އަންނަ ޖޫން މަހު ފުލުސް އިދާރާގެ ސިވިލް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ވަޒީރުންގެ ޕަބްލިކް ފޯރަމް "އަހާ" ގައި ވާހަކަފުޅު ދައްކަވަމުން އިހުސާން ވިދާޅުވީ ފުލުހުންގެ ތެރެއިން ޔުނީފޯމް އަޅައިގެން ތިބޭ ފުލުހުންނާއި ފުލުހުންގެ ޚިދުމަތްދޭ އާންމުނަކީވެސް މުހިންމު ބައެއް ކަމަށާއި ފުލުހުންގެ މުސާރައެކޭ އެއްގޮތަށް އެދާއިރާގެ ސިވިލް ސާވެންޓުންގެ މުސާރަވެސް ބޮޑުކުރާނެ ކަމަށެވެ.

"ފުލުހުންގެ ތެރޭގައިވެސް އެބަ އުޅޭ ޔުނީފޯމް އަޅައިގެން ތިބި ރަސްމީ ފުލުހުން ހުވާކޮށްގެން ތިބޭ ފުލުހުންނާއި ފުލުހުންގެ ޚިދުމަތްދޭ އާންމު ބޭފުޅުން. މި ދެ ކެޓަގަރީގެ ބޭފުޅުންނަކީވެސް ދިވެހި ފުލުހުންގެ ޚިދުމަތުގެ ޚިދުމަތްތެރިން. ދެބައިމީހުންވެސް މިދެނީ ދިވެހި ރައްޔިތުންނަށް ދޭންޖެހޭ މުހިންމު ޚިދުމަތްތަކެއް." އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވި ގޮތުގައި ހުވާކޮށްގެން ހުންނަ ފުލުހުންނާއި ފުލުހުންނަށް ޚިދުމަތްދޭ އާންމުންގެ ތަފާތަކީ ހުވާކޮށްގެން ޔުނީފޯމް އަޅައިގެން ހުންނަ ފުލުސްމީހާ ރިސްކަށް ހުށަހެޅި ނުރައްކަލާއި ކުރިމާތިލާން ޖެހުމެވެ. ނަމަވެސް އެ ދާއިރާގައި އުޅޭ އެހެން ސިވިލް މުވައްޒަފުންނަށް އެ ރިސްކު ނޯންނަ ކަމަށް އިހުސާން ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނާ ހަވާލުވީ އެއްކޮށް ހުސްވެފައި އޮތް ދައުލަތަކާއި، އެހެންވީމަ ދައުލަތަށް ފައިސާ ވަންނަމުންދާ ވަރަކަށް ދައުލަތުގެ އިޤްތިސާދީ ހާލަތު ރަނގަޅުވެގެން އަންނަ ވަރަކުން އަޅުގަނޑުމެން މި މުސާރަތައް މުރާޖާ ކުރަމުން މިގެންދަނީ." އިހުސާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަންނަ ޖޫންމަހު އެ އިދާރާގައި މަސައްކަތް ކުރާ ސިވިލް މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި ބަލަނީ ޖޫންމަހުގައި ލިބޭ މުސާރައިގައި އެބަދަލު އަންނާނެ ކަމަށް." އިހުސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސަޕޯޓު ސްޓާފު

    އަޅުގަނޑު މެންނަށް ބޮޑު ނުވަނީ ކީއްވެތޯ

    21
    1
  2. އިމާމުން

    އިމާމުންނަށް މުސާރަ ބޮޑު ނުވަނީ ކީއްވެ ތޯ! ކޮންމެ ސަރުކާރަކުންވެސް އިމާމުންގެ މުސާރަ ބޮޑު ކުރާ ވާހަކަ ދައްކާނީ އިންތިހާބު ބޯމަތި ވީމަ އޭގެ ކުރިން އިމާމުންނަކީ ނެތް ބައެއް... އިމާމުންނަކީ އިމާމް ކަމުގެ ވަޒީފާގައި އުޅެމުން އިތުރު ވަޒީފާއެއް އަދާކުރެވޭނެ ވަގުތު އޮތް ބައެއް ނޫން... އެކަމަކުވެސް މީގަ ދެރައީ އެއްވެސް ސަރުކާރަކުން އިމާމުންގެ މުސާރަ ބޮޑު ކުރަން އުޅޭ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުން...

  3. އާލީ

    ކޮބާ ރޯދަމަހު ފަހުދިހައިގައި ބަންދު ނުވެ މަސައްކަތް ކުރި މުވައްޒަފުންނަށް ދޭންބުނި އެލަވަންސް

  4. މޫނު

    އެޕްރިލް މަހު މުސާރަލިބުނު އިރު ރޯދަމަހު ފަހުދިހައެއް ބަންދުނުވެ މަސައްކަތް ކުރި މުވައްޒަފުންނަށް ނުލިބޭ އެލަވަންސެއް

  5. Anonymous

    ދެން މަޖިލިސް މެމްބަރުން ވަޒީރުން މަޖިލިހަށް ގެންގޮސްގެން ޑުރާމާ ސުވާލު ކުރާކަށް ނުޖެހޭނެ، މިއަދު މިއޮތީ ސީދާ ރައްޔިތުމީހާ ވަޒީރު މަނިކުފާނާއި ސުވާލު ކުރުމުގެ ފުރުސަތު ، މިއީ ރައްޔިތުންގެ ވެރިކަން ޝުކުރިއްޔާ ސަރުކާރު ރައީސު ޑރ މުއިއްޒު

  6. Anonymous

    ވަޒީރުން ރައްޔިތު މީހާގެ ހަމަ އަތްފޯރާ ފަށުގައި ބޭނުން ސުވާލެއްކޮށްލަނީ، މަޖިލިސް މެމްބަރުން ކުޅުނު ސުވާލު ޑުރާމާވެސް ނިމުނީ ، ޝުކުރިއްޔާ ރައީސް ޑރ މުޢިއްޒު ޝުކުރިއްޔާ ވަޒީރު ބޭފުޅުން !

    • އެހެންނޫންތަ

      އާކޮޅުގަ ތިހެން އުޅޭނެ. ދާދިއަވަހަށް ތިފަދަ ފޯރަމްތައް ހުއްޓިދާނެ. ބަލާ ގިނަވެގެން ދޮޅުއަހަރުވެސް ތިގޮތަށް ގެންދެވިއްޖެއްޔާ ސާބަސް. ކޮންމެ ބަޔަކަށްވެސް ވާގޮތްމީ.

  7. މަތަރަސް

    ޖެހެޖެހުމުން ބޮޑުލޮއްލާ ބައްލަވާ ރައީސް މުއިއްޒު ވިދާޅުވީ މާލީތަނަވަސްކަން ރަގަޅުވީވަރަކުން ބޮޑުކޮއްދޭނަމޭ އިބޫ ކެނެރީނަޝީދުމެންވެގެން ގައުމުވިއްކާލާ ބަގުރޫޓްކޮންހެދި މިރައީސް ގައުމުނަގަހައްތަން ދަނީ ދެން ކެއްކުރޭ ކެއްކުރިމީހާފާރުބުޑުގާމަރުވީވެސްދޯ

  8. އާމިނަތު ހަނާ

    އޭ ރައީސެވެ. ފުލުހުން ޓީޗަރުން ނަރުހުން މިއީތޯ މިރާއްޖޭގައި ދަތިކޮށް އުޅޭ މީހުންނަކީ. ސިވިލްސަރވިސް ކޮންމެ އޮފީހެއްގައި އުޅުނަސް ހަމަ ވާނީ އެއްގޮތެވެ. އިދާރީ މީހަކަށް މިހާރު ލިބެނީ އެންމެ ހަމަ އެންމެ 7000ރ އެވެ. ޓީޗަރަކަށް 20000ރ ޑިޕިއޓީ ޕްރިންސިޕަލަށް 25000ރ ނަރުހަކަށް 25000ރ މަސްޓަރސް ނަރުހަކަށް 35000ރ ދޭއިރު އެއީ އިދާރީ މުވައްޒަފަކަށްވުރެ 5 ގުނަ ގުނަ އަދަދެކެވެ. އަޅެ އާފަލެއް 35000ރ ލިބޭ މީހަކަށްވެސް އަދި 7000ރ ލިބޭ މީހަކަށްވެސް ހަމަ 8 އަށެވެ. 7000ރ ލިބޭ މީހާގެ ކަރަންޓްބިލަށް 3000ރ ދައްކާފައި ބާކީ 4000ރ ދެކޮޅު ނުޖެހި ދަރާވިކެނީއެވެ. 35000ރ ލިބޭ މީހުން 3000ރ ކަރަންޓަށް ދެއްކިޔަސް ބަކީ 32000ރ ބާކީ އޮތުމުން ޢާއިލާއާއެކު ހަމަ އުދުހެނީއެވެ. މިވަރުގެ ތަފާތެއް އޮވެގެން ނުވާނެއެވެ، މިއީ ވަރަށް ބޭއިންސާފެކެވެ. މިކަންކަމާ ވިސްނަވާ ވެރިއަކު ހުރިހެނެއް ހިއެއްނުވެއެވެ. ހަމަ ޑިގުރީ އޮތް އެޗްއާރު އެޑްމިން އޮފިސަރަށް 7000ރ އެވެ. އެކަމަކު ޑިގުރީ ޓީޗަރަކަށް 20000ރ ނަރުހުންނަށްވެސް ހަމަ 20000ރ އަށްވުރެ މަތިން ލިބެއެވެ. އެކަމަކު ހަމަ ދައުލަތުގެ މުވައްޒަފުންނެވެ.

    10
  9. އިބްރާހިމް

    ސިވިލް ސަރވިސް ގައި މައްސަކަތް ކުރާ އާންމު މީހުން ގެ މުސާރަ ބޮޑުނުކުރަނީ ކީވެތައް. 4000ރ ގެ މުސާރައެއްގައި މި އުޅެން ޖެހެނީ. މީހާ ލޯން ނަގައި ދަރަނިވެރި ވެ ހުލިވަނީ.

  10. މާހީން ޢަލީ

    ދައުލަތުން 7000ރ ގެ މުސާރައޭ ކިޔާ އެލަވަންސްދޭ މީހުން އަބަދުވެސް ދިރިއުޅެންވީ އެލާލުގާތޯ؟ ބައެއް މީހުންނަށް 2000، 25000، 35000 މިރާއްޖޭގަ އަބުރުވެރި ދިރިއުޅުމެއް އުޅެންވީ ގާޒީން، ނަރުހުން، ޓީޗަރުން ތޯ؟؟؟؟

  11. އިބްރާހިމް

    ސިވިލް ސާރވިސް އެންމެން މައްސަކަތް ކުރުން ހުޓާލާ. ހަޅުތާލަށް ނުކުންނަށް ވީނު.