މީމު އަތޮޅުގެ ރަށަކުން އިއްޔެ ލޯންޗެއް ވަގަށް ނަގައިގެން މާލެއަށް އައި ކުޑަކުއްޖާ މިހާރު އާއިލާ އާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މ. އަތޮޅުގެ ރަށެއްގައި އޮތް ސިނަމަން ހަކުރާ ރިސޯޓު ލޯންޗެއް ވަގަށް ނަގައިގެން އުމުރުން 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ވަނީ އޭނާގެ ލޯބިވެރިޔާ "އަނިޔާއިން ސަލާމަތް ކުރުމަށް" ހުޅުމާލެ އައިސްފައެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ލޯންޗުގައި މާލެ އައި ފިރިހެން ކުއްޖާ އާއިލާއާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

އިއްޔެ އުމުރުން 13 އަހަރުގެ ކުޑަ އަންހެންކުއްޖަކު ގެއްލިގެން އާއިލާއިން ރިޕޯޓު ކުރި ކަމަށާއި އެކުއްޖާ ހޯދައި އާއިލާއާ ހަވާލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ފުލުހުން ވިދާޅުވީ އަންހެން ކުއްޖާގެ ހާލު ރަނގަޅުކަމަށެވެ.

އެނގިފައިވާ ގޮތުގައި، އެ ދެ ކުދިން ފިލާފައިވަނީ އިއްޔެ ފިރިހެން ކުއްޖާ ލޯންޗުގައި ހުޅުމާލެ އައުމުންނެވެ. ނަމަވެސް ރޭގެ ވަގުތެއްގައި ފުލުހުން ވަނީ މި ދެކުދިން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފިރިހެން ކުއްޖާ ކޮށްފައިވަނީ ބޮޑު ކުށެއް ނަމަވެސް، ގާނޫނު ބުނާ ގޮތުން ނަމަ އެ ކުއްޖާއަށް ދެވޭނެ އަދަބެއް ނެތެވެ. ކުޑަކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަން ޖެހޭނީ އުމުރުން 15 އަހަރަށް ވުރެ މަތި ނަމައެވެ.

އެ ކުއްޖާ ލޯންޗުގައި ދަތުރުކޮށް ހުޅުމާލެއަށް އެރީ ލޯންޗު އައްސާނުލައި އިންޖީނު ނިއްވާނުލައެވެ. އެކަމުގެ ސަބަބުން ލޯންޗަށް އެކި ވަރުގެ ގެއްލުންވެފައިވެއެވެ.

މާކަނޑު ހުރަސްކޮށް، "ލޯބިވެރިޔާ ސަލާމަތް ކުރަން" މިކުރީ އާދައިގެ ދަތުރެއް ނޫން!

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕޮގުބާ

    14 އަހަރު ކުއްޖަކަށް އެކަނިމާއެކަނި ލޯންޗެއް ދުއްވާފަ މ އަތޮޅުން ފުރައިގެން މާލެ އަށް އަންނާކަށް ނޭނގޭނެ. ތީގެ ބޮޑު މީހެއްގެ އަތެއް ނެތި ނުހިނގާނެ ކަމެއްތީ. ބޮޑު މީހާ ފިލާ، ކުޑަ ސޮރަށް ތިކުރިކަމެއް ކުރަން މަގުފަހިކޮށްދިނީ ކަމަށް ބެލެވޭ. ލޯންޗެއް ދުއްވުމަކީ އާދައިގެ ކަމެއް ނޫން. ވަރުގަދަ ތަހުގީގެއް ހިންގަންޖެހޭ. ތި ހާދިސާ ތިއީ އިމްޕޮސިބަލް ކަމެއް

  2. ރަށުމީހާ

    ފުލުހުން ތިޔަ މައުލޫމާތު މީޑިޔާގައި ހިއްސާކުރުމުން ހަމަ އެ އުމުރުގެ ދެވަނަ ކުއްޖަކު ތިޔަ ފަދަ އަމަލެއް ކުރަން ފަސް ނުޖެހޭނެއެވެ، ކުއްކުރާއިރު އެކުއް ކުރާ ކުއްޖާއައް އިނގޭނެ ތިމަންނައައް އެއްވެސް އަދަބެއްވެސް ނުލިބޭނެކަން ، ވަރައް ދެރަ .

    1
    1
  3. ހަސަނުގެ ދަރި ލަތީފް

    ލޯންޗަށް ލިބުނު ގެއްލުން ކާކުބާ ދެނީ