ރަށު ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޮތް ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވި މައްސަލަ ބަލަމުންދާ ކަމަށް ކަރެކްޝަން ސާވިސްއިން ވިދާޅުވެއްޖެއެވެ.

ޔާމީން ވަނީ ރޭގެ ވަގުތެއްގައި އެމަނިކުފާނުގެ އާ ޕާޓީ ޕީއެންއެފްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ އަހްމަދު ލަތީފްގެ ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފައެވެ. ރޭގައި އޮތީ ލަތީފްގެ ފަރާތުން އެ ދާއިރާގެ ޕީއެންސީއަށް ސަޕޯޓްކުރާ ރައްޔިތުންނަށް ބޭއްވި މާހެފުމުގެ ހަރަކާތެކެވެ.

މިކަމާއި ގުޅުގެން ކަރެކްޝަން ސާވިސްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ސާވިސްއިން މައްސަލަ ބަލަމުންދާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ޔާމީން ރަށު ބަންދަށް ވަނީ ބަދަލުކުރައްވާފައެވެ. ރަށު ބަންދަށް ބަދަލު ކުރުމާއެކު، މާލެ ވިލިމާލެ އަދި ހުޅުމާލެއަށް ވަޑައިގެންނެވޭނެއެވެ. އަދި އާއްމު ރައްޔިތުންނާއި ބައްދަލު ކުރެވޭއިރު، މި ސަރަހައްދުގައި ކުރިއަށް ގެންދާ ޖަލްސާތަކުގައިވެސް ބައިވެރިވެވަޑައިގެންނެވޭނެއެވެ.

ނަމަވެސް ރަށު ބަންދުގައި ހުރެގެން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަކީ މަނާކަމެކެވެ.

ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ވ. އާރަށު މައްސަލައިގައެވެ. އެ ޖަލު ހުކުމް ފަސްކޮށްދެވެން ނެތް ކަމަށް ހައިކޯޓުން ދާދި ފަހުން ވަނީ ނިންމަވާފައެވެ. މިމައްސަލައިގެ އިސްތިއުނާފު ކުރިއަށްދާއިރު އެމަނިކުފާނުގެ މައްޗަށް ރ. ފުއްގިރި މައްސަލަވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަ ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. މުހައްމަދު

    މި އާޓިކަލް ލިއުނު މީހާ ހަގީގަތާއި ޚިލާފު ވާހަކައެއް ލިއެފައިވާކަން ފާހަގަކުރަން. ޔާމީން ގެއަށް ބަދަލުކުމުގެ ލުއި ދެއްވީ ޑރ މުއިއްޒުގެ ސަރުކާރަކުން ނޫން. ގަސްދުގައި ދޮގުމައުލޫމާތު ލިޔެ އޮޅުވާލުމަކީ ލިއުންތެރިންގެ އަގުވެއްޓޭނެ ކަމެއް.

    31
    15
    • އަހު

      މުޢިއްޒުގެ ސަރުކާރުގެ ވާހަކައއްނޫން މުޢިއްޒު އެދިގެން ގެއަށް ބަދަލު ކުރިވާހަކަ އިބޫ ކައިރީ މުޢިއްޒު އާދޭސް ކޮއްގެން ގެއަށް ގެނައީ އެދުވަހު މުޢިއްޒު ޔާމީނާ ބައްދަލު ކުރަން ދިއުމުން ޔާމީނު މުޢިއްޒުއަށް އިސް އުފުލާ ބަލާވެސް ނުލި އެހެރަ ފެނުނީ ޔާމީނުގެ ބޮޑާ ކަމާއި ކިބުރު ވެރިކަން އަހަރެން އަދުރޭ ރަނގަޅޭ ނުބުަނަން

  2. ކާސިންބެ

    މުއިޒުގެ މައްސަލަ ފުރަތަމަ ބަލަންޖެހޭނީ
    އާންމު އެތައް ތަނެއްގައި ވައުދުވެ މަކަރާއި ހީލަތް ހެދި މައްސަލަ

    18
    25
    • އަސްދޫނި

      މުއިއްޒު 5 އަހަރުގެ ދައުރަށް ވާ ވައުދަކީ ކަލޭ ހިތަށް އަރާ ގަޑިއެއްގަ ފުއްދަން ޖެހޭ އެއްޗެއްތަ؟ ބުރާންތި ވިޔަސް ބޮޑުވަރު. 5 އަހަރު ނިމެން އައިމަ ތި ކިޔަން އޯކޭ. މިހާރު ކީމަ ކަލޭގެ މޮޔަ ވަރު އިނގެނީ!

  3. ހާލުފޮޅި

    ހުޅުމާލެއަކީ މާލޭގެ އަވަށެކޭ ކިޔާތީ އަޑުއިވޭ.. މިހާރު އެއް އަވަށުން އަނެއް އަވަށަށް ދިއުމުންވެސް ކުށްވެރިވޭތަ؟؟

    25
    4
    • އަހަންމަދު

      މަނާވަނީ ސިޔާސީ ހަރަކާތުގައި ބައިވެރިވުން.

  4. އަލީ ފާއިޒް

    މުއިޒު އެބަޖެހޭ ރައްޔިތުންގެ ކިބައިން މައާފައް އެދިފައި ޔާމީނު ދޫކުރުމުގެ މަސައްކަތް ކުރަން
    ވެރިކަން ލިބުނީ ޔާމީނު ދޫކުރާނެ ކަމަށް ބުނެގެން
    އިންޑިޔާ ސިފައިން ވެސް ބޭލުނީކީ ނޫން، ޔުނީފޯމް ބޭލުއްވީ
    ދިވެހި އަސްކަރިއްޔާގެ އުޅަނދު ދުއްވުމަށް ބޭރުމީހުން
    އުޅަނދުގެ ބޭރުގައި ޖަހާފައިވަނީ ދިވެހި އަސްކަރިއްޔާގެ ނަން

    16
    15
    • ޚަދީޖާ

      ކަލޭ ކޯންޗެއް އެނގިގެން ތިޔަ ކޮމެންޓް ކުރަނީ. ޔާމީނު އޭނާގެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައި އޮއްވައި ޔާމީނު ދޫކޮށްލުމުގެ ބާރެއް ޤާނޫނީގޮތުން ރައީސަކަށް ލިބިގެނެއް ނުވޭ. ޔާމީނު މިނިވަން ކުރަން ކަލޭ ތިޔަހައި ބޭނުމިއްޔާ ޔާމީނު ގާތުގައި ކަލޭ ބުނޭ، އިސްތިއުނާފަށް ޔާމީނު ކޯޓަށް ހުށަހަޅާފައި އޮތް މައްސަލަ އަނބުރާ ގެނެސް، އަދަބު މާފުކޮށްދިނުމަށް ގަވާއިދުން ރައީސަށް ހުށަހަޅާށޭ. އޭރުންނޭ މުޢިއްޒަށް އެކަން ކޮށްދެވޭނީ. ކޮންމެ ކަމަކަށް ވެސް ޤާނޫނުތަކަކާއި ގަވާއިދުތަކަކާއި އުސޫލުތަކެއް އޮންނަ ކަމެއް ނުދަންނަންދޯ؟ މިހާރުވެސް ޔާމީނު އެއުޅެނީ ސަރުކާރުން ދީފައިވާ ލުޔާ ޚިލާފަށް. ޔާމީނު މިހާރު ގޭގައި އެ ބަހައްޓަނީވެސް ސަރުކާރުގެ ހެޔޮކަމުން. ޔާމީނު މިހާރު އެއުޅޭ ގޮތުންވެސް ޔާމީނު އެގޮތަށް ދޫކޮށްލާފައި ބަހައްޓާކަށް ނުޖެހޭ.

      7
      4
    • އަހަންމަދު

      ފުރަތަމަ ތިބުނީ ރަގަޅަށް. މުޢިއްޒު އެބަޖެހޭ މަޢާފަށް އެދެން. އެކަމަކު އެއީ ޔާމީނު މިނިވަން ކުރަންބުނިނަމަ އެކަމަށް. ރިޝްވަތާއި މަނީ ލޯންޑަރިން
      ގެ ޖަރީމާ ސާބިތުވެގެން ކޯޓުން އިއްވި ހުކުމެއް ތަންފީޒުކުރަމިން
      ދާމީހަކު މުޢިއްޒުއަކަށްވެސް ހަމަ ދުލުއްނުކުރެވޭނެ.

  5. އާރުކޭއައުޓް

    އާރުކޭ މުއިއްޒު އައުޓް އިންޑިއާ އައުޓް ވަގު ޓިނު އަދުރޭ ރަށަށް ކަނޑާލާ އާރުކޭ މުއިއްޒު އައުޓް އިންޑިއާ އައުޓް ވަގު ޓިނު އަދުރޭ ރަށަށް ކަނޑާލާ އާރުކޭ މުއިއްޒު އައުޓް އިންޑިއާ އައުޓް ވަގު ޓިނު އަދުރޭ ރަށަށް ކަނޑާލާ އާރުކޭ މުއިއްޒު އައުޓް އިންޑިއާ އައުޓް ވަގު ޓިނު އަދުރޭ ރަށަށް ކަނޑާލާ އާރުކޭ މުއިއްޒު އައުޓް އިންޑިއާ އައުޓް ވަގު ޓިނު އަދުރޭ ރަށަށް ކަނޑާލާ އާރުކޭ މުއިއްޒު އައުޓް އިންޑިއާ އައުޓް ވަގު ޓިނު އަދުރޭ ރަށަށް ކަނޑާލާ އާރުކޭ މުއިއްޒު އައުޓް އިންޑިއާ އައުޓް ވަގު ޓިނު އަދުރޭ ރަށަށް ކަނޑާލާ އާރުކޭ މުއިއްޒު އައުޓް އިންޑިއާ އައުޓް ވަގު ޓިނު އަދުރޭ ރަށަށް ކަނޑާލާ އާރުކޭ މުއިއްޒު އައުޓް އިންޑިއާ އައުޓް ވަގު ޓިނު އަދުރޭ ރަށަށް ކަނޑާލާ އާރުކޭ މުއިއްޒު އައުޓް އިންޑިއާ އައުޓް ވަގު ޓިނު އަދުރޭ ރަށަށް ކަނޑާލާ އާރުކޭ މުއިއްޒު އައުޓް އިންޑިއާ އައުޓް ވަގު ޓިނު އަދުރޭ ރަށަށް ކަނޑާލާ އާރުކޭ މުއިއްޒު އައުޓް އިންޑިއާ އައުޓް ވަގު ޓިނު އަދުރޭ ރަށަށް ކަނޑާލާ

    15
    11
  6. ޖުހާ

    ޔާމީނަކީ އެއްވެސް ޤާނޫނެއް ގަވާއިދެއް އުސޫލެއް ގަބޫލުކުރާ މީހެއް ނޫންކަން މިހާރު ހާމަވަމުން މިދަނީ.

    25
    24
  7. އަލްޖިބްރާ

    ޖަލުތަކުގައި ތިބި ހުރިހާ ކުށްވެރިން ނަށްވެސް މިގޮތަށް ނޫޅެވެންވީ ކީއްވެ ؟

    19
    13
  8. ޒައިކް24

    ރަށު ބަންދުގައި ހުރިކަމަށް ވަންޏާ ހުޅުމާލެ ނުދެވެންވީ ސަބަބެއް ނެތް.. އެއީ މާލޭގެ ބައެއް ނޫނީ އަވަށެއް.. ޤާނޫނީ ގޮތުން އެކަން އޮތް ގޮތް މި ބުނަނީ.. ޔާމީނުވެސް އެވަރު ބަލާފަ ދާނީ.. އަވަށު ބަންދުގަ ތޯ ހުރީ؟؟ އެހެން ވެއްޖެއްޔާ ހެންވޭރުން ބޭރެއް ނުވެވޭނެެ.. ޤާނޫނު އަސާސީގަ ވެސް އޮތީ މާލެއަކީ ހުޅުމާލެ، ވިލިނގިލި އަދި ފުރަމާލެ ހިމެނޭގޮތަަށްކަމަށް.. ސުޕުރީމު ކޯޓުނަވެސް މާނަކޮށްފަ އޮތީ އެގޮތަށްް.. އެހެެންވީމާ ކަރެކްޝަންސްއަށް ބޮޅެއް ޔާނަށް މޮޅެއް..

    19
    5
  9. ހނހ

    ގާނޫނު މުގުރުމުގެ ނަމޫނާއެއް

    14
    13
  10. ޑިމޮކުރަސީ

    ޢިންސާފު ގާއިމުކުރޭ ތަފާތު ނުކޮށް

    16
    3
  11. ޒަކީ

    ޔާމީން ހިތުން އޭނަ ބޭނުން ގޮތަކަށް އުޅެވޭނެކަމަށްތަ ހީކުރީ މީނަގެ ބޭނުމަކީ މިހާރު ތިމާގެ ސަޕޯރޓެއް ނެތުމުން ގަވާއިދާއި ޙިލާފަށް އުޅެ ސަރުކާރުން މީނަ ޖަލަށް ލުން އޭރަށް ފިތުނަ 13 އަށް ޖަމީލުއާއި މޭޔަރަކަށް ކުރިމަތިލީމަވެސް ބަޔަކު އަޅަނުލާ ފެއިލްވި ކޮރަފްޓް އަދީބުގެ ބޯއި ހުސެން ވަހީދުއަރާ ކޮސް ގޮވީމާ ރައްޔިތުން ހަމްދަރުދީވާނެތާ އެހެންކަމަށް ހީކުރީ ޔާމިން ހެޔޮނުވާނެ ކަލޭ ގޭގަ މަޑުން ހުރޭ ހަމަގައިމު ޔާމިނއ ދައުލަތް ދަވާނުލާނެ ކަމަކަށް ނުވާނެ

    14
    6
  12. ބޮޑުރަސްގެފާނު

    ޙުސްގޮނޑި ބެހެއްޓި މައްސަލަވެސް ބައްލަވާނަމަދޯ ހާދަ ރަނގަޅޭ

    17
    5
  13. ހިކި ކިރު

    ރަޢީސް ޔާމީނު ގެއަށް ބަދަލު ކުރީ ރަޢީސް ސޯލިހު! މުއީޒުގެ ހެޔޮ ފުޅު ކަމުން ރަޢީސް ޔާމީނަށް ދިނެއް ލުޔެއް ނެތް. މުޢީޒު އަދި ރަޢީސް ޔާމީނު ޖަލަށް ބަދަލު ކުރާނެ މަޖުލިހުގެ ވޯޓު ކަންތައްތައް ނިމުމާއިއެކު.

    9
    7
    • ތަނެއް ދޮރެއް

      މި ކޮމެންޓު ލިޔުނު މީހަކަށް ނޭނގޭބާ ޑރ. މުއިއްޒު ރައީސްކަމަށް ހޮވުމުން ހަމަ އެދުވަހު ކުރީގެ ރައީސަށް ދަންނަވައިގެން ގެއަށް ބަދަލު ކުރިކަން. އިންތިޚާބީ ރައީސަކަށް ވެ ފުރަތަމަ ކުރެއްވި ކަމަކީ އެއީކަން. ކުރީ ގެ ރަޢީސް ޔާމީން ދޫކޮށްލިނަމަ ޑރ. މުއިއްޒު ވިދާޅު ނުވަނީސް ދޫކޮށްލާނެތާ. ކުޑަކޮޑް ތަންދޮޜު ބަލައިގެން ކޮމެންޓު ލިޔެބަލަ

      1
      1
  14. Anonymous

    ފުރަތަމަ ކަމަކަށް ހައިކޯޓްގަ އޮތް ޝަރިއަތުގެ ހުކުމް އިއްވަންވީ.
    ދެވަނަ ކަމަކަށް ކުރަންވީ ކަމަކީ މާލެ ، ހުޅުލެ ، ވިލިގިލި ، ތިޔަގޮވާ ހުޅުމާލެ މާލޭގެ އިޙުތިސާތުން ވަކިކުރަންވީ ނޫނީ މާލޭ ބަންދުގަ ހުންނަ މީހަކު މިހުރިހާ ރަށަކަށް ދާނެކަން ދަންނަން ވާނެ.

    7
    3
  15. ދޮންބެ

    ފުރަތަމަ ކަމަކަށް ހައިކޯޓްގަ އޮތް ޝަރިއަތުގެ ހުކުމް އިއްވަންވީ.
    ދެވަނަ ކަމަކަށް ކުރަންވީ ކަމަކީ މާލެ ، ހުޅުލެ ، ވިލިގިލި ، ތިޔަގޮވާ ހުޅުމާލެ މާލޭގެ އިޙުތިސާތުން ވަކިކުރަންވީ ނޫނީ މާލޭ ބަންދުގަ ހުންނަ މީހަކު މިހުރިހާ ރަށަކަށް ދާނެކަން ދަންނަން ވާނެ.

    5
    1
  16. ސްޓޭސްޓޭސްޓޭ

    ރައީސް ޔާންޓޭ އަށް އެއްގޮތެއް ވެސް ތަމެންނަށް ނެހެދޭނެއޭ އެމެރިކާ އިންޑިއާ އާލާތުންނަށް ގޮތެއް ނެހެދުނު މީހަކަށް ދެން ތަމެން ފަދަ ކައްޕަޅި އޮށްވަޅު ގޮނޑިކުޅޭ ރަނޑުންނަށް ކުރެވޭނެ ކަމެއް ނޯންނާނެއޭ ޔާންޓޭ ކުރިއަށް ޖަހާ މުޅި މާލެ ސަރަހައްދު ފަތަހަކުރާށޭ ޖައްސާ ޖައްސާ އޫމް އޫމް އޫމް ލިފްޓް މީ އަޕް ހޯލްޑް މީ ޑައުން ކީޕް މީ ކްލޯސް ސޭފް އެން ސައުންޑް ކީޕް މީ ސޭފް އެން ސައުންޑް ލިފްޓް މީ އަޕް ހޯލްޑް މީ ޑައުން ކީޕް މީ ކްލޯސް ސޭފް އެން ސައުންޑް...

    4
    6
  17. Anonymous

    އަވަށޭ ފަޅޮލޭ ވީދޭނެ ކަމެއް ނެތް. ޔާމީނު ބައިވެރިވީ ސީދާ ސިޔާސީ ހަރަކާތެއްގައި މިއީ އޭނާ އަނބުރާ ޖަލަށް ގެންދަން ޖެހޭ ކަމެއް.

    14
    11
  18. ޒިންދާބާދު

    ރައީސް ޔާމީން ޒިންދާބާދު އަދުރޭ ބަރުބާރު މުއިއްޒު ބަރުބާދު ރައީސް ޔާމީން ޒިންދާބާދު އަދުރޭ ބަރުބާރު މުއިއްޒު ބަރުބާދު ރައީސް ޔާމީން ޒިންދާބާދު އަދުރޭ ބަރުބާރު މުއިއްޒު ބަރުބާދު ރައީސް ޔާމީން ޒިންދާބާދު އަދުރޭ ބަރުބާރު މުއިއްޒު ބަރުބާދު ރައީސް ޔާމީން ޒިންދާބާދު އަދުރޭ ބަރުބާރު މުއިއްޒު ބަރުބާދު ރައީސް ޔާމީން ޒިންދާބާދު އަދުރޭ ބަރުބާރު މުއިއްޒު ބަރުބާދު ރައީސް ޔާމީން ޒިންދާބާދު އަދުރޭ ބަރުބާރު މުއިއްޒު ބަރުބާދު ރައީސް ޔާމީން ޒިންދާބާދު

    6
    10
  19. ދަގެތި ސޮރު

    ރައްޔިތުން ތިބީ މިކަން ވަރަށް ގާތުން ބަލަން. ރައްޔިތުންގެ ރަޢީސް ޔާމީން. ޔާމީން ޒިންދާބާދު! ޔާމީން ޒިންދާބާދު!

    6
    13
  20. ސަޓޯ

    މިގެއާ ޖެހިގެން ހުންނަ ގޭގަ އުޅޭ ބޮޑު ވަގުވެސް ގޭބަންދު.. އެކަމަކު ދެންމެ ވެސް އެގޮލާ އެދިޔައީ ބޭރަށް... އެމައްސަލަ ބަލާބަލަ

  21. ނިޒް

    ރާއްޖޭގެ ރައީސް ކަން ކޮށްފަ ތިބޭ މީހުން ޢާންމު ރައްޔިތުންނަށް ދައްކަމުން މިދަނީ ކޮންކަހަލަ ހުތުރު ނަމޫނާއެއްތޯ ހިތަށް އަރާ. ދިވެހިރާއްޖޭގެ ގިނަ ރައްޔިތުން ވޯޓް ދީގެން ހޮވާފަ ހުންނަ ރައީސަށް އުދަނގޫ ކުރަން ކުރާ މަސައްކަތަކީ ޤާނޫނުތަކާއި ޚިލާފު މަސައްކަތަކަށް ވާނަމަ ތާއީދު އިތުރަށް ގެއްލޭނެ.

  22. ޢަހަންމަދު

    އަރަތެއްނު!
    ހާމަކޮށް ބޭއްވި ޖަލްސާއެއް
    ވަގުތުން ފުލުހުން އުފުރާނުލީ ކީތްވެ.
    އަސްލު ބަލަންޖެހެނީ ފުލުހުން ފިޔަވަޅު

  23. ޢަހަންމަދު

    އަރަތެއްނު!
    ހާމަކޮށް ބޭއްވި ޖަލްސާއެއް
    ވަގުތުން ފުލުހުން އުފުރާނުލީ ކީތްވެ.
    އަސްލު ބަލަންޖެހެނީ ފުލުހުން ފިޔަވަޅު
    ނުއެޅި މަސްއަލަ.
    ހަމަަމަގަށް ކަންކަން އެޅުވުމަށްކަމަށް ބުނެ
    އުޅޭ ޕާޓީތައް ކޮބައިތަ. އިންސާފު ގެނެސްދޭންކަމަށް ބުނެ މަޖިލިހަށް ކުރިމަތިލައިގެން އުޅެޭ ބައިގަޑު ކޮބައިތަ؟
    ނޭޝަނަލް އިންޓެގުރިޓީ ކޮމިޝަން ކޮބައިތަ؟

  24. ޒާ

    މާ ހެފުމަކީ ސިޔާސީ ހަރަކާތަކަށް ވާނަމަ އަހަރެމެން އޮފީސްތަކުގަޔާއި އާއިލާތަކުގައިވެސް ހާދަ ސިޔާސީ ހަރަކާތެއް ބާއްވައިފިތާއެވެ. އޮފީހުންވެސް އޮފީހުގެ ވެރިޔާ އެންމެންނަށް މާހެފުން ބޭއްވި. ހަމަ އެހެންމެ އަހަރެމެން އާއިލާގެ އެންމެންވެސް އެއްވެ މާހެފުމެއް ބޭއްވި. ސިޔާސީ ކާނާއެއް އެއިން އެއްވެސްތާކު ނެތް. ހަގީގަތާއި ޚިލާފު ދޮގުވާހަކަ ފަތުރަނީ ދެން މާވަރަކަށް.

  25. އަބްދޫ

    އަލުން ޖަލަށް ގެންދޭ ބަލާއަކަށް ވެއްޖެނުން.

  26. ނިޒްރާ

    ރާއްޖޭގެ ރައީސް ކަން ކޮށްފަ ތިބޭ މީހުން ޢާންމު ރައްޔިތުންނަށް ދައްކަމުން މިދަނީ ކޮންކަހަލަ ހުތުރު ނަމޫނާއެއްތޯ ހިތަށް އަރާ. ދިވެހިރާއްޖޭގެ ގިނަ ރައްޔިތުން ވޯޓް ދީގެން ހޮވާފަ ހުންނަ ރައީސަށް އުދަނގޫ ކުރަން ކުރާ މަސައްކަތަކީ ޤާނޫނުތަކާއި ޚިލާފު މަސައްކަތަކަށް ވާނަމަ އެކަން އިސްވެ ހުރެ ކުރާ މީހަކަށް ނުވަތަ ބަޔަކަށް ތާއީދު އިތުރަށް ގެއްލިގެންދާނެ ކަމަށް ފެނޭ.