ހުޅުމާލޭގައި މިރޭ މާރާމާރީ ހިންގީ ސެންޓްރަލް ޕާކުގެ ތެރޭ ތިބި ދިވެހިންތަކަކާއި އިންޑިއާ ބަޔަކާއި ދެމެދު ކަމަށާއި، އެ މައްސަލައިގައި އެކަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވިގޮތުގައި ހުޅުމާލެ ފޭސް 1ގައި ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމަށް މިރޭ 9:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.

އަދި މި މާރާމާރީގައި އަނިޔާވި ދެ މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިރޭ ފަހުން ވިދާޅުވީ، މިއީ ސެންޓްރަލް ޕާކު ތެރޭގައި ތިބި ދިވެހި ބަޔަކާއި އިންޑިއާ މީހުންތަކެއްގެ މެދުގައި ހިންގި ހަމަަނުޖެހުމެއް ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން މިރޭ ވިދާޅުވިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، މި ހަމަނުޖެހުން ހިންގި މީހުން ދެނެގަނެ، ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އަހަންމަދު

    ހުރިހާ ދިވެހިން ޖަލަށްލާފަ ހުރިހާ އިންޑިޔާ މީހުންނަށް ބަދަލުހޯދަދީ.

    5
    1
  2. މަނިކު

    މިރާއްޖޭގަ މިވަނީ ފަލަސްތީނުގަ ވާގޮތަށް. މަސްތުވެގެން ޖަރީމާ ހިންގި އިންޑިޔާގޮލާ މިނިވަން، ދިވެހިމީހާ ހައްޔަރަށް.

    4
    2
    • މޯޑު

      މުޅިން ދޮގު ހަބަރު.. އަޅުގަނޑަކީ އެ މަންޒަރު ބަލަން ހުރި ދިވެއްސެއް.. އިންޑިއާ މީހުން ތިބީ މަސްތުވެގެން ނޫން.. އެމީހުން މަސައްކަތް ނިންމާ ގެއަށް ދިޔަ މަގުމަތީ ތި ފިރިހެން ގްރޫޕުން އެމީހުން ފޭރެން އުޅެ އެކަން ކާމިޔާބު ނުވީމަ ގޭސް ފަތުރަނީ.. އިންޑިއާ ވެސް އެންމެނަކީ ގޯސް ބައެއް ނޫން.. ދިވެހިން އަމިއްލަ ނާތަހުޒީބު ކަން ޤަބޫލުކުރަން ވެއްޖެ މިހާރު

  3. ގައުމު ދެކެ ލޯބިވާ ދަރިއެއް

    ހުރިހާ ގައުމަކަށް ނިސްބަތްވާ ބިދޭސީން ބޭރު ކުރޭ...ދިވެހިންނަށް ބިދޭސީންނާއި ނުލައި އުޅެން ދަސްކޮށްދޭން ހުރިހާ ބިދޭސީން ދުވާލަކު 100 މީހުން ފޮނުވައި ހުސްކުރޭ... މަށަށް ހޯމް މިނިސްޓަރުކަން ދީފިއްޔާ ވަގުތުން ފަށާނަން ބިދޭސިން ބޭރުކުރުމުގެ މަސައްކަތް . ފުރަތަމަ ކަމަކަށް ހިއުމަން ރައިޓްސް އާއި ލޭބަރުންނާއި ގުޅުންހުރި މުއާހަދާތަކުން ވަގުތީ ގޮތުން ރާއްޖެ ސަސްޕެންޓް ވާނީ ރާއްޖޭގެ ފަރާތުން އެދިގެން.. އެއަށްފަހު ހުރިހާ ގައުމަކަށް ނިސްބަތްވާ ހުރިހާ ނޮން ސްކިލްޑު ލޭބަރުން ބޭރު ކުރަން ފަށާނަން. ޢޭރުން އަންނާނެ ބޭރުގެ ޕްރެޝަރެއް ބަލާކަށް ނުޖެހޭނެ.. ރާއްޖޭގެ އިިގްދިސާދާއި ، އިޖުތިމާއީ ފޭރާމަަށްޓަކައި މިކަން ހަރުކަށިކޮށް ކުރަން ކެރޭނެ ވެރިޔަކު އަންނަން ޖެހޭ..

  4. ރާޖާރާނީ

    އިންޑިއާ އިން ވެފަ އޮތީ މިހާރު

    2
    1
  5. ބޭގަރާރު

    ސަރުކާރަށް ޖެއްސުންކުރަން ކުރިކަމެއްތާ؟ ދެން އިންޑިއާއިން އަންނާނީ އެމީހުންގެ ހައްގުގައޭ ކިޔާފަ.

  6. ހިކި ކިރު

    އިންޑިއާ އައުޓު! އިންޑިއާ އައުޓު! ރައްޔިތުން ނުކުމެ އިންޑިއާ އައުޓު ކުރަން ޖެހޭ ކަމަށް ދެކެން.

  7. ކުޅިކަނބިލި

    އެމްޑީޕީ ވެރިކަން ގެއްލުނީމަ މިކަހަލަ ޖަރީމާ ވ ގިނަކަން ފާހަގަކުރެވޭ

    4
    1
  8. ޙެހެހ

    ތިމައްސަލަ ފުރަތަމަ ފެށިގެން އައީ އިންޑިއާބަޔަކު ރާބޮއިގެން ދިވެހި އަންހެނަކާއި ދިމާކުރަނިކޮށް އެކަން ހުއްޓުވަން ދިޔަ ކުޑަކުއްޖަކަށް އިންޑިއާމީހުން އަނިޔާކުރުމުން ކަމަށް ޚަބަރު ލިބެނީ ، ވަގުތު ނޫހުގައި އެވާހަކައެއްނެތް ، އެހެން މީޑިއާތަކުގައި އެވާހަކަ އެބަހުރި

  9. ކޮރަލް

    ރާއްޖޭ ގައި ގިނަ އީ ބިދޭސީ ޕާކް ތަކެވެ. ބިދޭސީން ގިނަ ކަމުން ދިވެހީން ނުދެ އެވެ. ދަނީ މަދު ބައެކެވެ.

  10. ވެންގަބޯ

    އަންހެންކުއްޖެއްގެ ގަޔަށް އަތްލުމަކީ ތީމިހާރު އާމު ކަމެއް މަގުމަތީގައި އުޅޭ ބަޔަކަށް ފެންނާނީ ކޮފީތަށި ހިފައިގެން މޭޒުމައްޗަށް ފައިއަރުވާގެން އޮފީހުގެ ބޮޑު ގޮޑިއެއްގައި އިނަކަސް ނުފެންނާނެ

  11. ބުޅާގޯނި

    އަންހެންކުއްޖެއްގެ ގަޔަށް އަތްލުމަކީ ތީމިހާރު އާމު ކަމެއް މަގުމަތީގައި އުޅޭ ބަޔަކަށް ފެންނާނީ ކޮފީތަށި ހިފައިގެން މޭޒުމައްޗަށް ފައިއަރުވާގެން އޮފީހުގެ ބޮޑު ގޮޑިއެއްގައި އިނަކަސް ނުފެންނާނެ