނަގުނަ ތަރައްގީގެ މަޝްރޫއުތައް ފެށިގެން ދާނެ ޕްރޮޖެކްޓަކަށް ވެސް މި ސިޓީ ހޮޓާ ވާނެއެވެ.

"އަޅުގަނޑުމެން ދެރަވެ ހިތާމަވެސް ކުރަން އަޅުގަނޑުމެން ބޭނުންވާ ވަރަށް ވެސް ސްޕީޑެއްގައި މަސައްކަތެއް ނުދޭ،" ނިމިދިޔަ ދައުރުގައި ވަށަފަރު ކައުންސިލް ރައީސްކަން ކުރެއްވި އަހުމަދު ވަހީދު ވިދާޅުވިއެވެ.

ހއ. ވަށަފަރުގައި ސިޓީ ހޮޓަލުގެ ފުރަތަމަ ގެސްޓް ކޮޓަރި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ނަމަވެސް ވަހީދު ވަނީ އެ ޕްރޮޖެކްޓާއި ގުޅުން ހުރި ސީއެސްއާރް މަސައްކަތްތުގެ ތެރެއިން މުއްދަތު ދީފައިވާ ބައެެއް މަސައްކަތްތައް ނިންމާލާފައިވާކަން ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި އެގްރީމެންޓްގައި ބުނާ ފަދައިން ސިއްހީ މަރުކަޒުގެ ވޯޑެއް ގާއިމް ކުރުން ހިމެނެއެވެ. އަދި މިހާރު އެ އިމާރާތް ދަނީ ބޭނުން ކުރަމުންނެވެ.

އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތެރެއިން ލެބޯޓްރީއެއް ގާއިމް ކުރުމަށް ނިންމި ނަމަވެސް ސަރުކާރު ބަދަލުވުމުގެ މަރުހަލާއާއެކު އެ މަސައްކަތް ހުއްޓުނެވެ. އެެެންމެ ފަހުން ރައްޔިތުންނާއި ދެ ފަހަރެއްގެ މަތިން ބައްދަލުުކޮށް ނިންމީ، އެ މަސައްކަތަށް ވާ ފައިސާ ރައްޔިތުންގެ ފަންޑަށް ނުވަތަ ކައުންސިލްގެ ފަންޑަށްލުމެވެ. މިހާރު އެ އެއްބަސްވުމުގެ ދަށުން އެ ފައިސާތައް ކައުންސިލަށް ލިބެމުން އަންނަކަން ވަހީދު ފާހަގަކުރިއެވެ.

ވަށަފަރު ކައުންސިލް ކުރީގެ ރައީސް ވަހީދު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މަސައްކަތުގެ ސްޕީޑް ލަސް!

ރާއްޖޭގައި ސިޓީ ހޮޓާތައް ތަރައްގީ ކުރުމަށް ދާ މުއްދަތު ލަސްކަމަށް ދިރާސާތަކުން ހާމަވެއެވެ. ހުޅުމާލޭގައި ހަދަމުން އައި ސިޓީ ހޮޓާ ވެސް ހެއްކަކަށް ފުދެއެވެ. ބޮޑަށް މި އުޅެނީ ފައިސާގެ މައްސަލައެވެ. ދިވެހި ކުންފުނިތަކަަށް ކުރިއަށް ދާންވީ ވަރަށް ފައިސާ ނުލިބެނީއެވެ. ނޫނީ ފަންޑް ލިބުމުގައި ދަތިތަކެއް ދިމާވަނީއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަލާއިރު، ސިޓީ ހޮޓާ ތަރައްގީކޮށް އެއްވެސް ރަށެއްގައި އޮޕަރޭޓްކޮށް ހިންގާ ތަން ނުފެނެއެވެ.

ހއ. ވަށަފަރު ސިޓީހޮޓާގެ ކޮޓަރިއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ގިނަ ރަށްތަކުގައިވެސް މިހާރު މިރަށުގައި ކުރިއަށްދާ ވަރުވެސް ނުވޭ، އުލިގަމުގައި ސޮއިކޮށްލި ގޮތަށް އޮތީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ސިޓީ ހޮޓާ ކަންތަކުގައި ސަރުކާރުން އިޝްތިހާރުތަކެއް ކުރި، ކައުންސިލާއި ގުޅިގެން ބިން ދިން، އެކަމަކު އެ މީހުންނަށް އެއްވެސް ކަހަލަ ލޯނު ދިނުމުގައި ނޫނީ އެއްވެސް އެހެން ކަމެއްގައި އެހީތެރިކަމެއް ސަރުކާރުން ނުދެނީ، އެއީ ހަގީގަތުގައިވެސް ސްޕީޑް ލަސްވާ ކަމަކީ،" ވަހީދު ފާހަގަކުރެއްވިއެވެ.

ހއ. ވަށަފަރުގައި ސިޓީ ހޮޓާ އަޅަމުންދާ ސަރަހައްދު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކައުންސިލުން ދިން މައުލޫމާތަށް ބަލާ އިރު، އެ ކުންފުންޏަށް ދިމާވެގެން އުޅެނީ ފައިސާ ލިބުމުގެ ދަތިކަމުގެ މައްސަލައެވެ. އެ ކުންފުނިންވެސް ލޯންތަކަށް ފާއިތުވެދިޔަ ހަތަރު އަހަރެއްހާ ދުވަސް ތެރޭގައި މަސައްކަތް ކުރިއެވެ. އެކަމަކު ކާމިޔާބު ވެފައެއް ނުވެއެވެ. ނަމަވެސް މިހާރު އެ ކުންފުންޏަށް ބޭރު ބަޔަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ފައިސާ ހަމަޖެހިގެން ދާނެ ކަމުގެ އުއްމީދު އެބަ އޮތެވެ. އަދި މި އަހަރު ތެރޭގައި އެތަނުގައި މަސައްކަތް ނިންމާ އަންނަ އަހަރު ތެރޭގައި އޮޕަރޭޝަނަަށް ގެނައުމަށް ތައްޔާރުވާނެ ކަމަށް އެ ކުންފުންޏާ ހަވާލާދީ ކައުންސިލުން ބުނެފައި ވެއެވެ.

އެތަނުގައި މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ދެއެވެ. ނަމަވެސް މަސައްކަތުގެ ސްޕީޑް ލަހީއެވެ.

ހއ. ވަށަފަރުގައި ސިޓީ ހޮޓަލުގެ ސީނިއާ ސްޓާފުންގެ ކޮޓަރިތަކާއި އޮފީސް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ހއ. އަތޮޅުގައި އިތުރު ހޮޓާތަކެއްގެ މަސައްކަތްވެސް ކުރިއަށް ގެންދިޔައެވެ. ނަމަވެސް އޮތީ ހުއްޓިފައެވެ.

ކުންފުންޏަށް ދިމާވީ ފައިސާގެ ދަތިކަން!

އެ ބޮޑު ހޮޓާ އެޅުމުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުންޏަށް ދިމާވީ ފައިސާގެ ދަތި ކަމަކަށްވާ އިރު، އެ ކުންފުނިން ވަނީ އަމިއްލަ މީހުންގެ އަތުން ފައިސާ ހޯދައިގެން މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

މިއީ މިރަށު ރައްޔިތުންނަށް ނޭނގި އޮތް ވާހަކައަކަށް ވެދާނެއެވެ.

ސޭންޑް ވިލާސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ތޮލްއަތު ރަޝީދު "ވަގުތު"އަށް ވިދާޅުވީ، ޕްރޮޖެކްޓްގެ މަސައްކަތް ލަސްވީ ފައިސާގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެގެން ކަމަށެވެ. އަދި މިހާރުވެސް މަސައްކަތްތައް ކުރިއަށް ގެންދަނީ އަމިއްލައަށް ލިބޭ އެއްޗަކުންނާއި އާއިލާއާ ރަހުމަތްތެރިންގެ ފަރާތުން ލިބުނު ފައިސާއިން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ބޮޑެތި މިލިއަނަރުންނެއް ނޫން، ވިޔަފާރިކޮށްގެން ހޯދާ ފައިސާއިން މިކަން މިކުރަނީ، ކުރަމުން ގޮސް. ދެން އަޅުގަނޑުގެ އާއިލާ އާއި ބައެއް ރައްޓެހިންގެ ފަރާތުންވެސް ފައިނޭންޝިއަލީ އެހީތެރިކަމެއް ލިބުން، ދެން އަޅުގަނޑުމެން ކުންފުނިންނާއެކު، ކްލޯޒްޓު ތިން މިލިއަން ޑޮލަރު މިހާރު އެ ވަނީ ހަރަދުކޮށްފައި". ތޮލްއަތު ވިދާޅުވިއެވެ.

ހއ. ވަށަފަރުގައި ސިޓީ ހޮޓަލުގެ ގެސްޓް ކޮޓަރި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ތޮލްއަތު ވިދާޅުވީ، އެ ހަރަދުތައް ކުރަމުން ދިޔައީ އެ ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ބޭންކް އޮފް މޯލްޑްސް (ބީއެމްއެލް) އިންވެސް ލޯނު ލިބޭނެ ކަމުގެ އުއްމީދުގައި ކަމަށެވެ. ނަމަވެސް އެ ކުންފުންޏަކީ ސީދާ ޕްރޮޖެކްޓަށް ހާއްސަކޮށް އުފެއްދި ކުންފުންޏަކަށްވެފައި، އެ ކުންފުނިން ޕްރޮޖެކްޓަށް ހަރަދުކުރާއިރު، އެ ކުންފުނީގައި ވިޔަފާރި ފައިދާއެއް ނެތް ކަމަށް ބުނެ ބޭންކުން އެ ކުންފުންޏަށް ލޯނެއް ދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ލޯން ހަމަނުޖެހި މައްސަލަ ދިމާވެފައިވާ އިރު، މިހާރުވެސް އެ ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންދަނީ އޭނާގެ އަމިއްލަ ކުންފުންޏަށް ލިބޭ އެއްޗަކަށް ކަމަށެވެ.

މި މައްސަލަ ހައްލު ކުރުމަށް އޭނާ ޓޫރިޒަމް މިނިސްޓްރީއާވެސް ވާހަކަދެއްކިއެވެ. އަދި މީގެ ކުރިންވެސް ވަށަފަރަށް ސާވޭއަކަށް ދިޔަ މިނިސްޓްރީގެ ޓީމަކަށްވެސް އެތަން ދެއްކިއެވެ.

"އެބޭފުޅުންވެސް ބުނި ވަަރަށް ރީއްޗޭ ވަރަށް ތަފާތޭ، އެތަން ހުޅުވިއްޖެއްޔާމުން އަތޮޅުގެ ރައްޔިތުންނަށްވެސް އެތައް ފައިދާއެއް ކުރާނެއޭ، އެއީ އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ ކަމެއް، ދެން ބުނި ތިމަންނަމެން ޓޫރިޒަމް މިނިސްޓްރީން އެބަ ބަލަމޭ ތިގޮތަށް ނުނިމި ހުރި ތަންތަން ނިންމަން ފައިނޭންސް ހޯދަން، އެކަމަކު އެހިސާބުން އެކަން ނިމުނީ، އިތުރަށް އެ ވާހަކަ ނުދައްކާ،" ތޮލްއަތު ވިދާޅުވިއެވެ.

ތޮލްއަތު ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކެމްޕޭން ތެރޭގައި އެރަށަށް ވަޑައިގެން، ވެރިކަމަށް ވަޑައިގަންނަވާ އިރަށް އެތަން ތަރައްގީ ކުރުމަށް ފައިނޭންސް ހޯދައި ދޭން ވައުދުވެވަޑައިގެންފައިވާ ކަން ފާހަގަ ކުރައްވައިފައެވެ.

ހއ. ވަށަފަރު ސިޓީހޮޓާ އަޅަން ދޫކޮށްފައިވާ ސަރަހައްދުގެ ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"މިއީ ވަރަށް މުހިންމު ކަމެއް. ރައްޔިތުންނާ ގުޅުން ހުރި ކަމެއް، މިކަމަށް ފައިނޭންސް ހޯދައިދޭ ނަމޭ ސަރުކާރުން، ދެން ބޭންކުން މިގޮތަށް ހެދީމަ އަޅުގަނޑު ރައީސްއަށް ސިޓީއެއް ފޮނުވިން މިހެންމިހެން ވެއްޖެޔޭ، ރައީސް ވިދާޅުވީމެއް ނޫންތޯއޭ މިކަހަލަ ކަންތައްތަކަށް އެހީތެރިކަން ދެއްވާނަމޭ ކޮންމެވެސް ގޮތަކުން. ދެން އެކަމަކު އެ ސިޓީގެ ޖަވާބަކަށް އައިސްފައި ވަނީ ވަރަށް ރީތިކޮށް ބުނަންޏާ، ތިމަންނަމެންނާ ބެހޭ ކަމެއް ނޫނޭ ބީއެމްއެލް ހިންގަނީ ވަކި ބޯޑަކުންނޭ، އެކަަަމަކު މިއީ މަނިކުފާނު އެގޮތަށް ވިދާޅުވީމަ ލިޔުނު ސިޓީއެއް، އެކަމަކު ޖަވާބުގައި އައީ މިހެން،" ތޮލްއަތު ވިދާޅުވިއެވެ.

މީގެ އިތުރުން، ޕްރޮޖެކްޓާ ގުޅުން ހުރި ކަންކަމުގައި ޓޫރިޒަމް މިނިސްޓްރީ ތެރެއިން ވެސް ދަތިތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އެކި ސަރުކާރު ބަދަލު ވެގެން އަންނައިިރު، ހުއްދައަށް އެދި އެ މިނިސްޓްރީއަށް ހުށަހަޅާ ލިޔުންތަކަށް ވާނުވާ ނޭނގޭ ހިސާބަށް ދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ފުރަތަމަ 24 ކޮޓަރި ހުޅުވާލެވޭނެ ކަމުގެ އުއްމީދު އެބަ އޮތް!

ފުރަތަމަ 24 ކޮޓަރި ނިންމަންވެސް އަދި ވަރަށް ފައިސާ ބޭނުން ވެއެވެ. އެ ކޮޓަރިތަކުގެ ތެރެއިން 21 ކޮޓަރީގެ ކޮންކްރީޓް މަސައްކަތް ނިމުނަސް، އެ ކޮޓަރިތަކާއެކު އަންނަ ފެބްރުއަރީ މަހުގެ ކުރިން އެތަން އޮޕަރޭޝަނަށް ގެނައުމަށް އަދި ފައިސާ ބޭނުން ވެއެވެ.

އެ ފައިސާ އާއި މުޅި ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދަން ބޭރުގެ ބޭންކްތަކާ ދަނީ ވާހަކަދެކެވެމުންނެވެ. އަދި އެ މީހުންގެ ފަރާތުން ފުދޭވަރަކަށް ފައްސި ޖަވާބެއް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މުޅި ޕްރޮޖެކްޓް ނިންމަން އަދި އިތުރަށް ގިނަ ފައިސާތަކެއް ބޭނުންވާކަމަށް އޭނާ ވިދާޅުވެފައިވާއިރު، ލޯން ހަމަޖެހިއްޖެނަމަ ލަހެއް ފަހެއް ނެތި ޕްރޮޖެކްޓްގެ މަސައްކަތް ނިމިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ލޯން ހަމަޖެހިއްޖެއްޔާ އިރާދަކުރެއްވިއްޔާ އަށް މަސް ދުވަސް ތެރޭގައި %100 ނިންމާލެވިދާނެ". ތޮލްއަތު ވިދާޅުވިއެވެ.

ވަށަފަރު ސިޓީ ހޮޓަލުގެ ކޮޓަރި ހުންނާނެ ގޮތުގެ ފޮޓޯއެއް

އުއްމީދު ބޮޑު ޕްރޮޖެކްޓެއް، ރަށުގެ ޒުވާނުންނަށް ވަޒީފާ!

މިއީ އެ ކުންފުނިންވެސް ވަރަށް އުއްމީދާއެކު ފެށި ޕްރޮޖެކްޓެވެ. މިހާރުވެސް އެތައް ފައިސާއެއް މި ޕްރޮޖެކްޓަށް ހަރަދުވެއްޖެއެވެ. އަދި ކުރިއަށްވެސް ހަރަދުވާނެއެވެ. އެހެންކަމުން މި ޕްރޮޖެކްޓް ނިންމާއި، އޮޕަރޭޝަނަށް ގެނައުމަކީ ޔަގީނުންވެސް ކުންފުނީގެ އެންމެ ބޮޑު އަމާޒުކަމަށް ވާނެއެވެ.

ތޮލްއަތް މި ޕްރޮޖެކްޓް ނެންގެވީ ވެސް އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ވަށަފަރަށް ގިނަ ކަންކަން ކޮށްދޭން ކަމަށްވާއިރު، އޭނާ ވަނީ ބައެއް މަސައްކަތްތައް ކޮށްދެއްވައިފައެވެ. އެކަން ކުރީގެ ކައުންސިލުންވެސް ފާހަގަކުރިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އޭނާގެ ވިސްނުން ހުރީ އެފަދަ ކަންކަން ރަށަށް ކޮށްދިނުމަށެވެ. ނަމަވެސް އޭނާ ގަބޫލުކުރައްވާ ގޮތުގައި، އެ ހޮޓާ އޮޕަރޭޝަނަށް ނުގެނެސް ކައުންސިލާ ވެސް ދެއްކޭނެ މާބޮޑު ވާހަކައެއް ނޯންނާނެއެވެ.

އޭނާ ވިދާޅުވީ، އެތަން އޮޕަރޭޓް ކުރަން ބޭނުން ވަނީ އެރަށުގެ ޒުވާނުން އެތަނުގެ ވަޒީފާތަަކަށް ލައިގެން ކަމަށެވެ. ބޭރުގެ ބަޔަކު އެތަނަށް ގެނެެސްގެން އޮޕަރޭޓް ކުރުމުގެ ވިސްނުމެއް އޭނާ ނުގެންގުޅުއްވައެވެ. ތޮލްއަތު ވިދާޅުވީ، އެތަނުގެ ހައުސް ކީޕިންގ އާއި އެފްއެންޑްބީއަށް މުވައްޒަފުން ނަގާއިރު، އެރަށު ޒުވާނުންނަށް ފުރުސަތު ދީ، މާލެ އިން މީހުން ގެންގޮސް ތަމްރީނުކޮށް މުވައްޒަފުން ނެރުމަކީ އުއްމީދު ކުރާ ގޮތް ކަމަށެވެ.

މިރަށު ހުރިހާ ރައްޔިތުންގެ އުއްމީދަކީ ޕްރޮޖެކްޓް އަވަހަށް ނިމި އޮޕަރޭޝަނަށް އައުމެވެ. އަދި ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެ އަތޮޅުގެ ފަތުރުވެރިކަން ފައްކާވުމެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

 1. ބޭރި

  މި ރާއްޖޭ ގަ ފުރުސަތު އޮތީ މަހުޖަނުން ނަށް. އެބޭފުޅާ އަށް ތިވަރު ވީކަންވެސް ރަނގަޅު

  13
 2. Anonymous

  ދިވެހިން ކިހިނެއްތޯ ޕޮރޮޖެއްޓެއްގެ މަސްއްކަތް ކުރާނީ ތަނެއް ދިނަކަސް މަސައްކަތް ކުރާކައް ފަންޑް އަދި ލޯނެއް ވެސް ނުލިބޭ ލިބޭ ފައިސާއެއް ލިބެނީ އެވަރަށް އިންޓްރަސްޓް ލާފަ ދެން ކިހިނެއްްޓޯ މަސްކަތެއް ވާނީ ސަރުކާރުން ވެސް ރުފިޔާ އެއް ލިބޭނީ ސިޔާސީ ގޮތުން ވަރުގަދަ އެމީހުންގެ މީހުނައް ޓިޕްސް މޭޒު ދަސުން ދޭ މީހުންއް އެހެން ނޫލޭ މީހަކަށް އެއްވެސް ކަލަ ފަންޑެއް އަދި ލޯނެއް ނުލިބޭ އަދި ސަރުކާރުން އަލާ ވެސް ނުލާ ދެން ކިހިނެއް ތޯ ދިވެހިން މިވަރު ކަމެއް ކުރާނީ ސިޔާސީ ކަމެއްގަ ނޫނީ ވޯޓު ގަތުމަށް ނޫނީ ތާކުން ތާކު ނުގެހޭ ކަންތަކަށް ނުނީ ސިސީ މީހުން ގަަައުމުގެ ތިބޭ އިސް ވެރިން ސަކަރާތް ޖަހާ އިސްރާފު ކުރަން ބަޖުޓުގެ ދޮރު ހަމަ ހަބޭސް ލާރި އޮވޭ ހެސްކިޔާފަ ކޮންމެ 5 އަހަރެއް ނިމެން ކައިރި ވުމުން ރައްޔިތު މީހާގެ އުޅޭ ހާލު ބަލަން އައިސް ފޮނި ވަޢުދުތަށް ކުރެވޭ ހޮވޮމާ އެކު ހަދާނެއް ނުހުރޭ މި ވާވަރަކީ

 3. ާިއަލީ

  ތޮލްއަތު ވާ ރަންގަޅު ސީއެސްއާރް ނިންމާފި ރަށުގެ މީހުން ވަޒީފާ ގަ ގެންގުޅޭ މުސާރަ ފުރިހަމަކޮއް ދޭ. ބެންކު ތަކުން ބޭނުމެއް ނުވޭ އަހަރެމެންގެ ރަށައް ތަރަގީ އަނާކައް.

  10
 4. ރަތްޔަތު މީހާ

  ސަރުކާރުން މަހުޖަނުން ނަށް ލޯނު ދޭ ގޮތަށް މިކަހަލަ ބޮޑެތި ޕޮރޖެކް ނަގާ އާންމު ރަތްޔަތު މީހާ އަށް ވެސް ލޯނު ހަމަޖައްސައިދޭނަމަ އޭގެ މަންފާ ކުރާނީ އެރަށެއްގެ ދިރިއުޅޭ މީހުންނަށް..

  10
  1
 5. Anonymous

  ތޮލްއަތު އަކީ ހަގީގަތުގަ ވަރަށް ރަނަގަޅު މީހެއް. މިހާ ދުވަސް ވެގެން ދިޔައިރުވެސް އޭނަ ގެންގުޅޭ މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ދެމުން އެބަގެންދޭ.

 6. މެސީ

  ތޮލްއަތު އަކީ ހަގީގަތުގަ ވަރަށް ރަނަގަޅު މީހެއް. މިހާ ދުވަސް ވެގެން ދިޔައިރުވެސް އޭނަ ގެންގުޅޭ މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ދެމުން އެބަގެންދޭ.

  8
  1
 7. އުނބަށްޖެހުން

  ސިޓީ ހޮޓާ އަޅަން ކައުންސިލުން ކުންފުންޏަކަށް ދީފައި އޮތީ މޮހޮނަށް ދޯނި ދޭ އުސޫލުން.
  ރައްޔިތުންނަށް އޮތީ ގެއްލުން. އެގްރިމެންޓްގައި ފުރަތަމަ 5 އަހަރު ތެރޭގައި ކުރިން ލާޒިމް ކަންތައްތަކެއް އެގްރިމެންޓްގައި ހިމަނާފައިވޭ، އޭގެ ތެރޭގައި،
  1- ނަރުދަމާ އަޅައިދިނުން ( އެއީ ދަޢުލަތަކުން ރައްޔިތުންނަށް ކޮށްދޭން ލާޒިމްކުރާ ކަމެއް) އަދިވެސް ކޮށްނުދެވޭ.
  2- ހޮސްޕިޓަލް ބޮޑުކޮށް ބެޑް ކެޕޭސިޓީ އިތުރުކުރުން (މިއީވެސް ދަޢުލަތަކުން ރައްޔިތުންނަށް ކޮށްދޭން ލާޒިމުވާ ކަމެއް) އަދިވެސް ކޮށްނުދެވޭ ކަމެއް
  މުޅިންވެސް ހުރީ ދަޢުލަތަކުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައްތައް، ކުންފުނިން ކޮށްދޭނެ ކަމެއް ނެތް. ނަރުދަމާވެސް މިހާރު ސަރުކާރުން އަޅަމުންދަނީ.
  މިއީ އޭރު ކައުންސިލްގެ ރައީސް ޢަބްﷲ ޒާހިރު (އަސްލުނަމެއްނޫން) އަޑީގައި ހުރެގެން ހިންގި ޖަރީމާއެއް. ކަރަޕްޝަނެއް. ބަލާ ތަޙްޤިޤު ކުރަންޖެހޭ.

  1
  6
 8. ފިރާޝް

  ވަރަށް ފުރިހަމަ ރިޕޯޓެއް...ދޭހަވާ އެއްޗަކީ ރާއްޖޭގެ ޒުވާން ވިޔަފާރި ވެރިންނަށް ކުރިއެރުމުގެ ފުރުސަތު ނެތްކަން..ސަރުކާރުން ވެސް ޒުވާން ވިޔަފާރި ވެރިންނަށް ފުރުސަތު އޮތްކަމަށް ބުނެ ހަދަނީ ރޯބުހުތާނު ދޮގުކަން..ހަގީގަތަކީ ތިރަށު ރައްޔިތުންނަށް ވުރެ ބޮޑަށް ކަންބޮޑު ހާސްވާނެ ފަރާތަކީ ތި ރިސްކު ނަގައިގެން ތިމަސަތްކަތް ކުރާފަރާތް.....

 9. Anonymous

  އުނބަށްޖެހުން= ވާނުވާ ނޭގި ކޮމެންޓް ނުކުރިޔާ ރަނގަޅުވާނި...ހީވަނީ ވަށަފަރު ވެގެން އުޅޭ ވަށަފަރު އޮތް ތަންވެސް ނޭގޭ މީހެއް ހެން.

 10. އުސްމާނުބެ

  ރާއްޖޭގައި ގިނަ ވިޔަފާރިތަކުގައި އަދިވެސް ކުރިޔައް ދެވެން އޮތީ ހަމަ ، މަހުޖަނުންނައް..... ކޮންމެ ސަރުކާރަކުންވެސް ވައުދުވޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއަރުވަން އެކަމަކު ގިނަފަހަރު އޮންނަނީ އަޅާނުލެވިފައި......

 11. ބެއްޔާ

  މިގޮތައް ކިތައް ރައްތޯ ތަރައްގީ ނުކުރެފިގެން ސަރުކާރު އަދި ސަރުކާރު ނިސްބަތްވާ ބެންކު ތަކުން އެހީ ނުވެވިގެން ނިމޭއިރު މަޖުބޫރު ވެގެން ޖެހެނީ ކޮންމެވެސް ބޭރު ބަޔަކައް ވިއްކާލަން.... މަވެސް ބޭނުން ރަށުގައި ހުރެގެން ވަޒީފާ އަދާކޮއް މުސާރަކޮޅު ލިބި އާއިލާ އާއެއް ކޮއްވަގުތު ހޭދަކޮއްލަން............

 12. އަނީސާ

  ކޮވިޑުން ގައުމާއި އިގްތިސާދު އަދި ވިޔަފާރިތައް ސަލާމަތްކުރަން ނޭނގިގެން އުޅޭ ސަރުކާރުގެ ވާހަކަ ރައްޔިތުން ދައްކަނީ، ދެން މިކަހަލަ ޕްރޮޖެކްޓްތަކަށް ވާނެ ގޮތް ވިސްނާލާ

 13. ގުލްދަސްތާން

  ވަގުތު ނޫސްވެރިންނަށް ކެރޭނެތަ މިރަށު މި ހަނިމާދޫގައި ހިންގާ ބެއަރފުޓް ރިސޯޓުގެ ވާހަކަ ދައްކަން؟ އެ ޕްރޮޖެކްޓާއި ގުޅިގެން ރަށަށް ދޭން ބުނި ހިދުމަތްތައް؟

 14. މައުރޫފް މާއްޓޭ

  ތޮލްއަތު ކުރާ ހިތްވަރަށް ސާބަސް، ކޮންމެވެސް ދުވަހަކުން ތިޔަކުރާ މަސައްކަތުގެ ފޮނިމީރުކަން ލިބޭނެ. މިގައުމުގެ ބޮޑެތި މަހުޖަނުން ކޮވިޑްގެ މި ހާލަތުގައި މުއައްޒަފުންނަށް މުސާރަނުދީ ބޭންކްތަކަށް ގޮސް ސަލާން ޖެހި އިރު މި ފަދަ ބޭފުޅުންނަށް ލިބުނު ލޯނެއް އެހީތެެރިކަމެއް ނެތް

 15. ބޮޑުއަލީ

  އޭނާ މަސައްކަތް ހުއްޓާނުލައި އެބަކުރޜޭދޯ. އެއްވެސް މަސައްކަތެއް ނުކުޜާ އެތަށް ބިމެއް އެތަށް ރަށެއް މުއްސަނދިންނަށް ދޫކޮށްފައި އެބަހުޜި. މި ޕެންޑަމިކް ތެޜޭގައި އެވަޜު ވާކަން ރަނގަޅު. އެ ރަށުގެ އެތަށް ބަޔަކަށް މިހާރުޜުވެސް މަންފާތަކެއް އެބަކުޜޭ..

 16. ހުސޭން

  ތިޔަ ސިޓީ ހޮޓާ ތަރައްގީކޮށް ހުޅުވީމަ މިރަށް ވަރަށް ބޮޑަށް ތަރައްގީ ވާނެ، އެތައް ސަތޭކަ ވަޒީފާ އުފެދި ރަށުގެ ރައްޔިތުންގެ އާމްދަނީ އެތައް ގުނައެއް އިތުރުވާނެ، މިކަން ކުރަން ސަރުކާރާއި ވަށަފަރު ކައުންސިލުން އެއްބާރުލުން ދިނުމަށް ރަށުގެ ރައްޔިތެއްގެ ހައިސިއްޔަތުން ގޮވާލަން

 17. އަލީ މުއީން

  ތޮލްއަތުގެ ޕްރޮޖެކްޓްވަނީ މިރަށުގެ މުސްތަގްބަލާއި ގުޅިފައި، ކާމިޔާބަށް އެދެން. ސަރުކާރުންވެސް އެހީތެރިކަން ދޭންޖެހޭ

  7
  1
 18. އައްސަދު

  ވަށަފަރު ރައްޔިތުންގެ ހައްގުގައި އެމީހުންގެ ދިރިއުޅުން ފާގަތިކުރަން ތޮލްއަތު ކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށި

 19. ތުނޑި

  ތޮލްއަތަށް ކާމިޔާބަށް އެދެން، ވަށަފަރަށް ދާނަން މިތަން ނިމުނީމަ

 20. ަހަނީފު

  އަޅުގަނޑު ގެ ރަށް އުތީމުގަ ވެސް ބޮޑު ބިމެއް މާލޭ މަހުޖަނަކަށް ދީފަ އޮންނަތާ އެތައް އަހަރެއް، ވީ ކަމެއް ޙަރާން ނުވިތާކަށް ސީއެސް އާރުގެ އެއް ކަމެއް ނުކޮށްދޭ ވާނުވާވެސް ނޭގޭ. ތޮލްހަތު ތި ވަށަފަރު މީހުންގެ ނަސީބު. ތި ވަށަފަރަކީ ވަރަށް ހިތް ނުބައި މީހުން ވެސް އުޅޭ ރަށެއް.

  5
  1
  • ޒައީމާ

   އުތީމު މީހުން ކޮންމެހެން ތިރަށުގަ ކަމެއްނުވީމަ ވަށަފަރު މީހުންނާ ތޮލްއަތާ ޖައްސަން އުޅޭނެ ކަމެއްނެތް. 😡

 21. ފާތުން

  މިރިޕޯޓު ކިޔާލުމުން އެނގުނީ މިރާއްޖޭގައި ޒުވާން ވިޔފާރި ވެރިން އުފެދި ކުރި އަރައިގެން ނުދާ ސަބަބު. ތޮލްއަތު ތިޔަކުރާ ހިއްވަރައް އައްސަރިބަހާ ސާބަސް ހައްގު. ކުރިއައްދާނެ މަގު ފަހިކުރައްވާށި. ތޮއްލަތު އައް ހެޔޮރަހުމަތް ލައްވާށި

 22. ފީރުފައި

  ތޮލްއަތުގެ މި މަސައްކަތުގައި ﷲ ބަރަކާތް ލައްވާށި. ތޮލްއަތުގެ މި މަސައްކަތަށް ބޭންކުން ލޯން ލިބިއްޖެ ނަމަ އެޕުރޮޖެކްޓް 8 މަސް ތެރޭގައި ނިންމައި ހިންގަން ފެށޭނެ ކަމަށް އެބުނަނި. އެތައް ދިވެހި ރައްޔިތުންނަށް ވަޒީފާ ލިބިގެން ދާނެ. މަހުޖަހުންނަށް ލޯނު ދޭފަދައިން މިޒުވާން ކުރިއަރަމުން އަންނަ ހީވާގި އާދައިގެ ފިޔަފާރިވެރިޔާ އަށް ވެސް ބޭންކު ލޯން ދެއްވާ. އާދޭސްކޮށްފަ މިބުނީ ހެޔޮނުވާނެ

 23. Anonymous

  ކުރަންވީ ކަމަކީ ޕްރައިވެޓް ސެކްޓަރގެ މިފަދަ ކަންކަން ނަގަހައްޓައި ދިނުމަށް އެހީތެރި ވެވެން އޮތް ހުރިހާ މަގެއް ގައި ސަރުކާރުގެ ކޮމިޓްމެންޓް ބޮޑު ކުރަންވީ. މީއީ ޥަށަފަރު ފަދަ އާބާދީ އަކަށް އެތައް ގޮތަކުން ކުރިއެރުން ލިބި އެންމެނަށް. ފައިދާ ކުރާނެ ކަމެއް. ހަގީގަތުގައި އޭގެ ލުއި އަންނާނީ މުޅި އިގްތިސޯދަށް.

 24. ސާސަ

  ކައުންސިލަރުން ނައް ބައި އަޅައިގެން ކޮއްފަ އޮތް ވައްކަމެއް . މިހާރުވެސް ބަލާ . މީ ވަށަފަރު ރަތްޔިތުން އުމުރއް ރޯން ޖެހޭ ކަމެއް . އަހްމަދު މުއީން އައް ސަލާމް

 25. ނާޒިބޯޓު

  ވަށަފަރުގެ ތަރައްގީއާ ކުރިއެރުމަށްޓަކައި އިންތިހާ ދަރަޖައިގެ އަގުހުރި މަސައްކަތެއް ކުރަން ފަށައި އެމަސައްކަތް ނިންމުމައް ޓަކައި ތޮއްލަތު ރެއާ ދުވާ ކުރަމުންދާ ބުރަމަސައްކަތުގައި ސަރުކާރުގެ އެއްވެސް އެހީތެރިކަމެއް ނެތުމަކީ ހިތާމަކުރަންޖެހޭ ކަމެއް. ވިޔަފާރީގެ ދާއިރާ އައް ނިކުންނަ ޒުވާނުންނަށް ކުރެވޭ ފުރައްސާރަ އެއް. ތޮއްލަތު ތިޔަ ކުރަމުންދާ މަސައްކަތައް ކުރިއެރުން މިންވަރު ކުރައްވާށި.

 26. ތޮލްހަތު

  ވަށަފަރުގެ ރީތުކަމުގެ ފައިދާ އަޅުގަނޑަށް ލިބެންފަށާނީ ސިޓީ ހޮޓާ ނިމިގެން. މިއީ އަހަރެން އަބަދުވެސް ކުރާ އުންމީދެއް. މިކަމުން ގިނަ ރައްޔިތުންނަށް ފައިދާތަކެއްވާނެ . މިހާރު 5 އަހަރު ފައިތުވެގެން ދިޔައިރުވެސް 10 ވަަރަކަށް ރޫމް ރަނިން ކަނޑިޝަނަށް ނުގެނެވުމަކީ އަހަރެންގެ ފެއިލިޔަރއެއްކަން ގަބޫލްކުރަން. އެކަމަށް މަޢާފަށް އެދެން. މި އެގްރިމެންޓްގައި އަހަރެން ވައުދުވެފައިހުރި ކަންތައް ތަންފީޒުނުކުރެވުމުން އެގްރިމެންޓް އުވާލާ ވާހަކަ ދެކެވޭ.