ރާއްޖެ ޓީވީ އާއި ޗެނަލް13 ގައި ރޯކޮށްލި މައްސަލައާ، ބައެއް ފަރުދުންނަށް އިންޒާރު ދެމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި މަސައްކަތް ކުރަމުންދާ މުވައްޒަފަކު އިންސްޓަގްރާމްގައި ކުރި ޕޯސްޓަކަށް ކޮށްފައިވާ ކޮމެންޓެއްގައި އެ މީޑިއާގެ ދުވަސް ދުއްވާލާނެ ކަމަށާއި، ހުޅުޖަހާނެ ކަމަށް ބުނެފައި ވެއެވެ. އަދި ޗެނަލް 13 އަންދާލާނެ ކަމުގެ އިންޒާރުވެސް ދީފައި ވެއެވެ.

ފުލުހުން މިރޭ ވިދާޅުވީ، މީހުންނާއި ތަންތަނާއި ތަކެއްޗަށް، ހާއްސަކޮށް މީހުންގެ ފުރާނައާއި މީޑިއާތަކަށް ގެްލުން ދޭނެ ކަމަށް ބުނެ އިންޒާރުދޭ މައްސަލަތަަކަކީ ފުލުހުން ހާއްސަ އިސްކަމެއް ދީގެން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންދާ މައްސަލަަތައް ކަމަށެވެ.

އަދި މި މައްސަލަތައް ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތް ސައިބަރ ކްރައިމް ޑިޕާޓްމެންޓައި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ ކަަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔާމީން

    ބުނެލަން އޮތީ ، އެގޮތައް އިންޒާރުދީ ހަދާއިރު ، ވާނެއެއްޗެއް ވެނިމުނީމަތޯ ފިޔަވަލު އަޅަން ތިޔަ ތިބެނީ ، ކުރިޔާލާ އެބަޔަކު ހަތްޔަރު ކުރާކައް ނުވޭތޯއެވެ.

  2. އަހުމަދު

    އިންޒާރު ދިނީމަ ބިރު ގަންނަ ބަޔަކު ފިތުނަ ފަސާދަ ކުރަން ބިރު ނުގައްނަނީ ކީއްވެގެންބާ..؟ ރާ ޓީވީ އާއި ޗ13 އަކީ ދޮގު ހަބަރު ފެތުރުމާ މި ގައުމު ފަސާދަ ކުރުމުގެ މޭސްތިރިން...