އެމްޑީޕީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯއްޗާއި ފްލެޓް "ފޭރިގަންނަން" މި ސަރުކާރުން އުޅޭ ކަމުގެ ބިރުވެރިކަން ރައްޔިތުންގެ ހިތުގައި އިންތިހާއަށް އެބައޮތް ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މާފަންނު އުތުރު މަޖިލިސް ގޮނޑިއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވާ އިފްހާމް ހުސެންގެ ކެމްޕޭން ހަރަކާތެއްގައި ރޭ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު ގެތަކަށް ދިޔުމުން މުޅިންވެސް އިވެނީ އެ ޝަކުވާ ކަމަށެވެ.

ގޯއްޗާއި ފްލެޓް ލިބިފައި އޮތީ ކޮންމެ ގޮތަކަށް ކޮންމެ ތަނަކުންކަމަށް ވިޔަސް އަތުނުލައްވާނެކަމަށް ރައީސް ޑރ. މުއިއްޒު ކެމްޕޭންގައި ވައުދުވެވަޑައިގަތް ނަމަވެސް، މިއަދު އެއީ ދޮގެއްކަން ރައްޔިތުންނަށް އެނގޭކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރައީސް ޑރ މުއިއްޒު މިހާރު އެ ދުވެވަޑައިގަންނަވަނީ ރައްޔިތުންގެ ފަހަތުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަން ކަމަށް ޝާހިދު ސިފަކުރެއްވިއެވެ.

އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ޝާހިދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

ގޯއްޗާއި ފްލެޓްތަކުގެ މައްސަލައިގައި ސަރުކާރުން އަމަލުކުރަމުންދާ ބަދަލުވުވަމުންދާ އުސޫލުތަކަށް ޝާހިދު ފާޑުވިދާޅުވިއެވެ. ޝާހިދު ތުހުމަތުކުރައްވާ ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ ލިސްޓްތައް އޮޅުވާލައި، ރައީސް މުއިއްޒު ބޭނުންފުޅުވާ ބަޔަކަށް އެކަނި ގޯއްޗާއި ފްލެޓް ދިނުމެވެ.

ގޯއްޗާއި ފްލެޓް ލިބޭނެކަން ކަށަވަރުކުރުމަށް މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ޝާހިދު ގޮވާލެއްވިއެވެ.

ރައްޔިތުން މިހާރު ބުނަމުންދަނީ މި ސަރުކާރަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ މަޤްބޫލުކުރަން ކުޑަ، އެންމެ ރައްޔިތުން ރުޅިއަރާ، އެސަރުކާރަކާ ދޭތެރޭ އިތުބާރު ގެއްލިފައިވާ ސަރުކާރުކަމަށް ޝާހިދު ވިދާޅުވިއެވެ. އޭގެ ސަބަބަކީ ސަރުކާރުން ބޮޑެތި ދޮގުތަކެއް ހަދައިގެން ވެރިކަމަށް އައުމުންކަމަށް ޝާހިދު ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ މާފަންނު އުތުރަކީ އަބަދުވެސް އިސްލާހީ ޙަރަކާތުގައި އިސްނަގާ ބައެއްކަމަށާއި، 1932 ވަނަ އަހަރު ޤާނޫނު އަސާސީ އެކުލަވާލުމުން ފެށިގެން އޭގެ ފަހުން ހިނގި އިސްލާހީ ހުރިހާކަމެއްގައިވެސް މާފަންނު ޚާއްސަކޮށް މާފަންނު އުތުރު މިހާރު ހިމެނޭ ސަރަހައްދަކީ އިސްނަގާ ކުރީ ސަފުގައި ތިބި ބައެއް ކަމަށެވެ. އަދި މާފަންނު އުތުރުން އިސްލާހީ މަސައްކަތަށާއި، ތިލަފަތަށް ނޫނެކޭ ނުބުނާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،000 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު ހުރިހާ އެންމެންނަށް ހެން މިހާރު ވަނީ ރަޖިސްޓްރީ ހަވާލުކޮށްފައެވެ. އަދި ބައެއް މީހުންނަށް ބިން ވެސް ހަވާލުކޮށްފައިވެއެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފައެވެ.

އޭސީސީން ކުރި ތަހުގީގަށް ފަހު ބުނެފައިވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ %20.7 ފޯމުގައި ކަމަށާއި އަނެއް %19.7 ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތައް ކަމުގައި އޭސީސީން ބުނެފައިވެއެވެ. އޭސީސީން ވެސް ލަފާ ދީފައި އޮތީ މައްސަލަ ނެތް ފްލެޓްތައް ހަވާލުކުރާށެވެ.

ގޯތިތަކާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ގޯތިތައް ދޭން ނިންމާފައިވާ ސަރަހައްދުތައް ހިއްކަމުން އަންނަ ކަމަށާއި ހިއްކައި ނިންމައި ކުރަން ޖެހޭ ކަންކަން ފުރިހަމަވުމުން ގޯތިތައް އޭގެ ހައްގުވެރިންނަށް ދެއްވާނެ ކަމަށެވެ. ފްލެޓްތަކާ ގުޅޭ ގޮތުން ރައީސް ނިންމަވާފައި ވަނީ ފްލެޓްތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް މިނިވަން ކޮމިޓީއެއް މެދުވެރިކޮށް ރިވިއު ކުރާށެވެ. އެ ކޮމިޓީގައި ހިމެނޭނީ ރައްޔިތުން އިތުބާރު ކުރާ ފަދަ ބޭފުޅުން ކަމަށާއި ފްލެޓްތައް ދިނުން އެއީ ސަރުކާރުން އަމިއްލައަށް ކުރާ ކަމަކަށް ހަދަން ބޭނުން ނުވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ހނހ

    ދޮގު ހެދޭތޯ ބަލާތި އަދިވެސް ގޯތިތައް ދަނީ ދެމުން. ފްލެޓްތައް ވަނީ އޮޅުވާލައިގެން ދޮގު މައުލޫމާތު ދީގެން ޕާޓީ ކުދިންނައް %60 ދީފަ ދޮގު ހެދި މީހުނަން އަދި އޮޅުވާލި މީހުން ކުއްވެރި ނުވޭތޯ

  2. ހނހ

    އަބަދު ވެސް އެމްޑީޕީއަކީ ދޮގު ފަތުރައިގެން ވެރިކަމައް އަންނަ ބައެއް. ޔާމީނު މީހުން މަރާ މީހެކޭ މިހިރިއްޔޭ ކިތާބީހެކި ޗައިނާ ލޯނުދަންތުރައިގަ ޖައްސަނިއްޔޭ މަސްވެރިންނައް ހަމައަގު ދޭނަމޭ އަދި ޑޮލަރުންނާ ޕައުންޑުން ޖީބުތައް ފުރާލަ ދޭނަމޭ ކިޔާފަ ދިނީ ކުޑައަގު ބޮޑުކުރީވެސް ރިޔާސީ އިންތިހާބުން ފުރަތަމަ ބުރުން ބަލިވީމަ އެރުފިޔާ ކޮޅުވެސް ދިނީ މިސަރުކާރުން

  3. ގޮތްކުޑަ

    މިކަލޭގެ ހާދަ އަނގަހުތުރޭ މިއޮއްރޯދަމަހުވެސް

  4. އަބްދޫ

    7000 ފްލެޓަ ގަ ފްލެޓް ލިބުނު ކަމުގެ ލިއުންތައްދީ ގެޒެޓް ކުރެވިފަ ވަނިކޮށް އެ ފްލެޓް ތައް ފޭރިގަތީ އެމްޑީޕީންނޭ ތަ؟ ސާހިދު އެވިދާޅުވަނީ.

  5. ފަރާ

    ކޮންމެ ގޮތަކުން ކޮންމެ ތަާކުން ނުދެވޭނެ ކަން ދިވެހި ރައްޔިތުން ޤަބޫލުކުރޭ. ތިޔަގޯތިތަކެއްބެލުމެއްނެތިދީފައިވާ ބައެއް ތަންތަނަކީ އެތައް ބައެއްގެ ޒަރޫރީ ހާލަތްތަކަށް ބުރޫއަރާނެ ތަންތަން ވީމަ އެޖެހޭނީ ހަމަ ނަގަން. އޭގެ ބަދަލުގައި ހުޅުމާލޭގެ ގޯތިތައް ހުޅުމާލެއިން ދޭނެ ކަމާއި މެދަކު ޝަެައްކެއް ނެތް. ނުހައްގުން ދީފައިވާ ގޯތި ތަކުގެ ތެރޭގަ ވެސް އެސަރަހައްދު ތަކަށް ބުރޫނާރާތަންތަން އެއޮތީމިސަރުކާރުން ދީފައެއްނު. އިއްތިފާގުން ވަރަށް ގިނަގޯތި އެއޮތީ އެއްޕާޓީގެ ބަޔަކަށް ގުރުއަތަން ލިބިފަކަން ވެސް ގިނަ ރައްޔިތުންނަށް އެގޭ.

  6. ނަނަނަ

    އަހާނ... އެއްކަލަ އިންޑިއާ އެޖެންޓު

  7. ޔާޔާ

    ގޯތި ހޯދާ ލޯނުން އަޅަން ސަރުކާރު ކެނޑިޑޭޓަށް ވޯޓު ދޭނީ..ސުކުރިއްޔާ ސޯލިހު

  8. Anonymous

    މޑޕ މިގައުމުން އުވާލަންވީ.

  9. ޙައްޖަ

    ޢެއީ ނުގަވައިދުން ކެމްޕޭނަށް ބަހާލި އަދި ހަމައެއްލަމައެއްނެއް ބަހާލުމެއް ރައްޔިތުންގެ ފައިސާ އެއްވެސް ފައިސާއެއް ނުނަގާގޮތައް ެ
    ޙެން ނުދެވޭނެ ރައްޔިތުންގެ ޓެކްސްފައިސާ 2 ވަނަދައުރަކައް ފެން ބޮވައިގަނެގެން ކުރި ވަރައް ވިޔާނުދާކަމެއް، އެއްވެސް ރައްޔިތަކު ކަންކުރި ގޮތާއިމެދު ހިއހަމައެއް ނުޖެހޭނެ...ވަރައްގޯސްކޮއް ހިންގާފައިން ޖަރީމާއެއް...

  10. ސީބުލް

    ޝާހިދު ތިބުނީ ހަމަރަނގަޅަށް. ފޭރީގަންނަން އުޅޭހެން އެބަ ހީވޭ. ވޯޓުދޭނީ ފްލެޓްތަކަށް ޔަގީންކަން ދެވޭ ފަރާތަކަށް

  11. ވަޙީދުބެ

    ކާޕެޓް ނުފޭރޭކަން ރަނގަޅުދޯ.

  12. ބުންބުން

    ކޮބާ މައްސަލަ އަކީ. އެހެން ބަހާލަން ހިއްކި ބިމެއްނޫން އެއީ.

  13. ކިޔު

    ބައެއްމީހުންނަކީ ހިތައްއެރި އެއްޗެއް ކިޔަން ލަދުގަންނަ ބައެއް ނޫނެވެ.

  14. ޙސހސ

    މަގާމުގެ ނާޖާއިޒް ފައިދާ ނަގާގެން ދައުލަތް ލޫޓުވާފަ އަދި ޤާނޫންތަކާ ޚިލާފަ ކަލޭމެންގެ ސަރުކާރަކު ފްލެޓާއި ބިމުން ވައްކަން ކޮށްފަ މައްސަލަބަލާފަ ނާއިންސާފުން ދިން ބިމާއި ފްލެޓް އަތުލުމަށް ފޭރުމޭ ކީމަ ވަރަށް ހިނިއާދޭ އެބަ ކާޕެޓޭ.

  15. ޙެހެހ

    ފޭރިގަންނަނީއެއްނޫން ، އެއްވެސް ރައްޔިތެއް ޝަކުވާ ކުރާނަމަ އެކަން ވީގޮތް ބަލަންޖެހޭނެ ، ކަލޭމެން ނައްޓާލީ ރައްޔިތުން ރޮއިރޮއިތިއްބާ ، އާއިލާ އާއި ޕާޓީކުދިންނަށް ބަހާލާފަ

  16. ރިނާމް

    ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަނެ ހިތަށް އެރި ބަޔަކަށް ދައުލަތުގެ ފައިސާ އާއި މުދާ ޚިޔާނާތުގެ ގޮތުގައި ދެމުން ގެންދާތީ އެކަން ރައްޔިތުންނަށް ކަމު ނުގޮސްގެން އެމް.ޑީ.ޕީ ވެރިކަން ރައްޔިތުން ވޯޓުން ބަލިކުރީ.
    މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ހުވާ ކޮށްގެން ހުރީ އިންޞާފުވެރި ވެރިކަމެއް ކޮށް ދެއްވާނެ ކަމަށް. ވީމާ؛ ބަޔަކު ރާވައިގެން ބޭއިންޞާފުން އެކުލަވާފައިވާ ފްލެޓް ލިސްޓަކަށް ރައީސް ޑޮކްޓަރ މުޢިއްޒު ފްލެޓް ދިނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ސިކުނޑި ހަމަޖެހޭ ވެރިއަކު ކުރައްވާނެ ކަމެއް ނޫަން.

  17. އައްމަޑޭ

    ކޮބާހޭ ޔާންބެ ވެރިކަމުގަ އަހަރުމެން އަތުން ގެއްލުވާލި އެޗް 15 ލިޔުން ލިބުނު މީހުންގެ ފުލެޓުތައްކޮބާތަ

  18. މަސް

    ކޮބާހޭ ޔާމީނުގެ ސަރުކާރުން އަހަރުންނަށް ލިބުނު ފުލެޓް ފޭރިގަތީ ކީއްނޫންތަ މިހިރަ ބުރާނޗ ދުވަހެއްކޮޅުންވެސް ތިޕާޓީ މީހަކަށް ވޯޓެއްނުދޭނަން ވަރައްސަލާން

  19. ސާހިދު ހައްޔަރު

    އެންމެ ގިނައިން ރައްޔިތުންގެ ލާރިފޭރިގެން ހުރިމީހާ ސާހިދޫ

  20. ޝާހިދު

    މިޤައުމުން މިވެރިން އެއްކޮށްފޮހެލީމަ މިފަދަ ބަހުރުވަ ބޭނުންކުރުންވެސް ހުއްޓުވޭނެ. އަނގައަރުވާއިރު ލަދެއް ހަޔާތެއް ނުހުރޭ. ފޭރިގަތުން، ކައްވާލުން ފަދަ ބަސްތައް މި ޖައްވުން ފޮހެލެވޭނީ ޕޯޑިއަމްތަކަށް އަރާ ލަދުހަޔާތެއްނެތި މިފަދަ ވާހަކަތައް ދައްކާފަރާތްތަކަށް އަދި އެފަދަ ފަރާތްތައް ނިސްބަތްވާ ކުލަވެސް މި ޖައްވުން ފޮހެލެވިގެން.

  21. ހުސޭނުބޭ

    ކިތަންމެ ވަރަކަށް މޭކެރިޔަސް ހިންނަވަރު އިބުރާހީމުގެ ވެރިކަމަށްވުރެ މުޢިއްޒުގެ ވެރިކަން ހާސްބައި ރަގަޅު!