މާލެ ސަރަހައްދަށް ކުރި ވިއްސާރައާ ގުޅިގެން މާލެ ސަރަހައްދުގައި ކަރަންޓް ލޯޑު ނުވަތަ ކަރަންޓް ބޭނުން ކުރާ މިންވަރު ދަށަށް ގޮސްފައިވާ ކަމަށް ދައްކައިފިއެވެ.

ހޫނުގަދަ ދުވަސްވަރު އާއްމު ގޮތެއްގައި ކަރަންޓް ބިލް ވަރަށް ބޮޑަށް ބޮޑުވެ އެކަމުގެ ޝަކުވާތައް ރައްޔިތުން ކުރެއެވެ.

މިހާރު ދުނިޔޭގެ އެކި ހިސާބުތަަކަަށްވެސް މިއީ ހޫނު ގަދަ ދުވަސްވަރެކެވެ. ހާއްސަކޮށް އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތައް ހޫނު ގަދަވުމުގެ މައްސަލަތައް ކުރިމަތިވެ ދަނީ ރިޕޯޓް ކުރަމުންނެވެ.

ކޮންމެ އަހަރެއްގެ މާރިޗް އަދި އޭޕްރިލް އަދި މެއި މަހަކީ ކޮންމެ އަހަރެއްގެވެސް އެންމެ ހޫނު ގަދަ ދުވަސްވަރެވެ. ވިލާ މަދުވުމާއި، ވައި މަޑުވުނުން އަދި ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ވައިގެ ހޫނުމިނަށްވުރެ އިހްސާސްކުރެވޭ ހޫނުމިން މަތިވެއެވެ.

މީގެ ސަބަބުން ކަރަންޓް ލޯޑު މަތިވެއެވެ. އަދި މި ދުވަސްވަރާއި ދިމާވީ ރޯދަ މަސް ކަމުން ކަރަންޓް ބިލްވެސް މިދިޔަ މަހު ބޮޑުވެގެން ދިޔައެވެ. ނަމަވެސް ސަރުކާރުން ދިން ލުޔާއެކު ބިލުން ބޮޑުތަނެއް ލުއިވެގެން ދިޔައިރު، މި މަހު ކަރަންޓް ބިލްބޮޑުވެގެން އެކަމުގެ ޝަކުވާ ކުރަމުން ދެއެވެ.

ސްޓެލްކޯއިން ހިއްސާ ކުރި އިއްޔެ އާއި މިއަދު މާލެ އާއި ހުޅުމާލޭގައި ކަރަންޓް ލޯޑް ދަށްވެފައިވާ މިންވަރު ދައްކުވައިދޭ ޕޯސްޓަރަަށް ބަލާއިރު، އިއްޔެ ހަވީރު (16:00) 106،722 ކިލޯވޯލްޓްގައި ހުރި ކަރަންޓް ލޯޑްގެ މިންވަރު މިއަދު އެ ސަރަހައްދަށް ކުރި ވިއްސާރައާއެކު 93،685 އަށް ވަނީ ހަމަ އެވަގުތު ދަށްވެފައެވެ. މިއީ 13،037 ކިލޯވޯޓުގެ ދަށް ވުމެކެވެ.

އެހެންކަމުން ހޫނު މޫސުމާއެކު ކަރަންޓް ލޯޑަށް ވަރަށް ބޯޑު އަސަރެއް ކުރާކަން މީގެން ދައްކުވާ ދެއެވެ.

ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގައިވެސް މޫސުމަށް އަންނަ ބަދަލާއެކު ހޫނު ގަދަވާތީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ބިލްތައް ބޮޑުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ވާރޭވެހި ޖައްވު ފިނިވީމާ ކަރަންޓު އުފައްދަން އުދަގޫވެ ކަރަންޓު ވޯޓް މަތިވާނީ ، ކާކުތޯ ބުނީ ވާރޭވެހި ފިނިވީމާ ވޯޓް ދައްވާނެ ކަމަށް !

  2. އާލަމް

    މިހާރު އެބަ ރަނގަޅުވޭ! ތިޔަވަރަށް ބުނެދިނީމަ ދެން އެކަން ޤަބޫލުނުކުރާނީ ޖާހިލުން ޖާހިލުންނަށް ކިތަންމެ ރަނގަޅު އެއްޗެއް ބުންޏަސް ޤަބޫލެއް ނުކުރެވޭނެ ސްޓެލްކޯ މިހާރު އޯކޭ

  3. ދިވެހިން

    ތިކަމުންއެނގޭކަމަކީ ސްޓެލްކޯގެ ހުރި ނާތަހުޒީބުކަން. ފެންވަރުދަށް ކޫލިންސިސްޓަމެއް.

  4. ޥެރިން

    ތީ މުޅިން މީހުން ގަޅިހައްދަން ދައްކާ ވާހަކަ.އޭރުވެސް ބޭނުން ކުރި އެއްޗެހި ބޭނުން ކުރަނީ އެއްވެސް އެއްޗެއް މަދެއް ނުކުރޭ

    1
    2
  5. Anonymous

    އެކަމަކު ބިލައް ވާގޮތެއް ނޭނގޭ.

  6. ކަރަންޓު

    މާލޭގަ ކަރަންޓު ބިލް ބޮޑުވަނީ ޔުނިޓަކަ 4 ރުފިޔާއަވުރެވެސް ބޮނޑުކޮށް ނަގާތީ ހޫނުގަދައޭ ކިޔާއޮޅުވާލަނީ ޔުނިޓަކަ 1.50ރ ކިޔާއޮޅުވާލަނީ ޔުނިޓަކަ 4.25 ރ ނަގާ މީ އޮޅުވާލުމުގެ އިންތިހާ

    1
    1
  7. ކަރަންޓް

    އަވިގަދައީކީނޫން ޔުނިޓަކަށް ނަގަވަރު ބޮޑީ 1.50ރ ނަގަނީޔޭކިޔާފަ ނަގަނީ 4.25ރ މީ އޮޅުވާލުމުގެ އިންތިހާ

    1
    1
  8. Anonymous

    ހޫނުވީމާ ކަރަންޓު ލޯޑް މަތިވެ، ފިނިވީމާ ޖަރަންޓު ލޯޑް މަތިވަނީ ކިހިނެއްބާ މީ ކޮންކަހަލަ ދިރާސާއެއްތޯ ! އެއްވެސް ހަޤީގަތެއް ނޫން ތިޔައީ !

    • ޓހހ

      ތިކަހަލަ ބޯބުރާންތި މެނަށް ނޭނގޭނެ ކިތަންމެ ވަރަކަށް ކިޔާދިނަސް

  9. ޛބނ

    މީގަ މަޖާ ތަންކޮޅަކީ ހޫނު ގަދަ ދުވަސްވަރު އޭސީ އަދި އެހެންވެސް ކަރަންޓު ސާމާނު ކަނޑާލާފަ ރަށުން ބޭރަށް ދިޔަސް ހަމަ ބިލު ބޮޑުވޭ

    1
    1