ފަރަންސޭސިވިލާތުގެ ސަފީރު ޖޯން-ފްރާންސުއާ ޕެކްޓޭ އާއި ރާއްޖޭގެ ފޮރިން މިނިސްޓަރު މުހައްމަދު ސައީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަރަންސޭސިވިލާތުން ސްރީލަންކާއަށާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޯން-ފްރާންސުއާ ޕެކްޓޭއާއެކު ބޭއްވި ބައްދަލުވުމަކީ ވަރަށް މުހިންމު ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ބައްދަލުވުމެއް ކަމަށެވެ.

ސައީދު ވިދާޅުވީ، ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓާއި، އިޤްތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެ ޤައުމުގެ ދެމެދުގައި ވަރަށް ބޮޑަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

ދިވެހީންނަށް ޔޫރަޕަށް ދަތުރުކުރުމުގަައި ލުއި ހޯދައިދިނުމަށާއި ޔޫރަޕަށް އެކްސްޕޯޓުުރާ މަހުން ނަގާ ޑިއުޓީ ކުޑަކުރުމާ ގުޅޭ ގޮތުން ފަރަންސޭސިވިލާތުގެ ސަފީރާއި ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވެސް ވަނީ ޖެނުއަރީ މަހު ބައްދަލު ކުރައްވައި މަޝްވަރާކުރައްވައިފައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި އިގްތިސާދީ ތަރައްގީއާއި މޫސުމަށް އަންނަ ބަދަލުތަކާއި ސަލާމަތީ އެއްބާރުލުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނުކަމަށް މިނިސްޓްރީއިން މައުލޫމާތު ދީފައިވެއެވެ. އަދި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާމެދު މަޝްވަރާ ކުރެވުނުކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.