ކުރީ ސަރުކާރުން ފެށި "ބިންވެރިޔާ ސްކީމް"ގެ ދަށުން ހުޅުމާލޭން މިހާތަނަށް 500 އަށްވުރެ ގިނަ ގޯތި ދޫކޮށްފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކާއި ގޯތި ހަވާލު ކުރުމުގެ މަސައްކަތުގެ ތެރެއިން އިތުރު 14 ގޯއްޗެއް އެ ގޯތީގެ ވެރިފަރާތާއި ހަވާލު ކޮށްފައިވާ ކަމަށެވެ. އެ 14 ގޯތި ހަވާލު ކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހާއި މިއަދު ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އެ ވުޒާރާއިން ބުނި ގޮތުގައި މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހު 6 ގޯތި ވަނީ ހަވާލު ކޮށްފައެވެ. އަދި މިއަދު ވަނީ 8 ގޯއްޗެއް ހަވާލުކޮށްފައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،380 ގޯތި ދޫކުރުމަށް ސޮއިކޮށްފައިވާއިރު، މިހާތަނަށް 526 ގޯއްޗެއް ހަވާލުކޮށްފައިވާ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ނިމިދިޔަ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ނަމުގައި މާލޭގައި މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގި ސްކީމްގައި ހުޅުމާލެއިން ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ގޯތީގެ އިން ވަކިކޮށް ބިން ހަވާލުކޮށްފައެއް ނުވެއެވެ. އެގޮތުން އިން ވަކިކޮށް ހަވާލު ނުކޮށް ހުރި ހުޅުމާލޭގެ ބިންތަކަކީ މިހާރު ސިމެންތިއާއި ހިލަވެލި އަދި ކުނި ބުނި އަޅާފައިވާ ތަންތަނެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކޮށްފައި ވަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ ތިނަކާއި ގުޅިފަޅާއި ގިރާވަރުފަޅުންނެވެ. އެތަންތަނުން 9،000 ގޯތި ދޭނެއެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުކޮސް

    ރާއްޖޭގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު ސްކޭމް

  2. ނަގޫފިތި

    މިހާތަނަށް އައި ހުރިހާ ސަރުކާރެއް ކަންކަންކޮއފައިވާ ގޮތަށް ބަލާއިރު ރައްޔިތުންނަށް އޮޅުވާލުން ނޫންކަމެއް ނުކުރޭ. މަޖްލިސް ގައި ތިބޭ މެމްބަރުން އެއްމެ ގޯސް ހަދަނީ. ބޮޑެތި މުސާރަތައް ނަގައިގެން. މިމީހުން ރައްޔިތުންނަށް ހަރާންކޯރުވަނީ.