ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާގެ ހާއްސަ ގޮތްޕެއްގެ ގޮތުން "ވިމެންސް ވިންގް"ގެ ނަމުގައި ގޮތްޕެއް ހެދުމަށް ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެއްސީ) އިން އިންތިޒާމުކޮށްގެން ބޭއްވި އަންހެން ފަނޑިޔާރުންގެ މަހާސިންތާގައެވެ.

ރާއްޖޭގައި ބޭއްވި ދެވަނަ އަންހެން ފަނޑިޔާރުންގެ މަހާސިންތާގައި ވެސް އަންހެން ފަނޑިޔާރުންނަށް ދިމާވާ ގޮންޖެހުންތަކާއި އަންހެނުންނަށް ކުރިމަތިވާ ކަންކަމުގައި ޝަރުއީ ދާއިރާގެ ހިދުމަތްތައް ވަރުދަގަ ކުރުމަށް މި ފަހަރުގެ މަހާސިންތާގައި ވަރަށް ބޮޑަށް ވަނީ މަޝްވަރާ ކޮށްފައެވެ.

މި މަހާސިންތާ ކުރިއަށް ގެންގޮސްފައިވަނީ އޭޕްރިލް 29 އިން 30 ވަނަ ދުވަހުގެ ނިޔަލަށެވެ. މަހާސިންތާ ހުޅުވައި ދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ. މި ކޮންފަރެންސް ހުޅުވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި ކޮންފަރެންސްގެ ތެރެއިން އަންހެން ފަނޑިޔާރުންނަށް ޝަރުއީ ދާއިރާގެ ތެރެއިން ހުރި ގޮންޖެހުންތައް ދެނެގަނެވޭނެ ކަމަށެވެ. އަދި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރަންޖެހޭ ކަންކަންވެސް ފާހަގަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

މި މަހާސިންތާގެ މަޤްސަދުތަކުގެ ތެރޭގައި ޝަރުއީ ދާއިރާގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުމަށް ބާރުއަޅައި، ފުރަތަމަ އަންހެން ފަނޑިޔާރުންގެ ކޮންފަރެންސަށް ފަހު ހޯދި ކާމިޔާބީތަކާއި ކުރިއެރުންތައް ދެނެގަތުން ހިމެނެއެވެ. އަދި އަދުލު އިންސާފުގެ ނިޒާމުގައި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާމެދު ވިސްނައި ޝިކާރައަށްވާ މީހުންގެ ތަޖުރިބާއަށް އަލިއަޅުވާލައި، އިންސާފުވެރި ޤާނޫނީ މަރުހަލާއެއް ކަށަވަރު ކުރުންވެސް ހިމެނެއެވެ.

ރާއްޖޭގައި ބޭއްވި ފުރަތަމަ އަންހެން ފަނޑިޔާރުންގެ ކޮންފަރެންސް ބާއްވާފައިވަނީ 2023 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އިބުރާހިމް

    ވަކިނުވޭ އެކުއެކީގަ ކުރިއަށް ވަޑައި ގަންނަވާ

    1
    5
  2. ބޭބެ

    ޤައުމުގެ ދުވަސް ދިޔައީ.

    9
    1
  3. Anonymous

    ފިރިހެން ފަނޑިޔާރުންގެ ގޮތްޕެއް ނުހަދާތަ؟ ހަމަހަމަވާނީ ދެ ގޮފި ހެދީމަ. އަންހެނުންނަށް ގޮފި ހެދީމާ އެނގެނީ ހަމަހަމަ ނޫންކަން. ޢަދުލުއިންޞާފުގެ ނިޒާމުގައި ފިރިހެނުންނަށް ކުރިމަތިވާ ގޮންޖެހުންތައް ނެތީތަ ނޫނީ މަދީތަ؟

    8
    1
  4. 101000

    ހިކުމަތްތެރި ފައްކާ ކަމެއް!!!! އެނގިދާނެތާ ވާއެއްޗެއް!!!

    4
    5
  5. Anonymous

    މި މީހުނ ބިރެއ ވެސ ނުގަނެއޭ
    ލާރ ލާރ

  6. ބޭކާރު

    ތިހާ ބާރުހުރިއްޔާ ކައިވެނި ކޮށް ދެން އިށިނދެބަލަ. އަންހެނުން ނަށް ފަނޑިޔާރު ކަންކުރުން ނޯވޭ

  7. އަންހެން

    މާގިނަ އަންހެންވެރިން އެއްތަން ވެެއްޖިއްޔާ އެންމެ ގިނައިން ނެރެފަވާ ނަތީޖާތަށް:
    1. ގޮސިޕް ކޮޮރުން
    2. ގުރޫޕުގަ ނުހިމެނޭ އަންހެންވެރިންނަށް މަލާމާތް ކުރުން.
    3. މާ ރީތި، ނޫނީ ކާމިޔާބު އަންހެނެއް ހުރިއްޔާ ހަސަދަވެރިވެ، ދުރުކޮށްލުން.
    4. މިހެންގޮސް ކިޔާނެ ކަމެއް ނެތް.
    ނަތީޖާ އެއް ނެރެވޭނީ، ތި ވެރިންް ލީޑް ކުރަން ފިރިހެނަކު ލައިގެން.

  8. Anonymous

    އެމްޑީއެން ފިކުރު މީހުން ތިޔަ މަސައްކަތް ކުރާތާ 50 އަހަރުފަހުން އެމްޑީޕީ ލާދީނީ ސަރުކާރުގެ 5 އަހަރުގައި މުޅި ޖުޑިޝަރީ ވަނީ ތިޔަ ފިކުރުން ޖަރީކޮށްފައި، ފައިސާ ދެނީ ޔަހޫދީން ، ފިތުނަ އުފައްދާން !

    2
    1
  9. ފަގުޑި

    ވަރައް މޮޅު. ދެން އަވަހައް ހަދާ ފިރިހެން ފަނޑިޔާރުންގެ ގޮފިވެސް... އޭރުން 2 ޖިންސު ހަމަހަމަވާނީ...