އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އިބްރާހިމް ނާޒިލް ދިފާއު ކުރައްވާނެ ކަމަށް "ވަގުތު" އިން ކުރި ސާވޭ އިން ދައްކައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި މިފަހަރު ހިތަދޫ ދެކުނު ދާއިރާ އަށް ވާދަކުރައްވަނީ އެންމެ ދެ ކެންޑިޑޭޓުންނެވެ. އެއީ ނާޒިލްގެ އިތުރުން ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު ސިޔާމެވެ. "ވަގުތު" އިން ކުރިއަށް ގެންދިޔަ ސާވޭގައި އެ ދާއިރާގެ 503 މީހުން ބައިވެރިވިއެވެ. ސާވޭގައި ބައިވެރިކޮށްފައި ވަނީ ހަމައެކަނި އެ ދާއިރާގައި މިހާރު ދިރިއުޅޭ މީހުން އެކަންޏެވެ. އެގޮތުން ދާއިރާގައި ދިރިއުޅޭ މީހުންގެ ކައިރިއަށް ގޮސް ވޯޓު ދޭނީ ކޮން ކެންޑިޑޭޓަކަށް ކަން އަހައި އޮޅުން ފިލުވާފައިވާނެއެވެ. މި ދާއިރާގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން މާލޭގައި ވެސް މި ދާއިރާއަށް ވޯޓުލެވޭ ގިނަ ބަޔަކު އުޅެއެވެ.
ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން ނާޒިލް އަށް ވޯޓު ދޭނެ ކަމަށް ބުނެފައި ވަނީ 283 މީހުންނެވެ. އެއީ ސާވޭގައި ބައިވެރިވި %56.3 މީހުންނެވެ. ޕީއެންސީގެ ކެންޑިޑޭޓު ސިޔާމަށް ވޯޓު ދޭނެ ކަމަށް ބުނެފައި ވަނީ 220 މީހުންނެވެ. އެއީ ސާވޭގައި ބައިވެރިވި %43.7 މީހުންނެވެ.
ރާއްޖޭގައި ބާއްވާ އިންތިހާބުތަކާ ދިމާކޮށް މީގެކުރިން ވެސް "ވަގުތު"ން ވާނީ ވަރަށް ގިނަ ސާވޭތަކެއް ކުރިއަށް ގެންގޮސްފައެވެ.
މި ސާވޭތައް ކުރިއަށް ގެންދަނީ ރަށްރަށަށް ގޮސް، މީހުންނާ ބައްދަލުކޮށްގެންނެވެ. މި ހުރިހާ ސާވޭތަކެއްގެ ނަތީޖާ އާއި އިންތިހާބުގައި ނުކުންނަ ނަތީޖާތައް ދިމާވެފައި އެބަހުއްޓެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ނަތީޖާއަކީ މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށުމުގެކުރިން ބޭއްވި ސާވޭއެވެ. އެ ސާވޭގައި ދެއްކި ގޮތުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް %54 ވޯޓު ލިބިވަޑައިގަންނަވާނެއެވެ. ދެވަނަ ބުރުގެ ނަތީޖާ ވެސް ނުކުތީ ހަމަ އެގޮތަށެވެ.
މޮޔަހައްދައިގެން ބަޔަކު ގެންގުޅެންޏާ އައްޑޫ މީހުން ގެންގުޅެންވީ. ގައުމު ދަރާ ވިކޭވަރުވާއިރުވެސް އެތިބެނީ އަތްޖަހަން
މަޖިލީހުގެ ހުރުމަތް ކަނޑާ، އެތާތެރޭ ކުރިމާތީފަރާތް ދެއްކުމަކީ އައްޑޫ މީހުން އެންމެ ގަޔަވާ ސިފަ ކަންނޭނގެއެންނު؟ ލަދެއް ހަޔާތެއް ހުރިނަމަ މިކަހަލަ މީހުނަށް ވޯޓުދޭން ނުވެސް ކެރުނީސް
ދެން ކީއްކުރާނީ ، މިހާރު އައްޑޫ ތަރައްޤީވެފައޮތީ އައްޑޫމީހުންގެ އެއްވެސް ވިސްނުމެއް ޚިއްސާ އޮވެގެންނެއްނޫން ، އިނގިރޭސީން ދިން މުއްސަނދިކަމަކުން ، އެވަރުބަޔަކު އަރާމުގައި ގޭގައި ނިދަންތިއްބަސް ކާންލިބޭވަރަށް ފައިސާ އެބަހުރިވިއްޔާ ،ދެން ވިސްނާނެކަމެއްނެތެއްނު ،
ސާރވޭއަށް ބަލާލާފައި. ނާޒިލު ވަނީ ނިދާލަން. އޭރުން ރޭސް ނިންމާފައި ފީ.އެން.ސީ ކެންޑިޑޭޓް ކާމިޔާބް ކުރާނެ. ފޮނި މީހެއް ތި ނާޒިލު އަކީ. މަށެއް ވޯޓެއް ނުދޭނަން. މި ސާރވޭ އަކީ ކަހަނބު އަަދި މުސަޅުގެ ރޭސް ކަަމަށް ވެއްޖެއްޔާ ރަގަޅު.
ސާރވޭއަށް ބަލާލާފައި. ނާޒިލު ވަނީ ނިދާލަން. އޭރުން ރޭސް ނިންމާފައި ފީ.އެން.ސީ ކެންޑިޑޭޓް ކާމިޔާބް ކުރާނެ. ފޮނި މީހެއް ތި ނާޒިލު އަކީ. މަށެއް ވޯޓެއް ނުދޭނަން. މި ސާރވޭ އަކީ ކަހަނބު އަަދި މުސަޅުގެ ރޭސް ކަަމަށް ވެއްޖެއްޔާ ރަގަޅު.