ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޕްރައިމަރީ ހެލްތުކެއަރ އާއި ސިއްޚީ ރައްކާތެރިކަމާއި ގުޅޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި ފެހި ޤާނޫނު އަސާސީ ވުޖޫދުވި ފަހުން ކައުންސިލްތަކަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާދަމް ޝަރީފް ވިދާޅުވީ ރަށު ކައުންސިލުންދޭ ރަށްވެހިކަމުގެ ޚިދުމަތް ކަމަށްވާ ޕްރައިމަރީ ހެލްތުކެއަރ އާއި ސިއްޚީ ރައްކާތެރިކަމާއި ގުޅޭ އަސާސީ ޚިދުމަތްތައް ދިނުމަކީ ކައުންސިލްތަކަށް ލާޒިމްކޮށްފައި އޮންނަ ކަމެއް ކަމަށެވެ. ނަމަވެސް އެ ޒިންމާ ކައުންސިލްތަކަށް ފުރިހަމައަށް އަދާނުކުރެވޭކަން އާދަމް ޝަރީފް ފާހަގަކޮށްލިއެވެ.

"ފެހި ޤާނޫނު އަސާސީ ވުޖޫދުވުމަށްފަހު މިހާހިސާބަށް މިއައިރު ކައުންސިލްތަކުން މި ޒިންމާ އެންމެ އެދެވޭ ގޮތެއްގައި އަދާކުރުމާއި އަދާކުރުމަށް ހުރި ގޮންޖެހުންތަކާއި ގުޅިގެން ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް ހުރިކަން އަޅުގަނޑުމެންނަށް ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރެއްވި ދަތުރުތަކުން ވަރަށް ބޮޑަށް ފާހަގަކުރެވިގެންދިޔަ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިކަމާއި ގުޅިގެން ކައުންސިލްތަކާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ހެލްތު މިނިސްޓްރީއާއި ގުޅިގެން ނިޒާމީ ގޮތެއްގައި ޕްރައިމަރީ ހެލްތުކެއަރ އާއި ސިއްޚީ ރައްކާތެރިކަން ކަށަވަރު ކުރުމަށް މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ޑެންގޫ އަދި ޗިކަންގުންޔާ ފަދަ ނުރައްކާތެރި ބަލިތައް ފެތުރެމުންދާއިރު އެކަންތައްތަކުން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު މަސައްކަތެއް ކުރެވޭނީ ރަށްރަށުގެ ކައުންސިލްތަކުން ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެބޭފުޅުންނަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް މިނިސްޓްރީން މަސައްކަތް ކުރާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    އަތޮޅުތަކުގަ ކައުނސިލްރުން އިންތިހާބު ކުރުމާއި ހަމަޔަށް ގައުމު އަދި ކުރިއަރާފަ ނެތް. ކައުންސިލަރުން އިންތިހާބުކޮށްގެން އަތޮޅުތައް ހިންގުމަށް ސަރުކާރުންއަތް ދޫކޮށްލެވޭ ގޮތަށް ރާއްޖެ ބައްޓަންކުރެވޭފަދަ ހާލަތަކަށް އަދި ނާދޭ. ފުރަތަމަ ޖެހެނީ އަތޮޅުތަކުގަ ތަރައގީގެ މަސްރޫއުހިންގާ އަތޮޅުތަކަށް އާމްދަނީ އިތުރު ކުރެވިގެން ދާފަދަ ޕްރޮޖެކްޓް ހިންގަާ އަޮޅުތައކުގެ އާމްދަނީ މިނިވަންކުރުން، ދެވަނަ މަރުހަލާގަ އަތޮޅުތައް ސިޓީގެ ގޮތުގަ އިންތިހާބު ކުރެވޭ ބޮޑީއަކުން ހިންގަން ހަވާލުކުރުން. މިހާރު މިއޮތީ ފަހުން ކުރަންޖެހޭކަންކަން ކުރިންކުރުމުގެ ސަބަބުން މިރި ގޮބޮޅި ނުވެ ކާށިވެފަ.ފާލު ހަމަމަގުން ނެއްޓިފަ. މިހާރުވެސް ގައުމު ރަނގަޅުކުރަން ބޭނުންނަމަ ކައުންސިލަރުން އިންތިހާބު ކުރުން ހުއްޓާލަންޖެހޭ. މިހާރުވެސް މިހިންގެނީ ކުރިންހުރިގޮތަށް . އެޓޮލްސް މިނިސްޓްރީ ހުރެގެން ގޯސްވީނަނބްބަދަލުކުރީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ މިހާރު ހުރި ލޯކަލް ގަވަރނެްތް އޮތޯރިޓީއާއި ކުރިން ހުރި އެޓޮލްސް މިނިސްޓްރީ. ތަފާތެއްނެތް . ކައުންސިލްރުންގެ ސަބަުން ބަޖެޓް ގެދަތިކަން އިހްސާސްކުރަންޖެހުން ނޫންކަމެއްނެތް އަތޮޅުތަކުގެ ތަރައގިއަށް ހަރަދުކުރަންހުރި ފައިސާއިން ބައެއް ކައުންސިލަރުންކިޔާ ބައެއްގެ ޖީބަށް ވަނުން ނޫންކަމެއް ނެތް.އަތޮޅުތަކަށް އައި ކުރިއެރުމެއްނެތް. 2008 ންފެށިގެން 2023 ގެ ނިޔަލަށް ފާއިތުވެ ދިޔަ 15 އަހަރު ރަށްރަށަށް ލިބުނި ކޮންކުރިއެރުމެއްތޯ ރައޔިތުންވަޒަންކުރަމަ ހިގާ. ކުރާނެ މަސައްކަތެއްނެތި އެތައްބަޔަކަށް ވަޒީފާ ދިނުމުގެ ސަބަބުން ރައްޔިތުންގެ އަތުން ޖީއެސްޓީ 8% ޓެކްސް ރައްޔިތުން ސަރުކާރަށް ދައްކަންޖެހުމަކީ ރަށަރަށަށް އައި ތަރައގީއާއި ކުރި އެރުންތޯ ވިސްނަވާ ؟