އެމަނިކުފާނުގެ ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުންނާއި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރި ގޯތިތަކާއި ފްލެޓުތައް ނުދީ ހިފެހެއްޓުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށާއި ގޯތިތަކާއި ފްލެޓުތައް ހަވާލު ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި މާފަންނު އުތުރު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ އިފްހާމް ހުސައިންގެ ކެމްޕެއިން ޖަލްސާގައި ސޯލިހް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

އެމަނިކުފާނުގެ ވެރިކަމުގައި އެކަމަށް ހައްލެއް ގެނައުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ފެއްޓެވި ކަމުގައި ސޯލިހް ވިދާޅުވިއެވެ. ކޮވިޑް-19 ގެ ދަތިކަމާ ގުޅިގެން އެކަމުގެ އަމަލީ މަސައްކަތް ނުފެށުނު އިރު، އެކަމަށް ބޭނުންވާ ފައިސާ ވެސް ނުހޯދި ލަސްވެގެން ދިޔަ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް އެ ދަތިތަކާ އެކީގައި އިންސާފުވެރިކަމާ އެކީގައި މާލެ އިން ގޯތި ލިބޭނެ މީހުންނާއި ފްލެޓު ލިބޭނެ މީހުން ވެސް ކަނޑައެޅި ކަމުގައި ސޯލިހް ވިދާޅުވިއެވެ.

އެމްޑީޕީން ރޭ ބޭއްވި ކެމްޕެއިން ބައްދަލުވުން. --- ފޮޓޯ: އެމްޑީޕީ

"ނަމަވެސް ކުރެވުނު މަސައްކަތްތަކުން އެ ޕްލޭނާ އެއްގޮތަށް ގުޅިފަޅު ހިއްކުމުގެ މަސައްކަތް އަމަލީ ގޮތުން ފެށުނު. ގިރާވަރު ފަޅު ފެށުނު. ހުޅުމާލެ ފޭސް ތިނެއް އަޅުގަނޑުމެންނަށް ފެށުނު. އަޅުގަނޑުމެން ވާނީ ވެރިކަމުގެ ފަހުކޮޅުގައި ވަރަށް ހާމަކަން ބޮޑު ގޮތެއްގައި، އިންސާފުވެރިކަމާ އެކީގައި މާލެ އިން ގޯތި ލިބޭނެ ފަރާތްތަކާއި ފްލެޓު ލިބޭނެ ފަރާތްތައް ނިންމައި ދީފައި." ސޯލިހް ވިދާޅުވިއެވެ.

ސޯލިހް ވިދާޅުވި ގޮތުގައި ގިރާވަރު ފަޅުންނާއި ގުޅިފަޅުންނާއި ހުޅުމާލެ ފޭސް ތިނަކުން ގޯތި ދިނުމުގައި ވެސް އެ ނިންމުން ނިންމަން އުނދަގޫވިއެވެ. އެއީ ވަރަށް ގޮންޖެހުން ބޮޑު މަސައްކަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަ ކުރެއްވިއެވެ.

"އަޅުގަނޑު ނިންމީ ފުރަތަމަ ކަމަކަށް މާލޭގެ ރައްޔިތުންނަށޭ މިކަން ކޮށްދޭން ޖެހޭނީ." ސޯލިހް ވިދާޅުވިއެވެ.

ސޯލިހް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ގޯއްޗާއި ފްލެޓު ދިނުމުގެ ހުރިހާ ކަމެއް ވަނީ ގާތްގަނޑަކަށް ހުއްޓާލާފައި ކަމަށެވެ. އެ ގޯތިތަކާއި ފްލެޓުތައް ހަވާލު ނުކުރެވެންވީ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ ކަމުގައި ސޯލިހް ވިދާޅުވިއެވެ.

ސޯލިހް ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

"އެ ގޯތިތައް، އެ ފްލެޓުތައް ހަވާލު ނުކުރެވެންވީ ހަމަ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ ގާނޫނީ ގޮތުން. އެ ހިފަހައްޓާ ހިފެހެއްޓުމަކީ ގާނޫނީ ގޮތުން ކުރާ ކުށެއް. އެކަން ހަމަ މަގަށް އަޅުވަން އެބަޖެހޭ. އެކަން ހައްލު ކުރަން އަޅުގަނޑުމެން މިއުޅެނީ." ސޯލިހް ވިދާޅުވިއެވެ.

ސޯލިހް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީ އަށް ދީފި ނަމަ، ވަކި މުއްދަތެއްގެ ތެރޭގައި އެކަން ހައްލުކޮށްދެއްވާނެ ކަމަށެވެ.

"ހިފަހައްޓައިގެން ނުހުރެވޭނެ. ބޭނުން ގޮތަކަށް އެ ލިސްޓެއް ބަދަލެއް ނުކުރެވޭނެ. އެ ޖާގައެއް އަޅުގަނޑުމެން ނުދޭނަން." ސޯލިހް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،000 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު ހުރިހާ އެންމެންނަށް ހެން މިހާރު ވަނީ ރަޖިސްޓްރީ ހަވާލުކޮށްފައެވެ. އަދި ބައެއް މީހުންނަށް ބިން ވެސް ހަވާލުކޮށްފައިވެއެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފައެވެ.

އޭސީސީން ކުރި ތަހުގީގަށް ފަހު ބުނެފައިވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ %20.7 ފޯމުގައި ކަމަށާއި އަނެއް %19.7 ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތައް ކަމުގައި އޭސީސީން ބުނެފައިވެއެވެ. އޭސީސީން ވެސް ލަފާ ދީފައި އޮތީ މައްސަލަ ނެތް ފްލެޓްތައް ހަވާލުކުރާށެވެ.

ގޯތިތަކާ ގުޅޭ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ގޯތިތައް ދޭން ނިންމާފައިވާ ސަރަހައްދުތައް ހިއްކަމުން އަންނަ ކަމަށާއި ހިއްކައި ނިންމައި ކުރަން ޖެހޭ ކަންކަން ފުރިހަމަވުމުން ގޯތިތައް އޭގެ ހައްގުވެރިންނަށް ދެއްވާނެ ކަމަށެވެ. ފްލެޓްތަކާ ގުޅޭ ގޮތުން ރައީސް ނިންމަވާފައި ވަނީ ފްލެޓްތަކަށް ކުރިމަތިލީ މީހުންގެ ލިސްޓް މިނިވަން ކޮމިޓީއެއް މެދުވެރިކޮށް ރިވިއު ކުރާށެވެ. އެ ކޮމިޓީގައި ހިމެނޭނީ ރައްޔިތުން އިތުބާރު ކުރާ ފަދަ ބޭފުޅުން ކަމަށާއި ފްލެޓްތައް ދިނުން އެއީ ސަރުކާރުން އަމިއްލައަށް ކުރާ ކަމަކަށް ހަދަން ބޭނުން ނުވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ޜައްޔިތުމީހާ

    މަނިކުފާނުތީ އެންމެ އިންސާފުން ކަންތައްތައްކޮއް .މިދިއަ ފަސްއަހަރު ރާއްޖެދަރުވާލި ޓީމްގެ ކެޕްޓަން

    83
    4
    • ހނހ

      ގޯތިތައް ދެމުންދަނީ ތިބޭފުޅުން ދައުރުގަ ފްލެޓްތައް ކޮރަޕްސަން ކޮމިސަނުން ހިފެހެއްޓީ އޮޅުވާލައިގެން ގާތްމީހުނާ ތިމާގެ މީހުނައްވަނީ %60 ދީފައި ދެން ކީކޭ ކިޔާކައް. މުޅިގައުމު ހުސްކޮއްލި ބައެއް އަމިއްލަ ޖީބައް ލޯނުނަގަމުން ރުފިޔާ ޖަހަމުން

      51
      1
  2. ނެއް

    މަނިކުފާނު ވިދާޅުވެބާ ކޮންތާކުހުރި ފުލެޓެއްތޯނުދެވިގެން ތިއުޅެނީ. މަނިކުފާނަށް އެންމެ ފުލެޓެއްވެސް އަޅާނިންމުން ތޯ؟

    58
    • ޔަހޫޔާ

      ހައްގު ވެރިންތިއްބަ ސިސްޓަމުން އޮޅުވާލައިގެން ޕާޓީ ކުދިން ކޮޅައް ދިނީ 60 ޕަސަންޓް ފުލެޓްތައް. ޕާޓީ ކުދިންކޮޅު ހިފަހައްޓަން. އޮޅުވާލި މީހުން ކުއްވެރި ނުވޭތޯ

      27
  3. ނެއްސައުގެއް

    މަނިކުފާނު ވިދާޅުވެބާ ކޮންތާކުހުރި ފުލެޓެއްތޯނުދެވިގެން ތިއުޅެނީ. މަނިކުފާނަށް އެންމެ ފުލެޓެއްވެސް އަޅާނިންމުން ތޯ؟

    36
  4. ހަމްދު

    މިކަހަލަ ރޯމާދުވާލު ދޮގުހަދާ މީހުންގެ ވާހަކަ ވަގުތު ނޫހުގަ އަދި މާތް ރޯދަމަހު ޖަހާތީ އަސްލު ވަރައް ދެރަވޭ

    42
  5. ސޮލާހު

    ކަލޭ ބޭނުންހާ ބަޔަކަށް ބަހާލުމަކީ ކުށަކީ. ނުދީ ހަިހައްޓަންޖެހެނީ ކަލޭ ގަންފައޮތް ގަނޑުން. ހިތަކަށް އެއްވެސް އެއްޗެއްއަރާ އިންސާނެއްވެސްނޫން މީ. މީނަގެ ކެންޕޭނަށް ޖެހިހާ ސަކަރާތް ތި ފެންނަނީ. ދޭކަށް ނުޖެހޭނެ.

    31
    1
  6. ޔަހޫޔާ

    ތިޔަބޭފުޅުން 5 އަހަރު ނިމުގެ ކުރިން ދޭންބުނި އެއްޗެއް ނުދީ ދިޔައިމަކާ ގާނޫނީ ކުށަކައް ނުވޭތޯ

    35
  7. ާއަހުމަދު އަލި މަނިކު

    މަޖިލިސް ވެސް އޮތީ އެމްޑީއަށް ރާއްޖޭގެ ވެރިކަންވެސް އޮތީ އެމްޑީ އަތުގައި އޭރު . ދެން މިހާރު ތިދައްކަނީ ނުކިޔަވާ ޖާހިލުން ދައްކާ ކަހަލަ ވާހަކަ. ދިވެހިން ބަލައެއް ނުގަންނާނެ ތިޔަ ވާކަ މިހާރު. ވަރައްސަލާމް.

    34
    • ރަނގަޅު

      ބަލަގަ. ޖާހިލުން ދައްކާނީ ޖާހިލުވާހަކަ. އެއީ ޝަތްކެއް އޮތް ކަމެއް ނޫން.

  8. ފާހިޝާ އަލީ

    ގޯތި ހިލޭ ދިނުނުން ނިމުމަކަށް ގެންނަންޖެހޭ. ހިލޭ ދޭ ޙިލޭ ބިންދީ ހުސްކުރީމަ 5 އަހަރުފަހުން ދޭނެ ބިމެއްނެތް ފްލެޓް އަޅާނެ ތަންކޮޅެއްނެތް. ދުނިޔޭގަ ބިން ތިޔާގި ބިންބޮޑުގައުމުތަކުގަވެސް ހިލޭ ބިމެއް ނުދޭ! މުއިއްޒެކޭ އިބުލެކޭ ތަފާތެއްނެތް. ކަމަކުނުދޭ މިން އެކަކުވެސް!!

    15
    10
    • ފަހުދު

      އާނ ކަލޭމެން ރަށުން ކަލޭމެންއަށް ހިލޭ ބިން އޯކޭ ، އެކަމް މާލޭ މީހުންއަށް މާލޭ ސަރަހައްދުން ހިލޭ ބިން ލިބެންޔާ ސަކަރާތް ، ކޮންވައްތަރު

  9. ާއަހުމަދު އަލި މަނިކު

    ހެހެ އެއްކަލަ ދޮގުދޮލަނގުތައް ބޯމައްޗަށް ލައިގެން ލާހޫރެނީ. ކޮބާ އަކުރަމް ބޭބެ.
    ވަރައްސަލާމް.

    22
  10. ބިންވަގު

    ވުޖޫދުގަ ނެތް ތަންތަނުން ގޯތީގެ ރަޖިސްޓްރީ ދިނުމަކީވެސް ކުށެއް.

    37
    1
  11. ނެގުނުކަތީބު

    ގާނޫނު ނުދަންނަ މީހަކަށް ގާނޫނީ ކުށެއް ކަން ނޭގޭނެ.

    16
    1
  12. ފިކުރު

    އެތައްހަސް ގޯއްޗާއި ފުލެޓް 3 ދުވަހުވަހުގެ ތެރޭގައި ބަހާލި
    ގޮތް ބަލަންޖެހެއެވެ މަގުތަކާ ގޯޅިތަގާ ކަރަންޓްކޭބަލް ތަކާއި ނަރުދަމާ ތަކުގެ މަތިން، އަދި ނުވެސް ނެތް ބިންތަކުން ގޯތިތައް ދޫކޮށްފައިވާއިރު އެއީވެސް ކުރީ ސަރުކާރުން ގަސްތުގައި ހަދާއިވާ މަކަރެކެވެ ރައްޔިތުންނަށް ދީފައިވާ ލަނޑެކެވެ.

    20
  13. ހަވަރު ތިނަދޫ ކޮންޑިޝަނަލް ގޯތި

    ދައުރު ނިމެން ދެދުވަހަށް ވީމާ ސުލޯ ބަރަވެލި ތޮށިގަނޑު އެއްލާލާފަ ބާރަށް ދުވެތޯބެލީމާ އެންމެނަށް ފެނުނީ އޮރިޔާމޭ

    15
  14. އިސްޢާފް ސަލީމް

    ގޮތްކުޑަ މީހެއް! ހިޔާގެ ހަދާފައިހުރި ފްލެޓްތައް ނުދީ ހިފަހައްޓާ ، ގޯތިދެނިއްޔޭބުނެ ކަނޑުގެ 20 މީޓަރުއަޑިން މީހުންނަށް ރޯނުދަމައިދީ މީހަކު ހިއްކާފައޮތް ބިމަކުން ތަނެއްދޮރެއެްބަލާނުލާ އާއިލާމީހުންނަށް ގޯތިދީފައި މީހުންންނަށްދިން އަނިޔާއަށް އަދި މިއުޅެނީ 5 މަސްނުވެ! އެހާއަވަހަށް އަގަފެޅިއްޖެ!

    20
  15. ހުސޭނު

    މަނިކުފާނު ވިދާޅުވެބާ ކޮންތާކޮއޮތް ބިމަކުން ދިން ގޯއްޗެށޤތޯނުދީދެން ތިއުޅެނީ މަނިކުފާނު ގޯތި ދެއްވީ ކަޑު އަޑިން އެތަންތަށް ހިއްކާފަ މިސަރުކާރުން ގޯތި ހަވާލް ކުރާނެ އެމަސައްކަތް މިހާރު އެދަނީ ކުރަމުން ގޯތި މިބަހުގެ ލަފުސީމާނަ އަކީ ހިކިފަސް ބިން އެއީކީ އެއްވެސް ގޮތަކަށް ގަޑު ގެ ނުވަތަ ނުހިއްހާ އޮތް މޫދުގެ ބައެއްނޫން

    12
  16. ޕޭމަންޓް

    ތަނެއް ދޮރެއް ނުބަލާ ކަންތަން ކުރާ ބަޔަކަށް އަބަދުވެސް އުޅޭނީ ލަސްވެގެން. މުޅިން ހުރީ ހާކައިލި ބުރުވައިލި އެުސޫލުން ކުރިކަަމެން ވިއްޔާ ކޮށްފަ. ފޭސް 2 ކުން ގޯތި ތައް ދޫކޮށްފަ ހުރީ ނަރުދަމާޔާ ކަރަންޓު ވިއުގަ މަތިން. އަދި ފުޅާ މަގު ހަނިވާގޮތަށް.

    10
  17. ސަމުސާ

    ހިޔާ ފުލެޓް ބަނޑު އަޅާފަ ނުދި ހިފަހައްޓަަގެން ބައްކޮއްގެން ހުރީ ވާޖިބަކައް ވީމަތަ ޗޯރޭ

  18. ދުްމާރި

    ކަލޭ ވެރިކަމުގެ ދަހިވެތިކަމުގަ ދައުރުގެ އެންމެފަހު ދުވަހު މާލޭގެ ރަށްވެހިންނަށޭ ކިޔާފަ ފަޅުފަޅުންނާ ވިލުންނާ ހާހަލުންނާ ގިރި ފަރުން އަދި ވަކިޕްލޭނެއްގެ ދަތުށުން ތަރައްޤީ ކުރާ ހުޅުމާލެ ފޭސް 2 ގެ ބިންތައް 18 އަހަރުން މަތީގެމާޅޭގެ ގެދޮރުހުރި އެންމެނަށް ގޯތިބަހާލިޔަކަށް ކަލޭ ގޮވާ މޮޔަ އަޑު އަހާނެ މީހުނެއް ނުތިބޭނެ ބުއްދި ގޯސްވެފަތިވި ޔެލޯފީވަ ޖެހިފަވާ މަދު މީހަކުނޫނީ ކަލޭ 5 އަހަރު ދުވަހު ޤާނޫނި އިމުގެ ތެރެއިންތަ ވެރިކަންކުރީ ކޮބާ ޒީރީ ޓޮލެރެންސް؟ މިނިވަން މަސްދަރަކުން ޤައުމު އޮޑިޓެއްހަދާލައި ބަލާލިނަމަ ޤަނޫނީ އިން ވަރަށް ރަނގަޅަށް ހާމަވާނެ

    11
  19. ލަގން

    ގާނޫނާ ހިލާފައް ގޯތިދިނީ ގާތް މީހުންނަށް ދެން ތިބިމީހުންނަށް ދިނީ ކަނޑުއަޑިން

  20. ބޯކިބާ ސޯލު

    ސޯލިހުގެ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތޭދޯ؟ މިރޯދަމަހު އަހަރެމެން ދިވެހިން ރުޅިއަރުވަން އެކި މެހެފިލްތަކުގަ ތާޅަފިލިކުރަމުން ތިޔަދަނީ. ސޯލިހުގެ ވެރިކަމުގަ 3000 މީހުންގެ ފުލެޓް ވަނީ ފޭރިގަނެފަ އަދި 7000 ފުލެޓްބަހާލީ އިންސާފުންތޯ؟ ނޫން ނޫން. ރޯމާދުވާހު ހުދުމުހުތާރުކަމާއެކު ސޯލިހުގެ ސަރުކާރުން ހިނގި ބޮޑުޖަރީމާއެހެއް ހިޔާފުލެޓް ބެހުމަކީ. މިއަދު ވެރިކަން ގެއްލި ކަތިވަޅިގެއްލި މަރިޔަބު ގެއްލުނީމާ 1 އަހަރު ނުވާ ސަރުކާރާކަށް ދުލަށް އައިހާ އެއްޗެއްގޮވަމުން ދިޔުމަކީ ލަދުވެތި އަދި ފިނޑި ހުތުރު ކަމެއްނޫންތޯ؟ ތިޔަހެން މަނިކުފާނު އުޅުނަސް މިއަދު ރައްޔިތުން ގުނބޯހެއްލޭނެ ކަމަށް ހީވުމަކީ މޮޔަކަމެއް. ރަގަޅުގޮތަކީ ކަންކަމާ ނުބެހި ހުރުން.

    11
  21. ޜައްޔިތުމީހާ

    ކޮބާހޭ 2އަހަރުންނިންމަންބުނި ވިލިމާލޭ ބްރިޖް

  22. ޓކހ

    ސްލޯލިހޫ ވީޑޯންޓް ނީޑް ޔޯރ އެޑްވައިޒެސް ޔޫ އާރު އެކުސްޕަޔާޑު އޯލްރައިޓު

  23. ވަހީދު

    ކުށަކަށް ނުވޭތޯ އެތައް ބަޔަކަާަށް އޮޅުވާލާފަ ޗާންސް ބޮޑުވާނީ ގިނަ މީހުން އެއްވެގެންނޭ ކިޔާފަ އެކުނުވެ
    ތިބި އެތައް ބަޔަކަށް ތި ބިންތަޢް ދިނުންއެއީކީ.އަދި ވަކި ބަޔަކަށް ހުޅުމާލެއިން ބިންދީފ އަނެއް ބަޔަކށް ކަނޑުން ދިނުން.

  24. މޭޔަރ

    "ހިފަހައްޓައިގެން ނުހުރެވޭނެ. ބޭނުން ގޮތަކަށް އެ ލިސްޓެއް ބަދަލެއް ނުކުރެވޭނެ. އެ ޖާގައެއް އަޅުގަނޑުމެން ނުދޭނަން." ސޯލިހް ވިދާޅުވިއެވެ.
    ހިޔާ ފުލެޓް ނުދީ ކިތައް އަހަރު މަނިކުފާނު ހުރިންތޯ؟؟؟

  25. ކޮސްތު

    ކަލޭ ހިޔާ ފްލެޓް ލިސްޓްތައް އުވާލާފައި، ބޭނުންބަޔަކަށް އެތައްފްލެޓެއް ހަމަޖައްސާފައި، ފްލެޓްތައް ނުދީ 3 އަހަރު ހިފަހައްޓާފައި، ގަސްދުގައި ލަސްކުރުމުގެ ސަބަބުން ތަނުގެ އަގު އެތައް މިލިޔަނަކަށް އަރުވާލާފައިވާކަން އަހަރެމެނަށް ނޭނގެނީކަމަށް ހީކުރަނީތަ؟

  26. Anonymous

    ޗޯރޭ ކަލޭ ގާނުނޭ ނުކިޔާ ނުކިޔވާރައީސް

  27. ދޫނާމް

    މުއިައްޒުއަށް ދަންނަވާލަން އޮތީ ވަރަށް ގިނަ ބަޔަކުގެ އުއްމީދު ތަކެކޭ ހިފަހައްޓައިގެން ތިހުންނެވީ މަނިކުފާނުގެ ތާއީދުވެސް ބޮޑު ވާނީ ތި ފްލެޓްތައް ވަޢުދުވީ ގޮތައް ދީގެންނޭ.

  28. ވަޙީދުބެ

    ގޯތިދޭން ބުނެ ހެދީ ކަލޭދޯ. ކީއްވެތަ ފޭބުމުގެކުރިން ނުދިނީ. ވިލުތަކާ ފަޅުތަކުންވެސް ގޯތިދިން މީހެއްދޯތީ. އެއްޗެތި ލައިގެން ތިއުޅެނީ އޮރިޔާން ނިވާކުރަންތަ ނޫނީ ރީއްޗަކަށްތަ؟