ރައީސް، ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވި ގޮތަށް ރަމަޟާން މަހުގެ ފެނާއި ކަރަންޓުން ޑިސްކައުންޓް ދެވިފައި ނުވާތީ، އެކަން ހައްލު ކުރުމަށް ރައީސް އަންގަވައިފިއެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަމަޟާން މަހު ފެނާއި ކަރަންޓް ބިލަށް ލުޔެއް ދެއްވުމަކީ ރައީސްގެ ވައުދެއް ކަމަށާއި އެބިލުތަކުން ރައީސް އެދިވަޑައިގެންނެވި ގޮތަށް ލުއިދެވިފައި ނުވާކަން ފާހަގަ ކުރެއްވޭތީ އެކަން ހައްލު ކުރުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ.

''ރައީސް މި އެދިވަޑައިގެންނެވި ގޮތަށް، ލުއިދެވިފައި ނުވާކަން ފާހަގަކުރެއްވޭތީ، މިކަން ހައްލުކުރުމަށް ކަމާއި ބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފި'' ހީނާ ވިދާޅުވިއެވެ.

ހީނާ މިފަދައިން ވިދާޅުވެފައިވާއިރު، ނިމިދިޔަ ރަމަޟާން މަހު ބޭނުން ކުރި ކަރަންޓަށް ޑިސްކައުންޓް ދިނުމަށް މިއަދު ސްޓެލްކޯއިން ވަނީ ނިންމާފައެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ، ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާން މަހު ބޭނުން ކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓް ދިނުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

އެހެން ކަމުން މިހާރު ފޮނުވާފައިވާ ބިލްތައް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު، ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވިގެންދާނެ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކައިދާ

    ކަރަންޜް ބިލް ބޮޑު ވަނީ ރޯދަ މަހު ޑިސްކައުންޓް ދީފަ އިނީ ފެބްރުއަރީ އިން މާރޗް 9އަށް ހަދާފަ އިން ބިލަށް. ޢެހެންވީމަ ހަމަ ސީދާ ރޯދަމަހުގެ ބިލަށް ވެސް ޑިސްކައުންޓް ދެވިދާނެތާ މާރޗް 10ން އެޕްރީލް 9 އަށް

    24
    3
    • ކަރަންޓް

      ކަރަންޓް ބިލްބޮޑީ 4.25ރ ބިލްހަދާތީ ޔުނިޓެއްގެ އަގުބޮޑީ

      2
      1
  2. ޒާ

    މިގޭ ބިލަށް އާއްމުކޮށް އަރަނީ 1200 ރުފިޔާ. ޑިސްކައުންޓްޑެން ރޯދަމަސް ފެށުނުތަނާ ފޮނުވި ބިލަށް 1900 ރުފިޔާ ހަދާފައި 400 ކެނޑި. އެކަމަކު ސްޓެލްކޯއިން އިތުރަށް ދަމައިގަންނަންވެގެން މިފަހަރު ފޮނުވީ 3500 ރުފިޔާގެ ބިލެއް. މަ މިހުރީ ހަމަބުއްދި ފިލާހިސާބަށް ގޮސްފަ ކޮށްލި ވަރުން.

  3. ކޮމެނި

    ފެނަކަގެ ނިންމުން ކޮބައިތަ

  4. އަބްސީ

    ރައީސް އެންގިޔަސް ސްޓެލްކޯ ގަވެސް ހުރީ އެހެން ރައީސް އެއް، ސަރުކާރު ކޮންމެ އޮފީހެއްގަވެސް ތިބީ އެމީހުން ހިތުން ވަކި ރައީސް އެއް. ޤައުމުގެ ރައީސް ރައްޔިތުން ކުރިމަތީ ހުރެ ހަދަނީ ދޮގުކަމުގަ ދެންބެލެވޭނީ

  5. މި މީހާ

    ކޯއްޗެއް ތިހަދަނީ؟ ސަރުކާރަށް ރައްޔިތުންގެ ޕްރެޝަރު ބޮޑުވީމަ ޑިސްކައުންޓެކޭ ތިބެގެން ތިކިޔަނީ. އަހަރުމެން ކަލޭމެން ފޮނުވި ބިލައްވާ ފައިސާ ސަލާންޖާގެން ވިއަސް ހޯދައިގެން ދައްކާފިން. ބިލު ކަލޭމެން ހިތަށް އެރިވަރެއް ޖަހާފަ ތި ފޮނުވަނީ ކަލޭމެން މަގުތައް ދިއްލުމަށާ ކެމްޕޭނަށް ކުރި ޚަރަދު އަހަރެމެން ނިކަމެތި ރައްޔިތުން ފެލައިގެން ހޯދަން.

  6. Anonymous

    ބުނާ ގޮތަަށް ނުހަދާ އެމްޑީގެ ރޭންކް ދައްކުރަންވީ. ފިޔަވަޅެއްގެ ގޮތުން. ދެން ބިނާގޮތަށް ނެހެދޭޝި މަޤާމުން ވިކިކުރަންޝީ.

  7. އަހްމަދު

    ރައީސް ވިދާޅުވީ ޑިސްކައުންޓުދޭށޭ އެމްޑީ ބޭނުންނުވީ ޑިސްކައުންޓުދޭން އެއީ ކޫއްވެބާ؟

  8. ޤައުމު

    މިޔަށް ދިވެހިބަހުގަޔާއި އިނގިރޭސިބަހުން ކިޔާއުޅެނީ "ސިޔާސީ ސްޓަންޓު" ޖެއްސުން. ދަންނައެވެ. މިޔަކަލަ ކަންކަމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ކަމެއްނޫންތާއެވެ. މިކަހަލަ މޮޅެތި ސްޓަންޓު ޖެއްސޭނީ މީހެ މޮޅެތި މާހިރުންނައްތާއޭ. ޔައުނީ ސިޔާސީ ރައްޔިތުން ބޯކާލާކަހަލަ މީހުންނަށްތާއެވެ. އހ.