ފަސް ކިލޯ މަސްތުވާތަކެތި ހިފައިގެން ރާއްޖެ އައި ކަމަށް ތުހުމަތުކުރި ޕާކިސްތާނު މީހާ ޑީޕޯޓު ކޮށްދިނުމަށް އޭނާގެ ވަކީލު ކޯޓުގައި އެދިއްޖެއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ޕާކިސްތާނުގެ އުމުރުން 29 އަހަރުގެ މުހައްމަދު އާގިބެވެ.

ފުލުހުން އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖެހިއެވެ. އެ މުއްދަތު ހަމަވެގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް އަނެއްކާވެސް ވަނީ 15 ދުވަސް ދީފައެވެ.

އާގިބުގެ ވަކީލު ކޯޓުގައި ބުނެފައިވަނީ އޭނާ ގެނެސްފައިވަނީ ކަޅުކުލައިގެ ލަގެޖު ދަބަހެއް ކަމަށެވެ. އެކަމަކު ޑްރަގް ފެނުނު ކަމަށް ފުލުހުން ބުނާ ލަގެޖަކީ ޗޮކުލެޓު ކުލައިގެ ދަބަހެއް ކަމަށް ފުލުހުން ބުނާކަން ވަކީލު ފާހަގަކުރިއެވެ.

މީގެ އިތުރުން އޭނާ ވަނީ އާގިބު ޑީޕޯޓު ކޮށްދިނުމަށް ކޯޓުގައި އެދިފައެވެ. ނަމަވެސް މިކަމަށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ޑްރަގް ހިފައިގެން ރާއްޖެ އަންނަ މީހުންނަށް މީގެ ކުރިން ވެސް ޑްރަގް ޓްރެފިކިންގެ ދައުވާ އުފުލާފައިވެއެވެ. އެ ކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއެކު 100،000ރ. އާއި 10،000،000ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

އެހެންނަމަވެސް، އެހެން ބައެއް ކުށްތަކުގައި ހައްޔަރު ކުރާ މީހުންނަށް ދައުވާ ނުކޮށް ގައުމުން ޑިޕޯޓު ވެސް ކުރެއެވެ.

މި މަހުގެ ތެރޭގައި ރާއްޖެ އައި ޕާކިސްތާނުގެ އިތުރު މީހެއްގެ ލަގެޖުންވެސް ފަސް ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ. އޭނާ 30 ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ލާމު

    ތިޔަ ވަކީލަކީ ޑްރަގް ނެޓްވޯކުގެ މީހެއްކަން ކަށަވަރުވެއްޖެ. އެއްގޮތަކަށް ވެސް ތިމީހަކު ޑީޕޯޓުކޮށްގެން ނުވާނެ. ޤާނޫނު ތަންދޭނަމަ މަރުގެ ޙުކުމް ތަންފީޒު ކުރަންވީ. އެހެންނޫންނަމަ ބުރަ މަސައްކަތާއެކު ޢުމުރަށް ޖަލަށް ލެވޭނެގޮތެއް ހަދަންވާނީ. ޖަލުގައި ބަހައްޓައިގެން އޭނާއަށް ކުރާ ޚަރަދު ވެސް އޭނާގެ އަތުން ހޯދަންވީ. ދޭސީއެއް ބިދޭސީއެއް ނުުބަަލައި، ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތް ހެދުމަށް ސަރުކާރަށް ގޮވާލަން. އިިތުބާރު ދަމަހައްޓައި ގައުމު ހަމަމަގަަސް އެޅުވުމަށް ސަރުކާރުން އެންމެ ފުރަަތަމަ ވެސް ކުުރަންޖެހޭ މުހިންމު ކަމެއް މިއީ.

  2. ކޮރަލް

    ޑްރަގް ފަދަ ބޮޑެތި މައްސަލަ ތަކުގަ ޖަލަށް ލާ މީހުން މަސައްކަތް ކުރަން ޖެހޭ ގޮތަށް ހަދަން ވީ އެވެ. ދައުލަތުގެ ހަރަދުގަ ހިލޭ ކެއުމާ ހުރުން ދޭނެ ކަމެއް ނެތެވެ.

  3. އަހުމަދު

    އެމިތަނަށް ގެނައީ، މިތަނުގައިބައިންދާފައި ތަދުވާވަރުގެ ބޮޑުއަދަބެއްވެސް ދީ!

  4. އޭނާ

    ޑީޕޯޓުކުރުމަކީހައްލެއްނޫން އަނެއްކާ އެހެންނަމެއްގަ ތުބުޅިމަތިމަސްހުރިއްޔާ ބާލައިގެން ލޮލުގެކަޅިބަދަލުކޮއްގެން އަންނާނެ 10ކިލޯގެއެއްޗެހިހިފައިގެން އެއީމިފަހަރުއަތުލައިގެން 5ކިލޯގެ ލޮސްރިކަވަރކުރެވޭވަރައް. ހައްލަކީރާއްޖޭގެ ޤާނޫނުންލިބިދޭ ޖަލުހުކުމެއް. އެއީއޭނަހިމެނޭ ޑްރަގްނެޓްވޯކްމީހުން ރާއްޖެއައް ޑްރަގްއެތެރެކޮއްފަ ރިޓާންނުވެވޭތީ އައުމުގެންކުރިންވިސްނަން މަޖުބޫރުވާނެ

    • ހައްލު

      މަރަންވީ، ރައްޔިތުންގެ ލާރިން ކާދީފަ ޖަލުގަ ބޭއްވީމަ މިދެވެނީ އިނާމެއް

  5. ރެކިފުތާ

    ވަކީލު ވަރަށް ރަގަޅަށް ކައިފި!

  6. ކކކކ

    ޑިޕޯޓް ކުރަންވީކީނޫން. މަރަންވީ. އެނޫން ގޮތަކަށް ތިކަމެއް ނުހުއްޓުވޭނެ.

  7. ޑޖދިެނ

    އިންޑިއާ މީހެއްނަމަ ދޫކޮށްލަން ޖެހޭނީ