ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދުގެ މައްޗަށް 856،830ރ. ގެ ދަރަންޏެއް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މެމްބަރު އިސްމާއިލް އަހުމަދުގެ މައްޗަށް ސާބިތުވީ ތ. ކަނޑޫދޫ ސްކޫލްގެ ތިން ކްލާސްރޫމެއް އެޅުމުގެ މަޝްރޫއު އޭނާގެ ކުންފުންޏަކުން ނަގައި، އެ މަސައްކަތް ހަވާލުކުރި ސަބް-ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ނުދީ އޮތުމުންނެވެ. އެ ފަރާތުން އަމިއްލަ ތަކެތީގައި އެ މަސައްކަތް ކުރުމުން ތަކެތީގެ އަގަށްވާ 1.2 މިލިއަން ރުފިޔާގެ ތެރެއިން ބޮޑު ބައެއް ނުދީ އޮތުމުން ސަބް ކޮންޓްރެކްޓަރުގެ ފަރާތުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

އެ މައްސަލަ ހުށަހެޅި ފަރާތުން ބުނެފައި ވަނީ އިސްމާއީލް މުހައްމަދު ދައްކަވަން ޖެހޭ ފައިސާގެ ތެރެއިން ދެއްކެވީ 425،000ރ. ކަމަށެވެ. ބާކީ 856،830ރ. އޭނާ ދެއްވާފައި ނުވާތީ އެ ފައިސާ ހޯދުމަށް އެފަރާތުން ސިވިލް ކޯޓުގައި ވަނީ އެދިފައެވެ.

ދައުވާ ޖަވާބުދާރީވާން ކޯޓުން ދިން ފުރުސަތުގައި މެންބަރު އިސްމާއިލް އަހުމަދު ޖަވާބުދާރީވެފައިނުވާއިރު މިދިޔަ މަހުގެ 29 ވަނަ ދުވަހު ސިވިލް ކޯޓުން އޭނާގެ މައްޗަށް ދަރަނި ސާބިތުވާ ކަމަށް ހުކުމް ކުރީ ޣައިރު ހާޒިރުގައެވެ. އެ ހުކުމްގައި އަންގާފައިވަނީ 856،830ރ. 15 ދުވަސް ތެރޭގައި ދައްކައި ހަލާސް ކުރުމަށެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައިވާ ގޮތުން އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މެންބަރު ކަމުގެ ޝަރުތު ގެއްލޭނެއެވެ. އެހެންކަމުން، 15 ދުވަސް ތެރޭގައި މެންބަރު އިސްމާއިލް މި ދަރަނި އަދާ ނުކޮށްފި ނަމަ، އޭނާގެ ގޮނޑިއާ މެދު ސުވާލު އުފެދޭނެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި އިސްމާއިލް އަހުމަދު ކުރިމަތިލެއްވުމަށް ވަނީ ނިންމަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކުރުސި

    މިކަހަލަދަރަނިވެރިން، ރާބޯމީހުން، ހިއުމަންޓުރެފިކުކުރާމީހުން، މުވައްޒަފުންނަށްމުސާރަނުދޭ މީހުންދޯ މަޖުލީހުގަގިނައީ

  2. ހަމްދު

    އަވަހައް ވަކިކުރޭ

  3. ރަތްޔަތުމީހާ

    މި މީހުން މަޖިލީހުގަ ތިބެގެން ކުރާ ކަންކަންމީ މީ ކޮންމެހެން ރަތްޔަތުންގެ ހައްގުތައް ހޯދާދޭންތިބި ބައެތްނޫން ޖީބުތައް ބޮޑުކުރަންތިބޭ ބައެތް

  4. ޅޮސްބެ

    ތީވެބްކެމް ޖެއްސި މައްސަލައިގަ ވެސް އުޅުނު ވެމްބަރެއް،،،، މިވަރުގެން މީހުންނަށް ރައްޔިތުންލައްވާ އިއްޒަތްތެރިންނޭ ކިޔަންމިއުޅެނީ އަންނި ތައްޕާހުން މީނަ މަޖިލިސް ހޮވުނީ ފަހުން އުޅުނީ އަންނިއާ ދެކޮޅަށް މޮޅިއްޔާ މިފަހަރު ގޮނޑިނަގާބަ؟

  5. ޖ

    ޖާބިރުގެ މައްސަލައެއް އެބައުޅޭ ދަގެތީ ކޯޓުގައި

    2
    1
  6. އާދަނު

    ދެންވެސް ކިޔަނީ ޢިއްޒަތްތެރި މެންބަރުންނޭ

  7. ޢަބްދުލްމުހައިމިން

    ތި މައްސަލައަކީ ސިވިލް ކޯޓުން އިސްމާޢީލް އަޙްމަދުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް 27 ނޮވެމްބަރ 2022ގައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވާ މައްސަލައެއް.

  8. Anonymous

    ކޮންކަހަލަ ބައެއް މިތިބެނީ ޕާލަމެންޓް މެމްބަރުންނައް މިގައުމުގަ. ކިހިނެއްދެން ކޮރަޕްޝަން ހުއްޓުވާނީ، ވައްކަމާ

  9. Anonymous

    ތިކަލޭގެ ބޭރުކުރޭ ތިތަނުން. ބޮޑު ޓައީ އަލާފަތިބޭވަރުމީހުނެއްނޫން ތީކީ