އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރިފިއެވެ.

މެޓް އިން ރީނދޫ ސަމާލު ނެރިފައިވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށެވެ. އެއީ މިއަދު މެންދުރު 12:45 އިން ހަވީރު 17:00 އަށެވެ.

ސަމާލުގައި ބުނެފައިވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓްއިން ބުނެފައިވެއެވެ.

އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނދު އުތުރުން އަދި އެހެން ހިސާބުތަކަށް ހުޅަނދުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވުން ވެސް އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ.

ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އިން ލަފާކޮށްފައިވެއެވެ. އަދި ރާޅުގައި 2-4 ފޫޓް ހުންނާނެ ކަމަށް ލަފާކޮށްފައިވެއެވެ.