އިއްޔެ އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ސަރުކާރުގެ ކެންޑިޑޭޓުންނަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ހަވާ އަރުވައިފިއެވެ.

ހަވާ އަރުވާފައިވަނ މިރޭ 09:30 ގައެވެ. އަދި ހަވާ އެރުވީ ފަސް މިނެޓަށެވެ. އާއްމު ގޮތެއްގައި މީގެ ކުރިން ހަވާ އަރުވަނީ އާންމުކޮށް 3-2 މިނެޓަށެވެ. މިއީ މިފަހުން މިހާ ގިނައިރު ހަވާ އެރުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ހަވާ އެރުވި މަންޒަރުތަައް ގިނަ މީހުން ވަނީ ވީޑިއޯކޮށް ފޮޓޯ ނަގާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އަދި ހަވާ އެރުވި މަންޒަރު ގިނަ ބަޔަކު ވަނީ "ސްނެޕް" ވެސް ކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ލ. އަތޮޅުގައި ވެސް ހަވާ އެރުވުމަށް ނިންމާފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު، އިބްރާހިމް ފައިސަލް ވަނީ ވިދާޅުވެފައެވެ. ފައިސަލް ވިދާޅުވީ، އިއްޔެ ބޭއްވި އިންތިހާބުގައި އެ އަތޮޅުން ގޮނޑި ކާމިޔާބު ކުރެވުނު ތިން ދާއިރާގެ ހުރިހާ ރަށެއްގައި ހަވާ އަރުވާނެ ކަމަށެވެ. ޕީއެންސީން ކާމިޔާބު ކޮށްފައިވަނީ އިސްދޫ، ފޮނަދޫގެ އިތުރުން ގަން ދާއިރާއެވެ.

ލ. އަތޮޅުގެ ރަށްތަކުގައި ހަވާ އަރުވަން ނިންމި ނަމަވެސް ހަވާ އަރުވާނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. ހަވާ އެރުވުމުގެ އިތުރުން ވެސް ކުރިއަށް އޮތް ހަފްތާ ބަންދުގައި ވެސް ކާމިޔާބީ ފާހަގަ ކުރަން އިތުރު ހަރަކާތްތަކެއް އަންނަނީ ރާވަމުންނެވެ.

މަޖިލީސް އިންތިހާބުގެ ނަތީޖާ ދައްކާގޮތުން މަޖިލީހުގެ ސުޕާ މެޖޯރިޓީން ޕީއެންސީން ވަނީ ކާމިޔާބު ކޮށްފައެވެ. އެގޮތުން މިހާތަނަށް ލިބުނު ނަތީޖާއަށް ސަރުކާރަށް 73 ގޮނޑިއެއް ވަނީ ކާމިޔާބުވެފައެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލިހަށް ޖުމްލަ 93 މެމްބަރުން އިންތިހާބު ކުރިއިރު، ސަރުކާރަށް 73 ގޮނޑި އަދި އެމްޑީޕީއަށް މިހާތަނަށް 12 ގޮނޑިއެެއް ވަނީ ކާމިޔާބު ކުރެވިފައެވެ. ބާކީ ތިބި ގޮނޑިތައް އަމިއްލަ ކެންޑިޑޭޓުންނާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކާއި، އެމްއެންޕީގެ ކެންޑިޑޭޓެއްގެ އިތުރުން އެމްޑީއޭގެ ދެ ކެންޑިޑޭޓެއް ވަނީ ކާމިޔާބު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވިސްނާ

    ނަސީބެއްތީ މޑޕ އަށް ނުލިބުނުކަން އެހެން ނޫންނަމަ ދާނީ ބޭރުގައުމަކަށް ކުލަބެއްގަ ބޯލާ ޓާކީ ކާލާ އުފާ ފާޅު ކުރަން ލާދީނީ މީހުން ތިބޭނީ އަރުވާޖަހާ އަނެއްރިޕޯޓަށް ރެޑީވެ ސަރުކާރަށް ގޮވައިލަން މޑޕ ބޭރުކޮށްލި ޅދީނީ ރިޕޯޓް ނެތުނު މައްކާރު މީހުނަށް ފިޔަވަޅު އަޅަން ބިލް އަލުން ވައްދާ އެހުރިހާ މުރުތައްދުން ގެނެސް ރަނގަޅު އަދަގޮޑިއަކށް ލުމަށް މޑޕ ވަނީ 33 މެންބަރުން ވޯޓްލާގެން އެބިލް ބޭރުކޮށްލާފަ ލާދީނީ ލާގައުމީ މޑޕ

    7
    1