ހަންކެޑެ ސަރަހައްދުގައި އިންޑިއާގެ އެފްކޮންސް އިންފްރާންސްޓްރަކްޗާއިން ހަދަމުންދާ ބްރިޖްގެ 820 މީޓަރުގައި ތާރު އަޅައިފިއެވެ.

އައްޑޫގެ ފޯ-ލޭން ޑީޓުއަރ ލިންކްގައި ތާރު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 18 ވަނަ ދުވަހެވެ.

މި މަޝްރޫޢުގައި ދެ ބްރިޖާއި ތިން އެމްބޭންކްމަންޓްސް ހިމެނެއެވެ. މި ލިންކްގެ ދިގުމިނުގައި 1.463 ކިލޯމީޓަރު ހުރެއެވެ.

އައްޑޫ ސިޓީން ކައުންސިލުން ބުނީ އައްޑޫ ޑީވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން އައްޑޫގެ މިހާރު އަޅަމުންދާ ހަންކެޑެ ބްރިޖްގެ ތާރު އެޅުމުގެ މަސައްކަތުގެ ދަށުން މިއަދާއި ހަމައަށް ޖުމްލަ 820 މީޓަރުގައި ތާރު އާޅާ ނިމިފައިވާ ކަމަށެވެ.

2021 ގެ އޮކްޓޯބަރު މަހުގެ ތެރޭގައި މި މަޝްރޫއުގެ މަސައްކަތް ފެށިއިރު، މިއީ 1.4 ކިލޯމީޓަރުގެ ހަތަރު ލޭން ހިމެނޭ ބްރިޖެކެވެ.

ހަންކެޑެ ތަރައްގީ ކުރަނީ އެ ރަށާއި ގައުކެނޑިއާ ދެމެދު އޮތް ބްރިޖު ބަދަލުކޮށް، އެ ހިސާބުގައި ވަކި ބްރިޖް އަޅައިގެންނެވެ.

ހަންކެޑެ ވަށައިގެން ބްރިޖެއް ހެދުމުގެ ބޭނުމަކީ އެތަން ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް ބޭނުންވާ ޕްރޮޖެކްޓަށް ހަންކެޑެ ވަކި ކުރުމެވެ.

ހަންކެޑެ އަކީ ރިއަލް ސްޓޭޓް ޓޫރިޒަމަށް ސަރުކާރުން ހަމަޖައްސާފައިވާ ތަނެކެވެ. މި މަސައްކަތް ކުރުމަށް ނިންމާފައިވަނީ ޑިސެމްބަރު 2، 2021 ގައެވެ.

ހަންކެޑަ ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އެމްއެފްއެމްސީ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަށިކެޔޮ އާދަނު

    މިސަރުކާރުން ފުވައްމުލަކުގަ ތާރުއަޅައިގެން އެންމެފުރަތަހެދިމަގު މިސްކިތްމަގުގާއޮންނަ ފުނަމާމަގުމިހާރު އެއޮތީ އެންމެޒަމާނީފެންވަރުގަ.. ވަރަށްސަޅި ވަރަށް ފުރިހަމަ. ޝުކުރިއްޔާ ރައީސް. އަދިވެސް އިތުރަށްނުހެދިތިބި މަގުތަކާއި ގޯޅިތައްވެސް އެފެންވަރަށް ހެދޭނެކަމަށް އުންމީދުކުރަން. އެކަމަކު މައްސަލައަކީ މަގުތައްހަދާނުނިމެނީސް އެމްޑީޕީ ދާންޖެހުން.. ޝުކުރިއްޔާ ރައީސް ސޯލިހު. ބުނެވޭނީ މިމީހުންނަކަށް މިކަމެއްނުވާނެއޭ،