މަސައްކަތްތެރިންގެ ހައްގުގައި އަބަދުވެސް މަސައްކަތް ކުރުމުގައި އެމްޑީޕީ ދެމިއޮންނާނެ ކަމަށް ކުރީގެ ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސޯލިހު އެހެން ވިދާޅުވީ، މިއަދު ފާހަގަ ކުރާ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނުގެ މެސެޖުގައި އެމްޑީޕީގެ ސަރުކާރުތަކުގައި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް، ކުރެވިފައިވާ ކަންކަންވެސް ފާހަގަކުރައްވާފައިވެއެވެ. މިގޮތުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި އެޤާނޫނު ތަސްދީޤުކޮށް އަމަލުކުރަން ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަަރަށް، މެއި ޑޭ ގެ ހިނގާލުން ބާއްވާފައި ވަނީ 2006 ވަނަ އަހަރު އެމްޑީޕީއާ ރާއްޖޭގެ މަސައްކަތްތެރިންގެ ޖަމިއްޔާތަކާއި ގުޅިގެންނެވެ. އަދި ރަސްމީ ގޮތުން ރާއްޖޭގައި މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަން ފަށާފައި ވަނީ، 2011 ވަަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައެވެ.

މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސް ދަނީ ފާހަގަކުރަމުންނެވެ. ރައީސްސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް މި ދުވަހުގެ ތަހުނިޔާ އަރިސްކޮށްފައެވެ. އަދި ސަރުކާރު މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދީ އެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ބޮޑުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ރައީސް ވިދާޅުވީ މަސައްކަތްތެރިކަން އުނގަންނައިދިނުމާއި، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް މި ސަރުކާރުން އިސްކަމެއް ދެއްވާނެ ކަމަށެވެ. ގައުމަށް މަންފާހުރި މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ މަގުން ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށެވެ. އަދި ޑޭކެއާ ސެންޓަރުތައް ފަދަ ހިދުމަތްތައް ޤާއިމުކޮށް، އާއިލާތަކަށް ފުދުންތެރިކަން އިތުރުކުރުމަށް ފަސޭހަކޮށްދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބޫ ޖަހުލު

    ގައުމުގެ ދަރަނި 100 ބިލިއަނަށް އަރުވާލާފަ، އިބޫގެ ގާތް މީހުނަށް ހުރިހާ ފަސޭހަތަކެއް ދިނީ. އެކި ޕްރޮޖެކްޓުގެ ނަމުގަ ފައިސާދިން، ގާތް މީހުންގެ ދަރިން އެމްބަސީތަކުގަ ބަހައްޓާފަ ބޮޑު މުސާރަދިން، ގާތް މީހުނަށް މަސައްކަތް ނުކޮށް މުސާރަނަގަން ފެނަކައިން މަގާމުތަށް ދިން. އެކަމަކު ސިވިލް ސާރވަންޓުންނަކީ އަޅުންކަމަށް ދޭހަވާގޮތަށް އެމްޑީޕީ މެމްބަރުން ޕާލިމެންޓުގައި އަދުއުފުލި!

  2. ޖާވިދު

    ކޮން މަސައްކަތެއް ކަލެޔަށް ކުރެވޭނީ ނިމިދހިޔަ ފަސް އަހަރު ހަމައކަނި ނިމުނީ ހުލުމާލޭ މަގުމަތހެެ ދހަމާލި ރޮނގުތއް އެކަނި ދހެނ ކެއީ ފައިސާ ދަރުވާލީ ދަައުލަތް ކޮބާ ލަދުހަޔާތް