މިރޭ ދެކުނަށް މޫސުން ގޯސްވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ބުނެފިއެވެ.

މިރެއިން ފެށިގެން މާދަމާ ހެނދުމަށް މޫސުން ލަފާކޮށް މެޓުން ބުނީ، ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން ވެސް އެކަށީގެންވާ ކަމަށެވެ.

އަދި އެހެން ހިސާބުތަކަށް ކެރީގެ އަސަރުފޯރާ ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މެޓް އިން ބުނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 8 މެލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 2-5 ހުންނާނެ ކަމަށް ވެސް މެޓްއިން ލަފާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝްރޭ

    މޫސުން ގޯސްވެ ކަނޑު ގަދަ ދުވަހެއްގައި މީހަކު ޑިންގީ އެއްގައި މަހަށް ނުކުމެ.. ބަލައި ބަލައި ޑިންގީ އެއްގެ ސިފަ އެް ނުޖެހުނު... ނޫސްވެރިން ދަަސްކުރަންވެެއްޖެ ދޯ މިކަހަލަ އުޅަނދަށް ކިޔާނަން ނަންވެސް.. މިއީ ބޮއްކުރައެށް،، މިޔައްވުރެއް ސައުޒު ބޮޑުވީމާ ބައްތެލިވެސް ކިޔާ...އީ.ޓީ.ސީ