މިއަހަރު ގައުމީ އިނާމަށް ދެ ދާއިރާ އިތުރުކޮށް، އިނާމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހު ހުޅުވާލަން ގައުމީ އިނާމާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.
ގައުމީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް މި އަހަރު އިތުރު ކުރެވުނު، އެއް ދާއިރާއަކީ، ދިވެހި ގައުމިއްޔަތުގެ ދާއިރާއެވެ.
ދިވެހި ގައުމިއްޔަތުގެ ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބައްލަވާނެ ރޮނގުތަކުގެ ތެރޭގައި:
- ދިވެހިންގެ މެދުގައި އެއްބައެއްވަންތަކަން އާލާކުރުމާއި ދެމެހެއްޓުމަށް މަސައްކަތް ކުރުން
- އިސްލާމީ ގިއުގަނޑުގެ ތެރެއިން "އިސްލާމީ ދިވެހި ސަގާފީ އާދަކާދަތައް" ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުން
- ދިވެހިންގެ އަސާސީ ދެމިތިބުމާއި، ދިވެހި ރަށްވެހިކަމާއި ވަޒަންވެރިކަމަށް ފަހިވާނޭހެން ޢިލްމާއި، ވިސްނުމާއި، ފަންނިއްޔާތާއި، އުފެއްދުންތެރިކަން ދިވެހިރާއްޖެއަށް ވެހިކުރުން ހިމެނެއެވެ.
މިއަހަރު އިނާމަށް އިތުރުކުރެވުނު އަނެއް ދާއިރާއަކީ ދެމިހުންނަނިވި ޚާއްޞަ ޚިދުމަތެއް ކުރުމުގެ ދާއިރާއެވެ.
މި ދާއިރާއިން އިނާމު ދިނުމުގައި ބަލާގޮތަށް ހަމަޖެހިފައިވަނީ އެ މީހަކަށް ލިބިފައިވާ ހާއްސަ ހުނަރެއް ބޭނުންކޮށްގެން، ޒަމާންތަކަކަށް ދެމިހުންނަނިވި ގޮތަކަށް ކޮށްފައި ހުރި، މުޖުތަމައުން ބަލައިގެންފައިވާ ހާއްސަ ހިދުމަތަށާއި، ދިވެހި ދައުލަތުގެ ހިމާޔަތުގައި ކޮށްފައިވާ ހާއްސަ ހިދުމަތަށެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ބަލާގޮތަށް ހަމަޖެހިފައިވަނީ، ހިދުމަތްކޮށްދީފައިވާ ގޮތަށާއި، ފެންވަރަށާއި، ދެމިހުންނަނިވި މިންވަރަށެވެ.
ގައުމީ އިނާމުގެ ގޮތުގައި ދެއްވުމަށް ހަމަޖެހިފައިވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެކެވެ.
ގައުމީ އިނާމު މި އަހަރުވެސް ދެއްވާނީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
ވަރަށް ފުރިހަމަ ދެ ދާއިރާ ތިއީ. އެކަމަކު ބީޖޭޕީއާއި އެމްޑީޕީ ވަރަށް ނުރުހޭނެ އިންޑިޔާގެ ސަގާފަތުގެ ދަށު ނުވަންޏާ. ބޮޑު ޖަމާއަތުގަ އީދުނަމާދު ކުރާތީ އެކަމަށް މަލާމާތް ކުރި އެމްޑީޕީ މީހުން އިންޑިޔާގެ ޔޯގާ އިވެންޓު ދިފާއުކުރި ހަނދާން އަދިވެސް އެބަހުރި
ޤަވްމީ އިނާމަކީ ޤަވްމީ އިނާމު!!! ޚިދުމަތްތަކެއް އެތައް ޒަމާނެއްވަންދެން ކޮށްފައި ލިބިގަނަނަ އިނާމެއް! އެ އިނާމަކީ އިނާމު ލިބޭތާ އަހަރެއްފަހުން ދަބަރުގަނޑަކަށްވެ ލިޔުންގަނޑު ފޮހެވިގެންދާ އެއްޗަކަށް ވީމާ އޭތި ވަރަށް ކަޑަ! އަދި ހަމަ އެ އިނާމައެކު އިނާމުލިބޭ ފަރާތަށް ދެން އޮތްބަގައި ޝަރަފްވެރި ދިރިއުޅުމެއް އުޅެލެވޭވަރުގެ ރުފިޔާކޮޅެއް ( މިސާލަކަށް މިލިޔަނެއްހައި ރުފިޔާ ) ވެސް ދޭން ޖެހޭނެ! އިނާމު އިނާމަކަށް ވާނެ އޭރުން! ވާދަކުރާމީހުންވެސް ގިނަވާނެ އޭރުން! މިހާރުހެން މަތްކަލާންކޮއްޓަކައި ގޮވައިގެން ސަރުކާރުން ، މީހުން ފަހަތުން ދުވެގެން އިނާމަށް ކުރިމަތިލައްވާކަށްވެސް ނުޖެހޭނެ އޭރުން! ވިސްނަވާނޭކަމަށް ހީކުރަން!!!!!!
މީ އާދަނު!!! މި އާދަނަކީ ޢުމުރުން 12 އަހަރުންފެށިގެން ބައު ބެޓެރީ ފަޅައިގެން އެއިން ތިމަރަ ނަގައިގެން އަލިފާންއުދުނުގައި ތިމަރަ ވިރުވާ ، ނާއްޓަށް އަޅައި ، އަމިއްލަޔަށް ދިލަފޮށިން ތައްގަޑުހަދާ 80 ގ ން 20 ގުރާމާ ހަމަޔަށް މަސްބާނާ ބަރިހަދާ ވިއްކާ މީހެއް! މިހާރު މިމަސައްކަތްކުރާތާ 40 އަހަރުވީ! މިކަން ފާހަގަކޮށްލެއްވުން އެދެން@
ތި އެވޯޑް ރައީސް މައުމޫނާއި ރައީސް ޑރ މުޢިއްޒަށް މިހާރުވެސް ޙައްޤް
ކޮރަޕްޝަނާއި ދޮގުހެދުމުގެ ދާއިރާވެސްލީނަމަ. އަދި ކެމްޕޭނު ވައުދުގެ ދާއިރާވެސް.
ގިނައިންވަރިކުރާމީހުނަށް އިނާމުދޭންވީ