ކުރިއަށް ރޯދަ މަހުގައި ދޮގު ހެދުމާއި ފުރައްސާރަ ކުރުމާ ދުރުހެލިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ޅ. ނައިފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރޯދަ މަހަކީ ރަނުގެ ފުރުސަތެއްގެ ގޮތުގައި ބޭނުން ހިފަން ޖެހޭ ކަމަށެވެ. ރޯދަ މަހުގައި ދިވެހިންގެ ތެރޭގައި އޮންނަ މާތް އަހުލާގު ރިވެތި ގޮތްތައް އަށަގެންނެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
"ދޮގު ހެދުމާއި ފުރައްސާރަ ކުރުމާއި މީހުންނަށް ހަގީގަތެއް ނެތް ކަންކަން ކުރިމަތިކުރުމާއި މި ކަހަލަ ކަންކަމުން ދުރުވެ، އަޅުގަނޑުމެން އެއްބަޔަކު އަނެއް ބަޔަކަށް އެކަކު އަނެކަަކަށް އަޅާލާ އޯގާތެރި ބަޔަކަށްވެ އޯގާތެރި މުޖްތަމައެއް ގާއިމް ކުރުމަށް އަޒުމު ކަނޑައަޅާ ފުރުސަތަކަށް މި ރޯދަ މަސް ހެދުމަކީ ދިވެހި ރައްޔިތުންގެ ކިބައިން ވަރަށް ބޮޑަށް އެދޭ ކަމެއް." ރައީސް ވިދާޅުވިއެވެ.
ރޯދަ މަހަކީ ތަގްވާވެރިކަން އިތުރު ކުރުމަށް މާތް ﷲ ދެއްވާ ފުރުސަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. ހަގީގީ މާނައިގައި ރޯދަ ހިފާނަމަ އެކަން ކަމަށް އިސްކަންދޭނެ ކަމަށް ވިދާޅުވިއެވެ.
މަޖިލިސް އިންތިހާބަކީ ވާދަވެރި އިންތިހާބެއް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ވާދައިގެ ތެރޭގައި ވެސް އެކަކު އަނެކަކަށް ހަގީގަތާއި ހިލާފް ދޮގު ބަސްތައް ރައްދުނުކޮށް ހަގީގަތާ އެއްގޮތަށް ރީތި ބަހުރުވައިގެން ކެމްޕޭންކޮށް ރީތި އާދަތައް އާލާކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. ރޯދަ މަހުގައި ޒުވާނުންނާއި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް އިހްތިރާމް އަދާކުރަން ބާރުއަޅުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.
" އެއްވެސް ހާލެއްގައި ދޮގަށް ފުރުސަތު ނުދިނުމަށް އެދެން. އަޅުގަނޑުމެންނަށް ފެނޭ ކާކު ހިންގާ ވެބްސައިޓްތަކެއްކަން ނޭނގޭ އެތައް ވެބްސައިޓްތަކެއްގައި އެއްވެސް ވަރެއްގެ ހަގީގަތެއް ނެތް ވާހަކަތައް ލިޔަމުންދާތަން. ދިވެހި އަކުރާއި ބަހުން ލިޔެފައި އޮންނަނީ. އެހެންވީމަ ދިވެހިން ކަަމަށް މި ބަލަނީ އެ ވެބްސައިޓުތައް ހިންގަނީ. އަޅުގަނޑުމެންނަކީ މުސްލިމުން. މުސްލިމުންނަށްވެ ތިބެ ގުރުއާނުގައި ވެސް ވަރަށް ސާފުކޮށް އެ އޮންނަނީ އިސްލާމުންނަކީ އެކަކު އަނެކަކަށް އަޅާލާ އެކަކު އަނެކަކު ކިބައިން ނުބައި ކަންތައްތަކަށް ބާރު އަޅާނެ ބައެއް ނޫންކަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އީމާންތެރިކަމެއް ހުރި މީހެއް ކަމަށްވާ ނަމަ، ދޮގު ނުހަދައި ދޮގު ބަހުން ވާހަކަ ނުދައްކާނެ ކަމަށެވެ. އެހެންކަމުން މި ރޯދަ މަހު ތަގްވާވެރިކަން އިސްކޮށް ރީތި ގުޅުންތައް ގާއިމްކޮށް އެކަނު އަނެކަކަށް އަޅާލާ އޯގާތެރި މުޖްތަމައެއް ގާއިމްކުރުން ރައީސް ވަނީ ދިވެހި ރައްޔިތުންގެ ކިބައިން އިލްތިމާސް ކުރައްވައިފައެވެ.
ފުރަތަމަ ރައީސް އެބަޖެހޭ ނޫންތޯ ދޮގުހެދުމާ ދުރުވާން! ކޮބާތޯ ރައީސް ޔާމީނު މިނިވަންކުރުންގަނޑު؟
އަސްލު މިހާރު ޔާމީނު މިނިވަން ކުރަން ގިނައިން ގޮވާ މީހުންވަނީ އަދީބުލައްވާ ދޮގު ބަޔާނެއް ދީގެން ޖަލައްލާ ރިޔާސީ އިންތިހާބުން މަހުރޫމް ކޮއްލާފަ. މުއީޒު ބުނީ އިންސާފު ހޯދާދޭނީ ކޯޓްތަކުންނޭ. ޖޭއެސްސީ އެމްޑީޕީ ބާރުއޮތް އިރު އެއީ ވާނޭކަމެއް ނޫން ހިސާންއާ ހުސްނުއް ސުއޫދު މެންތިއްބާ އެމީހުން ބަލާނެ މުއީޒައް އެކަން ނުކުރެވޭ ގޮތެއް އޮއްތޯ ނުވަތަ ކުރަން އުޅެއްޖެޔާ ބުނާނެ ނުފޫޒު ފޯރުވަނިެްޔޭ. މިހާރު ވެސް މަޖިލީހުން ފެންނަމުންދަނީ އެކަހަލަ މަންޒަރު
ސަރުކާރުން ޖާހު އެޕާޓްމަންޓްތަކުގެ ޑިވެލޮޕްމަންޓާ ހަވާލުވެ، މާޗް މަހުގެ ނިޔަލަށް އެކަން ނިމޭނެ ކަމަށް އަޅުގަނޑުމެންނަށް ވައުދުވި. އެކަމަކު އަޅުގަނޑުމެންނަށް އަޑުއިވެމުން މިދަނީ ސަރުކާރުން އަނެއްކާވެސް އެ މަޝްރޫޢު ލަސްކޮށްފައިވާ ވާހަކަ. މީހުން ކުއްޔާއި ލޯނުގެ ޝިކާރައަކަށްވެ ދިރިއުޅެމުންދަނީ ދަތި ހާލުގައި.ބައެއް މީހުންނަށް ޖެހުނީ ބަނގުރޫޓުވެ މުޅި އުމުރަށް ދެކެމުން އައި ގެއެއްގެ ހުވަފެން ދޫކޮށްލާފައި ފުލެޓްތައް ދޫކޮށްލާށެވެ. ސަރުކާރުތަކުން ދޮގު ނުހެދުމުގެ ހުވާގެ ބައެއްގެ ގޮތުގައި، މި މަހު އިމާރާތް ފުރިހަމަ ކުރައްވާށެވެ.
ސަރުކާރުން ޖާހު އެޕާޓްމަންޓްތަކުގެ ޑިވެލޮޕްމަންޓާ ހަވާލުވީކީ މިސަރުކާރަކުން ނޫން އެވެސް ތިއުޅޭ ދޮގު ހަދާ އެމްޑީޕީން އެމީހުން އިރުގަ ވެފައޮތްކަމެއް. އަސްލު މިސަރުކާރާ ބެހޭ ކަމެއް ވެސްނޫން އަބަދުވެސް އުޅޭނީ އޮޅުވާލައިގެން ދޮގު ބަދުނާމެއް އެޅުވޭތޯ އޭރުންތާ އެކަން ނޭނގޭ މީހުން ގަބޫލް ކުރާނީ މިއީ މިމީހުންގެ ހަގީގަތަކީ
ހަތްގުދު އޮތްމީހާ އެއްގުދު އޮތްމީހާ އާދިމާލަށް ގުދޯ ގުދޯ ކިއުމާ އެއްވެސް ތަފާތެއް ނެތް.
އަސްލު ހަތްގުދު އޮތްމީހުން ވަނީ މީގެ 3 މަސްކުރިން ރައްޔިތުން ނޫނެކޭ ބުނެފަ. ތިބުނާހެން އެމީހުން ކިޔަމުންދިޔައީ ފިތުނަދޮލަގޭ އެހެން ކިޔަކިޔާ އޮއްވާ ރައްޔިތުން ނިންމީ ވަކިގޮތަކައް
އެންމެގުނައިން މިހާރު ދޮގުހަދާކަމަށް ގިނަބަޔަކު ބުނަނީ މަނިކުފާނާއި މަނިކުފާނުގެވއަރިސް މީހުން!
އެންމެ ގިނަ ދޮގުހަދާ މަކަރާ އޮޅުވާލުމުގެ ރެކޯޑް އެމްޑީޕީ ނޫން ބަޔަކައް އަދި ނެތް ވެފަކާ. އެންމެ ބޮޑު އެއްޓޫލް ވެރިކަމައް އަންނަން ބޭނުންކުރާ
ތިރެކޯޑް ހިޔެއް ނުވޭ ވަކިކޮޅަކައް ނުޖެހޭ މީހަކު ވަރައް ރަނގަޅައް ހޯދާބަލާ ފިއްޔާ ފެންނާނީ އެމްޑީޕީ ކުދިން
ސިޔާސީމީހަކު ދޮގުހެދުމާ ދުރުވުވަކީ ކިރުބޯ ކުއްޖަކު މަންމަގެ ގާތުން ދޭ ކިރާދުރުވުން ކަހަލަކަމެއް....
އަދި މިހާތަނައް ދޮގާ މަކަރާ އޮޅުވާލުމާއި ކޮރަޕްޝަނާއި ފަސާދަކުރުމާ ކަންތަކެއް އަދި ނުފެނޭ. މިހާރު ފެންނަމުންދާ ހަގީގަތަކީ އެހެން ވެރިކަންތަކާ ހިލާފައް ދޫދެއްވާތަން މަސްވެރިން މުޒާހިރާއިންނާއި މަޖިލިހުން ފިއްތާ ފިއްތުންތަކާ މަޖިލިސް އިންތިހާބު ބޭއްވުން ފަދަކަންކަން. މިހާލަތުގަ އެހެން ވެރިކަމެއް އަސްލު އޮތްނަމަ އިނގޭނީ ވާގޮތް ވެސް
މޮޅު ވާހަކަ ދައްކާނެ ކަމެއް ނެށް. އަމިއްލަ މީހާ އިސްލާހު ވެ ރައްޔިތުންނަށް ނަމޫނާ ދައްކަށް، އޭގެބަދަލުގަ އަހަރުމެންނަށް ފެންނަނީ އިދިމާ އިދިކޮޅު މަކަރުވެރިކަމާއި ހީލަތްތެރި ކަން.
އަދި ޑިމޮކްރަސީ ރާއްޖެޔައް އައިފަހުން މިކަހަލަ ވީހާވެސް ރަނގަޅައް ކުރެވޭތޯ މަސައްކަތް ކުރާ ސަރުކާރެއް އަދި ނާދޭ ބުނެވޭނީ. ނިމިދިޔަ ސަރުކާރުން ނުހިންގާ ކޮރަސަނެއް ނެތް އެއްވެސް ސަރުކާރު ކުންފުންޏެއްގަ ދޮގާމަކަރު މެކުހައް
ޑރ. މުޢިއްޒުގެ އެންމެ ޙައިރާންވާން ޖެހޭ " މޮޅުކަމަކީ " ، ދޮގުހައްދަވަމުން ދޮގުނުހެދުމަށް ބާރުއަޅުއްވާ ވާހަކަ ދެއްކެވުން. ވަރަށްގިނަ ރަށްރަށުގައި ދޮގާމަކަރުުގެ ކޯޓެއްކަމަށް ބެލެވޭ މުޢިއްޒުގެ ސޮޔާއެކު ޕާޓީގެ ޓިކެޓް ދެއްވާފައިވާ ކެންޑިޑޭޓްން އެބަތިބި. ހަމަ އެގޮތަށް މުޢިއްޒުގެ ވަރަށްބޮޑު ރޭވުމެއްގެ ދަށުން ޕާޓީގެ ވަލުދޮރޯށިން "އަމިއްލަ" މަރުކާގެ ކެންޑިޑޭޓްން އެބަ ނެރުއްވާ.
ތިއީ ކަނޑަ އެޅިގެން ދޮގެއް އަދި މިހާތަނައް އެއްވެސް އަމިއްލަ ކެޑިޑޭޓަކައް ނޫނީ އެހެން ޕާޓީ މީހަކައް ތީއީދު ކުރާ ވާހަކަ އެއް އަދި ނުބުނޭ. އެކަން އިނގޭނެ ކައިރީ އުޅޭ މީހުނާ ފެންނަ މީހުނައް