ހުއްދައަކާ ނުލައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ބޭރުގެ އެއްވެސް ބަޔަކަށް ވަދެވިގެން ނުވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ސޯލިހް އެގޮތަށް ވިދާޅުވީ ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް އިންޑިއާގެ ކޯސްޓްގާޑް ސިފައިން، ރާއްޖޭގެ އިގުތިސާދީ ސަރަހައްދަށް ވަދެ ތިން މަސް ދޯންޏަކަށް އެރި މައްސަލަ ފެންމަތިވެފައި ވަނިކޮށެވެ. ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ކުރިއަށްގެންދާ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ސޯލިހް ވެސް ވިދާޅުވީ ހުއްދައާ ނުލައި އެއްވެސް ގައުމެއްގެ ސިފައިންނަށް ނުވަތަ ބަޔަކު ރާއްޖޭގެ ސަހަރައްދައް ވަނުމަކީ ބައިނަލްއަގްވާމީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އެކަން އެގޮތަށް ކޮށްގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑު ހިތުން ރާއްޖޭގެ އީއީޒެޑްގެ ތެރެއަށް ބޭރުގެ އެއްވެސް ގައުމަކަށް ހުއްދަ ނުނަގައި ވަދެވިގެން ނުވާނެ. ވަކި އެއްވެސް ގައުމަކުން އެކަން އެހެން ކޮށްފި ކަމަށްވާ ނަމަ، އެނގިވަޑައިގަންނަވާނެ އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ވެސް ހިލާފުކަމެއް." ސޯލިހު ވިދާޅުވިއެވެ.
ސޯލިހު ވިދާޅުވީ އިންޑިއާ ސިފައިން ހުއްދައަކާ ނުލައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ ހަތިޔާރާއެކު މަސް ދޯންޏަށް އެރި މައްސަލަ ބަލައި އެކަން ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން ވެވެން އޮތް ހުރިހާ ކަމެއް ކުރަން ޖެހޭނެ ކަމަށެވެ.
"އަދި އެ ވިދާޅުވާ ގޮތަށް އިންޑިއާއިން ކަމަށްވާނަމަ، އެފަރާތްކާ އެކަމުގެ ޝަކުވާ ހުށަހަޅާ ކަން ހިނގާފައި އޮތް ގޮތް ބަލާ ދެވަނަ ފަހަރަށް މިއިން ކަމެއް ދިމާވިޔަސް ނުދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރަންޖެހޭނެ. އެކަން އެގޮތަށް ހިނގާފައިވާކަމަށްވާ ނަމަ، ވަރަށް ގޯސްކޮށް ހިނގާފައި އޮތް ކަމެއް. އެއްވެސް ގައުމަކުން އެހެން އެއްވެސް ގައުމުގެ ސަރަހައްދަށް ވަދެގެން ނުވާނެ." ސޯލިހު ވިދާޅުވިއެވެ.
އިންޑިޔާ ސިފައިން ރާއްޖޭގެ ތިން މަސްދޯންޏަކަށް ހަތިޔާރާއެކު އެރި މައްސަލަ މިހާރު ދަނީ ބަލަމުންނެވެ. އެމްއެންޑީއެފުން ވިދާޅުވީ ރާއްޖޭގެ އީއީޒެޑް ސަރަހައްދުގެ ސެކިއުރިޓީ މިހާރު ބަލަހައްޓަމުން އަންނަ ކަމަށެވެ.
ދެ ދުވަސްވީއިރު ވެސް އިންޑިއާ އިން ރާއްޖެއަށް ޖަވާބެއް ނުދޭ!
ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ރާއްޖޭގެ ތިން މަސް ދޯންޏަކަށް އަރާފައި ވަނީ އިންޑިއާގެ ކޯސްޓްގާޑު ޝިޕް 246 އަދި އިންޑިއާ ކޯސްޓްގާޑް ޝިޕް 253 ގެ ބޯޑިން ޓީމެވެ. އިންޑިއާގެ ކޯސްޓްގާޑްގެ ދެ އުޅަނދު ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް ވަދެ އަރާފައިވަނީ އަސުރުމާ-3، ނިރު-7 އަދި މާހޯރަ-3 ދޯންޏަށެވެ. އެ ސިފައިން ދޯނިތަކަށް އެރިއިރުގައި، އެ މީހުންގެ އަތުގައި ހަތިޔާރު ވެސް ހުރި ކަމަށްވެއެވެ. ދޯނިތަކަށް އަރައި ސިފައިން ވަނީ މަސްވެރިންނަށް ބިރު ދައްކައިފައެވެ.
ދެން ކަލޭގެ ވެރިކަމުގައި އެއްވެސް ހައްގަކާނުލާ، ޒުވާނުންތަކެއް ވާނުވާ ޖަހާފަ އެއްވެސް ދައުވާއެއް ނުކޮށް 3 އަހަރު ޖަލުގައި ބަހައްޓާފަ އެހެރީ ކީއްވެ ؟....... ވާނުވާ އުވާލާ، އެއެންމެން މިނިވަންކުރޭ
ދިވެހިން ރުޅިއައީމަ ހިތާ ދެކޮޅައް އެއްޗެއް ބުނެލީ ގައްދާރު
ސޯލިހް ދެން މިރާއްޖޭގެ ކަންކަމާ އަނގަފުޅު ނުތެޅުވިއްޔާ ވަރަށް ޝުކުރު. މަނިކުފާނުގެ ވެރިކަމުގައި މަނިކުފާނުގެ ޑިފެންސް މިނިސްޓަރ މާރިޔާ ވިދާޅުވި ބަސްފުޅު ވަރަށް ރަނގަޅަށް ހަނދާންކުރެއްވުން އެދެން. އެއްވެސް އުސޫލެއްނެތި އަމިއްލަ އެދުމާއި މަކަރުވެރިކަމާއި ޣައްދާރުވެރިކަމުން އިންޑިޔާގެ އުނގައްވެއްޓުމުގެ ނަތީޖާ މީ އިނގޭތޯ. އެމް.ޑީ.ޕީ އިން އެއްވެސް މީހެއްގެ ވެރިކަން މިގައުމުގަ ތަކުރާރުވާން ބޭނުންނުވޭ އިނގޭތޯ.
ވަރަށްރީތި ދައްކާވާހަކަ! މިކަލޭގެ ވެރިކަމުގައި އިންޑިޔާ ނޫންވަރެއްނެތިގެން މޯދީގެ ފައިދޮށަށް ވެއްޓިގަތީ! !ރާއްޖޭގެ މަސްދޯނި ފަހަރުތަކަށް އިންޑިޔާ ސިފައިން ރާއްޖޭގެ ޚާއްސަ އިގުތިސާދީ ސަރަހައް ބައިހަލް އަގުވާމީ ގާނޫނުތަކާ ޚިލާފަށްވަދެ އެރުމުގައި އިބޫ ޗޯރުގެ ހިއްސާއޮތުމުން ރައްޔިތުންގެ ޕުރެޝިއަރއޮތް މިންވަރު އިގޭތީ މިހާރު މިފަދަ ބަޔާތައް ނެރެނީ!
އެނާ ވެރިކަމުގަ އިންޑިއާއަކުން ވެސް ޗައިނާއަކުންވެސް މަސްވެރިންނަށް ޖެއްސުންކޮށް ވިސާއަށް ދަތިކޮށެއްް ނުހަަދާ.. އެއީ ޖިއޮޕޮލިޓކްސްއާ ޑިިޕްލޮމަސީ ދަނެގެން އެއަށް އިޙްތިރާމްކޮށްގެން ވެރިކަންް ކުރީމަ.. މިހާރު ވެރިކަމުގަ ހުރީ ސޯލިހެއް ނޫން.. ވެރިންނަަށް ރައްޔިތުން ހިމާޔަަތް ކުރެވެންވާނެ..
މުނޖ ނުކިޔުއްވާ.. ވާނުވާ އެނގިބަލަ ފުރަތމަ.. މަގޭ ކޮމެންޓު ނުޖަހާނެކްންވެސް އެނގެ..
މަސްވެރިންނައް ޖެއްސުން ކުރަން ފެށީ އިންޑިޔާހިތް ނުރުހޭ ވެރިކަމެއް ވީމަ އަދި އެމްޑީޕީ ބޮޑުން ވަނީ އިންދިޔާއައް ތާއީދުކޮއް ސަނާ ކިޔާ ހަދާފަ އެތާ ނޫސް ތަކުގަ. ކިތަންމެ ވަރަކައް މަތި އޮމާން ކުރިޔަސް ރައްޔިތުންނައް ހަގީގަތް އިނގޭ
ސޯލިހުބޭ ކުޅޭ ކުޅިވަރެއް އެއީ.. އެވަރުވެސް ނޭގޭދޯ.. ދިވެހި ރައްޔިތުން މިޖެހެނީ މީނައައްވިސްނަދޭން..
އިންޑިއާގެ އަމަލްތައް ހައްދު ފަހަނައަޅާ ދިއައީ ރ.ސޯލިހާއި
މޑޕގެ ތާއީދާއެކުގައެވެ މިފަދަ ނާޒްކު ކަންކަމުގައި އަމިއްލަ މަސްލަހަތު އިސްކޮށް ގައުމު އަނދަވަޅަކަށް ވައްޓާ
ލުކަމކީ ވަރަށް ނުރައްކާތެރި ކަމެކެވެ.
ހުއްދަހޯދަން ނުޖެހޭގޮތަށް އަވަށްގަނޑަކަށް ހަދާފަދިޔަމީހާ ދަރުނާޅާ މަދުންހުރެވޭތޯ ބަލާ.
މިހާރު އެބަ ހީވޭ މަޖިލިސް އިންތިހާބާ ދިމާކޮއް ކަލޭމެން ޖަހައިގެން އުޅޭ ސަކަރާތެއްހެންވެސް. އަދި މޮޅެތި އަނގަ ތަޅައެއްނު އެބަ! ގައްދާރުތައް
އިންޑިއާ އަކީ މިސަރަހައްދުގެ ބޮޑުބާރަކަށް ވާއިރު އަދި
ޑިމަކްރަސީގެ ނަމޫނާ ދައްކަން މަސައްކަތް ކުރާ ގައުމަކަށް ވާއިރު އަވައްޓެރި ގައުމެއްގެ ޚާއްސަ އިގްތިސާދީ ސަރަހައްދަށް ގަވާއިދާ ޚިލާފަށްވަދެ މަސްދޯނިތަކަކަށް ހަތިޔާރާ އެކުއަރައި މަސްވެރިންނަށް ބިރުދެއްކުމަކީ ވަރަށް
ދަށު ދަރަޖައިގެ އަމަލެކެވެ އިންޑިއާ ހައިބަތަށް އުނިކަން
ލިބޭނެކަމެކެވެ.
އެމްޑީޕީ ސަރުކާރުން ދީފައޮތް ހުއްދަތަކަކަށް މަސްވެރިންނަށް ބިރުދަށްކަނީ ކަނޑް ވިއްކާލާ ގައުމު ދަރުވާލާ މަސްވެރިންނަށް ބިރުދެއްކީ އެމްޑީޕީ އަޑީގަ ތިބެގެން
ބޯގޯސް ނުކިޔަވާ ކަލޭމިކުޅި ފެށީ އަގަބާނައް
ދެން ރަނގަޅުވާނީ ދިވެހިންގެ ކަންކަމާ ކަލޭމެން ނުބެހުނިއްޔާ! ގޯސް ހަދާފަ މޮޅެތި ވާހަކަ ދައްކާނެކަމެއް ނެތް
ބޭބެއައްއޮޅިގެންވެސްއެކަހަލައެއްބަސް
ވުމެއްގާސޮއިޖެހިފާވާނެތަ؟
ސާލިހް ވެރިކަމުގަ އެމީހުންހިތަކަށް ގައުމުދީފަ އޮތީމަ ވަންނާނެ. ސާލިހްވެރިކަމަުގަ އެމިނަށް ދަރާ ވިކިފަ އޮތީމަ ވަންނާނެ. ސާލިހް ވެރިކަމަުގަ އިންޑިޔާ ސިފައިން މިގައުމަށް އަރުވާފަ ތިބީމަ ވަންނާނެ.. މިގައުމުގެ ސަރަހަްދާްށް އިންޑިޔާ އަށް ވަނުމުގެ ފުރުސަތާއި ހުއްދަ ދިންމީހުންނަކީ ސާލިހް އާއި ވަގުނަސީދު މިހާރު ވެސް ވަގުނަސީދު އަރާނޭ ވަންނާނޭ.
ސާލިހް ވެރިކަމުގަ އެމީހުންހިތަކަށް ގައުމުދީފަ އޮތީމަ ވަންނާނެ. ސާލިހްވެރިކަމަުގަ އެމިނަށް ދަރާ ވިކިފަ އޮތީމަ ވަންނާނެ. ސާލިހް ވެރިކަމަުގަ އިންޑިޔާ ސިފައިން މިގައުމަށް އަރުވާފަ ތިބީމަ ވަންނާނެ.. މިގައުމުގެ ސަރަހަްދާްށް އިންޑިޔާ އަށް ވަނުމުގެ ފުރުސަތާއި ހުއްދަ ދިންމީހުންނަކީ ސާލިހް އާއި ވަގުނަސީދު މިހާރު ވެސް ވަގުނަސީދުއެ ކިޔަނީ އަރާނޭ ވަންނާނޭ.
ވެރިކަމުގަ އެމީހުންހިތަކަށް ގައުމުދީފަ އޮތީމަ ވަންނާނެ އެމިނަށް ދަރާ ވިކިފަ އޮތީމަ ވަންނާނެ. އިންޑިޔާ ސިފައިން މިގައުމަށް އަރުވާފަ ތިބީމަ ވަންނާނެ.. މިގައުމުގެ ސަރަހަްދާްށް އިންޑިޔާ އަށް ވަނުމުގެ ފުރުސަތާއި ހުއްދަ ދިންމީހުންނަކީ ސާލިހް އާއި ވަގުނަސީދު މިހާރު ވެސް ވަގުނަސީދުއެ ކިޔަނީ އަރާނޭ ވަންނާނޭ.
ކަމުގެ މުޢާލާތް ކެނޑުނު ފަހުން މަތި އޮމާންކުރަން ތިހެން ބުންޏަސް ވަޠަނީ ދަރިންނަަށް ތީ ހިތާ ދެކޮޅަށް ލަދަށް ބުނާ ބުނުމެއްކަން.
ކޮންހާވާހަކައެއް ކަލޭ މަގުކޮށާއިދީފަ ދެން އަގަ އަރުވާނެކަމެއްނެތް " އެމީހަކު ކެނޑި ކަޑުލެއްގެ ހިތި ފިލުވަންޖެހޭނީ އެމީހަކު" މިކަމުގާއި ކަލޭ ގެ ޒިންމާ ނަގަން ޖެހޭނެ
ތިޔައީ އެއްވެސް ވަރަކާށްޤައުމަށް ، ޤައުމުގެ މިނިވަން ކަމަށް ވިސްނާ މީހެއްނޫން. .ލާދުކުޑަޔާ
އަނގަނުބާނާ މިހާރު. ކަލޭގެ އާޖުފާޖެއް ނޭނގޭކަމުން ހުރިހާ މުޞީބާތެއް ދިވެހިންނަށް.
ތިޔައީ ޤައުމަށް ހެޔޮއެދޭ މީހެއްނޫން. މުޞީބާތް ޖައްސާފައި ފޭބީ ނުވިތާކަށް އަލިފާން ގަނޑަށް ދަރުއަޅަން ތިޔަހުންނަނީ. ތިޔަބަލާވެރިކަމުން މިފަސްގަނޑު ސަލާމަތް ވިޔަތީ ﷲއަށް ޙަމްދުހުރި. الحمد لله
ވެރިކަނ ކުރަން ނެގޭނަމަ ދުރަށް ޖހުން ރަގަޅު. މިތާކު ކުރީގެ ވަެރިކަމެކޭ މިހާރަކު ކިޔާނެ ކަމެއް ނެއް. ހުވާކުރި ރައީސް ހުވާކުރީ ގައުމާއި ރައްޔިތުން ދިފާއު ކުރާނމޭ ކިޔައި. ކުރީގަ ކަމެއް ކޮށްފަ އތްގޮތހަކުން މިހާރު ގައުމު ނުބެލެހެއްޓޭކަމަށް ބުނުމަކީ ޕޕޕ ކުދިން ހަރާމް ހުކުމޭ ބުނާހެން ބުނާއެއްޗެއް. ހަމަ ނުބެލެހެއްޓިގެން ވީކަމެއް ތީ.
ތިބާގެ ހުރި ލަދުބޙަޔާތް ކުޑަކަމާއެ. ދިވެއްސެއްގެ ޙައިސިއްޔަތުން ބުނެލަން ބޭނުމީ އިބޫ ބަހައްޓަން ޖެހޭނީ ޖަލުގައެ. ދިވެހި ވެރިކަމަށް އިސްލުރެވޭ މީހުންނަކީބ ޤާނޫނު ޙިފަހައްޓަން ނުކެރޭނފިނޑި ވެރި ބައެއް.
ކޮބާރާއްޖޭގަ މިއުޅޭ ޕާޓީތައް؟؟ އަގަލައްޕާގެން މިތިބީކީއްވެ؟؟
ހުއްދައަކާ ނުލާ ކަލޭ މިގައުމުގެ ކަނޑުގެ ބައެއް އިނޑިޔާއައް ހިބައިން ދިނީވެސް.
އެކަމަކީ އެމްޑީޕީ ބޮޑުން ގުޅިގެން އަޑީގައި ތިބެގެން އިންޑިޔާ ސިފައިން ލައްވާ ކުރުވިކަމެއް ނަމަ އެކަމަކީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދާ ނަފުރަތާއި ރުޅިވެރިކަން އަވައްޓެރި ގައުމާއި މެދު އުފައްދާ ދިވެހިދައުލަތާއި ދެކޮޅަށް ހިންގި ޓެރެރިސްޓް ހަރަކާތެއް، މިކަންބަލާ އަޑީގައި ތިބި މީހުންގެ މައްޗަށް ޓެރެރިޒަމްގެ ދައުވާ ކުރަންޖެހޭ !