ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅިގެން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގެ ހުކުމް އިއްވުން މިއަދު މެންދުރު ފަހު 13:15 ގައި ބޭއްވުމަށް ތާވަލްކޮށްފިއެވެ.
ޔާމީންގެ ވެރިކަމުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި އެމަނިކުފާނު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޑިސެމްބަރު 25، 2022 ގައެވެ. އަދި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވަނީ މިދިޔަ އަހަރުގެ ކުރީކޮޅެވެ. ހައި ކޯޓުގައި ކުރިއަށް ދިޔަ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލެވުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ.
މީގެއިތުރުން ހަމަ މި މައްސަލައިގައި ރިޝްވަތު ދިނުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވެސް ކްރިމިނަލް ކޯޓުން އޮތީ އިއްވައިފައެވެ. އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ވެސް މިދިޔަ އަހަރު ވަނީ ހައި ކޯޓުން ނިންމާލައިފައެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ޔާމީން ޖަލަށްލާން ހުކުމް ކުރި ނަމަވެސް މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އެމަނިކުފާނު ހުންނަވަނީ ގޭބަންދުގައެވެ. އެއީ މިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވި ބޮޑު ބައްޔާ އެކުގައި، އިންތިހާބު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށް ޔާމީނަށް ދެއްވި ލުޔެކެވެ.
ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން ފަސް އަހަރަށް ޖަލަށްލާން 2019 ވަނަ އަހަރު ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ. އެކަމަކު 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށް، އެމަނިކުފާނު މިނިވަންކޮށްފައެވެ.
ވަގު ސަލާމަތް ނުވާެނެ ކަން ވަރަށް ސާފުކޮށް ތިޔަ އިސްތިއުނާފްގައި ދެކެވުނު ވާހަކައިންނާއި ހުށަހެޅި ދޮގު ހެކިންއެގޭކަމަށް ގިަނަ މީހުން ބުނޭ.
މިފަދަ ފާޅުކަން ބޮޑު ގޮތެއްގަ ވައްކަން ކުރިމީހަކު ދޫކޮށްފިއްޔާ ބައިތުލް މާލުން ނެގި ހުރިހާ ލާރިވެސް ހަލާލް ވީބާ..
ބެލެވެނީ ހުކުމްއިއްވާނެކަމަށް ޔާމީނު ކުއްވެރިވާކަމަށް، ތިހުކުމް އިސްތިއުނާފުކުރަން ސްޕިރީމްކޯޓަށް ދާނެ، ދެން މާދަމާ
މުއިއްޒު ޔާމީނަށް މާފުދެއްވާނެ، އޭރުން މާމާތްމީހަކަށް މުއިއްޒުވާނެ، އެކަމަކު މިހުރިހާކަމަކީ މާކުރީއްސުރެ ރޭވިގެން މުއިއްޒު ބޭނުންވާގޮތަށް ކުރާކަންކަން، އޭރުން ޔާމީނުގެ ސިޔާސީ ހަޔާތް ގެއްލިގެންދާނެ، އެއީ ބޭނުމަކީ