ގޮނޑަކަށް ވެފައި އޮތް މާލޭ އިންޑަސްޓްރިއަލް ވިލެޖް ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ހަރަކާތް ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލްގެ ފަރާތުންނެވެ. އެ ހަރަކާތުގެ ވެމްކޯއާއި ސިޓީތަކާއި ބެހޭ ވުޒާރާ އާއި ގެދޮރުވެރިކަމާއި ބެވޭ ވުޒާރާ އާައި އެމްޕީއެލްއާއި ފުލުހުން ވެސް ބައިވެރިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ އެ ސަރަހައްދު ސާފުކުރުމަށް ފަހުގައި ބައެއް މަގުތަކަށް އާންމުނަށް ނުވަދެވޭ ގޮތައް ބަންދުކުރާނެ ކަމަށެވެ. އެއީ އެ މަގުތަކުގައި ޕިކަޕްތައް ޕާކުކޮށް ކުނިއަޅާތީ ކަމަށްވެސް ބުނެފައި ވެއެވެ.

އިންޑަސްޓްރިއަލް ވިޖެލް ސާފުކުރަނީ އެތަން ސާފުނުކޮށް ގިނަ ދުވަސްވެފައިވާތީ ބަލިތައް އިތުރުވަމުންދާތީ ކަމަށް ކައުންސިލުން ބުނެއެވެ. އަދި އެ މަސައްކަތް ކުރަމުންދަނީ މާލެ ސާފުކޮށް ބެހެއްޓުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށް ވެސް ބުނެފައި ވެއެވެ.

އިންޑަސްޓްރިއަލް ވިލެޖަކީ ގުދަންތަކާއި ވޯކްޝޮޕާއި ވެހިކަލް މަރާމާތުކުރާ ގަރާޖު ފަދަ ތަންތަން، މާލެ ތެރޭގައި ހެދުން ހުއްޓުމަކަށް ގެނެސް، އެފަދަ ތަންތަން މީހުން އުޅޭ ސަރަހައްދާ ދުރަށް ގެންދަން ކަމަށް ބުނެ، ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހިއްކި ސަރަހައްދެކެވެ.

މާލޭގެ ހުޅަނގު ދެކުނު ފަޅުން ހިއްކި ހަތް ހެކްޓަރު ބިމުގައި ހެދި އިންޑަސްޓްރިއަލް ވިލެޖް މިހާރު އޮތީ ވެހިކަލްތަކުން ތޮށްޖެހި، ފުރި ބާރުވެފައެވެ. އުކާލަން ޖެހޭ ދަގަނޑުތަކާއި ކުނިބުނީގެ އެތައް އެއްޗެއް ހުރީ އެތަނަށް އުކާލައިފައެވެ. އެ ތަަނުން ގނަ ސަރަހައްދުތަކުން ކުނި ނޫން އެއްޗެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ރައީސް ޑރ. މުއިއްޒުގެ މި ފަސް އަހަރުގެ މެދުތެރެއަށް ދާއިރު، މާލެ އޮންނާނީ ސާފުތާހިރު ބަގީޗާއަކަށް ވެފައި. ބަލަންތިބޭތި. މާލޭ މީހުން ވަރަށް އުފާވާނެ. މާލޭ އެންމެން ރައީސް ޑރ. މުޢިއްޒުއަށް ތާއީދުކުރާނެ.

  2. Anonymous

    ވެރިކަން ލިބުނީމަ، މައުމޫނު އިނީ ލަވަހަދަން. ލާދީނީމީހާ އިނީ ރބޯން. ވަހީދު އިނީ ކުޅިބަލަން. ޔާމީނު އިނީ ތާސްކުޅެން. އިބޫ އިނީ ބިސްގަނޑު އަޅަން. ރައީސް ޑރ. މުޢިއްޒު ފެށްޓެވީ ބުރަ މަސައްކަތް ކުރައްވައިގެން ޤައުމު ތަރައްޤީކުރައްވައި، ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯއްދަވައިދެއްވަން.

  3. ނެގުނުކަތީބު

    ކުރީގެ ސަރުކާރުން ހިއްކި ސަރަހައްދެކެވެ.

    ކުރީގެ ސަރުކާރޭ ލިޔުމުން ދޭހަވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުކަމަށް. ޒިންމާދާރު ނޫސްވެރިއެއްނަމަލިޔާނީ ޔާމީނުގެ ސަރުކާރުން ހިއްކާފައިވާ ސަރަހައްދެކެވެ. ނޫސްވެރިންގެކަމަކީ ކަންކަން އޮޅުވާލުމެއްނޫން ކަންއޮތްގޮތް ރަނގަޅަށް ސާފުކޮށްދިނުން.

  4. ކޮރަލް

    ފުލުހުންނާ ސިޓީ ކައުންސިލްގެ ޒިންމާ ކުޑަ އެއް ނޫނެވެ. ކެމެރާ އެއް ހާ ހިސާބުވެސް ނެތެވެ. ހިޔާ ފްލެޓް ޓަވަރެއްގަ އެތައް ސަތޭކަ ކެމެރާ އެއް އެބަ ހުއްޓެވެ.

  5. Anonymous

    މާލެ ތަރައްޤީ ނުވީ، ރައީސު އަމީނު ދީދީ ގެންނަން އުޅުނު ރައްވެހި ޖުހޫރީ ތަރައްޤީހެ ދަށުން މާލޭގެ މަގުހަދަން އުޅުނީމާ އެކަން ހުއްޓުވީމާ، މާލޭގެ މަގުތަށް މިހާރު އެހުރީ ކޮޅުބެދިފައި މާލޭގެ ޓުރެފިކް ބިޑުވަނީ ކޮޅުބެދިފައިވާ ގިނަ މަގުތަކުގެ ސަބަބުން ދުއްވާ އެއްޗެހި ފަސޭހައިން މޫވުނުވާތީ !