ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް "ޖަޒީރާ އެޑްމިން"، "ޖަޒީރާ ގާލްސް"، "ޖަޒީރާ އެސްކޯޓް ގެލެރީ"، "ޖަޒީރާ ސްކޭމް އެލާޓް" އަދި "ޖަޒީރާ ލިންކް" ހަބަރުގެ ނަމުގައި 2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހިންގަމުން ގެންދިޔަ ޓެލެގްރާމް ޗެނަލްގެ މައްސަލައިގައި ހަށިވިއްކުން މަގު ފަހި ކުރުމަށް ވަކި ޓެކްސީއެއް ގެންގުޅުނު ކަމަށް ސައިބަރ ޕޮލިސީން ސެންޓަރުގެ ތަހުޤީޤު ދާއިރާގައި މަސައްކަތް ކުރައްވާ އިންވެސްޓިގޭޝަން އޮފިސަރ އިންސްޕެކްޓަރ އޮފް ޕޮލިސް އައިމިނަތު މުހައްމަދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްއިން ތަހުގީގު ކުރަމުންދާ ކަންކަމާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައމިނަތު ވިދާޅުވީ ހަށިވިއްކުން މަގުފަހިކުރުމަށް ގާތްގަނޑަކަށް އެއްއަހަރު ވަންދެން ވަކި ޚާއްސަ ޓެކްސީއެއް ގެންގުޅުނު ކަމަށެވެ. އަދި ހަށިވިއްކުމަށްޓަކައި ރާއްޖެއިން ބޭރުން ވެސް މީހުން ގެނެސްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ، އަދި މީގެ ތެރޭގައި ދިވެހިން ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

އައިމިނަތު ވިދާޅުވީ މި މައްސަލައިގެ ތަހުޤީޤުން މިހާތަނަށް ދެ މިލިއަނަށްވުރެ ގިނަ ފައިސާ ދައުރުވެފައިވާކަން ހާމަވެފައިވާ ކަމަށެވެ.

"ޗެނަލް އިން ހިދުމަތް ހޯދުމަށް ގިނަ މީހުން މެސެޖްކޮށްފައިވޭ، މަސްތުވާތަކެއްޗާއި، ހަށިވިއްކުމާއި، ސެކްސް ޓޯއީޒްއާ ފޯޖް ޑޮކިއުމަންޓްތައް އިޝްތިހާރު ކޮށްފައިވޭ، މިއީ ރާއްޖޭގައި މިހާ ފުޅާދާއިރާއެއްގައި މިފަދަ ބާވަތުގެ މައްސަލަ ހިންގި ފުރަތަމަ ޗެނަލްކަން ވެސް ފާހަގަކޮށްލަން. ތަހުޤީޤަށް ފާހަގަކުރެވުނީ މި ހިދުމަތްތައް ދިނުމަށް ރާއްޖެއިން ބޭރުން މީހުން ގެނެސްފައިވާކަން، ދިވެހިން ވެސް މީގެ ތެރޭގައި ހިމެނޭ. ހަށިވިއްކުމަށްޓަކައި ހާއްސަ ޓެކްސީއެއް ގެންގުޅުނުކަން ފާހަގަކުރެވުނު."، އައިމިނަތު ވިދާޅުވިއެވެ.

ޓެލެގްރާމް ޗެނަލްތަކުގެ މައްސަލަ އެ ހިދުމަތުން ތަހުގީގްކޮށް، އެ ޗެނަލްތައް ހިންގާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މި މަހުގެ ހަވަނަ ދުވަހު ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެއީ 28 އަހަރު ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުންބުނެއެވެ. އެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ ހަވަނަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތުގެ ސައިބާ ޕޮލިސް ސެންޓަރުން ހިންގި އޮޕަރޭޝަނެއްގައި ހަތަރު ތަނެއް ބަލައި ފާސްކޮށް އެ މައްސަލައާ ގުޅުންހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހުގައި ފުލުހުން މި މަހު ނެރުނު ބަޔާނެއްގައި ވަނީ ވިދާޅުވެފައި ވެއެވެ.

އެ ތަކެތީގެ ފޮރެންސިކް ތަހުލީލުތައްކޮށް ހެކި ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ ކުރަމުން ކަމަށް ފުލުހުންގެ އިދާރާއިން ބަޔާނުގައި ވިދާޅުވެފައި ވެއެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން އެ ޗެނަލްތައް ސީޒްކޮށް ފުލުހުންގެ ބާރުގެ ދަށަށް ވަނީ ގެނެސްފައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މާލީ މުއާމަލާތުތަކަށް ބަލާއިރު އެ މީހުން ކުރާ މަސައްކަތާއި ނުބައްދަލު ގިނަ އަދަދެއްގެ މާލީ މުއާމަލާތުތަކެއް ކޮށްފައިވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ފުލުހުން ހައްޔަރު ކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފުރަތަމަ ފަހަރު ފަސް ދުވަހަށް ބަންދުކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރު ކުރިއެވެ. އަދި ދެވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޓެކްސީ

    ބައެއް ޓެކްސީއަކީ ޖަރީމާ ހިންގުމާއި ފިތުނަފަސާދައަށް މަގުފަހިވާ ކަންކަމަށް އެހީދޭ ޓެކްސީ.

  2. ހނހ

    ޖަޒީރާ ވީމަ ގުޅުވޭނެ ކުރީގެ ސަރުކާރާ ވެސް

    2
    1
  3. މުހައްމާ

    މިހުރިހާޖަރީމާއެއްހިންގިއިރުވެސް ސޯލިހުސަރުކާރަކަށް ނުފެނޭދޯ. އެމީހުންނަކީހަމަ އިސްލާމްދީނާދޔރުބަޔަކީދޯ.

  4. މޮހޮންމަކަލޯ

    ޖޯލި އެމްވީ
    ދިވެހިން

  5. ސުކުރީ

    ހުކުރު ހޮނިހިރުގަ އާދެބަލަ ހުޅުމާލޭ ޖެޓީއަށް ހެނދުނު 5ގަޑިބައި 6 ޖަހާއިރު. ފެންނާނެ ކުޅިސަމާ. ރަނގަޅަށް ތެދަށް ނުހިނގޭ މީހުން ގިނަވާނީ. ފައިބާނީ ޑިންގީއަކުން. މީދެން އެންމެންނަށް އިނގޭ ބޮޑު ސިއްރެއް.

  6. ޢަލީ

    މަސްތުވާތަކެތި ދެން ޒިނޭގެ ސަބަބުން ޤައުމަށް އިލާހީކޯފާ އައުމުގެކުރިން ރައްޔިތުން ހޭލަންވެއްޖެ! ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންތައް ނުހުއްޓުވައި ފާޅުގައި ނުބައިކަންތައް ކުރެވޭނަމަ ދެންއަންނާނީ ކޯފާ!

  7. ސާ

    ބަލަ ތިއީ ކުޑަ ކުދިންނެއް ނޫން.. ތިމީހުންގެ ނަމާއި ވަނަވަރު އާންމު ކުރަންޖެހޭ. އޭރުން އަދި ތިޔަ މީހުންގެ ޖަރީމާތަކުގެ އިތުރުމައުލޫމާތުވެސް ޕަބްލިކުން ފޯރުކޮއްދީފާނެ.

  8. ރަނާ

    ޙަށިވިއްކުމާ ފާޅުގަ އިޝްތިހާރުކޮށްގެން އެއްޖިންސުން ގުޅުން ހިންގުމާ ސެކްސް ޓޯޢި އިސްތިހާރުކޮށް އޮންލައިންކޮށް ވުއްކަމުން ދިޔައިރު އިބޫ ސޯލިހްގެ ސަރުކާރުން އަޅާ ނުލީ ކީއްވެބާ. ބައެއް ދީނީ ޢިލްމް ވެރިން އެކަން ހުއްޓުވުން އެދި އިލްތިމާސްކޮށް ޓްވީޓްތައް ކުރީމަ ވެސް ވީކަމެއް ނެތް. ޢެހެންތާ ވާނީ އެފާޑުގެ ލާދީނީ ބައިގަނޑުވިއްޔަ މި ބައިގަނޑަށް ސަޕޯރޓްކުރާނީ

  9. އިބްރާހިމް

    އަދަބު ތަންފީޒުކޮށްބަލަ. އޭރުން މިހިރަ ފާޙިޝްކަންކަންވެސް ހުއްޓުވޭނެ. މުޖުތަމައު އަމާންވެގެންދާނެ. ވާގޮތަކީ ޔަހޫދީންގެ ބާރު ގަދަވަނީ މި އިސްލާމީ ޤައުމުތަކުގައިވެސް. އެހެންވެ ނުބައި ކަންކަން އިތުރުވެ އާލާވަމަމުން މިދަނީ.

  10. ދާހިލީމީހާ

    ބިރުވެތި ވުމެއް ލަދެއް ހަޔާތެއް ނެއްތާ ތިމާ އާއި އަނބިދަރިންނަށް ޙަރާމް ފައިސާއިން ކާންދީ ލިބޭނެ އުފަލެއް ހިތް ހަމަ ޖެހުމެއް ނޯންނާނެކަން ހުދު އެކަން ކުރާމީހުން ދަންނާނެ.

  11. ޅާމް

    މާލެއާއި ހުޅުމާލޭގަ ސުޕާ ހަދައިގެން ތައިލޭންޑު އަންހެނުން އެތިބީ ކީއްކުރަންތަ އައިސް.؟