ށ. ފުނަދޫގައި އާއި ށ. ޅައިމަގުގެ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ނިންމާ ކޮމިޝަން ކޮށްފިއެެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ބުނީ އެ ދެ ރަށުގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ އަމަލީ މަސައްކަތް މި މަހުގެ 1 ވަނަ ދުވަހު ނިންމާ ވަނީ ކޮމިޝަން ކޮށްފައެވެ. އަދި ކޮމިޝަން ކުރުމުގެ މަސައްކަތުގައި މޯލްޑިވްސް ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްއީ) އާއި އެ ވުޒާރާގެ ޓެކްނިކަލް މުވައްޒަފުން ބައިވެރިވި ކަމަށްވެސް ބުނެފައިވެއެވެ.

ށ. ފޮނަދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުން

ފުނަދޫގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކުރީ މިދިޔަ ސަރުކާރުން ރާއްޖޭގެ 16 އަތޮޅެއްގެ 34 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ހަވާލުކުރިއިރުއެވެ.

އިންޑިއާގެ ވިޝްވަރާޖް އެންވިރޮންމެންޓް ޕްރައިވެޓް ލިމިޓެޑާ 2021 ވަނަ އަހަރު ޙަވާލުކޮށްފައިވަނީ ހއ.ކެލާގައި ފެނުގެ ނިޒާމު ޤާއިމުކުރުމާ، ހދ.ވައިކަރަދޫގައި ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތާ ށ.ޅައިމަގުގައި ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް، ހއ.ބާރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރުމާއި ށ.ފުނަދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމާ، ނ.މަނަދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްތަކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 20 މަސްދުވަހާއި 26 މަސްދުވަހާއި ދެމެދުގެ މުއްދަތެއްގައި މަސައްކަތް ނިންމާގޮތަށެވެ. މި 6 ރަށުގެ މަސައްކަތަށް 18،489،229.90 ޑޮލަރު ހޭދަވެއެވެ.

ށ. ޅައިމަގުގައި ފެނުގެ ނިޒާމުގެ މަސައްކަތް ޤާއިމުކުރުން

ށ. ފުނަދޫގައި އާބާދީގެ ގޮތުން 2،200 އެއްހާ މީހުންގެ ދިރިއުޅޭއިރު އެއީ ށ. އަތޮޅުގެ އެންމެ ބޮޑު އެއް ރަށް އަދި އަތޮޅުގެ ވެރިކަން ވެސް ކުރާ ރަށެވެ.