ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަކީ އެމަނިކުފާނު ބޭނުންވާ ގޮތް ކަމަށާއި އެކަން ކުރެވެން އަންނަނީ އާމްދަނީ އިތުރު ކުރެވިގެން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދޭ "ރައީސްގެ ޖަވާބު"ގެ މިއަދުގެ ސެގްމަންޓްގައި މ. ނާލާފުށި، މަތަރެސްމާގޭ މޫސާ ސޯބިރު ކުރި ސުވާލަކީ ސިވިލް ސާވިސްގައި ހިދުމަތް ކުރާ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމާ ގުޅޭ ގޮތުންނެވެ. އެމީހާގެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލިިހުން ފާސް ކުރި ގާނޫނުގައި ކައުންސިލްތައް ކެޓަގަރައިޒްކޮށްފައި އޮންނަނީ ވަރަށް ދަށް ފަންތިއެއްގައި ކަމަށެވެ.

އަދި ކެޓަގަރައިޒްކޮށްފައި އޮންނަ ގޮތުން މުސާރަ ބޮޑު ކުރުމުގެ ފުރުސަތު ފިނޭންސް މިނިސްޓްރީ އަށް ފަހިވެފައި ނޯންނަ ކަމުގައި ރައީސް ވިދާޅުވިއެވެ.

"ޖުމްލަކޮށް ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަކީ އަޅުގަނޑު ބޭނުންވާ ގޮތް. އެކަމަކު އަޅުގަނޑުމެންނަށް އާމްދަނީ އިތުރުވެގެންދާ ވަރަކުން އިގްތިސާދު ހަރުދަނާކޮށް ވަރުގަދަ ކުރެވޭ ވަރަކުން މުސާރަތައް ބޮޑު ކުރެވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައަކީ ވަރަށް ބޮޑުވެފައި އޮންނަ މައްސަލައެއް ކަމަށެވެ. އަދި އެންމެ ދަންފަތީގެ މީހުންގެ ތެރޭގައި އެމީހުން ހިމެނޭތީ އެކަމަށް ހައްލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލިސް ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެކަންކަމަށް މަޖިލިހުގެ ތެރެއިން މަސައްކަތްކޮށްގެން ހައްލެއް ގެނެވޭނީ،" ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޙެހެހ

    ކުލި އާއި ވިޔަފާރަިވެރިން ވިއްކާ މުދަލުގެ އަގު ކޮންޓްރޯލް ނުކުރައްޏާ މުސާރަ ކިތަންމެ ބޮޑުވިޔަސް ރައްޔިތުން ހަމަ ސަލާންޖަހަންޖެހޭނީ

    17
    2
  2. ފެއްސޭދެން

    މުއިއްޒު އެވަނީ އިންޑިއާ ސިފައިން ބާލަން ނަމުގައި ރައްޔިތުންނަށް ހަރާމްކޯރުވެ ބަތާހަރާމީ އަކަށް ބަދަލުވެފައޭ އިންޑިއާ ހެލިކޮޕްޓަރު ދުއްވަން ނުޖެހޭނެއޭ 25 އަހަރު ވުމުން އިންޑިއާގެ އެކަކު ވެސް ރާއްޖޭގައި ހުންނަން ކެނެރީގެ ނަޝީދު އެ ވަގުކަލޭގެ ވެރިކަމުގައި ހުރި އިރު އޭނާ އަށް 10 މިލިއަން ޑޮލަރު އޭނާ ގައިގައި ހުރި ބަނޑުއަކިރި ކަން ފިލުވާލަން އިންޑިއާގެ ވަގުން ދިނުމުން އޭނާ ވަނީ ރާއްޖޭގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާލާ އިންޑިއާ ސިފައިން މެދުވެރިކޮށް ދިވެހި ސިފައިންނަށް ހެލިކޮޕްޓަރުތަކުގައި ނިއުކް މިސައިލް ހަރުކޮށްގެން ހަމަލާދެވޭ ގޮތަށް ބޮޑު އޮޅުވާލުމެއްގެ ތެރޭން އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭނީ ރާއްޖޭގެ ސިފައިން އިންޑިއާ އިން ގެނައި ހެލިކޮޕްޓަރު ދުއްވަން ދަސްކޮށްދޭން އެންމެ ތިން މަސް ދުވަސް ކަމަށް ބުނެފައޭ އެ އެއްބަސްވުން އޮޅާލާ މުއިއްޒު އަދުރޭ ބެކަށް ޖަހާލާ މިހާރު އިންޑިއާ ސިފައިން ހުސް ޖަނގިޔަލަށް ހަދާލާ ނިއުކް ހަތިޔާރުގައި ދިވެހި ސިފައިންނަށް ހަމަލާ ދެވޭ ގޮތަށް އެމެން އަލުން ރުކުރުވާލަނީއޭ މުއިއްޒު އެއީ ބަތާހަރާމީ ހަރާމްކޯރެކޭ މުއިއްޒު ބޭރުކުރޭ ރާއްޖޭގެ ވެރިކަމުން މުއިއްޒު ފެއްސެންވީއޭ ރާއްޖޭގެ ވެރިކަމުން މުއިއްޒު ފެއްސޭ މުއިއްޒު ފެއްސޭ މުއިއްޒު ފެއްސޭ މުއިއްޒު ފެއްސޭ މުއިއްޒު ފެއްސޭ މުއިއްޒު ފެއްސޭ މުއިއްޒު ފެއްސޭ މުއިއްޒު ފެއްސޭ މުއިއްޒު ފެއްސޭ މުއިއްޒު ފެއްސޭ މުއިއްޒު ފެއްސޭ މުއިއްޒު ފެއްސޭ މުއިއްޒު ފެއްސޭ މުއިއްޒު ފެއްސޭ މުއިއްޒު ފެއްސޭ މުއިއްޒު ފެއްސޭ މުއިއްޒު ފެއްސޭ މުއިއްޒު ފެއްސޭ މުއިއްޒު ފެއްސޭ

    2
    17
    • ފުއިބެސައިބެ،

      ބުރޯ ކީކޭ ކިޔަން ތިއުޅެނީ؟ މީހަކައް އިނގޭ ގޮތައް ކިޔާބަލަ.. ނޫނީ ބޮލައް ބޭސް ކުރޭ..

      10
      2
      • ރަށަށްދޭބަލަ

        ތަ ރަށަށް ކަނޑާލާ ދެން ރަށަށްދޭބަލަ ރަށަށް ރަށަށް ރަށަށްދޭބަލަ...

    • ދޮންބެލަތީފު

      ބޮލުގަ ރިއްސަން ފަށާއިފި. ތި ކޮމަންޓު މެދާ ހަމަޔަށް ނުދެވެނީސް މޭނުބައިިކޮށްގެން ހުއްޓާލީ. ތީ ހަމަ އެއް ޖުމުލަތޯ؟

  3. ހަންޑިކުޑަ

    ތައްޔިތުން ގުނބޯ ހައްދަން މޮލު ވާހަކަ ދައްކާނެ ކަމެއް ނެތް!

    7
    6
  4. ނުފެންނަ ކެޓަގަރީ

    އެންމެ ދަށް ކެޓަގަރީގަ މުއައްސަސާއެއް އޮތުމަކީ އެ މުއައްސަސާއެއް ބާކީ ކޮށް އެއްލާލަން ޖެހޭ ސަބަބެއްނޫން. އެންމެ މަތީ ކެޓަގަރީތަކަށް މުސާރައަށް ބަދަލު ގެނެސްފިނަމަ ދެން މުސާރަ ބޮޑުކުރަން ޖެހޭނީ އޭގެ ދައް ކެޓަގަރީ. އެކަމް މިރާއްޖޭގަ އަބަދުވެސް ފުރަތަމަ ކެޓަގަރީގެ މުއައްސަސާތަކަށް ބައިއަޅައަޅާ ތިބެނޭ. އެހެން މީހުން ބާކީކޮށްފަ. ވޯޓް ހޯދަން އަންނަ އިރު ދަށްކެޓަގަރީ މީހުންކައިރިޔަށް ކީއްކުރަން އަންނަނީ. ނާންނާތި.

    6
    3
  5. އިރުބެ..

    ވަކި ބައެއްގެ މުސާރަ ބޮޑުކުރަން މަޖްލީހަށް ނޫނީ ނުވުމަކީ ހަމަ އަރަތެއް. މަޖްލީހުން މުސާރަ ކަޑައަޅާ މަޤާމްތައް ސާފްކޮށް ބަޔާންކޮށްފައޮވޭ. އެމަޤާމަތަކުގެ މުސާރަ މަޖްލީހުން އަބަދުވެސް ބޮޑުކުރަމުން ގެންދޭ. ހުސް އޮޅުވާލުމާއި މަކަރު!

  6. ވައިރަސް

    ފަނޑިޔާރުންގެ މުސާރަ ބޮޑުކޮށްލާ. އެނިމުނީ

  7. ލލ

    ސިޔާސީ މީހުން ހެޓަކަށް ލެވޭ.. އެކަމަކު އާމްދަނީ އެއް ނެތޯ...ވަރަށް ސަޅި

  8. ުޔުކޖހ

    ސިޔާސީ މީހުން ހެޓަކަށް ލެވޭ.. އެކަމަކު އާމްދަނީ އެއް ނެތޯ...ވަރަށް ސަޅި

  9. ޑިމޮކްރަސީ

    ސިވިލްސަރވިސް ގެ އިދާރީ މުވައްޒަފުންނަކީ އެންމެ ދަށްކެޓަގަރީގެ މީހުން އެއީ އަޅުމަސައްކަތު ގެންގުޅޭ ބައެއް އެމީހުންނަށް ފައިސާ ދޭން ޖެހޭނ|ީ ގިނަވަގެން ދެއިރު ކާއެތިކޮޅެއްކާލެވޭ ވަރަށް ދެން އެމީހުން ކުރަންޖެހޭނީ މަސައްކަތް އަދި ޚާއްޞަކޮށް ސަރުކާރުތަކުން ލާފަތިބޭ ބޭކާރު ޕޮލިޓިކަލްމަޤާމްތަކުގަތިބޭ މީހުންގެ ނޯކިރީ މަސައްކަތް އެއީ އެބުނާ ބަހުގެ މާނަ އަކީ

  10. ެއޭމިހަރަ މީހާ

    އޭ މިހިރަ ދިވެހި ރާއްޖޭގައި ދިރިއުޅޭ ސައްތައިން ސައްތި ދިވެހި ދަރިއާއި އެވެ. ދިވެހި ރާއްޖޭއަކީ ދުނިޔޭގެ އެންމެ ތަހުޒީބު އެންމެ ކުރިއަރާފައިވާ ގައުމުތަކަށްވުރެވެސް މަތީ ގައުމަކަށް ވުމަކީ އަޅުގަޑު ބޭނުންވާ ގޮތެވެ. ބަލަގަ މިހިރަ ރައީސާއެވެ. ދުނިޔޭގެ ހުރިހާ ރައީސުންވެސް ބޭނުންވާނީ އެމީހާ ނިސްބަތްވާ ގައުމާއި ރައްޔިތުންނަކީ އެންމެ ތަނަވަސް އެންމެ ތިޔާގި އެންމެ މުއްސަނދި އެންމެ ތައުލީމީ ގާބިލު ފުދުންތެރި މޮޅު ބަޔަކަށް ވުމަށެވެ. އެގޮތް ނޭދޭ ރައީސަކު ދުނިޔޭގެ އެއްވެސް ގައުމެއްގެ ރައީސްކަމެއް ނުކުރާނެއެވެ. އޭ ދިވެހިރާއްޖޭގެ ރައީސާއެވެ. ތިޔަގޮތް ވުމަށް ކޮންމެ މީހަކަށްވެސް އެދެވިދާނެއެވެ. އެކަމަކު ތަފާތަކީ އަމަލުން ކަންކަން ކުރުމަކީ ވަރަށް ވަރަށް ތަފާތުކަމެކެވެ. އަމަލުން ކަންކަން ކުރެވެނީ ނިސްބަތުން މަދުބަޔަކަށެވެ. ދިވެހިން ދެކެފައިވާ ރައީސުންގެ ތެރޭގައި އެންމެ ގާބިލު ބަސްމަދު ވިދާޅުވާ ކަންކަން ހަގީގަތަކަށް ހެއްދުވުމަށްޓަކައި ތަޖްރިބާގެ ބޭނުން ހިއްޕަވައިގެން އެކަންކަން ހަގީގަތަކަށް ހައްދަވައި ދެއްވާފައިވަނީ ރައީސް އޮނަރަބްލް ޔާމީނު އަބުދުލްގައްޔޫމެވެ. މުސްކުޅިން ބުނެއުޅޭތި އަޑުއަހަމެވެ. މާކަނަ ފުމުނަކަސް ގާހަކަޔަކަށް ނުފުމޭނެޔޭއެވެ. އޭ މިހަރަ ރައީސާއެވެ.