ރިޔާސީ އިންތިޚާބުގައި ވޯޓަށް މަކަރު ހަދާ ނަމަ އެކަން، އެމްޑީޕީން ބޭނުންކުރަން ނިންމާފައިވާ މޫނު ދެނެގަންނަ ޓެކްނޮލޮޖީން ހޯދޭނެ ކަމަށް، ޕްރޮފެސަރު ހަސަން އުގައިލް ވިދާޅުވެއްޖެ އެވެ.

ވޯޓުލާ މީހުންގެ މޫނު ދެނެގަންނަން ފޭސް ޑިޓެކްޝަން އެންޑް ރިކޮގްނައިޒް ސިސްޓަމެއް ބޭނުންކުރަން އެމްޑީޕީން ނިންމައިފައިވާއިރު އޭގެ ސަބަބުން އެކަކު ދެ ފަހަރު ވޯޓު ލާނަމަ އެކަން ދެނެގަނެވޭނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

އިނގިރޭސިވިލާތުގެ ބްރެޑްފާޑް ޔުނިވާސިޓީގައި ވިޝުއަލް ކޮމްޕިއުޓިންގެ ދާއިރާއިން ސީނިއަ ޕްރޮފެސަރެއްގެ މަގާމުގައި ހުންނެވި ޕްރޮފެސަރ އުގައިލް ވަނީ މޫނުން މީހާގެ އަސަރު ދެނެގަނެވޭ ސޮފްޓްވެއާއެއް އީޖާދުކުރައްވައިފަ އެވެ. އަދި އެ ސޮފްޓްވެއަރ އިންތިހާބުގައި ބޭނުން ކުރެވޭނެ ކަމަށްވެސް އުގައިލް ބުނެފައިވެއެވެެ.

ފޯނާއި ލެޕްޓޮޕް ނުވަަތަ ޓެބްލެޓް ފަދަ ވަސީލަތްތަކުން އެ ސިސްޓަމް ބޭނުންކުރާއިރު ވޯޓު ލާން ކިއުގައި ތިބޭ މީހުން ދެނެގަނެވޭނެ ކަމަށް އެމްޑީޕީން ބުނެ އެވެ. އެކަމަކު އެ ޓެކްނޮލޮޖީއަށް ބޭނުންވާ ފޮޓޯ، އެމްޑީޕީން ނަގާނީ ކިހިނެއް ކަމެއް އަދި ހާމައެއް ނުކުރެއެވެ،

އަންނަ އާދިއްތަ ދުވަހު ބާއްވާ އިންތިޚާބުގައި މޫނު ދެނެގަންނަ ޓެކްނޮލޮޖީ ބޭނުން ކުރަން އެމްޑީޕީއިން ނިންމާފައިވާއިރު އެކަން ކުރަނީ ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމަށް ކަމަށް މިއަދު ޕީޕީއެމްއިން ވަނީ ބުނެފައެވެ.

އެގޮތުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ އެމްޑީޕީއިން ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށާއި ފޭސް ރިކޮގްނިޝަން ޓެކްނޮލޮޖީ ބޭނުން ކުރަން އުޅެނީ ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމަށް ކަމަށެވެ. އަދި ރާއްޖޭގައި ކޯލިޝަންއަށް ތާއީދެއް ނެތް ކަމަށް ނިހާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އައްޔު

    ކީއްތަވާނީ ތިސޮފްޓްވެއަރ މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ހަދިޔާކުރިއްޔާ. އުގައިލްވެސް ސޮފްޓްވެއަރތަށް ހަދާފައި ބޮޑުއަގުގައި ވިއްކަނީ ދިވެހި ނަމެއްކިއުމަކީ އޭގެ ފައިދާ ދިވެހިންނަށް ކުރާނެ ކަމެއްނޫން އުގައިލްއަށް ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާއަށް ޚިދުމަތެއް ނުކުރެވުނުތާނގަ ރާއްޖެ ބަދުނާމު ނުކުރޭ ކަލޯ

  2. ރޯނު އެދުރު އުގޭލް

    ކިތަންމެ މޮޅު ޓެކްނޮލޮޖީ އެއް ވިޔުސް އަހަރުންގެ ހިއްދަ ނެތި އަހަރުންގެ ފޮޓޯ ނެގުމުގެ ހައްގެތް އެމްޑީޕީ އަކަށް ނޯންނާނެ. މީ ސީދާ ވޯޓައް ނުފޫޒު ފޯރުވަން ކުރާ ކަމެއް. ޟިކަން ހުއްޓުވަން އީސީ އަދި ޕޮލިހައް އިލްތިމާސް ކުރަން

  3. މަޜީ

    ހޫން. މޮޔަ ނުގޮވާ. ކަލޭމެން ދެކެ ވަނީ ފޫހި.

  4. ޢައްޑޫމީހާ

    ބޮޑަބަލާވެރިކަމަށް ނުނީ މި ރީނދޫ އެއްތާމެންނާއި ހެދީ. މަގޭ ފޮޓޯ ނާގެންނިވޭހެއް. ދެފަހަރަވޯޓުލިޔަސް ލާނެއި އެމްޑީޕީ މީހާ

  5. ޢަލީ

    ފޭކު ބިރުދެއްކުން.

  6. ކޮއިމަލާ

    ޕްރޮފެސަރު ރޯނުއެދުރު

  7. ފާގަ

    އުގެއިލް ތި ސޮފްޓްވެއަރ ފޫލް ޕުރޫފެއްނޫން. މަ ވޯޓުލާން 3 ފަހަރު ކިއުއަށް އަރާ ނަމަވެސް މަ 1 ފަހަރު ވޯޓު ލައިފިއްޔާ ތި ސޮފްޓްވެއަރ އިން ދައްކާނީ މަ 3 ފަހަރު ވޯޓު ލީކަމަށް.

  8. ސަމަދު

    އިސްލާމްދީނަށް ފުރައްސާރަކުރާ ޖާހިލެއް

    • Anonymous

      ޙަޖަމް ކޮށްލާ މުއްލާގަޑާ

  9. ޑރ ހަސަން ސައީދު

    އައްޑޫ މޮޅެތި ދަރިންގެ އަގު ވައްޓަން މިކުރާ ކަންތައް މި މޮޅު މީހުންނަށް ނޭނގޭތީ ހިތާމަ ކުރަން. ޢިލްޔާސް ނޫނީ ޝޭހެއް ސުއޫދު ނޫނީ ވަކީލެއް ނެތީތަ. އެމްޑީޕީ އިން އަބަދު ކުރާ ކަމަކިީ މީ.

  10. ބަޅީ

    އިބޫ ފައިސަލް އަކަށް ކިތަންމެ ދޮގުހަދަހަދއިގެން ރައްޔިތުންގެތެރޭގައި ފިތުނަ ހެދިޔަސް އަދި ފިތުނަ ހަދައިގެން ތިކަހަލަ ވޯޓް ހޯދާ ކޮންމެ ފަހަރަކު ވެރިކަން ވައްޓާލެވޭނެ. ވެރިކަމަށް އިރާދަކުރެއްވިއްޔާ ނުވެސް އެރޭނެ ވެރިަކަމަށް އެރިޔަސް އިރާދަކުރެއްވިއްޔާ ދެދުވެަސް ހަމަ ނުވެ ވެރިކަން ވެއްޓޭނެ.ފިތުނަ ވެރިކަން ފަތުރާފަ ހޯދާ ވެރިކަމަކީ އޭގައި ބަރަކާތް ލައްވާ އެއްޗެއްނޫން. އުގައިލު އަކީ މީކާކު؟ މީނަ އެހެން ހުރެލާފަ ހިޔަންޏެއް ދައްކައިލާނެ. މީނަ މިވެރިކަމަށް ފައިނަގަން މިއުޅެނީ މީނަ އަކީ މިރާއްޖޭގެ ރައްޔިތުންނަށް ކޮން ތަރައްޤީއެއް ހޯދައިދީފަ ހުރި މީހެއްތަ؟މީނަ އިންސާނުން ކްލޯން ކުރަންވީނޫންތަ؟

  11. ހުސޭނުބޭ

    މަށަށް މި އުޅެނީ ފޮޓޯގައި އެ އިން މީހެއްގެ މޫނު ދެނެނުގަނެވެގެން............. އެކަލޭގެ ކައިރީގައި ބުނޭ އެންމެ ފުރަތަމަ އަމިއްލަ މޫނު ދެނެގަނެވޭނެ ޓެކްނޮލޮޖީއެއް އުފައްދާށޭ!

  12. ރީނދޫ

    ކޮރަޕްޓް އުގެއިލް..

  13. ޒާކިރު

    ކެކެކެކެ ހަމަފޭކު. މިސޮރުހީކުރީ މިސޮރު ދެން އެމެރިކާގެ ޖައްވީއިދާރާގައި އުޅޭ މީހުންނަށް ހެދިކާ ގަނެދޭން އުޅެފަ ރާއްޖެ އައިމާ ދެން އެންމެންނަށް އޮޅުވާލެވޭނެޔޭ.

  14. އަލީ ހަމީދު

    މިސޮރުވެސް މިހާރު ކުޑަކޮށް ބޯގޯސްހެން ހީވަނީ

  15. ސަލީމާ

    އަނެއްކާ ތަނަކުން ނުކުމެ ފާޅުވެއްޖެ! މީ ކޮންތާކު ބުރާންޗެއް؟

  16. ޝާމިން

    އުގައިލް ކިޔެވީ މަކަރުހެދުމުގެ އިލްމު ކަން ޔަގީން މީހުން މަގުފުރެއްދުން ހުއްޓާލާ މި ދިވެހިރާއްޖޭގެ މެޖޯރެޓީ އަކީ ކިޔާވާގެން ތިބި މީހުން ލިޔަން ކިޔަން ނުދަންނަ މީހުން ތިބިތަނެއް ހޯދާގެން އެބަޔެއްގެ ގާތު ތިވާހަކަ ދައްކަން ދޭ

  17. އަންނި

    މައިންބަފައިންނަށް އަޅާނުލާ ފިލާތިބޭމީހުން ދެނަގަނެވޭނެ ވަސީލަތެއް ހެދިފައި ނެތްތަ؟؟؟