މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އައްޑޫ ސިޓީއަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ މިރޭގެ 20:30 އިން 23:30 އަށެވެ.

 

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާގޮތަށް ބަލާއިރު މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ.

އުތުރުގެ މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު އަލީ

    "ނެރެއްޖެ" ގެ މާނާއަކީ ކޮބައިތޯ؟

    • އައްމަޑޭ މާމިގިލި

      ނެރުނީ... ތީ ދިވެއްސެއްތަ؟ ދިވެހިބަސް ވެސް ނޭގޭ..

      • ގޯސް

        މޫސުން ގޯސްވާނެތީ ރާއްޖޭގެ ވަކި ސަރަހައްދަކަށް ޔެލޯ އެލާރޓް ނެރެފި!