ވާލާއި ކާޅު މަދު ކުރުމަށް ހަރުކުރާ އަލްޓްރާ ސޮނިކް ޑިވައިސްއަށް އެދުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން މިއަދު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތުގައި، ދަނޑުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް ފިޝަރިޒް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ވިޔަފާރީގެ އުސޫލުން ނަފާ ހޯދުމަށް ގޭގޭގައި ހައްދަމުންދާ ގަސްގަހަށް ވާލާއި ކާޅުގެ އުނދަގޫ ޖެހޭއިރު، އެކަމަށް ހައްލެއް ގެނައުމަށް، އެ މިނިސްޓްރީން ހާއްސަ ޕްރޮގްރާމެއް ކުރިއަށްގެންދާ ކަމަށެވެ.

އެފަދަ ގަސްތަކުގެ ތެރޭގައި ހިމެނެނީ ނަފާ ހޯދުމަށް ގޭގޭގައި އިންދާފައިވާ އަނބުގަސް ފަދަ ގަސްތަކެވެ. އަދި ވާލާއި ކާޅުގެ އުނދަގުލުން ގަސްތައް ސަލާމަަތް ކުރުމަށް ހަރުކުރަނީ އަލްޓްރާ ސޮނިކް ޑިވައިސްއެއް ކަަމަށާއި، މިއީ ތިމާވެއްޓަށްވެސް ގެއްލުން ނުވާނެ ޑިވައިސްއެއް ކަަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އަދި އެ ޑިވައިސްއަކީ ދެމެހެއްޓެނިވި ގޮތެއްގައި، ވާލާއި ކާޅުގެ އުނދަގުލުން ސަލަމާތްކުރެވޭނެ އެއްޗެއް ކަަމަށާއި، އެ ޑިވައިސްގެ އެހީގައި 4000 އަކަ ފޫޓުގެ ސަރަހައްދެއް ބަލަހައްޓާނެ ކަމަށެވެ.

އަދި އެފަދަ ޑިވައިސްއެއް ބޭނުންވާ ފަރާތްތަކުން އެ މިނިސްޓްރީއަށް އެކަމަށް އެދި ހުށަހަޅަން ޖެހެނީ އެޕްލިކޭޝަން ފޯމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިންތިހާބުމޮޔަ

    ބުލްޝިޓް، ވޯކްކުރާ އެއްޗެއްނޫންކަމަށް ނެޓުންބަލާލީމަ ދައްކަނީ.

  2. ާއަލީ

    ފިޝަރީޒް މިނިސްޓްރީ ސައިޓް އިން ނެތް ތިކަމާ ބެހޭ އެއްވެސް އެއްޗެއް ފެންނާކަށް... ޢޮޅުވާލުން...