އެމްޑީޕީގެ ހދ. ކުޅުދުއްފުށީ ގޮފީގެ ރައީސް އަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އައްޔަންކޮށްފިއެވެ.

"ނަޔާ ކުޅުދުއްފުށި" ގޮފީގެ ރައީސްއަށް އަލީ ވަހީދު އައްޔަންކުރިކަން އެމްޑީޕީއިން ވަނީ "ވަގުތަށް" ޔަގީންކޮށްދީފައެވެ. އެ ގޮފީގެ ނައިބު ރައީސްއަކަށް އައްޔަންކުރީ ކުޅުދުއްފުށީ ކައުންސިލް މެންބަރު އާތިފާ އަލީއެވެ.

އެ ގޮފި ހިންގުމަށް 29 މެމްބަރުން ހިމެނޭ ކައުންސިލެއް ވެސް އުފައްދާފައިވެއެވެ. ގޮފީގެ ޕޮލިޓިކަލް ކައުންސިލްގެ ޗެއާއަކަށް ކުޅުދުއްފުށި ކައުންސިލްގެ ކުރީގެ ރައީސް އަލީ މުހައްމަދު އައްޔަންކޮށްފައިވެއެވެ. އަދި ގޮފީގެ އިކޮނޮމިކް ކައުންސިލްގެ ރައީސައަށް އަބްދުލް ލަތީފު ހަސަން އައްޔަންކޮށްފައިވެއެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަލީ ވަހީދު ވަނީ އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީ ދެކުނު ދާއިރާއަށް ވާދަކުރައްވައިފައެވެ. ނަމަވެސް އޭނާއަށް ގޮނޑި ކާމިޔާބެއް ނުކުރެއްވުނެވެ.

މިދިޔަ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަލީ ވަހީދު އެ މަގާމުން ވަކި ކުރީ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާގެ ތުހުމަތު ކުރުމުންނެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ރޭޕްއާއި ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލުމުން އޭނާ އުޅުއްވީ ރާއްޖެއިން ބޭރުގައި ފިއްލަވައިގެންނެވެ.

އޭނާ އެނބުރި ރާއްޖެ ވަޑައިގަތީ އެ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިޔުމުންނެވެ. ދައުލަތުން އެ ދައުވާތައް އަނބުރާ ގެންދިޔައީ އެ މައްސަލައިގައި ހެކިބަސް ދޭން ތިބި މީހުން ފަހުން ހެކިބަސް ދޭން ބޭނުން ނުވުމުން މައްސަލަ ސާބިތުނުކުރެވޭނެ ކަމަށް ބަލައިގެންނެވެ.

އެފަހުން އޭނާ ފެނިގެން ދަނީ އެމްޑީޕީގެ ސިޔާސީ މަސައްކަތްތަކުންނެވެ. ޖިންސީ ގޯނާއާއި ރޭޕްގެ ތުހުމަތުތަކުގައި މަގާމުން ވަކި ކުރިޔަސް ފަހުން އަލުން އެމްޑީޕީން އޭނާ ބަލައިގެންފައިވާތީ، މަޖިލިސް އިންތިހާބުގެ ތެރޭގައި އެމްޑީޕީއަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ރާއްޖެ ތެރެމީހާ

    މެމްބަރު އާތިފާ!!! ބަލައިގެން އުޅޭތި!!!

    15
    2
  2. ރޮދި

    ހިނި އަންނަނީ

    13
    1
  3. Anonymous

    އަލީއައް ގޮތްހުސްވީ

    13
    1
  4. 101ސ

    ޗީޑި...

    13
    1
  5. އޭނާ

    ބޫންބޫން އަނެއްކާވެސް ލަންޑަނައްބުރެއްއަޅާލާފަ 2028ގަ މިކޮޅައްވައްޓާލާ. އެތާހުރިއްޔާ ފުޅިއެއްގެކަރުގަހިފާލަން ތަންކޮލެއްފަސޭހަވާނެ.

    12
    1
  6. އިދުރީހު

    ތިގޮފީގެ ކަނބަލުން ވަރައްވިސްނައިގެންއުޅޭތި ނުރައްކާމީހެއްތީ

    17
    1
  7. އައްޗި

    މަޖިލިސް އިންތިހާބުންވެސް ފެނުނީ ތިކަހަލަ މީހުން ގަޔަށްއަރާ އަލީ ވަހީދެއް ޑުރަގުވިއްކާ ޗިކާއެއް ރައްޔިތުން ބަލައިނުގަންނަކަން.

    21
    1
  8. އަބްދޫ

    ޑީއާރު ޕީ އިން އެމްޑީޕީ އަށް ބަދަލު ވިއިރު ޖީބަށް ލިބުނު ބުރަ ހަނދާންހުރީމަ އެޕާޓީން ކޮންމެ ކަމެއްކުރިޔަސް ދޫކޮށްފަ ދެވޭނީ ކިހިނެތް.

  9. ޒުވާނާ

    މީނާއައް ދޭން ރަނގަޅުވާނީ ޕިޔޯނުކަން ނޫނީ މުދިންކަން އެއީމީނާގެ ސައިޒަކީމިހާރު

  10. އެމްޑީޕީ އިބޫ

    ކީކޭ ބުނާނީ މި ސޮރަށް ހާދަބޮޑު ދަރަންޏެކޭ ދޯ އަދާކުރަންޖެހިފަ މިއޮތީ

  11. އަބްދޫ

    ޑީއާރުޕީގަ ހުރެފަ އެމްޑީޕީއަށް ސޮއިކުރީ 27 މިލިއނަސޯކިޔާ 7 މިލިއނަށް މަންމަ ގޯތިގަތީ ކިއްލި ވިއްކައިގެނޭވެސް ކިޔާ .ޓޫރިޒަމް މިނިސްތަރަކަށް ހުއްޓާ ހުތުރު ބަދުނާމެއް އަޅުވާފަ މިނިސްޓަރު ކަމުން ބޭރުކޮށްލީމަވެސް ޕާޓީއަށް ހިތް ނުކެނޑިގެން އުޅޭ ސަބަބެއް އޮވެދާނެ.

  12. އަބްދޫ

    ޑީއާރުޕީގަ ހުރެފަ އެމްޑީޕީއަށް ސޮއިކުރީ 27 މިލިއނަސޯކިޔާ 7 މިލިއނަށް މަންމަ ގޯތިގަތީ ކިއްލި ވިއްކައިގެނޭވެސް ކިޔާ . މިނިސްތަރަކަށް ހުއްޓާ ހުތުރު ބަދުނާމެއް އަޅުވާފަ މިނިސްޓަރު ކަމުން ބޭރުކޮށްލީމަވެސް ޕާޓީއަށް ހިތް ނުކެނޑިގެން އުޅޭ ސަބަބެއް އޮވެދާނެ.

  13. Anonymous

    ކަލޯ ސޯލިޙް ކަރުނަ ބޭލިކަލޯއާއި ހެދި.
    ފަހުން ސޯލިޙަށް މިކަލޯ ބޯކިރުފޮދެއް
    ކޮބާ އަނިޔާ ލިބުނު ކަނބަލުންގެ ޙައްޤު
    ހައުދަ ހަޑި ކަމަށް