ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި އެމަނިކުފާނު 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި މިއަދު އޮންނައިރު، ޝަރީއަތުގެ މަޖިލީހަށް ފަނޑިޔާރުންގެ ބެންޗު ހަމަވެދާނެތޯ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުވާލު އުފައްދަވައިފިއެވެ.
ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރުގެ ފަހުކޮޅު ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން އޮތީ ހައި ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ފުރަތަމަ ކޮޅެވެ. އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ނޮވެމްބަރު މަހު ނިންމާލި އިރު، މައްސަލާގެ ހުކުމް ހައި ކޯޓުން އިއްވަން ހަމަޖައްސާފައިވަނީ މިއަދު މެންދުރެވެ. އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ޔާމީން ޖަލަށްލާން ހުކުމް ކުރި ނަމަވެސް މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އެމަނިކުފާނު ހުންނަވަނީ ގޭބަންދުގައެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެން ޔާމީން ވިދާޅުވީ އެމަނިކުފާނު މިނިވަން ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް ޝުކުރު ދަންނަވާ ކަމަށާއި ނަމަވެސް އޭގެ އަނެއް ފުށުގައި ވެސް ކަމެއް އެބައޮތް ކަމަށެވެ.
ޔާމީން ވިދާޅުވީ ކޯޓަށް ވަޑައިގަންނަވަން އަންގަވާފައި އޮއްވައި ތިން ބޭފުޅުން ތިއްބަވާ ބެންޗު ހަމަވާނެތޯ ނޫނީ މީގެކުރިން ކަން ހިނގާފައިވާ ގޮތަށް ބައެއް ބޭފުޅުން ސަލާމް ވިދާޅުވާނީތޯ ސުވާލު އުފެދޭ ކަމަށެވެ.
"އަޅުގަނޑު ހަމަ ހިތާހިތާ ސުވާލު ކުރަން، މާދަމާ ބެންޗު ހަމަވާނެތޯ،" ޔާމީން ވިދާޅުވިއެވެ.
ބެންޗު ހަމަ ނުވާނަމަ ކޮންމެވެސް ކަހަލަ ކަންތައްތަކެއް އުޅެނީ ކަމަށާއި އޭރުން ދިމާވެފައި މިއޮތީ ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19 އަށް ވުރެ ވެސް ބޮޑު ހާލަތެއް ކަމުގައި އޭނާ ވިދާޅުވިއެވެ. ޔާމީން ވަނީ ބެންޗު ހަމަވޭތޯ ރައްޔިތުން ފާރަވެރިވުމަށް ވެސް ގޮވާލައްވައިފައެވެ.
ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން ފަސް އަހަރަށް ޖަލަށްލާން 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ. އެކަމަކު 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އެމަނިކުފާނު މިނިވަންކޮށްފައެވެ.
ކަލޭ ހިތަށް އަރާގޮތަށް އެކަން މާތް ﷲ މިންވަރުކުރުމަކީ އެކަށީގެންވާކަމެއް. ކަލޭތީ ބަޮޑުވަގެއް. މުޅި ގައުމު ކަލެޔަށް ޝައްކުކުރޭ ފެށުނީއްސުރެން ވައްކަން ކުރާމީހެއްކަން. ތިިކަހަލަ މީހުން ތިބެންވާތަނަކީ ޖަލުގޮޅި.
ވަގުން މިނިވަން ވީމަ އަނެއްކާވެސް ގައުމު ދަވާލާނެ މަގު ހޯދާނީ 11އަހަރު ހުކުން ކޯޓުން ވަނީ ކޮށްފަ ގެއަށްވެއްދީ ހަރާމެއްތޯ ހަލާލެެއްތޯ ބަލަންނުޖޭ ކަމށް ވަގު ކަލޭގެ އަމިއްލަޔަށް ޓީވީގަ ބުނީ
ޔާމީނު ކަލޭވެސް ދެން މާ ފޮނި ވާހަކަ ނުދައްކާ ކަލޭވެސް އުޅުނީ ޖުޑިޝަރީ އިސްލާހުކުރާކަށެއްނޫން!
ޔާމީނު ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުރިއިރު ޖުޑިޝަރީ ރަގަޅުކުރަން ކުރީ ކޮންކަމެއްތޯ، މިއަދު މާފޮނި ވާހަކަ ތިޔަދައްކަވަނީ، ކަލޭވެސް އުޅުނީ ދާއުލަތުގެ މާލިއްޔަތު ލޫޓުވައިގެން ދިރިއުޅެން އެނުން ކަމެއް ނުކުރޭ!
ރައީސް ޔާމީނަކީ އަބަދުބެސް ބޮޑާ ކިބުރުވެރިކަން ދައްކަވާ ބޭފުޅެއް. ރާއްޖޭގެ ރައްޔިތުން އެޒާތުގެ ވާހަކަ އަޑުއިވިއިވި ފޫހިވެއްޖެެ. މިއަދު ފަނޑިޔާރުންގެ ބެންޗު ހަމަވާނެ، ޙުކުމްވެސް އިއްވާނެ. މިއަދުގެ ޙާލަތަކީ ވޭތުވެދިޔަ 5 އަހަރު އޮތް ޙާލަތެއް ނޫން. މިއަދު ރާއްޖޭގެ ރައްޔިތުން ބޭނުންވެގެން އުޅުނުކަހަލަ ވެރިއަކު ރައްޔިތުންނަށް ވަނީލިބިފަ. ރައްޔިތުންގެ ބައިތުލްމާލުގެ އެދުމެއްނެތި ރާއްޖޭގެ ތަރައްގީއަށް މަސައްކަތް ކޮށްދެއްވާނެ ވެރިއަކު ލިބިފައިވާ ދުވަހެއްގައި އެއްވެސް އެހެންބޭފުޅަކާމެދު ރައްޔިތުންގެ އިންޓަރެސްޓެއްނެތް.
ނުވިއްޔާ ރަގަޅީ
ވަރައްސާފް ހަމަނުވާނެ
ހަމަނުވާނެ އިންޝާﷲ
ވަރައް ސާފް ނުވާނެ
ޔާމިން ވަރައްސޮރީ މިފަހަރު
ނައު ނޯނީޑް ޔޫ އޯކޭ ވަރައްސަލާމް
ޔެސް. ނައު ހުސް ގޮނޑި ނޯ ނީޑް. ދިވެހިން ޓޫ ގަމާރު
ބަލަ މިހާރު ތިޔަ ޔާމީނުގެ އަގެއްނެތް ބޮޑާކަމާ ކިބުރުވެރިކަން ގައުމުގެ ރައީސްކަން ކޮއްފައި ހުންނެވިވެރިޔަކު ކުރާޒާތުގެކަމެއްނޫ ފަޑިޔާރުގެޔައް ފުރައްސާރަކުރުމަކީ ވަރައްފެންވަރުދައް ނާތަހުޒީބު މީނުންވެސްރަގަޅު؟
މަނިކުފާނުވެސް ތެދު ވާހަކައެއް ބުނެފިއްޔާމި ވާނީ ތެދަށް. ތިއީ ވެދާނެ ކަމެއް!
އިންޞާފްވެރި ޙުކުމެއްވިއްޔާ މިއަދު ޔާމީން މިނިވަންވާނެ! ބަރާބަރަށް ޝަރީޢަތްތައް ބެލިން!!!
ދިވެހިރާއްޖޭގައި ވެރިކަން ކޮށްފައި ތިބި ގިނަ މީހުންނަކީ ޗޯރުންކަން އެމީހުންގެ ނަފުސުވެސް މަލާމާތްކުރޭ، އެމީހުން ނަކީ ޗޯރުންކަން އެމީހުންގެ ލަމީރު ހެކިދޭނެ !
ބަލާ ލީމާ ވެސް ވަރަށް ފާޑެއްގެ ބިރުވެރިކަމެއް ހިތަށް އަންނަނީ. ހެޔޮނުވާނެ މީނާއަށް ދެން ވެރިކަން ދޭން
މީނަ ލަދެއްވެސް ނުގަނެޢޭ. ޜައްޔިތުންގެ ލާރިއަށް ހަރާންކޯރުވެފަ. އަމިއްލައަކަށް ނޫންތަ ބުނީ ދޫވެއްސައް ވަން ފައިސާ ހަލާލެއްނޫނޭ. ކޮބައި އެ ފައިސާތައް. ސަރުކާރާ ހަވާލުކޮށް ފިންތަ؟؟ ވަގުން ތިބެން ޖެހޭނީ ޖަލުގައި.