ސިޔާސީ މަގާމްތަކުގައި ތިބޭ ފަރާތްތަކަށް އެފަރާތްތަކުގެ ތައުލީމާއި ތަޖުރިބާއާއި އެކަށީގެންނުވާވަރުގެ ބޮޑުތި މުސާރަތައް ދެމުން ދިއުމުގެ ސަބަބުން, އިޖުތިމާއީ އިންސާފު ގެއްލިގެން ގޮސްފައިވާ ކަމަށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) އިން ބުނެފިއެވެ.

މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެމްޓީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ބައިނަލްއަގްވާމީ ގޮތުން މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ދުވަހެއް ފާހަގަ ކުރުމުގެ މަގްސަދަކީ, ގައުމެއްގެ ކުރިއެރުމުގައި މަސައްކަތްތެރިން ދައުރާއި, އެ މީހުންގެ ގުރުބާނީތަކުގެ އަގުވަޒަންކުރުން ކަމަށެވެ. އަދި މަސައްކަތްތެރިންގެ ހަގުތަކަށް ވާ އަދި ވެވޭ އިހުމާލު ވަޒީފާ ދޭ ފަރާތްތަކާއި ސަރުކާރުތަކުގެ ސަމާލުކަމަށް ގެނައުން ކަމަށެވެ.

އެ އެސޯސިއޭޝަނުން ބުނީ، ސިޔާސީ ފަރާތްތަކަށް އެކަށީގެންނުވާ ބޮޑު މުސާރަތައް ދޭތީ އިޖުތިމާއީ އިންސާފު ގެއްލިފައިވާ ކަމަށާއި އެ ފަރާތްތަކުން މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރުމުގެ ބަދަލުގައި ސިޔާސީ މަސްލަހަތު އިސްކުރާ ކަމަށެވެ.

"ސިޔާސީ މަގާމްތަކުގައި ތިބޭ ފަރާތްތަކަށް އެފަރާތްތަކުގެ ތައުލީމާއި ތަޖުރިބާއާއި އެކަށީގެންނުވާވަރުގެ ބޮޑުތި މުސާރަތައް ދެމުން ދިއުމުގެ ސަބަބުން, އިޖުތިމާއީ އިންސާފު މިވަނީ ގެއްލިގެން ގޮސްފައި. މަސައްކަތްތެރިންނާމެދު ބޮޑެތި އިހުމާލުތައް ހުރިއިރު، މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތު ކުރުމުގެ ބަދަލުގައި ސިޔާސީ ފަރާތްތަކުން އެފަރާތްތަކުގެ ސިޔާސީ މަސްލަހަތު އެކަނި އިސްކޮށް, ގައުމުގެ ހަގީގީ އިންޖީނު ކަމުގައިވާ މަސައްކަތްތެރިންގެ ގުރުބާނީތަކުގެ މަތިން ހަނދާން ނައްތާލާއިގެން ތިބޭ ތިބުން ހިތާމާއެކު ފާހަގަކުރަން،" އެމްޓީއޭއިން ބުނެފައިވެއެވެ.

އެހެންކަމުން، މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްތެރިންގެ ހައްގުގައި އަޑު އުފުލަމުން ދާއިރު، ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމަށްކޮށްދީ, މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި މަސައްކަތްތެރިންނަށް ހައްގުވާ މުސާރަ ކަށަވަރު ކޮށްދިނުމަށް ދައުލަތަށާއި, ވަޒީފާ ދޭ އެންމެހާ ފަރާތްތަކަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

މަސައްކަތްތެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ނައްތާލާ، މަސައްކަތްތެރިންނަށް އެކަށީގެންވާ މުސާރައެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި، ނިމިދިޔަ ސަރުކާރުން އެންމެ ކުޑަ އުޖޫރައެއް އެކަށައެޅިނަމަވެސް، އެ ބަދަލުންވެސް އެންމެ އެކަށީގެންވާ ކުރިއެރުމެއް، މަސައްކަތްތެރިންގެ ހާލަަތަށް އައިސްފައެއް ނުވާ ކަމަށް އެމްޓީއޭއިން ބުނެފައިވެއެވެ. މަސައްކަތްތެރިންގެ ހާލަތު ރަނގަޅު ކުރުމަށް ގެނައި އެ ގާނޫނީ ބަދަލު އެންމެ އަކަށީގެންވާ ގޮތުގައި ތަންފީޒު ކުރެވެމުން ނުދާކަމަށް ވެސް ބުނެފައިވެއެވެ.

"މިއަދު ހަނދާން އާކުރަންވީ އެއްކަމަކީ, ރާއްޖެއަކީވެސް އެކަށީގެންވާ މުސާރައެއް މަސައްކަތްތެރިންނަށް ލިބި ނުދެވޭ، މަސައްކަތުގެ މާހައުލަށްވެސް އެކަށީގެންވާ ހެޔޮ ބަދަލުތައް އައިސްފައި ނުވާ ގައުމެއްގެ ގޮތުގައި އަދިވެސް ދެމިއޮތް ކަން. މި ސަގާފަތަށް ހެޔޮ ބަދަލެއް މިއަދާއި ހަމައަށްވެސް އައިސްފައި ނުވޭ." އެމްޓިއޭއިން ބުނެފައިވެއެވެ.

އޭގެ އިތުރުން، ރާއްޖޭގެ އެކި ވަޒީފާތަކުގައި އަދިވެސް، ބޮޑު މުސާރާގައި، ބައެއް އޮފީސްތަކުގެ ވެރީންގެ ގޮތުގައި، ބިދޭސީން މަސައްކަތް ކުރަމުންދާ ދިއުމާއި، ރިސޯޓުތަކުގައި މަސައްކުރަމުންދާ އެތައްހާސް މުވައްޒިފުންގެ ކެއުމާއި، ބުއިމާއި، އެކަމަޑޭޝަނާއި، އެމީހުންނަށް ސާވިސް ޗާރޖު ލިބިދިނުންފަދަ އެތައް ކަމެއްގައި އަދިވެސް ބޮޑެތި އިހުމާލްތައް ހުރިކަމުގެ ޝަކުވާތައް އަޑު އިވެމުންދާ ކަަމަށް އެމްޓީއޭއިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އިބްރާހިމް

    ސިޔާސީމީހުން ރައްޔިތުންނަށް ތަރައްގީގެ ހުވަފެންތައްދައްކައި މޮޔަހައްދަނީ! މޮޔަހައްދަނީ ނުން! ރައްޔިތުން އަމިއްލައަށް މޮޔަ ވެގަންނަނީ!

    15
    0
    • އަހަންމަދު

      ތެދު ވާހަކައެއް!

  2. އަބްދޫ

    ތިޔަ ވާހަކަ ވިދާޅުވިލެއް މާބޮޑަށް އަވަސް ދޮއްތޮ . 2008 ނޮވެމްބަރު 11 ގަ އެމްޑިޕީ ވެރިކަމާއި ހަވާލުވިއިރު އޮފީސްތަކުގަ ސިޔާސީ އެއްވެސް މަގާމެއްނެތް.އެމްޑީޕީ ވެރިކަމާއި ހަވާލުވި އިރު ގާނޫނުއަސަސީ ހިންގަންފެށި ދަވްލަތް ހިންގުމަށް އިންތިހާބުކުރެވޭ ރައިސުލްޖުމަހޫރިއްޔާއާއި ނާއިބްރައީސް އިތުރުން ސިޔާސީ މަގާމަގެގޮތުގް ތިބެނީ ރައީސް އޮފީހުގެ މުވައްޒަފުންއެކަނި އެމްޑިޕީ ވެރިކަމަށް އައި ފަހުން ދަވްލަތުގެ މުސާރަތައް ފޭކޮމިސަނުން މުރާޖައާ ކުރަމުންދަނިކޮށް އެއްވެސް ބެލުމެއްނެތި ދަވްލަތުގެ ހުރިހާ މުވައްޒަފުންނަށް މުސާރަ ބޮޑުކުރިކަން ނަސީދު އިއުލާންކުރެއްވި. 700 ސިޔާސީ މަގާމަ އުފައދާ ގިނަބަޔަކަށް ބޮޑެތި މުސާރަދޭންފެށި އެންމެނަށް މުސާރަބޮޑުކޮށް ކުޑަދުވަސް ކޮޅެއްގެތެރޭ ހަޒާނާގެ ފޫ ފެންނަންފެށުމުން ފެންކުންފުންޏާއި ދިރާގުގެ ހިއްސާ ބޭރުކުންފުންޏަކަށް ވިއްކާލި އެއާޕޯޓް ވިއްކާލީ މުސާރަދެވެން ނެތިގެން ހަދާނެ އެއްވެސް މަގެއް ނުފެނުނީމަ ޖީއެމްއާރުން ދިންލިއުމެއްގަ ސޮއިކުރުވާފަ 78 މިލިއަންޑޮލަރަށް އެއިންވެސް ލިބުނީ 48 މިލިއަން ޑޮލަރު ބާކީ 30 ވީތަނެއްނޭގޭ.ހަމަޔަށް ލިބުނީކަމަށް ނިންމީ ލިއުންހަދައިގެން. ފިނޭންސް އިންފެންނަންހުރީ މިވަރު.ޖީއެމްއާރުން ފައިސާ ދެއްކުންލަސްވެގެން ސިވިލްސާވިސްގެ މުސާރަތައްކުޑަކުރި ސިޔާސީ މީހުނަށް މުސާރަކުޑަކުރުމުގެ ކުރިން މުސާރަ ބޮޑުކޮށްފަ ދެންކުޑަކުރީ މިވެސް އޮޅުވާލުމެއްގެތެރޭނެ ކުރވުނުކަމެއް ދަވްލަތަށް ލިބޭ އާމަދަނީއާއި ނުބައްދަލު އަދަދުތަކަށް މުސާރަ ބޮޑު ކުރުމުން ދެކޮޅުނުޖެހި 3 އހަރުތެރޭ ޓީބިލްވިއްކާ 16.5 ބިލިއންދަރަނި ނަގަނ ޖެހުނު .އަތޮޅުތަކާއި ރަށްރަށުގެރައޔިތުންގެ އެކައުންޓަ ތަކުގަ ހުރި ހުރިހާފައިސާ އެއް ހުސްކޮށްލި ދަވްލަތުގެ ރިޒާވް ހުސްކޮށްލި ބިދޭސީންގެ ޑިޕޮޒިޓްވެސް ހުސްކޮށްލި ފައިސާދައކަންޖެހޭ ބިލް 2.5 ބިލިއންރުފިޔާގެ ބިލް ފިނޭންސަށް ޖަމާކޮށްފި. 800 މިލިއން ރުފިޔާ މުވައޒަފުންނަށް މުސާރަނުދީހިފެހެއްޓުމަށްފަހު ޛީއެސްޓީ ގާނޫނު އުފަންކޮށް ރައޔިތުންނަށް ތަކުލީފު ޖެއްސުމަށްފަހު ދިނީ އިސްތިއުފާ. އޭރު މުސާރަތައް ގައުމާ އެކަށީގެންނުވާވަރަށް ބޮޑުކުރި އިރު ތިޔަވާހަކަ ވިދާޅު ނުވީ ކީއްވެ؟ ދެންއައި އެމްޑިޕީ ވެރިކަމުގަ ވެސް ގާއުމަށް އެކަށީގެނނުވާފެންވަރަށް މުސާރަތައް ބޮޑުކުރީ އެކަމުގެ ސަބަބުން ދެކޮޅުނުޖެހިގެން 62 ބިލިއން ދަރަނި ނަގަންޖެހުނީ ރުފިޔާ ޗާޕްކުރަންޖެހުނީ .ވާހަކަދައްކަންޖެހޭ މުނާސަބު ވަގުތުގަ ތިވާހަކަވިދާޅުނުވެފަ. މިހާރު ތަިކިއުއްވާ އެއްޗެއްނޭގުނު.ގައުމު މިއޮތީ ފަނާވޮށްފަ،މިހާރުޖެހޭނީ ހުރި މުސާރަތައ ކުޑަނުކޮށް އިގްތިސާދު ކުރިއަރުވާނެފޮމިއުލާ އެއް ހޯދަން.ދަވްލަތަށް އާމަދަނި ލިބޭނެމަގުހޯދަން. މިހާރު އޮތ ް 120 ބިލިއންރުފިޔަގެދަރަނި ހަލާސްކޮށް އަމިއްލަ ފައިމައްޗަށް ތެދުވެވޭފަދަ ހަރުދަނާ ފިޔަވަޅު ތަކެއްގަ ގައުމު ކުރިއަރުވަން.

  3. ނަޒާރާ ނަޢީމް

    ސިވިލް ސާވިސް އަކީ ސިޔާސީވެރިން ކިރުފެލަން ގެންގުޅޭ ގެރިއެއް

    22
  4. ޙާލަތު

    ސިޔާސީ ގޮތުން އައްޔަނުކުރެވޭ އެންމެ މަޤާމަކަށްވެސް ސިވިލް ސަރވިސްގައި މަސައްކަތްކުރާ ޑިގްރީ ފެންވަރުގެ ތިންހަތަރު މުވައްޒަފުންގެ މުސާރައަށްވުރެ މަތިން ލިބޭ. މިކަން އެބަޖެހޭ ރަނގަޅުކުރެވެން. އޭރަށް ސިޔާސީގޮތުން އައްޔަނު ކުރެވޭ މީހުންވެސް އިތުރުކުރެވިދާނެ ބަޖެޓަށް މާބޮޑު ބުރައަކަށްނުވެ

  5. ފަލަކް

    ޤައުމު ހަމަ މަގަށް އެޅޭނީ ސިޔާސީ
    މަޤާމު ތަކުގެ މުސާރަތައް ކުޑަކޮށްގެން،
    މަޖުލިސް މެމްބަރުންނަށްވެސް 20 ހާސް ރުފިޔާ މުސާރައަށް ހަދަންވީ، 5 ހާސް ރުފިޔާގެ އެލަވަންސެއް ދިނީމާ ނިމުނީ،
    އެމީހުން އަމިއްލައަށް އެމީހުންގެ މުސާރަ ކަނޑައަޅައިގެން މުޅި ދައުލަތް ލޫޓުވާލައިގެން ޤައުމު ފަނާކޮށްފައި ކޮންމެ މެމްބަރަކު ފައިބައިގެން އެދަނީ،
    މިކަން ހުއްޓުމަކަށް ގެންނަންޖެހޭ،

  6. Anonymous

    ނުކިޔަވާ ތިބޭ ތަނެއްދޮރެއް ނުދަންނަ މީހާއަށް ޕުރޕމޯޝަނާ ބޮޑު މުސާރަ.… ސަރުކާރުގެ ގިނަ އޮފީސްތަކުގެ ހާލަތު މީ.… ނިކަން ކިޔަވައިގެން ތިބި ސެޓުފިކެޓް އޮތް ބަޔަކަށް މަގާމުތައް ދީބަލަ.… ސަރުކާރުން ބަލަންވެއްޖެ އެމީހަކާ އެކަށީގެންވާ މާގާމެއްގަތޯ އެމީހަކު ހުރީ.… ނޫނަ ނަމަ ވަގުތުން އެމަގާމުން އޭނާ ވަކިކޮށް އޭނާއާއި އެކަށީގެންވާ މަގާމަކަށް ބަދަލުކުރަން ޖެހޭ.…

  7. Anonymous

    ޢާރުޓީ މީހުނަށް މާލެ އާއި މާލެ ސަރަހައްދުން ބޮޑެތި މަގާމުތައް ދިނުން ހުއްޓާލާ.… ރަށުގަ އާރު ޓީއެލް އާއި ، އާރުޑީސީ އާއި ، އެއާޕޯޓް އޮންނާނެ.…

    0
    1
  8. ނަސް

    ޢާރުޓީ މީހުން ގެ މުސާރަ ބޮޑުވީމަ ފައިދާވާނީ ހަމަ މާލެމީހުނަށާ މާލެ ސަރަހައްދު މީހުނަށް.. ޢާރުޓީ މީހުނަށް އޭގެ ރާހަތެއް ނުކުރާނެ .….

  9. ކައުންސެލަރު 🙌

    "ސިޔާސީ ފަރާތްތަކަށް އެކަށީގެންނުވާ ބޮޑު މުސާރަ ދޭތީ އިޖްތިމާއީ އިންސާފު ވަނީ ގެއްލިފައި: އެމްޓީއޭ"
    މިއަށްވުރެ ޙައްޤުބަހެއް މީން ޒަމާނަކުވެސް މީހަކު ނުބުނެ

    5
    1
  10. މޯޱު

    ދައުލަތުނއވަނީ ކުންފުނިތަކާއި ސިވިލްސާވިސްގެ މުވައްޒަފުން ތަފާތުކޮއް ވޯޓްދޭނެ ކަމައްބުނާ މުވައްޒަފުން މުސާރަ 40 ޕަސެންބޮޑުކޮށް މަގާމުގެ ނުހައްގު ކުރިއެރުދީ ޚަރާބުކޮއްފަ