ރާއްޖޭގެ ކޯޓުތައް އެއް ވިއުގައަކުން ގުޅާލާ އިންޓަގްރޭޓެޑް ކޯޓް މެނޭޖުމަންޓް ސިސްޓަމް (އައިސީއެމްއެސް) އިފުތިތާހުކޮށްފިއެވެ.

މި ސޮފްޓްވެއަރ އިފްތިތާހުކޮށްދެއްވީ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނެވެ. މިއީ ޔޫއެންޑީޕީ އާއި އިނގިރޭސިވިލާތުގެ ވެސް އެހީތެރިކަމާ އެކީ ޑިވެލޮޕްކުރި ސޮފްޓްވެއާއެކެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ މިއީ ޝަރުއީ ނިޒާމުގެ ތެރޭގައި ހިމެނޭ ހުރިހާ ސްޓޭކްހޯލްޑަރުން އެއް ވިއުގައަކުން ގުޅުވާލައި ހިދުމަތް ފޯރުކޮށްދިނުމުގައި ފަސޭހަކޮށްދިނުމަށް އެޅޭ ފާލަމެއް ކަމަށެވެ.

އައިސީއެމްއެސް އަކީ ދައުވާ ފޯމު ހުށަހެޅުމާ ހަމައިން ފެށިގެން ކޭސް ރަޖިސްޓްރޭޝަނާއި ކޭސްތަށް ފަނޑިޔާރުން ހަމަޖެއްސުމާއި ކޭސް ޝެޑިއުލް ކުރުމާއި ކޯޓު އަމުރު ތައްޔާރުކުރުމާއި ހުކުމް ކުރުން ވެސް ސިސްޓަމުގެ ތެރެއިން ކުރިއަށްގެންދެވޭ ގޮތަށް ފަރުމާކޮށްފައިވާ ސޮފްޓްވެއާއެއް ކަމަށް ޑީޖޭއޭއިން ބުންޏެވެ.

ޑީޖޭއޭއިން ބުނީ އައިސީއެމްއެސްގެ ޕަބްލިކް އެކްސެސް ޕޯޓަލްތަކާއެކު އާއްމުންނަށް މައްސަލަތައް ގޮސްފައިވާ ހިސާބު ބަލައި، ކޯޓުތަކުގެ އިޖުރާއަތުތައް ދެނެގަނެވޭނެ ކަމަށެވެ. އަދި އެ ނިޒާމާއެކު ދެފުށް ފެންނަ ނިޒާމަކުން މައްސަލަތައް ކުރިއަށް ގެންދެވޭނެ ކަމަށް ބުންޏެވެ.

ރާއްޖޭގެ ހުރިހާ ކޯޓުތަކެއް އެއް ނެޓްވޯކަކުން ގުޅައިލައި، އިލެކްޓްރޯނިކް ޕޯޓަލެއްގެ ތެރެއިން މައްސަލަތައް ފައިލްކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މީގެ ކުރިން ބޭއްވި ފަނޑިޔާރުންގެ މަހާސިންތާތަކުގައި ވެސް މަޝްވަރާކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢިންސާފް

    ހުސް ހޮޅިޖެހުން ނޫން ކަމެއް ތިމީހުންނަކައް ނޭގޭނެ. ކޭލި އައްވީގޮތެއް ނޭގިހުއްޓާ ތީތި މު ތާރްފުކުރީ ދެން ތިޔައްވަނެ ގޮތެއް ނޭގެނޭ ޙަބަރުގެ ހެޑިން އަރުވާލީމް ނިމުނީ.

    1
    1
  2. އަލީ

    ވަރަށް އުފާވާ ކަންތަށްތަކެއް ކުރެވެމުންއެބަދޭ. އެކަމަކު ރައްޔިތުންގެ ފައިސާ ބޭނުްންކޮށް ދައުލަތަށް ޚިޔާނާތްތެރި ވެފަތިބޭމީހުން ދޫވެ އެމީހުން ރާއްޖެއިންބޭރުގަ އާސުމާނުގަ އުޅެމުންދާކަމީ ހިތާމަހުރިކަމެއް.

  3. ސެންޗޯ

    ތި އަނެއްކާ މިހާރު ދެއްވާ މަދު ލާރިކޮޅު ޑަބަލްކޮށް ބޮޑު ކުރަން ޖެހުނީ

  4. Anonymous

    މީ ހަމަ ހުސް އޮޅުވާލުން. ނޫސްވެރިން ނިކަން ރަގަޅަ މިވެރިން މިކުރާކަމެއް ބަލާބަލަ. މިހޭ ހަޑިތައް ދޮަޅު.މަހެއްހާ ދުވަސްފަހުން ރައްޔިތުންނަށް އެނގިހާމަވާނެ. ކިތަންމެއް ކޮރަޕްޝަނެއް ހިންގިޔަސް މިޤައުމުގައިވާނެ ކަމެެއް ނެތް.

  5. Anonymous

    ސުރުހީ އެޅުން ހިސާންގެ ކަމަކީ، ފަހު ވަގުތުގައިވެސް ކޮންމެސް މޮޅު ކަމެއް ކުރިކަން މީޑިޔާގެ ސުރުހީގައި ދައްކާލީ، އެމްޑީޕީގެ މިދިޔަ 5 އަހަރަކީ ޖުޑިޝަރީ ހަރާބުކޮށް އެތަނަކީ ޗޯރުންގެ ޖަގަހަކަށް ހެދީ !