ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މާލެ އާއި ވިލިމާލެއާ ދެމެދު އޮންނަ ކަނޑުއޮޅި އަދި ވިލިމާލެ އާއި ގުޅީފަޅާ ދެމެދު އޮންނަ ކަނޑުއޮޅިން ދަތުރު ނުކުރަން އަނެއްކާ ވެސް ސަރުކާރުން އެދިއްޖެއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ މާލެ-ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ކަނޑުއޮޅިން ދަތުރު ނުކުރުމަށް ތަކުރާރުކޮށް އަންގާފައިވާ ނަމަވެސް ބައެއް ފަރާތްތަކުން އެކަން ކުރަމުންދާ ކަމަށެވެ. ހާއްސަކޮށް ރިސޯޓުތަކުގެ ސްޕީޑް ބޯޓުފަހަރު އަދިވެސް އެ ކަނޑުއޮޅިތައް ބޭނުން ކުރަމުންދާކަން ފާހަގަކުރެވޭ ކަމަށް ބުނެފައިވެއެވެ.

އެ ކަނޑުއޮޅިތަކުން ދަތުރުކުރުން މަނާކުރީ ތިލަމާލެ ބްރިޖު މަޝްރޫއަށް ބާޖު އަދި ސެލްފް އެލެވޭޓެޑް ޕްލެޓްފޯމުތައް ބޭނުންކޮށްގެން އެ ސަރަހައްދުތަކުގައި މަސައްކަތް ކުރަމުންދާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ސަރަހައްދުތަކުން ދަތުރުކުރުން މަނާ ކުރުމުގެ އިތުރަށް, ތަކުރާރުކޮށް އަންގާ އެންގުންތަކާ ހިލާފަށް އެ ސަރަހައްދުތަކުން ދަތުރުކުރާނަމަ, އެއް މަސް ދުވަހަށް ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސް ހިފަހައްޓާނެ ކަމުގެ އިންޒާރު މީގެ ކުރިން ވެސް ވަނީ ދީފައެވެ.

ދެ ކަނޑުއޮޅީގައި ވެސް ނަގިލި އެޅުމަށް ގިނަ އަދަދެއްގެ ބޮއިތަކާއި ވާތައް އާޅާފައި އޮތުމުން އެ ދެ ކަނޑުއޮޅި ބޭނުން ކުރަމުންދާ އާންމު އުޅަނދުތަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގޯލިޔާ

    ކުޑަކުޑަ ކަނޑުއޮޅިއެއް ނުބެލެހެއްޓިގެންނޯ މިއުޅެނީ! އެކަމަކު މުޅި ރާއްޖޭ ގެ ބިޔަ ބޮޑު ކަނޑުގެ ސަރަޙައްދު ބަލަަހައްޓަޔޯ ދުޝްމަނުންގެ ކިބައިން. ބަޔަކު ޙައިރާނެއް ނުވާނެތަ މިމީހުން މިދައްކާ ވާހަކަޔަކުން!

    6
    12
    • ކޮމެންޓޭ

      ދެން އެއްކަލަ ގައުމުން 100 ސިފައިން ގެންނަންވީނު ކަނޑު އޮޅި ބަލަން ތިބެން. އޭނު އޮތް ހައްލަކީ. ކެލޭމެންގެ ޕާޓީން އެހެން ގައުމެއްގެ ސްޓޭޓަކަށް މިތަން ހަދަން އުޅުނަސް އަހަރުން އެކަން ބޭނުމެއް ނޫން

  2. އައިމަން

    ނުގަވާއިދަށް އަމަލުކުރާ މީހުންގެ ލައިސަންސާއި އެފަފަ އުޅަނދުފަހަރުގެ ހުއްދަ ބަތިލުކޮށް ޖޫރިމަނާ ނުކޮށް އެފަދަ ކަންކަން އިސްލާހު ނުވާނެކަން މިފަދަ ސުރުޚީތަކުން އެނގެނީ... މި ރާއްޖެ ހަމަމަގަށް އަޅުވަން ބަޔަކު ތިބިއްޔާ ހަރުކަށިނުވެ މިކަންކަން ހައްލުވުމަކީ ނާދިރުކަމެއް... ވަކި ކަމެއްނޫން...

    23
  3. ބަކަރިބެ

    ދިވެހިން ނުވާނެ އިސްލާހެއް ހަރުފުރާ މީހުންނާ ތުބުޅިދިގުކޮށްގެން އުޅޭ ހާބީންނާ އެނޫންވެސް މީހުން ދަނީ ވަންވޭބޯޑަށް ބަލާލާފަ އިދިކޮޅަށް ދެން ތިކިޔާ ކަޑުން ހަދާނެގޮތް ބުނެދޭކަށް ނޭންގެ

  4. ކަލޭގެފާނު

    ނުހުއްޓުވައިފިއްޔާ ސަރުކާރު ނާގާބިލުވީ. ހުއްޓުވައިފިއްޔާ ސަރުކާރުން އަނިޔާވެރިވީ. މީ ސޭކުސްތާނުގެ ރައްޔިތުންގެ ވިސްނުން ހުންނަ ގޮތަކީ.