(ހއ. އިހަވަންދޫ) މި ރަށަކީ އެ އަތޮޅުގެ ރައްޔިތުންގެ ތެރެއިން ވެސް ހޮވާލެވޭ މަސައްކަތްތެރި ރައްޔިތުންތަކެއްް ދިރިއުޅެމުން އަންނަ ރަށެކެވެ. އާމްދަނީ ހޯދުމަށް މައިގަނޑު މަސައްކަތެއްގެ ގޮތުގައި މަސްވެރިކަމާ އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރަމުން އަންނަ އިހަވަންދޫ އަކީ މުޅި އުތުރެގެވެސް އެންމެ މަސްވެރިކަން ތިޔާގި ރަށެވެ. ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިކަން ފުޅާ ދާއިރާއެއްގާ ކުރަމުން އަންނަ މިރަށުގެ މަސްވެރިިންގެ އެތައްް ޝަކުވާއެއް ހުރިކަން އެރަށުގެ ބައެއް މަސްވެރިންނާ ވާހަކަ ދައްކާލުމުން ފާހަގަކުރެވުނެވެ.

"ވަގުތު ހޭރިޔާ" ޓީމުން ބޮޑުތިލަދުންމަތީގެ ރަށްރަށަށް ކުރިި ދަތުރުގެ ނުވަ ވަނަ މަންޒިލަކަށްވީ އިހަވަންދޫއެވެ. އިހަވަންދޫއަށް ފުރަތަމަ ގޮސް ބަނދަރުމައްޗަށް ފައިބާ ބަލާލި އިރު ބަނދަރުމަތިން މަސްވެރިކަމުގެ ކުލަވަރުތައް ފެންނަން ހުއްޓެވެ. ވަގުތަކީ މެންދުރުގެ އަވި ބާރު ވަގުތަށް ވީނަމަވެސް ބަނދަރުގައި އޮތް ހަތަރު ވަރަކަށް ދޯނީގައިވެސް މީހުން ހަރަކާތްތެރިވަމުން އައި މަންޒަރު ފެނުނެވެ. އެގޮތުން އެއްްްބަޔަކު މަހަށް ފުރުމަށް މަސައްކަތް ކުރަމުން ދިޔަ އިރު އަނެއް ބަޔަކު ދޯނީގެ އެކި މަސަައްކަތްތަކުގައި މަސްއޫލުވެ އުޅެމުން ދިޔައެވެ.

އިހަވަންދޫ ބަނދަރުމަތި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ބަނދަރުމައްޗަށްް އައިއިރު ފުރަތަމަ ބައްދަލުވީ އެ ހިސާބުގައި ހުއްޓިލައިގެން ހުރި އާދަމް ނަސީރު 50، އާއެވެ. ވާހަކަ އިން އެނގުނީ އާދަމް ނަސީރު އަކީ އެރަށުގައި މަސްވެރިކަމުގެ މަސައްކަތުގައި އިސް ދައުރެއް އަދާކުރަމުންް އަންނަ މީހެއް ކަމެވެ. އޭނާ ބުނި ގޮތުގައި ފުރަތަމަ އުމުރުން 15 އަހަރުގައި އާމްދަނީ ހޯދުމަށް މަސައްކަތެއް ކުރުމަށް ނުކުތް ހިސާބުން ފެށިގެން މިއަދާ ހަމައަށްވެސް އޭނާ އަކީ މަސްވެރިކަން ކުރަމުން އަންނަ މީހެކެވެ.

"އުމުރުން 15 އަހަރުގައި މަސައްކަތް ކުރަން ފެށި ހިސާބުންވެސް އެނގުނު މަސްވެރިކަމަކީ އާމްދަނީއެއް ހޯދުމަށް ކުރެވިދާނެ ވަރަށް ރަނގަޅު މަސައްކަތެއްކަން. މިހާތަނަށް އައި އިރު މި ދާއިރާއިން އަޅުގަނޑަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައި ވަނީ" އާދަމް ނަސީރު ކިޔައިދިނެވެ.

ހއ. އިހަވަންދޫ މަސްވެރިން މަހަށް ނުކުމެ އުޅެނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭނާ ބުނި ގޮތުގައި އެންމެ ޅަ އިިރު މަސްވެރިއެއްގެ ގޮތުގައިި ނުކުމެ މިހާރު 35 ވަރަކަށް އަހަރު މަސައްކަތުގައި ހޭދަކުރި އިރު ތިން ދޯންޏެއް ބަނދެވިިފައި ވެެއެވެ. އޭގެ ތެެރެެއިން ދެ ދޯންޏެއް ވިއްކާލުމަށް ފަހު މިހާރުވެސް އޭނާގެެ 95 ފޫޓުގެެ ދޯންޏެއް ދުއްވަމުން އަންނަ ކަމަށް އާދަމް ނަސީރު ބުންޏެެވެ. އޮޑިވެރިއެއް ނަމަވެެސް އެެހެން މީހުންނާ ހިލާފަށް އާދަމް ނަސީރު އަކީ އޮޑީގެ ފަޅުވެރި ކުދިންނާއެކު މަހަށް ދާ މީހެކެވެ.

މަސްވެރިކަމުގައި ވަރަށް ކުރިއްސުރެ މަސައްކަތް ކުރަމުން އަންނަ ކާމިޔާބު އޮޑިވެރިޔާ އާދަމް ނަސީރުގެ މުޅި މަސްވެރިކަމުގެ ހަޔާތް ވޭތުކޮށްފައި ވަނީ ކާމިޔާބީއާ އެެކު އެެއް ނޫނެވެެ. މަސްވެރިކަމުގެެ ވަރަށް ބަނަ ދުވަސްތައްވެސް އޭނާ ވަނީ ތަހައްމަލްކޮށްފައެވެެ.

އާދަމް ނަސީރު ބުނިި ގޮތުގައި މި ދުވަސްތަކުގެ ތެރެއިން އެންމެ ހަނދާނުން ފޮހެލުމަށް ދަތި ހަނދާނަކީ އައިސް ނުހުންނަ ޒަމާނު ބޭރުން މަސް ބާނައިގެން ރަށު ބޭރުގައި އޮންނަ ކުދި އޮޑިިފަހަރު ކައިރިއަށް މަސްކިރުވުމަށް އަންނަ ހަނދާނެވެ.

"އެެންމެ ހަނދާނުން ފޮހެެލުމަށް ދަތީ އެތައް މޭލެއް ބޭރުން މަސް ބާނައިގެެން ރަށް ބޭރުގައި އޮންނަ ކުދި ބޯޓުފަހަރު ކައިރިއަށް މަސް ކިރުވުމަށް އައިސް ކިއުގައި ޖެެހޭ ހަނދާން. އައިސް ނުހުންްނާތީ ހުންނާނެ އޭރު ދެތިން ހަތަރު ޓަނުވެސް ނުކިރުވޭ ވަރަށް ހަލާކުވެެގެން އުކާލާފައި. އެއީ ވަރަށް ހިތްދަތި ދުވަސްތަކެއް" އާދަމް ނަސީރު އޭނާގެ ދުރު ހަނދާންތަކުގެ ތެރެެއިން ހިއްސާކުރިއެވެ.

އިހަވަންދޫގައި މަސް ކެއްކުމުގެ މަސައްކަތް ކުރިއަށްދަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭނާ ހިއްސާކުރި ގޮތުގައި އިހަވަންދޫގައި އައިސް އަޅައިގެން މަސްވެެރިކަން ކުރަން ފެެށިތާ 10 ވަރަކަށް އަހަރު ވެެއްޖެެއެވެެ. މިއާއެކު މަސްވެރިކަން ކުރުމަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެން ދިޔަ ކަމަށާއިި، އޭރު މަސްކޮޅު ނުކިރުވި އުކާލާފައި އަންނަން ޖެހުނު ނަމަވެސް އެ މައްސަލައަށް ހައްލެއް ލިބި ބާނާ މަސްކޮޅު ކިރުވާލެވުމުގެ ހިތްހަމަޖެހުން ލިބިގެން ދިޔަ ކަަމަށް ނަސީރު ފާހަގަކުރިއެވެ.

ނަމަވެސް މިހާރު ވެސް އައިސް ހޯދުމަށް ވަރަށް ބޮޑެތި ދަތިތަކެއް ހުންނަ ކަމަށާއި، މިިއީ މަސްވެރިންގެ މެެދުގައި އޮތް ވަރަށް ބޮޑު ކަންބޮޑުވުމެެއްކަން އޭނާ ފާހަގަކުރިއެވެ. އާދަމް ނަސީރު ފާހަގަކުރި ގޮތުގާ މަހަށް ފުރުމަށް އައިސް ނުލިބޭ މައްސަލަ ވަނީ އާންމު މައްސަލައަކަށް ވެފައެވެ.

އޭނާ ބުނި ގޮތުގައި މަސްވެރިކަން ދަށް ދުވަސްވަރު އައިސް ލިބުނު ނަމަވެސް، މަސްވެރިކަމަށް ކުޑަނަމަވެސް ތިޔާގިކަމެއް ލިިބޭ ކޮންމެ އިރަކުވެސް ކުރިމަތިވާ އެންމެ ބޮޑު މައްސަލައަކީ އައިސް ނުލިބުމުގެ މައްސަލައެވެ.

"އާންމުކޮށް ފެލިވަރުން މަސްކިރަން ގޮސްފަ އެބަ ވާން ޖެހޭ ހަފްތާއެއް، ހަތަރު ދުވަސް ނޫނީ ފަސް ދުވަސް. ދެން އެ ކިރުވާފަ ލިބެނީ ދެޓަނު އައިސް. ދެން އެ ނަގައިގެެން އެބަ އޮންނަން ޖެހޭ 12 ވަރަކަށް ޓަނު ހަމަވަންދެއް. މި ހުރިިހާ ދައްޗަކާ ހުރެ މަހަކު ދެެ ދަތުރު ނުޖެެހޭ" އާދަމް ނަސީރު ފާހަގަކުރިއެވެ.

އިހަވަންދޫގައި މަސް ކެނޑުމުގެ މަސައްކަތް ކުރިއަށްދަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އޭނާ ބުނި ގޮތުގައި މި މައްސަލައަކީ މަސްވެރިންނަށްވެސް، ކެޔޮޅުންނަށް އަދިި އޮޑިވެރިންނަކަށް ހައްލު ކުރެވޭނެ މައްސަލައެެއްް ނޫނެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން މަސްވެރިންގެ ޝަކުވާތައް އަޑު އަހާ މިކަމަށް ހައްލު ހޯދައިދޭން ޖެހޭކަން އޭނާ ފާހަގަކުރިއެވެ.

އިހަވަންދޫ އަކީީ އައިސް ޕްލާންޓެއް ހުންނަ ރަށެެކެވެެ. ނަމަވެސް އެ އައިސް ޕްލާންޓުން ދުވާލަކަށްް އުފައްދަނީ 50 ޓަނެއްހާ އައިސްކަން ފާހަގަކޮށް އޭނާ ބުނީ އެ އައިސްޕްލާންޓުން ހިދުމަތް ދެވޭނީ ވަރަށް މަދު އޮޑިފަހަރަށް ކަމަށެވެެ. އެރަށާއި އެއަތޮޅާ އަދި އެެހެން ހިސާބުތަކުން އައިސް ހޯދުމަށް އަންނަ އޮޑިފަހަރަށް ހިދުމަތް ދިނުމަށް މިއަށްވުރެެ ފުރިހަމައަށް ގިނަ އައިސް އުފެެއްދޭނެ ގޮތަށް އެެތަނުގެ ކެޕޭސިޓީ ބޮޑުކުރަން ޖެހޭކަމަށް އާދަމް ނަސީރު ފާހަގަކުރިއެވެ.

"މިހާ މަދު އައިސްްކޮޅެއް އުފެެއްދޭ އިރު ދެ ދުވަހު 50 ވަރަކަށްް ޓަނު އައިސް އުފައްދާފަ ތިންވަނަ ދުވަހު ހުންނާނީ އެތަނުގެ އިންްޖީނު މަރުވެފަ. ދެން އަނެއްކާ ދާން ޖެހޭނީ މަކުނުދޫއަށް. ނޫނީ ށ. ކިޔަކިމިންޏަށް. ދެން އެއަށްވުރެ އެކޮޅަށް ފެލިވަރަށް. އެހިސާބަށް ދާއިރު ފެލިވަރާ ހަމައިންވެސް ގިނަ ފަހަރު އޮންނަނީ އައިސް ނުލިބިިފަ" އާދަމްް ނަސީރު ފާހަގަކުރިއެެވެ.

އަބަދު އައިސް ނުލިބުމުގެ ދަތިކަން ތަހައްމަލުކޮށްކޮށް މި ދަތިކަަމަށް މަސްވެެރިން ތިބީ ހޭނިފައި ކަމަށް އޭނާ ބުންޏެވެ. އަދި މިއީ ސަރުކާރުން އަވަސް ހައްލެއް ހޯދައިދޭން ޖެހޭ މައްސަލައެއް ކަމަށް އޭނާ ފާހަގަކުރެއެވެ. އައިސް ލިބުމުގައި ހުންނަ ދަތިކަމުގެެ ވާހަކައަކީ ހުއްޓުމެއް ނެެތި ރާއްޖޭގެެ ހުރިހާ ހިސާބެއްގެ މަސްވެރިންްވެސްް ކުރަމުން އަންނަ ޝަކުވާއެކެވެެެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙަޒާރު

    ޢަދިވެސް ތެޅިބާލާތި ބަޔަކު އެއްޗެއް ބުނަަ އިރަހް

    1
    1
  2. ވާވާ

    މިހާރު އެއްޗެއް ހީވޭ. ބަޔަކު ބުނާހާ އެއްޗެއް ޤަބޫލްކުރުމުގެ ނަތީހާ ހިތިކަން އެގޭނެ. ތިއީ ފިލާވަޅެއް. ދެންފަަރަކުންވެސް ތިހެން ތިކަން ކުރާތީ. އޭރުން ތިވާހަކަ ދައްކަން ޖެހޭނި. ދައްކަން ނުޖެހޭ ގޮތަށް ހަދައިގެން ނުވާނެ.

  3. ހަސީ

    ފުރަތަމަ ފޮޓޯ ހާދަ ސަޅިއޭ. ހީވަނީ ފެހި ކުލައިގެ ސަތަރިއެއް މަތީ ދޯނިތައް ބަހައްޓާފައި ހުރިހެން. 💖

  4. ޖަސްތު

    އަހަރެން ވަރުވާޔަށް ލިޔުއްވައިގެން އުޅޭ ފަޅުރަށަށް އަހަރެން ގެންދިޔަ ސައިކަލަށް ޕެޓްރޯލް އަޅާނެ ތަނެއް ސަރުކާރުން ހުޅުވައިނުދޭތީ އަހަރެންނަށް ޖެހެނީ ވަރަށް ދަތިހާލުގައި ރަށުތެރޭ ހިނގާފައި އުޅެން. ސަރުކާރުން އަހަރެން ހާލުގަ ނުޖައްސަބަލަ!

  5. ތުނިޔަ

    ތިޔަކަމުގެހައްލަކީ އޮފީހަށްމަސްއެޅުން