ވޯލްޑް އިކޮނޮމިކް ފޯރަމްގެ ސްޕެޝަލް މީޓިންގައި ހާރިޖީ ވަޒީރު މޫސާ ޒަމީރު ބައިވެރިވެވަޑައިގެންފިއެވެ.
ވޯލްޑް އިކޮނޮމިކް ފޯރަމްގެ ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޯލަބަރޭޝަން، ގްރޯތް އެންޑް އެނަރޖީ ފޮރ ޑިވެލޮޕްމަންޓްގައި ވަޒީރު މޫސާ ޒަމީރު ބައިވެރިވެވަޑައިގެންނެވީ "ޗާޓިންގ އަ ގްލޯބަލް ސެކިއުރިޓީ އެންޑް ގްރޯތް އެޖެންޑާ" ގެ ނަމުގައި އިންފޯމަލް އެގްރިގޭޝަން އޮފް ވޯލްޑް އިކޮނޮމިކް ލީޑަރސް (އައިޖީޑަބްލިއުއީއެލް) ގެ ހައިލެވެލް ލަންޗްއޮންގައެވެ.
ހައިލެވެލް ލަންޗޯންގައި ގާތްގަނޑަކަށް 80 ވަރަކަށް ޕޮލިސީ މޭކަރުންނާއި، ވިޔަފާރިވެރިންނާއި އެކި ދާއިރާތަކުގެ ތަޖުރިބާކާރުން އެއްތަނަކަށް އެއްވެ، މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ދުނިޔޭގެ ސަލާމަތީ ގޮންޖެހުންތަކަށް ހައްލު ހޯދުމާ ބެހޭ ގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކޮށްފައިވެއެވެ.
ވޯލްޑް އިކޮނޮމިކް ފޯރަމްގެ އެންމެ މަތީ ފަންތީގެ ސެޝަންތަކަކީ އިންފޯމަލް އެގްރިގޭޝަން އޮފް ވޯލްޑް އިކޮނޮމިކް ލީޑާސް (އައިޖީޑަބްލިއުއީއެލް) ސެޝަންތައް ކަމަށާއި ބައިވެރިވުމަކީ ހަމައެކަނި ދައުވަތު ދީގެން ބާއްވާ ސެޝަންތަކެއް ކަމަށް ވުޒާރާއިން ވަނީ މައުލޫމާތު ދީފައެވެ.
ސައުދި އަރަބިއްޔާގައި ބާއްވާ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލަބަރޭޝަން، ގްރޯތް އެންޑް އެނަރޖީ ފޮރ ޑިވެލޮޕްމަންޓްގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު ފުރާވަޑައިގަތީ އިއްޔެއެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމްގެ ސްޕެޝަލް މީޓިން އޮން ގްލޯބަލް ކޮލަބަރޭޝަން، ގްރޯތް އެންޑް އެނާޖީ ފޯ ޑިވެލޮޕްމަންޓް އަކީ ސައުދީ ސަރުކާރާއި ވޯލްޑް އިކޮނޮމިކް ފޯރަމް ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި އެކި ދާއިރާތަކުން 700 އަށްވުރެ ގިނަ ލީޑަރުން އެއްތަނަކަށް އެއްވެ، ބައިނަލްއަގްވާމީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަޝްވަރާތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ތެރެއިން ފަލަސްތީނުގެ ޣައްޒާ އަށް ޔަހޫދީ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ޣައްޒާ އަށް ކުރިމަތިވެފައިވާ އެކި އެކި މައްސަލަތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އިންސާނުން އެމީހުން އަތްތަކުން ހެދި ގޯސްތަކުން މިއަދު ދުނިޔެ ފަސާދަވެ އެކަމުގެ ރަހަ ފެންނަމުން މިދަނީ އަދިވެސް ﷲ ހަޒުރަތަށް ރުޖޫއަވާންވީ !