ކަރަންޓް ބޭނުން ކުރެވޭ މިންވަރު ދުވަހުން ދުވަހަށް ބަލާލެވޭ ސްމާޓް މީޓަރުގެ ޕްރޮޖެކްޓާއެކު ރައްޔިތުންނަށް ލުއި ފަސޭހަތައް ވެގެން ދާނެ ކަމަށާއި ކަރަންޓު ބިލްވެސް ކުޑަވެގެން ދާނެ ކަމަށް ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޢާޒު އަހުމަދު ރަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުޢާޒު ވިދާޅުވީ، ނިމިދިޔަ ރޯދަ މަހުގެ ކަރަންޓު ބިލް ބޮޑުވެގެން ގިނަ ބަޔަކު ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އެ ޝަކުވާތަކާއި ގުޅިގެން ރީޑިންގ ނެގުމުގައި މައްސަލައެއް އުޅޭތޯ އާއި ޔޫއާރއޭއިން ކަނޑަޅާފައި ހުރި މިންގަނޑުތަކަށް ބިލު ކުރެވުފައި ހުރިތޯވެސް ބެލި ކަމަށެވެ. ނަމަވެސް އެކަހަލަ އެއްވެސް މައްސަލައެއް ނެތް ކަމަށް މުއާޒު ވަނީ ވިދާޅުވެފައެވެ.

މުއާޒު ވިދާޅުވީ ރޯދަމަހުގެ ކަރަންޓު ބޭނުން ކުރެވުނު މިންވަރު އިތުރުވުމުގެ ސަަބަބުންނާއި އެ ދުވަސްވަރު ހޫނުގަދަ ވުމުގެ ސަބަބުން ބިލް ބޮޑުވެފައިވާ ކަމަށާއި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެގެން ދިޔަ ކަމަށެވެ.

އަދި ހަމައެއާއެކު ފެނަކައިން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ސްމާޓް މީޓަރ ޕްރޮޖެކްޓު ފެށުމުން ރައްޔިތުން އިތުރަށް ހޭލުންތެރިވެ ކަރަންޓް ބޭނުން ކުރެވޭ މިންވަރު ރައްޔިތުންނަށް އެނގޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ފެނަކައިގެ ފަރާތުން ސްމާޓް މީޓަރ ޕްރޮޖެކްޓެއްވެސް މިހާރު ފަށައިގެން މިއުޅެނީ. މާނަ އަކީ ކޮންމެ ދުވަހަކު އެގެއަށް ކޮންޒިޔުމް ކުރެވޭ ޔުނިޓް ތަކުގެ އަދަދު އޭރުން ވަގުތުން ބެލެން ހުންނާނެ. މާނަ އަކީ މާދަމާ ނިމޭ އިރު މިހާރު ބިލަށް އަރާފައި ހުރި ވަރު އެނގޭނެ. އެހެންވީމާ އޭރުން ކަސްޓަމަރުންނަށް އެނގޭނެ އިތުރަށް އިކޮނަމައިޒް ކުރަން. އޭރުން މަގުފަހި ވެގެންދާނެ ބޭނުން ލެވެލްގައި ކަރަންޓް ބިލު ބަހައްޓަން،". މުޢާޒު ވިދާޅުވިއެވެ.

މުޢާޒު ވިދާޅުވި ގޮތުގައި ދ. އަތޮޅުގައި މިހާރު އެ ޕްރޮޖެކްޓް ކުރިއަށް އެބަދެއެވެ. އަދި ދ.ކުޑަހުވަދޫގައި މިހާރު ޕްރިޖެކްޓްގެ މަސައްކަތް ނިމިފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފައެެވެ.

ސްމާޓް މީޓަރ ޕްރޮޖެކްޓަކީ ކުރީ ސަރުކާރުގައި ފެނަކައިން ފެށި ޕްރޮޖެކްޓެކެވެ. އެ މީޓަރަކީ ކަރަންޓު ބޭނުން ކުރަމުންދާ ގޮތުގެ ތަފްސީލު ވަގުތުން ވަގުތަށް ބަލާލެވި، ކަރަންޓު މިންކުރެވޭ ޓެކްނޮލޮޖީ އެކެވެ. ސްމާޓް މީޓަރުގެ ސަބަބުން ބޭނުންކުރާ މިންވަރު ކޮންޓްރޯލު ކުރަން ފަސޭހަވެ ކަރަންޓު އިސްރާފު ކުރުން މަދު ކުރެވޭނެ ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން އޭރު ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    އެންމެ ހަމަހަމަވާނީ ވަކި މިންވަރެެއް ކަނޑައެޅި ނަމަ މިސާލަކަށް ކޮންމެ ބިލަކުންވެސް 25% ގެ ޑިސްކައުންޓެއް ދިންނަމަ. ރޯދަ މަހެކޭ އެނޫން މަހެކޭ އެއްވަރަށް ކަރަންޓް ބިލު އަންނަ މީހާގެ ބިލުން އެއްވެސް އެއްޗެއް އުނި ނުވެ. އެހެން ވީމާ ދެރަ މީހާއަށް ދެރަގޮތް މޮޅު މީހާއަށް މޮޅުގޮތް ކަރަންޓް ބިލުންވެސް ފެން ބިލުންވެސް ވެފައި އޮތީ.
    ގިނައިން ކަރަންޓާއި ފެން ބޭނުންކުރާނީ ތަނަވަސްކަމުގެ އަހުުލުވެރިން އއެމީހުން ހަދާ ކާތަކެތި ގިނަ ވީމާ.ކަރަންޓް ފެންވެސް ބޭނުންކުރާވަރު ގިނަވޭ.
    އަހަރެންގެ ގޭގެ ފެންބިލުން އެންމެ ރުފިޔާއެއްވެސް ކުޑަނުވެ. އެހެންވީމާ ބިލްތަކަށް ރޯދަ ޑިސްކައުންޓް ދިންގޮތް އިންޞާފެއް ނޫން.

    24
    4
  2. ޚިސާން

    ޥަރައް ބޮޑު ޖޯކެއް ..ކޮންމެވައްތަރެއްގެ މީޓަރ އެއް ހުއްޓަސް..ކަރަންޓު ބޭނުން ކުރެވޭ ވަރެއް ތަފާތެއް ނުވާނެ..މިނެކިރަމުން ވައްކަން ކުރުން ކަހަލަ ކަމެއް..ތިއީ

  3. ކިޔުންތެރިން

    ސްމާރޓު މީޓަރުން ކަރަންޓު ހަރަދުކުރެވޭތަ؟؟ ކަރަންޓު ހަރަދު ކުޑަކުރެވޭނީ ޔުނިޓަކަށް ނަގާ ވަރު ކުޑަކޮށްގެން ނޫނީ ކަރަންޓު ބޭނުންކުރާ މިންވަރު މަދުކޮށްގެން ނޫންތަ.؟؟ ކިތަންމެ ސްމާރޓަސް ކަރަންޓު ބޭނުން ކުރަންޖެހޭ ކަނޮކަމުގައި ބޭނުން ކުރަންޖެގޭނެ ދޯ؟

  4. ާނުވޭސް

    ޙަސަންބެއަށް ދޯނި ދަރަނި ދައްކާށޯ

  5. ވެރިން

    މިހާރުވެސް ބިލް ވަރަށް ކުޑަ ކުރީގެ ބިލް ހުއްނަނީ އޭފޯ ސައިޒުގަ މިހާރު ގިނަފަހަރަށް ބިލެއްވެސް ނާދޭ މެސެޖެއް އައްނަނީ

  6. މުނާޒް

    ހަހަ.. އެހެންވީމަ މިހާރު ތިޔަނެގެނީ އަސްލު ކަރަންޓު ބޭނުންކުރާވަރަށް ވުރެ އަގުބޮޑުކޮށޭ ދޯ ތިބުނެވުނީ؟ ސްމާރޓް މީޓަރުން އިތުރަށް ކަޓުވާލާބައި މަދުކޮށްލަދެނީތޯ ކަރަންޓު ހަރަދޔ ކުޑަވަނީ ޓަސްލާފަ. މީޓަރު ސްމާޓުވީމަ ގޭގޭގަ ކަރަންޓު ބޭނުންކުރަން ނުޖެހެނީތަ؟ ވަގަށް މިހާރު ބިލުގައު އިތުރުއަދަދުން ޖެހޭ ވާހަކަ ތިޔަބުނެވުނީ ކަނޑުކޮހާ!

  7. ކަރަންޓް

    ހޫނުގަދައީކީނޫން ޔުނިޓަކަނަގާވަރު ބޮޑީ 1.50ރ އޭކިޔާފަ ނަގަނީ 4.25ރ މީ އޮޅުވާލުމުގެ އިންތިހާ ހުރިހާރައްޔިތުން ބިލު ޗެކުކުރޭ ހުންނާނީ 4.25ރ ނަގައިގެން ބިލު ބޮޑުވެފައީ 1.50ރ ނަގައިގެން ބިލު ބޮނޑެނުވާނެ

  8. އިންޑިޔާއައުޓް

    އަހަރެންގެ ކަރަންޓުބިލުވީބޮޑު ޢާއްމުމަހަކު 330ރ މިހުސްވިމަހު1300ރ ރޯދަމަހެކޭކިޔާ އެކަން ހަމަޖައްސާލީ

  9. ޢެރިކް

    ސްމާޓް މީޓރު ބޭނުން ކުރަން ފެށީމަ ކަރަންޓް ބޭނުން ކުރަން ނުޖެހެނީތަ ؟؟؟ ކަރަންޓް ބިލް ކުޑަވާން؟؟؟؟؟ ޙިހިހިހި

  10. ޢަހު

    ދިވެހިން ދިވެހިން ދިވެހިން
    ޜަނގަޅު އެއްގޮތެއްވެސް ނޯންނާނެ.

  11. ާެެެރައްޔިތު މީހާ

    ޜޯދަމަހު ކުޑަކުރިބައި މިމަހުގެ ބިލުގަ އެބައިން ހިފާލާފަ . އެއީ މިމަހުގެ ބިލު ޑަބަލް ބޮޑުވެފަ އިނީ. މުޅިން މަކަރާ ހީލަތް ހަދަނީ. ރައްޔިތުން މޮޔަ ހައްދަނީ

  12. ނޭޝަނަލް ބުރޯ

    އޭގައިން މީޓަރެއް އަރާނެ ކަރަންޓު ބިލުގެ 2 ގުނައަށް.މި މަހު ވެސް ނަގައިފި ކަރަންޓު ބިލަށް 3 ގުނަ ބޮޑު ކޮން. މީހަކު ބުނި ރޯދަމަހު ޑިސްކައުންޓުގެ ގޮތުގައި ކަނޑާލި ބައި އެޑުކުރިއޯ.

  13. މަނިކު

    ސްމާރޓް މީޓަރގަ ވެސް ވަނީ ހަމަ ވާވަރު. ބޭނުން ކުރެވޭތީ ހަމަ ބިލް ބޮޑު ވަނީ.