ހިލައާއި ހިލަވެލި ހިފައިގެން ދަތުރުކުރި ދޯންޏެއް ފަރަށް އަރައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދޭން ފަަށައިފިއެވެ.

މާލެއިން ފުރައިގެން ބ.އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ދަތުރުކުރި މި ދޯނީގައި ދިވެއްސަކާއި ދެ ބިދޭސީން ދަތުރުކުރިއެވެ.

ކ.އަތޮޅު ބޮޑު ހިތި ރިސޯޓް ކައިރީ އޮންނަ ފަރަކަށް އެރި މިދޯންޏަކީ "ކީސާ" ނަމަކަށް ކިޔާ 99 ފޫޓުގެ ދޯންޏެކެވެ.

އެމްއެންޑީއެފްއިން ބުނިގޮތުގައި މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ރޭ ދަންވަރު 2:00 ހާއިރުއެވެ.

މި ދޯނި ފުންކުރުމުގެ މަސައްކަތުގައި ދޯނީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންކަމަށް އެމްއެންޑީއެޕްއިން ހާމަކުރެއެވެ.

މިހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު