ރައްޔިތުންގެ މަޖިލީހުން މިހާރު ކުރަމުންދާ މަސައްކަތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ނޫން ކަމަށާއި އެއީ ސަރުކާރު ހިންގަން ހުރަސް އެޅުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން އެ މަގާމަށް އައްޔަން ކުރުމަށް ފަހު ރުހުން ދިނުމަށްޓަކައި މަޖިލިހަށް ފޮނުވި މައްސަލައިގައި ސަރުކާރުން އެކަމާ ވިސްނުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ޝަރީފް ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާ މެމްބަރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހަށް ލިބިގެންވަނީ ގާނޫނު ހެދުމުގެ ބާރުކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ ސުޕްރީމް ކޯޓަކީ ރާއްޖޭގައި އަދުލު އިންސާފުކުރުމުގެ ބާރު ކަމަށާއި އެ ބާރުގެ ތެރެޔަށް ވަންނަން ރައްޔިތުންގެ މަޖިލީހުން ނުޖެހޭނެ ކަމަށެވެ.

"ސުޕްރީމް ކޯޓަކީ ރާއްޖޭގެ ޝަރީއަތްކުރުމާއި އަދުލު އިންސާފު ކުރެވެން އޮތް ބާރު، އެ ބާރުގެ ތެރެއަށް ވަންނާކަށް ރައްޔިތުންގެ މަޖިލީހުން ނުޖެހޭނެ." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސްޕްރީމް ކޯޓުގެ ނިންމުމަށް ގޮންޖަހައި މަޖިލީހަށް ގަރާރު ހުށަހެޅުމަކީ ސަރުކާރު ހިންގަން ހުރަސް އެޅުމަށް މަޖިލީހުން ކުރާ ކަމެއް ކަމަށާއި މަޖިލީހުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ރާއްޖޭގެ ބާރުތަކުގެ ތެރެއަށް އިދިކޮޅު ފަރާތްތަކުން ވަންނަމުންދާ ކަމަށެވެ.

"މިއަދު މިމަޖިލީހުން މިކުރާ ކަމަކީ ޖަވާބުދާރީކުރުވުމެއް ނޫން، ވެރިކަން ހިންގަން ހުރަސްއެޅުން." ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގައި އޮންނަނީ ބާރުތައް ވަކިކުރެވިފައިވާ ރިޔާސީ ނިޒާމެއް ކަމަށް ގަބޫލުކުރި ނަމަވެސް އެބާރުތަކަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ. އީވާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ ސަރުކާރުން މަޖިލީހުގެ އަދި ރާއްޖޭގެ އެހެން ބާރެއްވިޔަސް ނުފޫޒު ނުފޯރުވާނެ ކަމަށެވެ.

"ރާއްޖޭގައި އޮތީ ބާރުތައް ވަކިކުރެވިފައިވާ ރިޔާސީ ނިޒާމެއް ކަމުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވި ވިދާޅުވުމަށް އަޅުގަނޑު ތާއިދުކުރަން. އަޅުގަނޑު ތާއީދު ނުކުރަނީ ސަރުކާރުން ރައްޔިތުންގެ މަޖިލިޙުގެ ތެރެޔަށް ވަނުން، އެއީ ކަނޑައެޅިގެން އިތުރުފުޅެއް." ޝަރީފް ވިދާޅުވިއެވެ.

ވަޒީރުން އައްޔަން ކުރުމަކީ ރައީސަށް ލިބިގެންވާ ގާނޫނީ ބާރެއް ކަމަށާއި ރައީސްގެ އެ ނިންމެވުމަށް މަޖިލީހުން ތާއީދުކުރައްވަން ޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މަޖިލީހުގެ މަސައްކަތަކީ އެ ބޭފުޅުންނަކީ އެ މަޤާމުތަކަށް ޝަރުތު ހަމަވާ ބައެއް ތޯ ބެލުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭގެ ބަދަލުގައި ޑިމޮކްރެޓިކް ނިޒާމުގެ ތެރެޔަށްވަދެ ހަމަތައް އޮޅުވާލާ "ޗެކް އެންޑް ބެލެންސް" އޭ ކިޔާ ވެރިކަމުގެ ބާރުތައް އޮޅުވާލަން މަސައްކަތް ނުކުރުމަށް ޝަރީފް ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ވަގު ފާތުމަ

    ދަރީގެ ވަޒީފާ ސަލާމަތްކުރުމެއްނޫންތަ، މި މީހުން ލަދެއްވެސް ނުގަނޭދޯ

    3
    1
    • ހނހ

      ދަރީގެ ކޮންމެ އެއްޗެއް ވިތަސް ހައްގު ތެދު ބުނުން އޭއީ އެންމެ ރަނގަޅު ގޮތް

  2. ކަޅު ހުއްތު

    5 އަހަރު ތެރޭ ދައުލަތް ދަވާލެވިއްޖެ، ހަމަޔެއް ލަމައެއްނެތި އެވަރައް ފައިސާ ޗާޕުކުރި، ކަމެއްނުކޮއް 5އަހަރު އަޗާތަޅަންތިބެފަ އިންތިހާބު ބޯމަތިވީމަ ޖެހީ ހުސް ކަޑަ، ވޯޓުގެ ދަޅަޔައް ކަނޑުގަ ރޮންގެއްއަޅަފާ ދޫކުރި ފްލެޓާ ގޯތި ލިސްޓުގޮވީއަތައް. ދެން ޖެއްސުން ކުރުންނޫން ކޮންކަމެއް ކުރެވޭނީ؟

    2
    1
  3. ައަފިރިންވޯޓާ

    މީނާ ކުރާކަމަކީ އަބަދުވެސް އަންބޮޑިބޮޑުކުރުމާއި ، ކޮޅުބަދަލުކޮށްގެން ދައުލަތުގެ ފައިސާބަނޑުއެޅުން.

    • ހައްގު ތެދު

      ކިތަންމެ ނިކަމެތި އަދި މޮޅު މީހަކުވެސް ރަނގަޅުވާހަކަ އެއް ވެއްޖެޔާ ވާނީ ރަނގަޅުވާހަކަ އަކައް

  4. ބޮޑުރަސްގެފާނު

    މެންބަރު ސަރީފު ބޯހަމަޖެހޭބާ

  5. Anonymous

    މަޖިލީހުން ހަދާ ޤަވާއިދުތަކަށް ރައްޔިތުންވެސް ކިޔަމަންވުން ހުއްޓާލަންވީ. ކޯޓުތަކުގެ ޙުކުމަށް ދައުލަތުގެ ބާރުތަކުން ޢަމަލުނުކުރާނަމަ ރައްޔިތުންވެސް ހަދާ ޤާނޫނުތަކަށް ޢަމަލުކުރުން ދުރުވާނެ. ކޯޓުގެ ނިންމުންތަކަށް ތަބަޢަނުވީމާ މަޖިލީސް މިވަނީ ޖަންގަލީގެ ޙުކުމް ހިނގާތަނަކަށް.

  6. އަބްދޫ

    އެމްޑީޕީސަރުކާރުއޮތްއިރުމަޖިލީހުންވަނީ މަޖިލިސް ކުރާގެ އެމްޑީޕީ ހަރުގެއަށް ބަދަލުކޮށްފަ ސަރުކާރުގެހުރިހާއޮފީހެއްއެމްޑީޕީހަރުގެއަށް ބަދަލުކޮށްފަ . ފުލުހުންނާއި ސިފައިންގެވެސް ވަނީ އެމްޑީޕީ ހަރުގެއަށް ބަދަލުކޮށްފަ.ކޯޓް ތައްވެސް ވަނީ އެމްޑީޕީ ހަރުގެއަށް ހަދާ ޖޭއެސްސީން ގައިރުގާނޫނީ ސުލޫކީ ހަދައިގެން ފަނޑިޔާރުންނަށް ބިރުދައކައިގެން އެމްޑިޕީ ހަރުގެއަށް ބަދަލުކޮށްފަ. މިހާރު އެމްޑީޕީން މިވަނީ ރިޔާސީ ނިޒާމްގަޑުބަޑުކޮށްގެން ވާނުވާ ނޭގޭ ނިޒާމަކަށް ގައުމުހަދާ 3 ބާރު އެއްބާރަކަށް ބަދަލުކުރަންރާވާފަ.އެމްޑީޕީ ވެރިކަމަށް އައިސް މަޖިލިސް ލިބުމުން ހުރިހާ މިނިވަންމުވައްސަސާގަ ގާނޫނީގޮތުން އިންތިހާބުކުރެވިފާތިއްބެވި ބޭފުޅުންގައިރުގާނޫނީ ސުލޫކީ ހަދައިގެން މަގާމްތަކުން ވަކިކޮށް އެމީހުން ބޭނުންވާބަޔަކު މަގާމަތަކަށް ހަމަޖައްސަފަ. އެމްޑީޕީ ން ހިންގާފަ ހުރި ގައިރުގާނޫނީ ކަންކަމަށް ބަލާއިރު އެ ޕާޓީ ގައިރުގާނޫނީ ކުރަންޖެހޭ.ހިތްވަރުހުރި ގާނޫނީ ބަޔަކު ތިބިނަމަ ހައިކޯޓަށް ގޮސް ގައުމު ހަމަމަގަށް ރުޖޫއުކުރަންވަނީޖެހިފަ.