ކާފަ ދަރިފުޅަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ބަންދުގައި ހުރި ކާފަ ދޫކޮށްލީ ކޯޓުން ކަމަށާއި އެއީ ސަރުކާރުން ކުރި ކަމެއް ނޫން ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު އެހެން ވިދާޅުވީ އުމުރުން 13 އަހަރުގެ އަންހެން ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ތ. ވޭމަންޑޫއިން މިދިޔަ އަހަރުގެ އޮގަސްޓު މަހުގައި ހައްޔަރުކުރި މީހާ ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލުމާ ގުޅިގެންނެވެ.

ވަޒީރު އިހްސާން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތަހުގީގު ނިމެންދެން ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުން ދޫކުރުން ނުވަތަ ލުއި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށެވެ. އެ ނިންމުން ނިންމާނީ ރާއްޖޭގެ ކޯޓުތަކުން ކަމަށް އޭނާ ވިދާޅުވިއެވެ.

" ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި މިފަދަ ކަންކަން ސާފުވުން މުހިންމު. މީގެ ދެތިން ދުވަސް ކުރިން ކުޑަކުއްޖަކަށް ޖިންސީ އަމަލެއް ހިންގިކަމުގެ ދައުވާގައި ބަންދުގައި ހުރި މީހަކު ކޯޓުން ދޯކޮށްލުމުން އެކަން ހިނގި ގޮތް ރައްޔިތުންނަށް އޮޅުވާލަމުން ދާތީ އެކަން ސާފުކޮށްދެން. އެ ނިންމުމަކީ ކޯޓުގެ ނިންމުމެއް. ސަރުކާރުގެ ނިންމުމެއް ނޫން. އެ ނިންމުން ޕީޖީން ދަނީ އިސްތިއުނާފު ކުރަމުން." ވަޒީރު ވިދާޅުވިއެވެ.

މިދިޔަ އަހަރުގައި ފެންމަތިވި ޖިންސީ ގޯނާގެ މި މައްސަލައިގައި އެ ކުއްޖާގެ ބަޔާން ވެސް މީސްމީޑިއާގައި ދައުރުވިއެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށްވި 13 އަހަރުގެ ކުއްޖާއަކީ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެކެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ކާފަ ދޫކޮށްލުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެއީ މުޖްތަމައަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ހުކުމް ކޮށްފައިވާ މީހުންނަށް މައާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށެވެ.

"މިގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިއުނާފު ކުރުމަށް ސަރުކާރުން ޕީޖީ ގައި މިދަނީ ދަންނަވަމުން. މި ދިވެހި މުޖުތަމައަކީ އެފަދަ ނުބައި ފަރާތްތަކުގެ ނުބައި ވަކިތަކުން ސަލާމަތްވެފައިވާ މުޖުތަމައަކަށް ހެދުމަށް އެންމެން އެކުގައި މަސަކަތް ކުރަމާތޯ." ރައީސް ވިދާޅުވެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    މިރޯދަ މަހު އަނގަ ގޮއްވަން ނޫޅޭ، މާ މައުސޫމުވާން އުޅޭނެކަމެއްނެތް، އަތަށް ގޮވީމާ މަތިޖަހާ ފޮރުވާން ދޮގުހަދާއިރު ލަދެއްހަޔާތެއްނެތީތަ

    11
    18
  2. Anonymous

    ކޯޓުތަކަށްވެސް ނިންމޭނީ ތަޚްޤީޤުގައި އެކަށީގެންވާ ހެކިނެތީމަދޯ ، ހެކިހޯދަނީ ކޮންބައެއްތޯ !

    11
    8
  3. ޢަޒްރާ

    ހޯރަ އިއްބެ ދޫކުރީ ޗޯރޭ ނޫންތަ

    25
    3
    • ލޮޖިކް

      ތިހެންވީމާ ޢަޒްރާ، ހުރިހާ ވެރިކަމެއްގައިވެސް ވައްކަންކުރިއޭ ކިޔާ ކަލޭމެންވެސް ވައްކަން ކުރާނެތާ. ދެއްތޯ

    • އަލީ

      ދެން މިސޮރު ދޫކޮށްލީ ޗޯރު އަޒްރާ އޭތަ މަމެން ކިޔަންވީ؟

  4. ސަދޫމް ޖަސްޓިސް

    ކޯޓު ތަކޯ ލޮލް!!!!
    އަހުން މައްސަލައެއް ލައިގެން ހިގައި ނުގަނޭ އެކަމު ސަރުކާރު ބޭނުންވީމަ ހަމަ އެކޯޓުތަކުގެ ދޮރުން ކުޑަ ކުދިންނަ ބެހޭ މީހުންނާ ހަކުރު ވިއްކަ މީހުންވެސް އެއޮތް ނެރެނީ!!!

  5. އަލިބެ...

    ފުލުހުން ހެއްކެއް ނެތޭބުނީމަ ދޫކުރާނީ ކޯޓުން. މީ ފުލުހުން ސަރުކާރު މެދުވެރިވެގެން ގަސްދުގައި ކުރާކަމެއް. އޮޅުވާލަން އުޅޭނެކަމެއް ނެތް!

  6. މީ މަށޭ

    އިހުމާލުވި މަންމަ އަށް އެއްވެސް އަދަބެއް ނެތް؟؟؟ ޖިންސީ ގޯނާގެ ޝިކާރަ އަކަށްވެ މީގެ 2 އަހަރެއް ހާ ދުވަސް ކުރިން ކުއްޖާ ގެ މަންމަ ގާތު ބުނުމުން އަޅާނުލާ ދޫކޮށްލީ.. ކުއްޖާ ގެ މަންމަގެ ބަޔާނުގަ އުބަ ވޭ އެގޮތަށް ބުނެފަ!!! ކާފަ އެކަންޏެއް ނޫން ދޯ އެހެންވީމަ ކުއްވެރި ވަނީ! ކުއްޖާ ގެ މަންމަ ގެ އިހުމާލުން މި ހުރިހާ ކަމެއް ވެގެން މި ދިޔައީ ދޯ!!