މި ސަރުކާރުން ވެރިކަމަށް އައީ ހުރިހާ ކަމެއް ވާނޭ ބުނަމުން ކަމަށާއި މިހާރު ދެން ކުރީ ސަރުކާރޭ ކިޔުމުގެ ހައްޤެއް މިސަރުކާރަށް ނެތް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާކު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ރަށްތަކުގައި ފަށާފައިވާ ހުރިހާ ޕްރޮޖެކްޓެއް މި ސަރުކާރުން ހުއްޓުވާފައިވާ ކަމަށާއި ސަރުކާރާ ހަވާލުވިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ބުނަމުން ދިޔައީ އެމަނިކުފާނަށް ވާނޭ ކަމަށެވެ. އެހެންނަމަވެސް މިހާރު ރައްޔިތުންނަށް ކަންތައްކޮށްދޭން ޖެހުމުން ކުރީ ސަރުކާރޭ ކިޔުމުގެ ހައްޤެއް މި ސަރުކާރަށް ނޯންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި ހަމައެއާއެކު ވެރިކަމަށް އައުމަށްޓަކައި ރައީސް މުއިއްޒު ހެދި އިތުރުފުޅުތަކުން ސަލާމަތްވުމަށްޓަކައި ނިއުޒީލޭންޑުގެ ބޭފުޅުން ގެނެސްގެންވެސް މި ސަރުކާރުން އަދިވެސް ދޮގު ހަދަމުންދާ ކަމަށް ފައްޔާޒު ވަނީ ތުހުމަތުކޮށްފައެވެ.

ފައްޔާޒު މިހެން ވިދާޅުވީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ދެއްކެވި ވާހަކަތަކަށް ތާއީދުކުރައްވަމުންނެވެ. ޝާހިދު ވިދާޅުވެފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރަށްރަށުގައި ފައްޓާފައިވާ ހުރިހާ މަޝްރޫއެއް މި ސަރުކާރުން ހުއްޓުވާފައިވާ ކަމަށެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރުގައި ފައްޓާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު %90 ނިމިފައިވާ ކަމަށާއި، އިންޖީނުގޭގެ މަސައްކަތްވެސް ގާތްގަނޑަކަށް ނިމިފައި ހުރި ކަމަށާއި ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި އެ މަޝްރޫއުތައް މިހާރު ހުއްޓާލާފައިވާ ކަމަށް ޝާހިދު ވަނީ ތުހުމަތުކޮށްފައެވެ.

އެހެންނަމަވެސް މި ސަރުކާރުން ބުނަމުންދަނީ އެ މަޝްރޫއުތައް ކުރިޔަށް ނުގެންގޮސް މަޑުޖެހިފައިވަނީ ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ކުރީ ސަރުކާރުން ނުދިނުމާއި ގުޅިގެން އެފަރާތްތަކުން މަސައްކަތްކުރުން ހުއްޓާލީ ކަމަށެވެ. އަދި މިސަރުކާއުން އެއްވެސް ރަށެއްގައި ފަށާފައިވާ ތަރައްޤީގެ އެއްވެސް މަޝްރޫއެއް ނުހުއްޓުވާނެ ކަމުގެ ޔަޤީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ތުއްތު އައްޑޫ

    ބަލަ ފައްޔާޒޫ ކަލޭމެންނަށް ކުރެވުނު ކަމަކީ ފޮނިވާހަކަދެއްކުން، މިގައުމުގަ ފަސާދަނޫންކަމެއް އެބައޮތްތަ.. ދެންވެސް ބަޔަކު ކަމެއްކުރަންދެން ހިމޭނުން ތިބެބަލަ

  2. އަލިބެ

    ކަލޭމެންވެސް ފަސްއަހަރުދުއްވާލީ ކުރީސަރުކާރު ކުރީސަރުކާރު ކިޔާލަކިޔާލަ

  3. ހުވަދު

    ކަލޭމެން 5 އަހަރު ހޭދަކުރީ ތިޔަހެން "ކުރީ ސަރުކާރު" ކިޔަކިޔާ. އަދި އެއްކަމެއްވެސް ރައްޔިތުންނަށްކޮށް ނުދީ ލާރިގަނޑު ބަނޑުއަޅައިގެން ދިޔައީ. އެމް.ޑީ.ޕީގެ ވެރިކަން ދިޔައީ ކަރަޕްޝަނަށް، ގާތް މީހުނަށް ގޯތި، ބަދަލު، ވިޔަފާރި ދީ ނިންމީ ގައުމު ފެލާލާފަ. ކަލޭމެންގެ ލަދު ކޮބާ ފައްޔާޒު

  4. ނިއާޝް

    12މަަސް ދުވަހުން ނިންމޭނެ އިންޖީނުގެ އެޅުމުގެ ޕްރޮޖެކްޓްތައް 43 މަސްދުވަސް ވެ އެތައް މިލިއަން ރުފިޔާއެއް ދައުލަތުގެ ބަޖެޓުން އިތުރަށް ޚަރަދުކޮށް އަދި އަމިއްލަ ވިޔަފާރިތަކުން އެތައް މިލިއަން ރުފިޔާގެ މުދަލާއި ޚިދުމަތް ހޯދައި އެފައިސާވެސް ނުދައްކާ އޮތީމާ މިކަން ކުރި އެމް.ޑީ.ޕީ ސަރުކާރުގެ ވާހަކަ ދައްކަންޖެހޭ. ޤައުމު ބަނގުރޫޓް ކޮށްފައި ސަރުކާރެއް ދިޔައިމާ ދެން އަންނަ ސަރުކާރަކުން ކުރީ ސަރުކާރުގެ ނުބައިކޮށް ހިންގި ޕްރޮޖެކްޓްތައް އަވަސްކޮށް ކުރިއަށް ނުގެންދެވޭނެ.
    ނިމިދިޔަ އެމް.ޑީ.ޕީ ސަރުކާރު ހިންގި މައިޕާރޓީގެ ޗެއަރޕާސަންގެ މަޤާމުގައި ހުންނެވި ބޭފުޅަކު ޤައުމުގެ ކަންކަމާއިމެދު ވާހަކަ ދައްކަންވާނީ ޒިންމާދާރު ގޮތުގައި ކަމަށް ވާންޖެހޭ.

  5. Anonymous

    އޭ ފައްޔާޒޫ... ކަލޯމެންނޭ ވެރިކަމަށް އަރާ 5 އަހަރު ހަމަ ވަންދެން ތިބީ ކުރީ ސަރުކާރޭ ގޮވަގޮވާ...

  6. ހާލުފޮޅި

    އޭ ފައްޔާޒޫ... ކަލޯމެންނޭ ވެރިކަމަށް އަރާ 5 އަހަރު ހަމަ ވަންދެން ތިބީ ކުރީ ސަރުކާރޭ ގޮވަގޮވާ...

  7. ޙސހސ

    ފައްޔަޟޫ ކިޔާނަން. ކަލޭމެން ގައުމު ދަރުވާލާ 120 ބިލިޔަނުގެ ދަރަންޏެއް ރައްޔިތުންގެ ބޮލުގަ އަޅުވަފަ ކަލލޭމެން ބިލިޔަނަރުންނަށް ވީމަ އެވަހަކަ ކިޔާނަން. ޜައްޔިތުންނަށް އެބަޖެހޭ ފައްޔާޟު ކޭވަރުުވެސް އަދި ޝާހިދާއި އެމް.ޑީޕީގެ އެހެން ލީޑަރުން ކުޑަގޮހޮރަށް ކޭވަރުވެސް ކިޔާދޭން. ކިތަންމެ ވަގަށް ކެޔަސް ސިއްރު ނުވާނެ ދުވަސްވެސް އެބައޮތް

  8. ޙސހސ

    ފައްޔަޟޫ ކިޔާނަން. ކަލޭމެން ގައުމު ދަރުވާލާ 120 ބިލިޔަނުގެ ދަރަންޏެއް ރައްޔިތުންގެ ބޮލުގަ އަޅުވަފަ ކަލލޭމެން ބިލިޔަނަރުންނަށް ވީމަ އެވަހަކަ ކިޔާނަން. ޜައްޔިތުންނަށް އެބަޖެހޭ ފައްޔާޟު ކޭވަރުުވެސް އަދި ޝާހިދާއި އެމް.ޑީޕީގެ އެހެން ލީޑަރުން ކުޑަގޮހޮރަށް ކޭވަރުވެސް ކިޔާދޭން. ކިތަންމެ ވަގަށް ކެޔަސް ސިއްރު ނުވާނެ ދުވަސްވެސް އެބައޮތް. ބްރޯމެންގެ ޕާޓީ ކުދިން ގަބޫލުކުރަނީ މީކަމަށްތޯ އުޅޭން އޮތް ތަނަކީ.

  9. އަލޮމް މިއާ

    ހަޔާތް ކުޑަވާނީވެސް ވަކި ވަރަކަށްތާ ދޯ
    ތިމާމެން ހޭވި ހަޑި ހާމަވާން ފެށީމަ އެ ވާހަކަ ދެއްކުމުގެ ހައްގުވެސް ނެތީދޯ

  10. ސަލްމާ

    ކަލޭ ހިތްވަރު ހުރިނަމަ ޝަހާދަތް ކިޔާލަން ކެރޭނެތޯ؟ މުޅިޤައުމު އިންޑިއަށް ވިއްކާލާފަ، ކޮބާތޯ އެއްކަލަ އިސްލާމްދީނަށް ފުރައްސާރަ ކުރާ ކަލޭ ކޮށްކޮ ޝަހިންދާ؟ ކަލޭ އޭނަގެ މަސައްކަތް ކުރިއަރުވަން ބަދލުގެ ގޮތުގައި 230 މިލިޔަން މަތިން ހަނދާން އެބަހުރިތޯ؟

  11. ދިވެހިން

    މިއީދެން މިގައުމުގަ ކާކު ވާހަކަ ދައްކަން ބަދަލުގެ ގޮތުގަ މުޅިދައުލަތް ދަވާލާފަ

  12. އައިޝާރ

    ކުރީ ސަރުކާރޭ ކިޔާނެ ދެންވީތަ ހިނގާފަ ހުރި ޖަރީނާ ތަކަށް ފަސް އަޅާ ފޮރުވަން. ކޮށފަ ތިބި ކަންތަށް ފަޅާ އަރާފާ ނެތީ ލައްކަ ލޭ ހޫނުވޭ ދޯ

  13. މަތަރަސް

    ބަލަ ބުރޯހެދިގެން ގައުމުދަވާލާފައި ދެންމިކިޔަނީ ކޯންޗެކޭތަ؟އިންޑިޔާގެދަރަނީ ފަންސާސް ހަތަރުބިލިއަން ދަރަނި ދެންކޮބައި ޓީބިލް ބޮނަޑުގެ ދަރަނި މިވަރުބަޔަކައް މަޖުލީހުގެ ގޮޑިދޭން ހެޔޮނުވާނެ މިގަތެރޭގައިވެސްގިނައީ ލާރިބޭނުންވާމެންބަރުން މިފަހަރުމަޖުލީހުބެބާރު ރައްޔަތުންނައް؟ފައްޔާޒުމެންނައްކޮވިޑުވީ ލިބުނު ބޮޑުފައިސާގަޑަކައް މިހާރު ގިންމީހުންނަކި ބިލިއަނަރުންތަދޯ؟؟

  14. އަބްދޫ

    ގައުމު ދިރުވާލި ވާހަކަ ކިޔާނެ .ގައުމުގަ 120 ބިލިއން ދަރަނި ނެގިވާހަކަ ކިޔާނެ. ރައޔިތުންނަށް އާމްދަނީ އިތުރުނުވެ ޖީއެސްޓީ ބޮޑުކުރި ވާހަކަ ކިޔާނެ. ރައޔިތުންގެ ބޮލުގަ ދަރަނި އެޅުނު އިރު ގައުމު ފަހަތަށް ދިޔަ ވާހަކަ ކިޔާނެ. 120 ބިލިއަން ދަރަނި ނެގޭ އިރު ސިންގަޕޯރް ފެންވަރަށް ގައު ކުރިޔަށް ގޮސްފަ އޮންނަންޖެހޭނެ ވާހަކަ ކިޔާނެ.ވެރިކަން ބަދަލުކުރީ އިންޑިޔާގެ ސްޓޭޓަކަށް ގައުމު ގޮއްސާނެތީ މިނިވަންކަން ދިފާއުކުރުމަށް ވީތީ އެވާހަކަ ކިޔާނެ.